Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކެފޭ ޓިއޮލޯގައި ހިނގި އަލިފާނުގެ ހާދިސާ

އެސްބީއައިގައި ރޯވުމުން، ލިބުނު ގެއްލުން 16 މިލިއަން ރުފިޔާއަށް

19 ސެޕްޓެމްބަރު 2020 | ހޮނިހިރު 13:33

މަސައްކަތް ކުރަނީ ނޮވެމްބަރު މަހު ހުޅުވޭތޯ: އެސްބީއައި

އަލީ ސަމާޚް
އަލީ ސަމާޚް | 19 ސެޕްޓެމްބަރު 2020 | ހޮނިހިރު 13:33
އެސްބީއައި ހުންނަ ގަދަގެ މުހައްމަދުފުޅު ބިލްޑިންގް

އެސްބީއައި ހުންނަ ގަދަގެ މުހައްމަދުފުޅު ބިލްޑިންގް

ހުސްވި އޮގަސްޓު މަހުގެ 28 ވަނަ ދުވަހުގެރޭ މާލޭގައި ހިނގި ބޮޑު އަލިފާނުގެ ހާދިސާގައި ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އަށް ލިބުނު ގެއްލުމުގެ އަގު 16 މިލިއަން ރުފިޔާ އަށް އަރާ ކަމަށް އެ ބޭންކުން ބުނެފިއެވެ.

އެސްބީއައި ހިންގަމުން އަންނަ ގަދަގެ މުހައްމަދުފުޅު އިމާރާތް ޖެހިގެން ހުންނަ ކެފޭ ޓިއޮލޯގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލް ނުވެ އެ އިމާރާތުގެ ޕެންޓް ހައުސްގައި ރޯވެ އެސްބީއައިގެ ފަސް ފަންގިފިލާއަށް އަލިފާނުގެ އަސަރު ކުރިއެވެ.

Advertisement - newsAdvertisement

ރާއްޖޭގެ ބްރާންޗުގެ ސީއީއޯ ބަރަތް މިޝްރާ ''ރާއްޖެ.އެމްވީ'' އަށް ވިދާޅުވީ، އަލިފާނުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވަނީ ތިން ވަނަ ފަންގިފިލާ އަށް ކަމަށެވެ. އެ ފަންގިފިލާގެ 80 އިންސައްތަ ވަނީ އަނދާފައެވެ. އޭގެ ތެރޭގައި އެ ތަނުގައި ބޭނުން ކުރަމުން އައި ގިނަ އަދަދެއްގެ ކޮމްޕިއުޓަރު ސާާމަނުގެ އިތުރުން ގޮނޑިތަކާއި މޭޒުތައް ހިމެނެއެވެ. ހަތަރު ފްލޯ އަށް ވެސް ވަނީ 30 އިންސައްތަ ގެއްލުން ވެފައެވެ. އަލިފާން ރޯވުމާއި އެކު އެސްބީއައި ގައި ދެމުން ދިޔަ ހިދުމަތްތައް ވަނީ ހުޅުމާލޭގައި ހުންނަ ބްރާންޗަށް ބަދަލުކޮށްފައެވެ.

މިޝްރާ ވިދާޅުވީ، ހުޅުމާލޭގައި ހުންނަ އެސްބީއައިގެ ބްރާންޗުގައި ޖާގަ ކުޑަވުމުން އެހެން އިމާރާތަކުން އިތުރު ދެ ފްލޯއެއް ނަގާފައިވާ ކަމަށެވެ. އޭނަ ވިދާޅުވީ، މާލޭގައި ހުންނަ އޮފީސް މަރާމާތުކޮށް ހުޅުވުމުގެ މަސައްކަތް ކުރިޔަށްދާ ކަމަށާއި، މާލޭ އޮފީހުން ކަސްޓަމަރުންނަށް ހިދުމަތް ފޯރުކޮށްދެވޭވަރު ވާނީ ނޮވެމްބަރު މަހުގެ ފަހުކޮޅު ގައި ކަމަށެވެ. ދިވެހިންގެ އިތުރުން ރާއްޖޭގައި މަސައްކަތް ކުރާ ބޭރުގެ ގިނަ އަދަދެއްގެ ބަޔަކު ހިދުމަތް ހޯދަމުން އަންނަ އެސްބީއައި އަކީ ގިނަ ބައެއް އިތުބާރު ހޯދާފައިވާ ބޭންކެކެވެ.

މާލީ ކަންކަމުގައިވެސް އެސްބީއައި އިން ދަނީ ރާއްޖެއަށް އެހީތެރިވަމުންނެވެ. އެގޮތުން އިންޑިއާ ސަރުކާރުން ބަޖެޓް ސަޕޯޓްގެ ގޮތުގައި ދިނުމަށް ނިންމާފައިވާ 250 މިލިއަން ޑޮލަރުގެ ލޯނު ދިނުމަށް ހަމަޖެހިފައިވަނީ ވެސް އެސްބީއައި މެދުވެރިކޮށެވެ. އެސްބީއައި އިން ރާއްޖޭގައި ހިދުމަތް ދެމމުން އަންނަތާ 40 އަހަރަށް ވުރެ ގިނަ އަހަރު ވެއްޖެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

22 ޖެނުއަރީ 2017

އޯޒޯނަށް ގެއްލުންދޭ ކެމިކަލް އެތެރެ ކުރެވޭ ފަރާތްތައް ގެޒެޓްގައި އިއުލާން ކުރަނީ

22 ޖެނުއަރީ 2017
އޯޒޯނަށް ގެއްލުންދޭ ކެމިކަލް އެތެރެ ކުރެވޭ ފަރާތްތައް ގެޒެޓްގައި އިއުލާން ކުރަނީ
21 ޖެނުއަރީ 2017

މީދޫ ފަރު ގޮއްވި ސަރަހައްދަށް ލިބުނު ގެއްލުން ބެލުމުގެ މަސައްކަތް ފަށައިފ

21 ޖެނުއަރީ 2017
މީދޫ ފަރު ގޮއްވި ސަރަހައްދަށް ލިބުނު ގެއްލުން ބެލުމުގެ މަސައްކަތް ފަށައިފ
19 ޖެނުއަރީ 2017

46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް

19 ޖެނުއަރީ 2017
46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް
17 ޖެނުއަރީ 2017

ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

17 ޖެނުއަރީ 2017
ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި
16 ޖެނުއަރީ 2017

ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!

16 ޖެނުއަރީ 2017
ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!
12 ޖެނުއަރީ 2017

އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި

12 ޖެނުއަރީ 2017
އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި
10 ޖެނުއަރީ 2017

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ
10 ޖެނުއަރީ 2017

އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

10 ޖެނުއަރީ 2017
އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!
07 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު އަހަރެއް: އަހުމަދު އަބްދުﷲ

07 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު އަހަރެއް: އަހުމަދު އަބްދުﷲ
05 ޖެނުއަރީ 2017

ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު

05 ޖެނުއަރީ 2017
ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް