Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ރާއްޖެ-އިންޑިއާ

ބަޖެޓް ސަޕޯޓްގެ ގޮތުގައި 250 މިލިއަން ޑޮލަރު އިންޑިއާއިން ދީފި

ބަޖެޓް ސަޕޯޓުގެ ގޮތުގައި ދީފައިވާ 250 މިލިއަން ޑޮލަރުގެ އެހީއަކީ އެއްވެސް ކޮންޑިޝަންއެއް، ނުވަތަ ޝަރުތަކާއި ނުލާ ފޯރުކޮށްދީފައިވާ އެހީއެއް

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 20 ސެޕްޓެމްބަރު 2020 | އާދީއްތަ 08:32
އިންޑިއާއިން ރާއްޖޭ ބަޖެޓް ސަޕޯޓުގެ ގޮތުގައި ދިން 250 މިލިއަން ޑޮލަރުގެ އެހީ އާ ހަވާލު ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

އިންޑިއާއިން ރާއްޖޭ ބަޖެޓް ސަޕޯޓުގެ ގޮތުގައި ދިން 250 މިލިއަން ޑޮލަރުގެ އެހީ އާ ހަވާލު ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

ކޮވިޑް-19 ގެ ސަބަބުން ކުރިމަތިވެފައިވާ އިގްތިސާދީ ދަތިކަމުން އަރައިގަތުމަށް އެހީތެރި ވުމަށްޓަކައި ދިވެހި ސަރުކާރަށް ބަޖެޓް ސަޕޯޓްގެ ގޮތުގައި 250 މިލިއަން ޑޮލަރު އިންޑިއާ ސަރުކާރުން ފޯރުކޮށްދީފިއެވެ.

އާދިއްތަ ދުވަހު ފޮރިން މިނިސްޓްރީގައި ބޭއްވުނު މި ރަސްމިއްޔާތުގައި، ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުގެ އިތުރުން ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު، އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރު އަދި ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) މާލެ ބްރާންޗްގެ ސީއީއޯ ބަރަތު މިޝްރާ ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

Advertisement - newsAdvertisement

ބަޖެޓަރީ ސަޕޯޓްގެ ގޮތުގައި ހަވާލުކުރެވިފައިވާ 250 މިލިއަން ޑޮލަރު ފޯރުކޮށްދެވިފައިވަނީ، ދިވެހިރާއްޖެއަށް ކުރިމަތިވެފައިވާ އިގްތިސާދީ ދަތިކަމުން އަރައިގަތުމަށް މާލީ އެހީތެރިކަން ފޯރުކޮށްދެއްވުމަށް އިންޑިއާގެ ބޮޑު ވަޒީރު ނަރޭންދްރަ މޯދީ ގެ އަރިހުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހު ދެންނެވުމުންނެވެ. އަދި މި އެހީ ފޯރުކޮށްދެވިފައިވަނީ ދިވެހި ސަރުކާރަށް އެންމެ ލުއި އަދި އެންމެ ހެޔޮ ޓާމް ތަކުގެ ދަށުންނެވެ.

މާލީ އެހީތެރިކަމުގެ މި ފައިސާގެ ވާހަކަ ފުރަތަމަ އިއުލާނު ކުރެވުނީ ފޮރިން މިނިސްޓަރ ޝާހިދާއި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރ ޑރ. ޖެއިޝަންކަރުގެ މެދުގައި ބޭއްވުނު ވާޗުއަލް ބައްދަލުވުމުގެ ތެރެއިންނެވެ. އަދި ފޯރުކޮށްދިނުމަށް ހަމަޖެހުނީ ސްޓޭޓް ބޭންކް އޮފް އިންޑިއާގެ މާލެ ބްރާންޗް މެދުވެރިކޮށް ޓްރެޝަރީ ބޮންޑް ސޭލްއެއްގެ ގޮތުގައެވެ. މި ފައިސާ އަނބުރާ ދައްކަން ޖެހޭނީ 10 އަހަރުގެ ރީޕޭމެންޓް ޓެނިއާ އަކަށް ފަހުއެވެ.

ކޮވިޑް-19 ބަލިމަޑުކަމުގެ ތެރޭގައި އިންޑިއާއިން ވަނީ ދިވެހިރާއްޖެއަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީފައެވެ. އެގޮތުން، ސިއްހީ ދާއިރާއަށް އެހީތެރިވުމުގެ ގޮތުން މާރޗު މަހުގައި އިންޑިއާއިން ވަނީ ޑޮކްޓަރުންނާއި ސްޕެޝަލިސްޓުންގެ ޓީމެއް ރާއްޖެއަށް ފޮނުވާފައެވެ. އަދި އޭޕްރިލް މަހުގައި 5.5 ޓަނުގެ ބޭހުގެ ކޮންސައިންމެންޓްއެއް ވަނީ ފޯރުކޮށްދީފައެވެ.

އޭގެ ފަހުން މެއި މަހުގެ ތެރޭގައި 580 ޓަނުގެ ކާބޯތަކެތީގެ އިތުރުން، 6.2 ޓަނުގެ ބޭހުގެ ޝިޕްމެންޓެއް އިންޑިއާގެ 4 ޝަހަރަކުން ވަނީ އިންޑިއަން އެއާ ފޯސް މެދުވެރިކޮށް ގެނެސްދެވިފައެވެ. އަދި އިންޑިއާއިން ވަނީ އެކި ފަހަރު މަތިން އެކްސްޕޯޓް ރިސްޓްރިކްޝަން އުފުލާ، ދިވެހިރާއްޖެއަށް ބޭނުންވާ މެޑިކަލް ކޮންސިއުމަބަލްސްގެ އިތުރުން ރެސްޕިރޭޓޮރީ އެޕެރޭޓސް އަދި ޓެސްޓިން ކިޓުތަކާއި ރިއެޖެންޓްތައް ފޯރުކޮށްދީފައެވެ. ދުނިޔެއަށް ދިމާވެފައިވާ ވިޔަފާރީގެ ދަތިތަކާއި އެކުވެސް އިންޑިއާއިން ވަނީ ދިވެހިރާއްޖެއަށް ބޭނުންވާ ޒަރޫރީ ކޮމޯޑިޓީތަކުގެ ސަޕްލައި ވެސް ދަމަހައްޓައިދީފައެވެ.

މީގެއިތުރުން، ފާއިތުވި ހަފްތާތަކުގެ ތެރޭގައި 8 ބެޗެއްގެ ގޮތުގައި 500 ދިވެހިން ވަނީ ބޭސްފަރުވާއަށް އިންޑިއާއަށް ދަތުރުކޮށްފައެވެ. އަދި ދިވެހި ސަރުކާރުގެ އެދުމުގެ މަތިން، ދިވެހި ސިއްހީ ދާއިރާއަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި އިންޑިއާއިން ކުރު މުއްދަތުގެ ކޮންޓްރެކްޓް ތަކަށް ރެކްރޫޓުކޮށްފައިވާ ޑޮކްޓަރުންނާއި ނަރުހުން ދިވެހިރާއްޖެއަށް ފޮނުވާގޮތަށް ވަނީ ހަމަޖެހިފަ އެވެ. ދިވެހިރާއްޖެއާއި އިންޑިއާ އާއި ދެމެދުގައި ވަނީ އެފަދަ ދެވަނައެއް ނެތް ގުޅުމެއްކަން ކޮވިޑް-19 ބަލިމަޑުކަމުގެ ތެރެއިން ވަނީ ހާމަވެފައެވެ. އަދި ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންނާއި އެކުގައި އިންޑިއާއިން އަބަދުމެ ދެމިއޮންނާނެ ކަމަށް އެގައުމުން ބުނެއެވެ.

ބަޖެޓް ސަޕޯޓުގެ ގޮތުގައި ދެވޭ 250 މިލިއަން ޑޮލަރުގެ އެހީއަކީ އެއްވެސް ކޮންޑިޝަންއެއް، ނުވަތަ ޝަރުތަކާއި ނުލާ ފޯރުކޮށްދީފައިވާ އެހީއެކެވެ. އެހެންކަމުން ދިވެހިރާއްޖޭގެ އިގްތިސާދީ ހާލަތު ބަދަލުކުރުމަށްޓަކައި، މި އެހީގެ ބޭނުން ދިވެހި ސަރުކާރުން ބޭނުން ގޮތަކަށް ބޭނުން ކަމަކަށް ބޭނުން ކުރުމުގެ މިނިވަންކަން އޮންނާނެއެވެ. އަދި މި އެހީ ފޯރުކޮށްދެވެނީ މާލޭގައި ހުންނަ އެސްބީއައި މެދުވެރިކޮށް ކަމުން މިއީ ބޭރުގެ ދަރަންޏެއް ގޮތުގައި ހިމެނިގެން ނުދާނެއެވެ.

މާލީ އެހީގެ މި އަދަދު ފޯރުކޮށްދިނުމަށްޓަކައި އިންޑިއާ ސަރުކާރުން ވަނީ އެސްބީއައި އަށް ސޮވެރިން ގެރެންޓީ ފޯރުކޮށްދީފައެވެ. 10 އަހަރު ދުވަހުގެ ޓެނިއާ އަކާއިއެކު ފޯރުކޮށްދެވޭ 250 މިލިއަން ޑޮލަރުގެ މި 'ސޮފްޓް ލޯން' ގެ އިންޓްރެސްޓް ރޭޓް ވެސް ވަރަށް ކުޑައެވެ. އަދި ޕްރިންސިޕަލް ޕޭމެންޓް އަދާ ކުރަން ޖެހެނީ 10 އަހަރު ފަހުން ކަމުން، އަހަރަކު ދެ ފަހަރު އަދާކުރަންޖެހޭ އިންޓްރެސްޓް ޕޭމެންޓްގެ އިތުރުން، ވަގުތުން އަންނަ ދަރަނީގެ ދަތިކަމެއް ނެތެވެ. މިފަދަ ގޮތަކަށް އިންޑިއާއިން އެހީ ފޯރުކޮށްދީފައިވާ ހަމައެކަނި ގައުމަކީ ދިވެހިރާއްޖެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޖަލަށްލިކަމުގައިވިޔަސް ފަހަތަކަށް ނުޖެހޭނެ، ނޫސްވެރިން ތިބީ އެކަތިގަނޑެއްގެ ގޮތުގައި: ރާއްޖެޓީވީ

ޖަލަށްލިކަމުގައިވިޔަސް ފަހަތަކަށް ނުޖެހޭނެ، ނޫސްވެރިން ތިބީ އެކަތިގަނޑެއްގެ ގޮތުގައި: ރާއްޖެޓީވީ

24 ޖެނުއަރީ 2017
46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް

46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް

19 ޖެނުއަރީ 2017
ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

17 ޖެނުއަރީ 2017
ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!

ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!

16 ޖެނުއަރީ 2017
އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި

އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި

12 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

15 ޖޫން
އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި
20233 އަހަރު ކުރިން
ރާއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ
20197 އަހަރު ކުރިން
ރާއްޖެ

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު