Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަސް ގަންނަ އަގުގެ ކޮންޓްރޯލް ދޫކުރުން

މިފްކޯ އިން މަސް ގަންނަ އަގުގެ ކޮންޓްރޯލް ދޫކޮށްލަނީ

20 ސެޕްޓެމްބަރު 2020 | އާދީއްތަ 11:35

މިފްކޯއިން އަގު ކޮންޓްރޯލް ކުރުމަށްފަހު މަސް ގަންނަމުން އައިސްފައިވަނީ 20 ރުފިޔާއަށް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 20 ސެޕްޓެމްބަރު 2020 | އާދީއްތަ 11:35
މަސްވެރިން ބާނައިގެން އައި މަސް މިފްކޯގެ ކޫއްޑޫއަށް ކިރަނީ

މަސްވެރިން ބާނައިގެން އައި މަސް މިފްކޯގެ ކޫއްޑޫއަށް ކިރަނީ

ހަތް އަހަރަށް ފަހު މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން މަސްވެރިންގެ އަތުން މަސް ގަންނަމުން ދިޔަ އަގުގެ ކޮންޓްރޯލް ދޫކޮށްލަން ނިންމައިފިއެވެ.

މިފްކޯ އިން އަދީއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިކަން ހާމަކުރައްވަމުން މިފްކޯގެ ހިންގަމުން އަންނަ މައި ކުންފުނި އެސްޓީއޯއިން ބުނެފައިވަނީ މި ބަދަލަށް އަމަލުކު ރަން ފަށާނީ އަންނަ ބުރާސްފަތި ދުވަހުން ފެށިގެން ކަމަށެވެ.

Advertisement - newsAdvertisement

މިފްކޯއިން އަގު ކޮންޓްރޯލް ކުރުމަށްފަހު މަސް ގަންނަމުން އައިސްފައިވަނީ 20 ރުފިޔާއަށެވެ. ނަމަވެސް މިހާރު ގެނައި ބަދަލާއެކު ދުނިޔޭގެ ބާޒާރުގައި މަހުގެ އަގަށް އަންނަ ކޮންމެ ބަދަލެއް ގެނައުމުގެ ބާރު މިފްކޯ އަށް ލިބިގެންދާނެއެވެ.

މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީ ވިދާޅުވީ މި ބަދަލާއެކު މިފްކޯއަށް ވެސް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށާއި، ހާއްސަކޮށް ކޭޝްފްލޯ މެނޭޖް ކުރުމަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށެވެ.

ފައުޒީ ވިދާޅުވީ މަސްވެރިންނަށް ޑިއުޓީ ފްރީގެ ލުޔެއް ތެލުން ލިބޭނެ ކަމަށާއި، މަސްވެރިންނަށް ލުޔެއް ދިނުމަށް ވިސްނަމުންދާ ކަމަށެވެ. އެގޮރުން ކުރިއަށް އޮތްތަނުގައި މަސްވެރިންނަށް ތެލުގެ އަގު މިއަށްވުރެ ހެޔޮކޮށް ލިބޭނެ އިންތިޒާމެއް ހަމަޖައްސާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މިފްކޯ އަށް ދިމާވެފައިވާ ސްޓޯރޭޖްގެ މައްސަލަ ހައްލު ކުރުމުގެ މަސައްކަތް ކުރިއަށް އޮތް މަސްދުވަހުގެ ތެރޭގައި ފެށޭނެ ކަމަށް ވެސް ފައުޒީ ވަނީ ވިފާޅުވެފައެވެ. އެގޮތުން ސްޓޯރޭޖްގެ މައްސަލަ ހައްލު ކުރުމަށް 30 މިލިއަން ޑޮލަރުގެ މަޝްރޫއެއް ކުރިއަށް ގެންދިއުމަށް ތައްޔާރުވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. މިފްކޯގެ ވަސީލަތްތައް ތަރައްޤީ ކުރުމަށް ކުރިއަށްގެންދާ މަޝްރޫއުގެ ދަށުން ސްޓޯރޭޖް އިތުރު ކުރުމުގެ އިތުރުން، ކޫއްޑޫ އާއި ފެލިވަރުގެ ބަނދަރު ތަރައްގީ ކުރެވިގެންދާނެ ކަމަށާއި ކޯލްޑް ސްޓޯރޭޖާއި ކޭނިންގ ކެޕޭސިޓީ ވެސް އިތުރު ކުރެވޭނެ ކަމަށް އިސްމާއިލް ވިދާޅުވިއެވެ.

މަސްވެރިން ބާނާ މަހަށް ދުވަހުން ދުވަހަށް ފާއިސާ ދެވޭ ކުންފުންޏެއްގެ ގޮތުގައި މިފްކޯ ހެދުމަށް މަސައްކަތްތަކެއް ކުރާއިރު އެންމެ ފުރަތަމަ ވެސް ބޭނުންވަނީ އެކަށީގެންވާ ޕްރޮސެސިން ކެޕޭސިޓީއެއް ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން މިހާރު ކޫއްޑޫގައި 2000 ޓަނު އަދި ފެލިވަރުގައި 700 ޓަނުގެ ސްޓޯރޭޖެއް ހުރިއިރު ފެލިވަރުގައި ފްރީޒިން ކެޕޭސިޓީއެއް ނެތް ކަމަށާއި އެހެންކަމުން އެންމެ ފުރަތަމަ ފެލިވަރުގައި 200 ޓަނުގެ ފްރީޒިން ކެޕޭސިޓީއެއް ޤާއިމްކޮށް 4000 ޓަނުގެ ކޯލްޑް ސްޓޯރޭޖެއް ޤާއިމް ކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ ކަމަށް އިސްމާއިލް ފާހަގަކުރެއްވިއެވެ.

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

4

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

13 ޖެނުއަރީ 2017

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017
ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް
12 ޖެނުއަރީ 2017

އައްޑޫ ސިޓީގައި ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ފާރަކަށް އަރައިފި

12 ޖެނުއަރީ 2017
އައްޑޫ ސިޓީގައި ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ފާރަކަށް އަރައިފި
12 ޖެނުއަރީ 2017

ހަސަން ލަތީފް ނ. އަތޮޅުގެ ރަށްތަކަށް ވަޑައިގަންނަވައިފި

12 ޖެނުއަރީ 2017
ހަސަން ލަތީފް ނ. އަތޮޅުގެ ރަށްތަކަށް ވަޑައިގަންނަވައިފި
12 ޖެނުއަރީ 2017

ގެއްލިގެން ހޯދަމުން ދިޔަ ސްރީލަންކާގެ މަސްބޯޓް ފެނިއްޖެ، އެކަކުގެ ހާލު ދެރަ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
ގެއްލިގެން ހޯދަމުން ދިޔަ ސްރީލަންކާގެ މަސްބޯޓް ފެނިއްޖެ، އެކަކުގެ ހާލު ދެރަ: އެމްއެންޑީއެފް
11 ޖެނުއަރީ 2017

މިފްކޯ ބަނގުރޫޓްވެ މުވައްޒަފުން ވަޒީފާއިން ވަކިކުރާނެކަން އަންގައިފި

11 ޖެނުއަރީ 2017
މިފްކޯ ބަނގުރޫޓްވެ މުވައްޒަފުން ވަޒީފާއިން ވަކިކުރާނެކަން އަންގައިފި
11 ޖެނުއަރީ 2017

ރޯވި މަސްބޯޓުގައި ތިބި މީހުން ފެނިއްޖެ

11 ޖެނުއަރީ 2017
ރޯވި މަސްބޯޓުގައި ތިބި މީހުން ފެނިއްޖެ
11 ޖެނުއަރީ 2017

ރާއްޖޭގެ މަސްބޯޓެއްގައި އަލިފާން ރޯވެއްޖެ

11 ޖެނުއަރީ 2017
ރާއްޖޭގެ މަސްބޯޓެއްގައި އަލިފާން ރޯވެއްޖެ
11 ޖެނުއަރީ 2017

ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި

11 ޖެނުއަރީ 2017
ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި
08 ޖެނުއަރީ 2017

މައުލޫމާތު ފެތުރުމުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނަން ޖެހޭނީ ދައުލަތުގައި: އިކުރާމް

08 ޖެނުއަރީ 2017
މައުލޫމާތު ފެތުރުމުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނަން ޖެހޭނީ ދައުލަތުގައި: އިކުރާމް
04 ޖެނުއަރީ 2017

ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު

04 ޖެނުއަރީ 2017
ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް