Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އަދީބުގެ އިސްތިއުނާފް މައްސަލައިގެ ހުކުމް

އަދީބުގެ މައްޗަށް އުފުލި ދައުވާތަކުގެ ޝަރީއަތް އަލުން ކުރިއަށްގެންދިއުމަށް ހައި ކޯޓުން ހުކުމްކޮޮށްފި

އިއުތިރާފްގެ އެއްބަސްވުމަކީ ޝަރީއަތުގައި ދައުވާ ލިބޭ ފަރާތަށް އެ އެއްބަސްވުމުން ރުޖޫއަވުމުގެ ހައްގު ގާނޫނުން ލިބިދޭ އެއްޗެއް

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 21 ސެޕްޓެމްބަރު 2020 | ހޯމަ 11:59
ޝަރީއަތުގައިި ކުރީގެ ނައިބް ރައީސް އަހުމަދު އަދީބް

ޝަރީއަތުގައިި ކުރީގެ ނައިބް ރައީސް އަހުމަދު އަދީބް

އެމްއެމްޕީއާރުސީގެ ހިޔާނާތާއި ގުޅިގެން ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ދައުލަތުން އުފުލި 7 ދައުވާ ބާތިލްކޮށް، ކްރިމިނަލް ކޯޓުން ބޭރުކޮށްލި މައްސަލާގައި, ދައުލަތުން ހައިކޯޓުގައި އިސްތިއުނާފް ކުރުމުން، ކްރިމިނަލް ކޯޓުގެ ނިންމުން ބާތިލްކޮށް، ކްރިމިނަލް ކޯޓުން އަލުން އެމައްސަލަތައް ބެލުމަށް ހައިކޯޓުން ހުކުމްކޮށްފި އެވެ.

ހައިކޯޓުގެ ނިންމުގައި ބުނެފައިވަނީ، ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ)އާއި އަދީބުއާ ދެމެދު ހެދިފައިވާ އިއުތިރާފްގެ އެއްބަސްވަށް ދައުލަތުންނާއި އަދީބުގެ ފަރާތުންވެސް އިންކާރުކޮށްފަ ނެތް ކަމަށެވެ.

Advertisement - newsAdvertisement

މީގެއިތުރުން ހައިކޯޓުގެ ހުކުމުގައި ބުނެފައިވަނީ، އިބްތިދާއީ އަޑުއެހުމެއްގައި ފަނޑިޔާރުންގެ ދައުރަކީ އެ އެއްބަސްވުންވީގޮތުގެ ކަށަވަރުކަން ކަނޑައެޅުން ނޫން ކަމަށާއި، ސަބަބަކީ އެފަދަ އެއްބަސްވުމެއްގެ ތެރެއިންވެސް ވާ އިއުތިރާފަކީ އެއެއްބަސްވުން ސައްހަވިޔަސް ނުވިޔަސް، މުސްތަހަމަށް އެ އެއްބަސްވުމަށް ރުޖޫއަވުމުގެ ހައްގު އޮތް އިއުތިރާފެއްކަމަށެވެ. އަދި އެފަދަ އިއުތިރާފަކުން ރުޖޫއަ ވެއްޖެނަމަ އެފަދަ އެއްބަސްވުމެއްގައިވާ ކޮންމެކަމަކީ މުސްތަހަމާ ދެކޮޅަށް ބޭނުންކުރެވޭނެ ކަންކަމެއް ނޫން ކަމަށެވެ.

މީގެއިތުރުން އިބްތިދާއީ އަޑުއެހުމެއްގައި އިއުތިރާފްގެ އެއްބަސްވުމަކާ ބެހޭގޮތުން، ފަނޑިޔާރުންގެ ދައުރަކީ އެފަދަ އެއްބަސްވުމެއް ވެފައިވާނެތޯ ބެލުން ކަމަށާއި އެފަދަ އެއްބަސްވުމެއްވެފައިވާ ކަމަށް ބުނާނަމަ، އެ އެއްބަސްވުމުގައިވާ އިއުތިރާފުން ރުޖޫއަވެ، ދައުވާއަށް އިންކާރު ކުރުމުގެ ހައްގު މުސްތަހަމަށް ލިބިގެންވާ ކަމަށް ބަޔާން ކޮށްދިނުން ކަމަށެވެ. އަދި އެފަދަ އެއްބަސްވުމެއް އޮތްނަމަ ކޯޓުން އެ އެއްބަސްވުމެއް ބަލައިގަތުމާއި ނުގަތުމުގައި ގޮތެއް ނިންމޭނެ ކަމަށެވެ.

ހައި ކޯޓުގެ ހުކުމްގައި އިތުރަށް ބުނީ އަދީބުގެ މައްޗަށް އުފުލި ދައުވާތަކާއި ގުޅިގެން، އެ ދެ އެއްބަސްވުން ޝަރީއަތަކަށް ހުށަހެޅުމުން، އެ ދެ އެއްބަސްވުން ޝަރީއަތުން ދިރާސާކުރި ކުރުމުގައި، ކުށަށް އިއުތިރާފްވުމާއި އެއްބާރުލުން ދިނުމަށް ވެފައިވާ އެއްބަސްވުން އެކުލަވާލެވިފައިވަނީ، ކޮން އަސާސެއްގެ މައްޗަށް ބިނާކުރެވިގެންތޯ ޝަރީއަތުން ސުވާލުކުރުމުން، އެފަދައިން ސުވާލު އުފައްދައި، އެފަދަ އެެއްބަސްވުމެއްގެ ސައްހަކަން ކަށަވަރު ކުރުމަށް، ނުވަތަ އެފަދަ އެއްބަސްވުމެއް ބިނާކުރި އަސާސް ދެނެގަތުމަށް، ހެއްކާ ދަލީލުތައް ހުށަހަޅައި، ދެފަރާތަށް ބަހުސް ކުރުމަށް ފުރުސަތުދީ، އިބްތިދާއީ އަޑުއެހުން ކުރިއަށް ގެންދިޔަ ގާޒީ އެކަމަށް ވަގުތުތަކެއް ހޭދަކުރުމަކީ ފޫނެއްފަޔަށް ފެންފުރުން ކަހަލަ، ގާނޫނީ ގޮތުން ބަހުސެއް ކުރުމުގެ ބޭނުމެއް ނެތް ކަމެއްގައި ކުރެވޭ ބޭކާރު ބަހުސެއް ކަމަށެވެ. އެހެނީ، އެއްބަސްވުން ގަބޫލު ކުރާނަމަ، ނުވަތަ އެއްބަސްވުމުގައިވާ އިއުތިރާފުން ރުޖޫއަވާން އެދޭނަމަ، ދައުވާ ލިބޭ ފަރާތަށް އެ އިއުތިރާފުން ރުޖޫއަވުމަކީ އެއެއްބަސްވުން، ސައްހަވިޔަސް ނުވިޔަސް، ގާނޫނުން ލިބިދީފައިވާ ހައްގެއްކަމަށް ވެސް ހުކުމުގައި ބުނެފައި ވެއެވެ.

އިސްތިއުނާފް ކުރެވިފައިވާ ދައުވާތަކާ ގުޅިގެން، ދަށު ކޯޓުން ނިންމި ނިންމުތައް ނިންމާފައިވަނީ، ހުށަހެޅި ދައުވާތަކަށް ދައުވާ ލިބޭ ފަރާތް އިއުތިރާފްވޭތޯ، ނުވަތަ އިންކާރުކުރޭތޯ ބެލުމަކާ ނުލާކަމަށްވާތީ އެއީ ބާތިލް އިޖުރާއަތެއްގެ މައްޗަށް ކުރިއަށް ގެންގޮސް، ނިންމާފައިވާ ނިންމުންތަކެއްކަން ނުހަނު ސާފުކޮށް އެނގޭ ކަމަށް ހައިކޯޓުގެ ނިންމުމުގައި ބުނެފައި ވެއެވެ. އެހެންކަމުން، އަދީބުގެ މައްޗަށް ދައުލަތުން ދައުވާ ކުރި 7 ދައުވާއަކީ އިބްތިދާއީ އަޑުއެހުންތަކާއެކު، އަލުން ކުރިއަށް ގެންދިއުމަށްޓަކައި ދަށުކޯޓަށް ތަހުލީލު ކުރަންޖެހޭ ހަތް ދައުވާ ކަމަށްވެސް ހައިކޯޓުގެ ނިންމުމުގައި ވެއެވެ.

އަދީބުގެ ބަންދާމެދު ހައިކޯޓުގެ ހުކުމުގައި ބުނެފައިވަނީ، މިމައްސަލަ ހައިކޯޓުން ނިމުމާއެކު ލަސްވެގެން ފަސް ދުވަހުގެ ތެރޭގައި އަދީބުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ޕީޖީގެ އޮފީހުން ހުށަހެޅުމަށާއި، އަދި ކްރިމިނަލް ކޯޓަށް މި މަސައްލަ ހުށަހެޅުމާއެކު ލަސްވެގެން 10 ދުވަހުގެ ތެރޭގައި، މި މައްސަލަ ނިމޭ ތާރީހުން ފެށިގެން އެކުޖުމްލަ 15 ދުވަހުގެ ތެރޭގައި އަދީބުގެ ބަންދާމެދު ކްރިމިނަލް ކޯޓުން ގޮތެއް ނިންމަންޖެހޭ ކަމަށެެވެ.

މިމައްސަލައިގެ ޝަރީއަތުގެ އަޑުއެހުމެއް މި ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހު ހައިކޯޓުގައި ވަނީ ބާއްވާފަ އެވެ. އެ އަޑުއެހުމުގައި އަދީބު ވިދާޅުވެފައިވަނީ، އަދީބުގެ މައްޗަށް ދައުލަތުން އުފުލި 7 ދައުވާ ބާތިލްކޮށް، ކްރިމިނަލް ކޯޓުން ބޭރުކޮށްލި މައްސަލާގައި، ކްރިމިނަލް ކޯޓުން އޮންލައިންކޮށް ބޭއްވި އަޑުއެހުމަކީ، ހިތި ތަޖުރިބާއެއް ކަމަށާއި، ކުށަށް އިއުތިރާފްވުމާއި ތަހުގީގަށް އެއްބާރުލުން ދިނުމަށް، ދައުލަތާއެކު ވެފައިވާ އެއްބަސްވުމަކީ އެއްވެސް މަޖުބޫރު ކަމެއްނެތި، ދެއްވާފައިވާ ބަޔާނެއް ކަމަށެވެ.

އަދީބުގެ މައްޗަށް ދައުލަތުން ހުށަހެޅި 7 ދައުވާ ބާތިލްކަމަށް ނިންމައި، ކްރިމިނަލް ކޯޓުން ނިންމުމުން އެ މައްސަލަތައް ދައުލަތުން ހައިކޯޓުގައި އިސްތިއުނާފްކޮށްފައިވާ މައްސަލާގައި އެދުވަހު ބޭއްވި އަޑުއެހުމުގައި އަދީބު ވިދާޅުވެފައި ވަނީ، ވެބް ކޮންފަރެންސް މެދުވެރިކޮށް، އަދީބު ޖަލުގައި އިންނަވައި އަދި އަދީބުގެ ގާނޫނީ ވަކީލުގެ އޮފީހުގައި އިންނަވައި، އޮންލައިންކޮށް ބޭއްވި އެ އަޑުއެހުމަކީ އެގޮތަށް ބޭއްވިގެން އޭނާ ބައިވެރިވެވަޑައިގެންނެވި ފުރަތަމަ އަޑުއެހުން ކަމަށާއި ޖަލުގެ އިންޓަރނެޓް ދަށްކަމުން ކެނޑިކެނޑިގެން އަޑު އަންނަމުންދާއިރު، ވަކީލުގެ އެހީތެރިކަން ލިބުމުގައި ވެސް ދަތިތަކެއް ދިމާވި ކަމަށެވެ.

އަދީބު ވިދާޅުވެފައިވަނީ، ކްރިމިނަލް ކޯޓުގެ އެ އަޑުހުމުގައި އިއުތިރާފްގެ އެއްބަސްވުމާއި ހިލާފަށް އެއްބާރުލުން ނުލިބޭނެ ކަމަށް ބުނާ ބީދައިން ނުވަތަ، މަޖުބޫރުން ސޮއިކުރުވި ކަމަށް ދޭހަވާ އެއްވެސް ވާހަކައެއް ދެއްކިފައިވާނަމަ، އެވާހަކައެއް އަނބުރާ ގެންނަވާ ކަމަށެވެ. އިއުތިރާފުގެ އެއްބަސްވުމަކީ އޭނާއަށް އެއްވެސް މަޖުބޫރު ކަމެއް ނެތް އަދި އޭނާގެ އަމިއްލަ އިހުތިޔާރުގައި ސޮއިކޮށްފައިވާ އެއްބަސްވުމެއް ކަމަށާއި، އަދި ޓޯޗަރގެ އަމަލެއް ތަހުގީގު ޓީމުންނާއި އަދި ކުރީގެ ޕީޖީ އާއިޝަތު ބިޝާމްގެ ފަރާތުން ވެސް ހިންގާފައި ނުވާ ކަމަށް އަދީބު ވަނީ އެ ދުވަހު ހައި ކޯޓުގައި ބޭއްވި އަޑުއެހުމުގައި ތަކުރާރުކޮށް ވިދާޅުވެފައެވެ.

މީގެއިތުރުން އަދީބު ވިދާޅުވެފައިވަނީ، ހައިކޯޓުގެ އެ އަޑުއެހުމުގައި ދައުލަތުން އެ ފާހަގަކުރެއްވި ނުކުތާތަކަށް ކޮންމެހެން ވާހަކަ ދެއްކުމުގެ މާބޮޑު ބޭނުމެއް އޭނާގެ ނެތް ކަމަށާއި ބޭނުން ވަނީ މި މައްސަލަތައް ކްރިމިނަލް ކޯޓުން އަލުން ބެލުމަށް ފޮނުވުމަށްކަމަށެވެ.

މި މައްސަލައާ ގުޅިގެން ދައުލަތުގެ ފަރާތުން 9 ނުކުތާއެއް ފާހަގަކުރައްވައި، ކްރިމިނަލް ކޯޓުން އެ ދައުވާތައް ބާތިލްކޮށް ބޭރުކޮށްލާފައިވަނީ ގާނޫނުއަސާސީ އާއި ޖިނާއީ އިޖުރާއަތުގެ ގާނޫނާ ހިލާފަށް ކަމަށް ވިދާޅުވެފައެވެ. އެހެންކަމުން ދައުލަތުން އެދިފައިވަނީ، އަދީބުގެ މައްޗަށް އުފުލާފައިވާ 7 ދައުވާ ކްރިމިނަލް ކޯޓުން އަލުން ބެލުމަށް ފޮނުވާ ދިނުމަށެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން ދައުލަތުގެ ފަރާތުން އަދީބުގެ މައްޗަށް 7 ދައުވާއެއް ވަނީ އުފުލާފައެވެ. އެއީ، ޚިޔާނާތްތެރިވުމުގައި ބައިވެރިވެފައިވާ ކަމަށް ބުނާ ދެ ދައުވާއަކާއި، މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ތުހުމަތުގައި އުފުލާފައިވާ ދެ ދައުވާއަކާއި، މަނީ ލޯންޑަރ ކުރުމުގެ ކުށުގެ ދެ ދައުވާ އެވެ. އަދި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރިކަމުގެ ތުހުމަތުގައި އުފުލާފައިވާ ދައުވާ އެއްވެސް ހިމެނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން

އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން

27 ޖެނުއަރީ 2017
އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!

އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!

26 ޖެނުއަރީ 2017
ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

18 ޖެނުއަރީ 2017
ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ

ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ

18 ޖެނުއަރީ 2017
ވިސާމްގެ ޝަރީއަތް: ހެކި ބަސް ނެގުން މާދަމާ!

ވިސާމްގެ ޝަރީއަތް: ހެކި ބަސް ނެގުން މާދަމާ!

17 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

12 ފެބުރުއަރީ
ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
20242 އަހަރު ކުރިން
މީހުން

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!
20233 އަހަރު ކުރިން
ރިޕޯޓު

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން
20224 އަހަރު ކުރިން
ސިއްހަތު

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
20197 އަހަރު ކުރިން
ރާއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
20188 އަހަރު ކުރިން
ރިޕޯޓު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު