Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސިސްޓަރ އައިލެންޑް ކޮންފަރެންސް

ސިސްޓަރ އައިލެންޑް ކޮންފަރެންސް ބާއްވާ އެމްއޯޔޫގައި ސޮއިކޮށްފި

19 ސެޕްޓެމްބަރު 2020 | ހޮނިހިރު 13:39

މއީ އެއް ދުވަހުގެ މުއްދަތަށް ގެމަނަފުށީގައި ބޭއްވި ބައްދަލުމެއް

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 19 ސެޕްޓެމްބަރު 2020 | ހޮނިހިރު 13:39
ސިސްޓަރ އައިލެންޑް ކޮންފަރެންސް

ސިސްޓަރ އައިލެންޑް ކޮންފަރެންސް

ސިސްޓަރ އައިލެންޑް ކޮންފަރެންސް ބާއްވާ ކައުންސިލްތަކުން އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ.

ފުވައްމުލަކު ސިޓީ ކައުންސިލް އިން އިންތިޒާމް ކޮށްގެން ބޭއްވި މިއެމްއޯޔޫގައި ސޮއިކޮށްފައިވަނީ އެކައުންސިލްގެ މޭޔަރު ފަލާހް ޝަރީފާއި، ކޮންމެ ރަށެއްގެ ރަށު ކައުންސިލް ރައީސްއެވެ.

Advertisement - newsAdvertisement

ސިސްޓަރ އައިލެންޑް ކޮންފަރެންސަކީ ފުވައްމުލަކު ސިޓީ ކައުންސިލް އާއި ގއ. އަތޮޅުގެ އަށް ކައުންސިލް ގުޅިގެން ކުރިއަށް ގެންދިޔަ އެއް ދުވަހުގެ ބައްދަލުވުމެކެވެ.

ގެމަނަފުށީގައި ބޭއްވި މި ބައްދަލުވުމުގައި ބައިވެރިވީ ކައުންސިލްގެ ރައީސުންނާއި އިސްވެރިންނެވެ.

ސިސްޓަރ އައިލެންޑް ކޮންފަރެންސްގެ މައިގަނޑު ބޭނުމަކީ ފުވައްމުލައް ސިޓީއާއި، ގއ. އަތޮޅުގެ ރަށްތަކާއި ދެމެދު އިގްތިސާދީ، އިޖްތިމާއީ އަދި ސިއްހީ ދާއިރާގެ ކަންކަން ހަރުދަނާ ކުރުމެވެ.

ރާއްޖެއެމްވީއާއި ވާހަކަދައްކަވަމުން ގެމަނަފުށީ ކައުންސިލްގެ ރައީސް އަބްދުﷲ ޝިޔާން ވިދާޅުވީ މި އެމްއޯޔޫގެ ދަށުން އެއް ކައުންސިލް އަނެއް ކައުންސިލް ގުޅިގެން އެކި ރަށްރަށުގައި ދިމާވެފައި ހުރި ކަންކަން ހައްލު ކުރުން ހިމެނެއެވެ.

އެގޮތުން މި އެމްއޯޔޫގެ ދަށުން އެންމެ ފުރަތަމަ ވެސް އިސްކަން ދީފައިވަނީ ގެމަނަފުށީގެ ސިއްހީ ދާއިރާ އިން ރައްޔިތުންނަށް އިތުރު ޚިދުމަތެއް ފޯރުކޮށްދިނުމުގެ ގޮތުން ފުވައްމުލަކު ސިޓީގައި މަސައްކަތް ކުރާ ސެޕަޝަލިސްޓް ޑޮކްޓަރުން މަހަކު އެއް ފަހަރު އެ ރަށަށް ގެނައުމަށް ނިންމި ކަމަށެވެ.

އެގޮތުން މި އެއްބަސްވުމުގެ ދަށުން ގެމަނަފުއްޓަށް ސްޕެޝަލިޓް ޑޮކްޓަރެއް ޒިޔާރަތްކޮށް 25 މީހުން ވަނީ ބަލާފައެވެ.

މީގެ އިތުރުން އިޖްތިމާއީ އަދި ލޯކަލް ޓުއަރިޒަމް ޕްރޮމޯޓް ކުރުމަށް ސަރުކާރުން ގަސްތު ކުރާ ބައެއް ކަންކަމާއި ގުޅޭގޮތުން މަޝްވަރާ ކުރުމަށްފަހު ވައިގެ މަގުން މި ދެއަތޮޅު ގުޅާލެވޭނެ ގޮތްތަކާއި ބެހޭގޮތުން ވަނީ ވާހަކަ ދައްކަވާފައެވެ.

ޝިޔާން ވިދާޅުވީ މިވަގުތު މި ދެއަތޮޅުގެ ރައްޔިތުންނަށް ފެރީގެ ޚިދުމަތް ފޯރުކޮށްދެމުންގެންދާ ކަމަށާއި މިއަދާއި ޖެހެންދެން ވަރަށް ކާމިޔާބު ކަމަށެވެ.

މި ކޮންފަރެންސާއި ގުޅިގެން ވާހަކަ ދައްވަމުން ފުވައްމުލަކު ކައުންސިލް މޭޔަރު ފަލާޙް ޝަރީފް ވިދާޅުވީ މި ދެއަތޮޅުގެ ދެމެދުގައި މިހާރު ޤާއިމްވެފައިވާ ދަތުރުފަތުރުގެ ނިޒާމް ހަރުދަނާ ގޮތެއްގައި ގެންދެވޭނީ ފެރީ ނިޒާމެއްގެ އިތުރުން ވައިގެ މަގުން ވެސް ގުޅުވާލެވިގެން ކަމަށެވެ.

ފަލާހް ވިދާޅުވީ ސިސްޓަރ އައިލެންޑް ކޮންފަރެންސްގެ އެންމެ ބޮޑު ބޭނުމަކީ އެއް ކައުންސިލް އަނެއް ކައުންސިލަކުން އެހީތެރިކަން ފޯރުކޮށްދީ އަތުގައި ހުރި ވަސީލަތްތައް ބޭނުން ކޮށްގެން ކަންކަން ހައްލު ކުރުމަށް މަގުފަހި ކުރުން ކަމަށެވެ.

އެގޮތުން ލާމަރުކަޒީ ނިޒާމެއްގެ ބޭނުން އެންމެ ހެޔޮ ގޮތެއްގައިވެސް ހިފޭނީ މައި ސަރުކާރަށް ބަރޯސާނުވެ ކައުންސިލްތަކުން ކަންކަން ރާވާ ހިންގުން ކަމަށް ފަލާޙް ވިދާޅުވިއެވެ.

މީގެ އިތުރުން ދެކުނުގެ ހަތަރު އަތޮޅު ގުޅިގެން ކަނޑައަޅާފައި ހުރި ލަނޑުދަނޑިތައް ވެސް ހުންނާނެ ކަމަށާއި ދެކުނު މަހާސިންތާގައި ނިމުނު ގިނަ ކަންކަމަށް ސިސްޓަރ ކޮންފަރެންސްގައި ވެސް އަލި އަޅުވާފައިވާނެ ކަމަށް ފަލާޙް ވިދާޅުވިއެވެ.

އެންމެ ހިނގާ

1

އެއް ފަހަރާ އެކަކަށް ކުންފުންޏެއްގެ އެމްޑީކަމާއި ސްޓޭޓް މިނިސްޓަރުކަން މިއީ ކިހިނެއް ހިނގާ ސަރުކާރެއް؟

2

އީރާނާ ދެކޮޅަށް ފަނާކުރަނިވި 'ބޮންތަކުގެ މައި ބޮން' ބޭނުންކުރަން ޓްރަމްޕް ވިސްނަވަނީ

3

ޕްރައިމަރީއާ ގުޅޭގޮތުން ފައިސަލް އާއި ރައީސް ސޯލިހުގެ 3 ގަޑިއިރުގެ ބައްދަލުވުމެއް!

4

އިސްރާއީލުން ވަޒަންވެރިވަނީ އަސްކަރީ ބާރުގެ ބޭނުންކޮށްގެން ހިފާ ބިންތަކުގައި، މިނިވަން ޤައުމެއްގައި ޗުއްޓީ ހޭދަކުރާ ގެތަކުގައެއް ނޫން: މުއްތޮލިބް

5

ރައީސް މުޢިއްޒު ޕާކިސްތާނަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި 12 އެއްބަސްވުމެއްގައި ސޮއިކުރައްވަނީ

އިތުރަށް ކިޔާލަން

13 ފެބުރުއަރީ 2017

ކުއީން މޭރީ ޔުނިވާރސިޓީ ގެ މޫސުމާއި ގުޅޭ ކޮންފަރެންސް ޝަރަފުވެރިކޮށްދެއްވާ، ރައީސް ނަޝީދު ތަގުރީރު ކުރައްވަނީ

13 ފެބުރުއަރީ 2017
ކުއީން މޭރީ ޔުނިވާރސިޓީ ގެ މޫސުމާއި ގުޅޭ ކޮންފަރެންސް ޝަރަފުވެރިކޮށްދެއްވާ، ރައީސް ނަޝީދު ތަގުރީރު ކުރައްވަނީ
13 ފެބުރުއަރީ 2017

ޕީޕީއެމްގެ ރިޔާސީ ޕްރައިމެރީ ބާއްވާނެ ކަމަށް ގަބޫލެއް ނުކުރަން : އުމަރު ނަސީރު

13 ފެބުރުއަރީ 2017
ޕީޕީއެމްގެ ރިޔާސީ ޕްރައިމެރީ ބާއްވާނެ ކަމަށް ގަބޫލެއް ނުކުރަން : އުމަރު ނަސީރު
10 ފެބުރުއަރީ 2017

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގެ ވޯޓްލުން މިއަދު ބާއްވާނީ

10 ފެބުރުއަރީ 2017
އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގެ ވޯޓްލުން މިއަދު ބާއްވާނީ
05 ފެބުރުއަރީ 2017

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު އަންނަ ހުކުރު ދުވަހު ބާއްވާނީ

05 ފެބުރުއަރީ 2017
އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު އަންނަ ހުކުރު ދުވަހު ބާއްވާނީ
02 ފެބުރުއަރީ 2017

ރާއްޖެޓީވީ އައްޑޫ ބިއުރޯގެ އޯޑިޝަން ބާއްވާއިފި

02 ފެބުރުއަރީ 2017
ރާއްޖެޓީވީ އައްޑޫ ބިއުރޯގެ އޯޑިޝަން ބާއްވާއިފި
01 ފެބުރުއަރީ 2017

ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި

01 ފެބުރުއަރީ 2017
ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި
20 ޖެނުއަރީ 2017

މީޑިއާ ކައުންސިލްގެ މީޑިއާގެ މަގާމަށް މެންބަރަކު އިންތިޚާބް ކުރުމަށް ބާއްވާ ވޯޓުނެގުން 28 ގައި!

20 ޖެނުއަރީ 2017
މީޑިއާ ކައުންސިލްގެ މީޑިއާގެ މަގާމަށް މެންބަރަކު އިންތިޚާބް ކުރުމަށް ބާއްވާ ވޯޓުނެގުން 28 ގައި!
08 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

08 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ
07 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީހް އާދީއްތަ ދުވަހު އިޢުލާން ކުރަނީ

07 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީހް އާދީއްތަ ދުވަހު އިޢުލާން ކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް