Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ނޫސްވެރިކަމުގެ އިނާމަށް އިސްލާހު ގެނައުން

ފީޗަރ ނުވަތަ ރިޕޯޓު ދާއިރާ ފިޔަވައި، ކޮންމެ ނޫސްވެރިޔަކަށްވެސް ކުރިމަތިލެވޭނީ 1 ދާއިރާއަށް: މީޑިއާ ކައުންސިލް

ނޫސްވެރިކަމުގެ އިނާމު ދިނުމުގެ އުސޫލުގެ 4 ވަނަ މާއްދާއާއި 5 ވަނަ މާއްދާއަށް ވަނީ އިސްލާހު ގެނެސްފައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 19 ސެޕްޓެމްބަރު 2020 | ހޮނިހިރު 13:33
ނޫސްވެރިންތަކެއް ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި

ނޫސްވެރިންތަކެއް ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި

ފީޗަރ/ރިޕޯޓު ދާއިރާ ފިޔަވައި، ކޮންމެ ނޫސްވެރިޔަކަށްވެސް ކުރިމަތިލެވޭނީ އެއް ދާއިރާއަށް ކަމަށް ކަނޑައަޅައި މޯލްޑިވްސް މީޑިއާ ކައުންސިލުން ދޭ ނޫސްވެރިކަމުގެ އިނާމު ދިނުމުގެ އުސޫލު އިސްލާހުކޮށްފިއެވެ.

މީޑިއާ ކައުންސިލުން އިސްލާހުކޮށްފައިވަނީ އުސޫލުގެ 4 ވަނަ މާއްދާ (އިނާމު ދެވޭ ދާއިރާތައް މާނަކުރާ ގޮތް) އެވެ. އިސްލާހުގައި ބުނެފައިވަނީ ބްރޯޑްކާސްޓިންގ ކެޓަގަރީއަށް ކުރިމަތިލާ ފަރާތްތަކަށް އޮންލައިން ނުވަތަ ޕްރިންޓް ކެޓަގަރީއަށް ކުރިމައްޗެއް ނުލެވޭނެ ކަމަށެވެ. އަދި އޮންލައިން ނުވަތަ ޕްރިންޓް ކެޓަގަރީއަށް ކުރިމަތިލާ ފަރާތަކަށް ބްރޯޑްކާސްޓިންގ ކެޓަގަރީއަށް ކުރިމައްޗެއް ނުލެވޭނެ ކަމަށެވެ.

Advertisement - newsAdvertisement

ބަދަލަކަށް ގެނެސްފައިވަނީ ފީޗަރ/ރިޕޯޓު ދާއިރާ ފިޔަވައި، ކޮންމެ ނޫސްވެރިޔަކަށްވެސް ކުރިމަތިލެވޭނީ އެއް ދާއިރާއަށެވެ. ކުރިން އިސްލާހު ނުކޮށް އޮތް އިރު 4 ވަނަ މާއްދާގައި ބުނެފައިވަނީ ކޮންމެ ނޫސްވެރިޔަކަށްވެސް ކުރިމަތިލެވޭނީ އެއް ދާއިރާއަށް ކަމަށެވެ.

މީގެ އިތުރުން މި އުސޫލުގެ 5 ވަނަ މާއްދާ (އިނާމަށް ނަން ހުށަހެޅުން) ގެ (ޅ) ގެ 1.2 ވެސް ވަނީ އިސްލާހުކޮށްފައެވެ. އެގޮތުން މި އުސޫލުގެ 3 ވަނަ މާއްދާގެ (އ) ގައި ބަޔާންކޮށްފައިވާ ނޫސްވެރިކަމުގައި ބޭނުންކުރާ ތަސްވީރު (ފޮޓޯ ޖާރނަލިޒަމް)ގެ ދާއިރާއަށް ހުށަހަޅާނަމަ، ޝާއިޢު ކޮށްފައިވާ 5 ފޮޓޯ (ޝާއިޢު ކުރެވުނުއިރު އޮތް ކެޕްޝަނާއެކު) އަދި ފޮޓޯ ސްޓޯރީ/ފޮޓޯ އެސޭ ހުށަހެޅުމުގައި 03 މަޢުޟޫއަކަށް ހުށަހަޅަންވާނެ ކަމަށެވެ.

ފޮޓޯ ސްޓޯރީ/ފޮޓޯ އެސޭ ހުށަހަޅާއިރު ސްޓްރީމެއްގެ ގޮތުގައި 3 އާއި 15 އާ ދެމެދުގެ ޢަދަދަކަށެވެ. ފޮޓޯ ސްޓޯރީގެ ތަރުތީބު، ތަޢާރަފަކާއި ކެޕްޝަން އެނގޭނެ ގޮތަށް ހުށަހަޅަންވާނެ ކަމަށް ބުނެފައިވެއެވެ. އަދި މީގެ އިތުރުން ފޮޓޯ ސްޓޯރީ ހުށަހަޅާއިރު ގްރޫޕް މަސައްކަތެއްގެ ގޮތުގައިވެސް ހުށަހެޅޭނެ ކަމަށް ބުނެފައިވެއެވެ. ގުރޫޕް މަސައްކަތް ހުށަހަޅާއިރު، ހުށަހަޅާ ފަރާތް ފިޔަވައި ގުރޫޕުގައި ހިމެނޭ އެހެން ފަރާތްތައް މި އުސޫލުގެ 4 ވަނަ މާއްދާއިން އިސްތިސްނާ ވާނެ ކަމަށް ބުނެފައިވެއެވެ. އަދި ހުށަހަޅާ ފަރާތްފިޔަވައި އެހެންފަރާތްތަކަށް ބޭނުންވާ ކެޓަގަރީޒް ތަކަށް އިނާމަށް ހުށަހެޅުމުގެ ފުރުޞަތު އޮންނާނެއެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލުން ދޭ، އިނާމުތަކަށް ކުރިމަތިލުމުގެ ފުރުޞަތު މި މަހުގެ 10 ވަނަ ދުވަހުން ފެށިގެން ވަނީ ހުޅުވާލާފައެވެ. އަދި މި އިނާމުތަކަށް ކުރިމަތިލާ ފަރާތްތަކުން މި މަހުގެ 24 ވަނަ ދުވަހުގެ މެންދުރުފަހު 1:30 ގެ ކުރިން ފޯމް ހުށަހެޅުމަށް ވަނީ އެދިފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ނޮޅިވަރަމް ދާއިރާގެ މެމްބަރު ހުސެއިން އަރީފް ޕާޓިން ބޭރުކުރާނަން: އެމްޑީއޭ

ނޮޅިވަރަމް ދާއިރާގެ މެމްބަރު ހުސެއިން އަރީފް ޕާޓިން ބޭރުކުރާނަން: އެމްޑީއޭ

09 މާރިޗު 2017
ވަގަށްނަގާ ނުވަތަ ގެއްލޭ ފޯނު ޓެކްނޮލޮޖީގެ އެހީގައި ހޯދޭނެ ނިޒާމެއް ގާއިމުކޮށްފި

ވަގަށްނަގާ ނުވަތަ ގެއްލޭ ފޯނު ޓެކްނޮލޮޖީގެ އެހީގައި ހޯދޭނެ ނިޒާމެއް ގާއިމުކޮށްފި

27 ފެބުރުއަރީ 2017
މި ސަރުކާރުގެ ސިޔާސަތުގެ ދަށުން ހިންގާ އާ ޕްރޮޖެކްޓެއް ނެތް: މަޑަވެލި ދާއިރާގެ ކުރީގެ މެންބަރު ނާޒިމް

މި ސަރުކާރުގެ ސިޔާސަތުގެ ދަށުން ހިންގާ އާ ޕްރޮޖެކްޓެއް ނެތް: މަޑަވެލި ދާއިރާގެ ކުރީގެ މެންބަރު ނާޒިމް

25 ފެބުރުއަރީ 2017
ޝަރުއީ ދާއިރާ އިންތިހާ އަށް ސިޔާސީވެފައި، އިންސާފުވެރި ޝަރީއަތެއް ލިބުމުގެ ހައްގެއް ނެތް: އެމްނެސްޓީ

ޝަރުއީ ދާއިރާ އިންތިހާ އަށް ސިޔާސީވެފައި، އިންސާފުވެރި ޝަރީއަތެއް ލިބުމުގެ ހައްގެއް ނެތް: އެމްނެސްޓީ

23 ފެބުރުއަރީ 2017
އައިޖީއެމްއެޗްގައި ބޮޑު އިމާރާތެއް އެކަނި އެޅުމަކުން ސިއްހީ ދާއިރާ ކުރިއެއް ނާރާނެ: ޝަރީފް

އައިޖީއެމްއެޗްގައި ބޮޑު އިމާރާތެއް އެކަނި އެޅުމަކުން ސިއްހީ ދާއިރާ ކުރިއެއް ނާރާނެ: ޝަރީފް

22 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

18 ޖެނުއަރީ
ޓްރަމްޕް އާ ދެކޮޅަށް އެތައް ހާސް އެމެރިކާ ރައްޔިތުން މުޒާހަރާ އަށް ނުކުމެއްޖެ
20251 އަހަރު ކުރިން
ދުނިޔެ

ޓްރަމްޕް އާ ދެކޮޅަށް އެތައް ހާސް އެމެރިކާ ރައްޔިތުން މުޒާހަރާ އަށް ނުކުމެއްޖެ

މުދައްރިސުންނާއި އުނގަންނައިދޭ މީހުންނަކީ އީމާންކަމުގެ ފޭރާމުން ޒީނަތްތެރިވާންޖެހޭ ބައެއް - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

މުދައްރިސުންނާއި އުނގަންނައިދޭ މީހުންނަކީ އީމާންކަމުގެ ފޭރާމުން ޒީނަތްތެރިވާންޖެހޭ ބައެއް - ހުތުބާ

ނޭޕާލް ފްލައިޓް: "ފުރާނަ ސަލާމަތްވީ ޕައިލެޓްގެ ސަބަބުން"
20233 އަހަރު ކުރިން
ދުނިޔެ

ނޭޕާލް ފްލައިޓް: "ފުރާނަ ސަލާމަތްވީ ޕައިލެޓްގެ ސަބަބުން"

ޔާމީން ރަޝީދުގެ މަރު: ސިއްރު ހެކިވެރިޔާގެ ކުއްލި ސިޓީ ބަލައިނުގަނެ، ހައިޝަމްއާއި ޒިހާން އުމުރަށް ޖަލަށްލާން ޙުކުމް ކުރި ސަބަބު!
20224 އަހަރު ކުރިން
ރިޕޯޓު

ޔާމީން ރަޝީދުގެ މަރު: ސިއްރު ހެކިވެރިޔާގެ ކުއްލި ސިޓީ ބަލައިނުގަނެ، ހައިޝަމްއާއި ޒިހާން އުމުރަށް ޖަލަށްލާން ޙުކުމް ކުރި ސަބަބު!

ޗައިނާގެ ވާވޭ ކުންފުނީގެ އައު ވާހަކަތަކެއް ފަޅާ އަރުވާލައިފި!
20215 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ ވާވޭ ކުންފުނީގެ އައު ވާހަކަތަކެއް ފަޅާ އަރުވާލައިފި!

ދައުލަތަށް އެންމެ ގިނަ އާމްދަނީ ވައްދައިދޭ މީހުންގެ ހައްގުތައް ގެއްލިފައި!
20197 އަހަރު ކުރިން
ރިޕޯޓު

ދައުލަތަށް އެންމެ ގިނަ އާމްދަނީ ވައްދައިދޭ މީހުންގެ ހައްގުތައް ގެއްލިފައި!

ދިވެހިބަހުގެ އަކުރު
20188 އަހަރު ކުރިން
ދިވެހި ބަސް

ދިވެހިބަހުގެ އަކުރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު