Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއިންޑިޔާ ރާއްޖެ ފެރީ ދަތުރު

އިންޑިއާ-ރާއްޖެ ކާގޯ ފެރީ ދަތުރުތައް މާދަމާ ފަށަނީ

މިކަމުގެ ރަސްމީ ވާހަކަތައް ދެކެވުނީ 2019 ވަނަ އަހަރު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 20 ސެޕްޓެމްބަރު 2020 | އާދީއްތަ 08:37
އިންޑިޔާ އާއި ރާއްޖެ އާ ދެމެދު ކާގޯ ފެރީގެ ގޮތުގައި ބޭނުންކުރާނީ އިންޑިޔާގެ ބޯޓެއް

އިންޑިޔާ އާއި ރާއްޖެ އާ ދެމެދު ކާގޯ ފެރީގެ ގޮތުގައި ބޭނުންކުރާނީ އިންޑިޔާގެ ބޯޓެއް

ހދ. ކުޅުދުއްފުއްޓާއި އިންޑިޔާގެ ކޮޗިން އާ ދެމެދު ކާގޯ ދަތުރުތައް ހޯމަ ދުވަހު ފަށާނެކަމަށް އިންޑިޔާ އެމްބަސީން ބުނެފިއެވެ.

ރާއްޖޭގައި ހުންނަ އިންޑިޔާ އެމްބަސީގެ އޮފިޝަލަކު "ރާއްޖެ އެމްވީ" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ކާގޯ ފެރީ މާދަމާ ޓުޓިކޮރިން އިން ރާއްޖެ އައުމަށް ފުރާނެ ކަމަށެވެ.

ކުޅުދުއްފުއްޓައި މާލެ އަދި ކޮޗިން އާއި ދެމެދު ފެރީ ދަތުރުތައް ބާއްވަން ނިންމައި އެކަމުގެ ރަސްމީ ވާހަކަތައް ދެކެވުނީ 2019 ވަނަ އަހަރު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައެވެ. އެގޮތުން އެކަމާއި ގުޅޭގޮތުން މޯދީ ވަނީ ރައްޔިތުންގެ މަޖިލީހުގައި ވާހަކަދެއްކެވިއިރު އަލިއަޅުވާލައްވާފައެވެ. މީގެ އިތުރުން ހަމަ އެ ދަތުރުފުޅުގައި މިދަތުރުތައް ފެށުމާއި ގުޅޭގޮތުން ދެ ގައުމުގެ މެދުގައި ވަނީ އެއްބަސްވުމުގައި ސޮއިކުރައްވާފައެވެ. ސޮއިކޮށްފައިވަނީ އިންޑިޔާގެ ޝިޕިންގ މިނިސްޓްރީ އާއި ޓްރާންސްޕޯޓް މިނިސްޓްރީ އާ ދެމެދުއެވެ.

އެއަށްފަހު މި އަހަރުގެ އޮގަސްޓް މަހުގެ 13 ވަނަ ދުވަހު ރާއްޖޭގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު އާއި އިންޑިޔާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓަރ ޑރ. ޖައިޝަންކަރާ ދެމެދު ކުރިޔަށްދިޔަ ވަރޗުއަލް ބައްދަލުވުމުގައި ކުޅުދުއްފުއްޓާއި އިންޑިޔާގެ ކޮޗިން އާ ދެމެދު ކާގޯ ފެރީ ދަތުރުތައް ފަށާނެކަން ވަނީ ހާމަކޮށްފަ އެވެ.

ކާގޯ ފެރީގެ ހިދުމަތާއެކު ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ޒަމާންވީ ވިޔަފާރީގެ ގުޅުން އިތުރަށް ހަރުދަނާ ވެގެންދާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. އަދި ފެރީގެ އެއް މަންޒިލެއް ގޮތުގައި ހދ. ކުޅުދުއްފުށި ވެސް ހިމެނޭއިރު، މިއީ އުތުރުގެ ރަށްތަކަށް ވިޔަފާރީގެ ގޮތުން ކުރިއެރުން ލިބި، ރާއްޖޭގެ އުފެއްދުންތައް އިންޑިއާގެ މާކެޓަށް އަދި އިންޑިއާ މެދުވެރިކޮށް ބައިނަލްއަގްވާމީ މާކެޓަށް ނެރުމަށް ފަސޭހަ ވެގެންދާނެ ކަމެއް ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

އިންޑިޔާގެ މި ކާގޯ ފެރީން 3000 މެޓްރިކް ޓަންގެ މުދާ ބަރުކުރެވޭނެކަމަށް އިންޑިޔާ އެމްބަސީން މައުލޫމާތުދެއެވެ.

ޓްރާންސްޕޯޓު މިނިސްޓްރީން ބުނީ ދަތުރުތައް ފަށާއިރު މަހަކު ދެ ދަތުރު ބާއްވަން ނިންމާފައިވާ ކަމަށެވެ. އިންޑިއާގެ ޓުޓިކޮރިން އާއި ކޮޗިން އިން މުދާ ހިފައިގެން ރާއްޖެ އަންނަ މި ކާގޯޯ ފެރީ ކުޅުދުއްފުއްޓާއި މާލޭ ބަނދަރަށް ކައިރި ކުރާނެއެވެ.

އިންޑިޔާގެ ނޫސްތަކުން ބުނާގޮތުގައި ރާއްޖޭގެ ވިޔަފާރިވެރިންނަށް ވެސް އަދި އިންޑިއާގެ ވިޔަފާރިވެރިންނަށް ވެސް މި ދަތުރުތަކުގެ ސަބަބުން ފައިދާ ކުރާނެއެވެ. މި ދަތުރުތަކުގައި އިންޑިއާއިން ރާއްޖެއަށް މެޝިނަރީސް، ޕެރިޝަބްލްސް އަދި ބޭހާއި ފަރުނީޗަރު ފަދަ ތަކެތިވެސް އެތެރެކުރާނެއެވެ.

މި ދަތުރުތަކާ ގުޅިގެން ދިވެހި ސަރުކާރުން އާންމުކޮށްފައިވާ ބައެއް މައުލޫމާތުތަކަށް ބަލާއިރު މިދިޔަ އަހަރު 4.4 ބިލިއަން ރުފިޔާގެ މުދާ އިންޑިއާއިން ރާއްޖެ އެތެރެކޮށްފައިވެއެވެ. އޭގެ ތެރޭގައި ކެއިން ބުއިމަށް ބޭނުންކުރާ ތަކެއްޗާއި ކޮންސްޓްރަކްޝަން ދާއިރާގައި ބޭނުންކުރާ މުދަލުގެ އިތުުރުން ބޭހާއި ކޮސްމެޓިކްސް އަދި އަންނައުނުވެސް ހިމެނެއެވެ.

ސަރުކާރުން ބުނެފައިވަނީ ކުދި ވިޔަފާރިތަކުންވެސް އިންޑިއާ އިން ރާއްޖެއަށް މުދާ އެތެރެ ކުރަމުންދާ ކަމަށެވެ. އަދި ފެރީ ދަތުުރުތަކާއެކު އިމްޕޯޓަރުންނަށް އާ ޕްލެޓްފޯމެއް ގާއިމްވީ ކަމަށާޢި އިތުރު ވިޔަފާރިވެރިންނަށް ފުރުސަތުތައް ފަހިވާނެ ކަމަށް ސަރުކާރުން ބުނެއެވެ.

އުތުރުގެ ވިޔަފާރިވެރިންނަށް މި ދަތުރުގެ ފައިދާ ކުރާނެކަން ސަރުކާރުންވެސް ވަނީ ބުނެފައެވެ. އެގޮތުން ހެޔޮ އަގުގައި މުދާ އެތެރެކުރުމަށް މިއީ ފުރުސަތަކަށް ވާނެއެވެ. އަދި ޕެސެންޖާ ފެރީގެ ހިދުމަތް ފެށިއްޖެނަމަ މިއީ އިތުރުގެ ގެސްޓްހައުސްތަކަށް ވެސް އޭގެ ފައިދާ ކުރާނެ ކަމެއްކަން ފާހަގަކޮށްފައިވެއެވެ. އިންޑިއާ އަކީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ އެއް ގައުމެވެ.

މި ދަތުރުތަކާއި ގުޅޭގޮތުން ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވެސް ވަނީ އިންޑިއާ އާއި ރާއްޖެއާ ދެމެދު ފެރީގެ ހިދުމަތެއް ފަށައިފި ނަމަ ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ފުޅާވެގެންދާނެ ކަމަށް ވިދާޅުވެ ޓްވީޓްކުރައްވާފައެވެ.

މިނިސްޓަރ ކުރެއްވި ޓުވީޓެއްގައި ވަނީ އިންޑިއާ އާއި ރާއްޖެއާ ދެމެދު ފެރީގެ ހިދުމަތެއް ފެށުން ވެގެންދާނީ ރާއްޖޭގެ ފަތުރުވެރިކަމަށާއި ޓްރޭޑަށް ވެސް ނުހަނު ފައިދާ ގެނުވާނެ ކަމެއް ކަމަށެވެ. އަދި މިއީ ރާއްޖެއަށް ފައިދާ ކުރާނެ މަޝްރޫޢު އެއްކަން ކުރީގެ އިކޮނޮމިސްޓުންނަށް ނޭނގެނީ ކީއްވެގެންތޯ މިނިސްޓަރ ވަނީ ސުވާލު އުފައްދަވާފައެވެ.

އިންޑިޔާ އާއި ރާއްޖެ އާ ދެމެދު ކާގޯ ފެރީ ފަށާތީ އެކަމާއިގުޅިގެން ވަނީ ސަރުކާރަށް ފާޑުކިޔުންތަކެއް އަމާޒުވެފައެވެ. އެގޮތުން މިކަމުގެ ސަބަބުން ރާއްޖޭގެ ވިޔަފާރިވެރިންނަށް ފައިދާ ނުކުރާނެ ކަމަށާއި ފައިދާ ވާނީ އިންޑިޔާގެ ވިޔަފާރިވެރިންނަށް ކަމަށް އަންނަނީ ބުނަމުންނެވެ.

އިތުރަށް ކިޔާލަން

05 ފެބުރުއަރީ 2017

ރައްޔިތުންގެ މަޖިލިސް: ރިޔާސީ ބަޔާން އިއްވުން މާދަމާ ދަރުބާރު ގޭގައި

05 ފެބުރުއަރީ 2017
ރައްޔިތުންގެ މަޖިލިސް: ރިޔާސީ ބަޔާން އިއްވުން މާދަމާ ދަރުބާރު ގޭގައި
01 ފެބުރުއަރީ 2017

ފިޔާޒުގެ ޝަރީއަތް: ދިފާއީ ހެކިންގެ ހެކި ބަސް ނެގުން މާދަމާ

01 ފެބުރުއަރީ 2017
ފިޔާޒުގެ ޝަރީއަތް: ދިފާއީ ހެކިންގެ ހެކި ބަސް ނެގުން މާދަމާ
31 ޖެނުއަރީ 2017

މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ

31 ޖެނުއަރީ 2017
މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ
30 ޖެނުއަރީ 2017

ވިސާމްގެ ދެވަނަ ޝަރީއަތުގެ އަޑުއެހުން މާދަމާ!

30 ޖެނުއަރީ 2017
ވިސާމްގެ ދެވަނަ ޝަރީއަތުގެ އަޑުއެހުން މާދަމާ!
28 ޖެނުއަރީ 2017

ހަތް މަހަށް ފަހު ރާއްޖެޓީވީގެ ސީއޯއޯ ފިޔާޒުގެ ޝަރީއަތް މާދަމާ ފަށަނީ

28 ޖެނުއަރީ 2017
ހަތް މަހަށް ފަހު ރާއްޖެޓީވީގެ ސީއޯއޯ ފިޔާޒުގެ ޝަރީއަތް މާދަމާ ފަށަނީ
28 ޖެނުއަރީ 2017

ރައީސް ނަޝީދު މާދަމާ ލަންކާއަށް ވަޑައިގަންނަވަނީ

28 ޖެނުއަރީ 2017
ރައީސް ނަޝީދު މާދަމާ ލަންކާއަށް ވަޑައިގަންނަވަނީ
25 ޖެނުއަރީ 2017

ބަސް ދަތުރުތައް ފެށުމަށް ވާން ޖެހޭ ތައްޔާރީތައް ދަނީ ކުރިއަށް: އެމްޓީސީސީ

25 ޖެނުއަރީ 2017
ބަސް ދަތުރުތައް ފެށުމަށް ވާން ޖެހޭ ތައްޔާރީތައް ދަނީ ކުރިއަށް: އެމްޓީސީސީ
23 ޖެނުއަރީ 2017

ވިސާމާއި ލީވާނަށް އަދަބު ކަނޑައަޅައި، ހުކުމް ކުރުން މާދަމާ!

23 ޖެނުއަރީ 2017
ވިސާމާއި ލީވާނަށް އަދަބު ކަނޑައަޅައި، ހުކުމް ކުރުން މާދަމާ!
23 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ

23 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ
17 ޖެނުއަރީ 2017

ވިސާމްގެ ޝަރީއަތް: ހެކި ބަސް ނެގުން މާދަމާ!

17 ޖެނުއަރީ 2017
ވިސާމްގެ ޝަރީއަތް: ހެކި ބަސް ނެގުން މާދަމާ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު