Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
\'ގުންޖަން ސަކްސޭނާ\'

'ގުންޖަން ސަކްސޭނާ' ނެޓްފްލިކްސްއިން ދެއްކުން މަޑު ޖައްސާލުމަށް އެދެފި

އަންހެނުންނަށް ފުރައްސާރަކުރާ ފަދަ ބައެއް މަންޒަރުތައް ހިމެނޭ

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު, ރާއްޖެ އެމްވީ | 19 ސެޕްޓެމްބަރު 2020 | ހޮނިހިރު 08:02
\'ގުންޖަން ސަކްސޭނާ\': ގިނަ ބައެއްގެ މެދުގައި މަޤްބޫލުކަން ހޯދި ފިލްމެއް

\'ގުންޖަން ސަކްސޭނާ\': ގިނަ ބައެއްގެ މެދުގައި މަޤްބޫލުކަން ހޯދި ފިލްމެއް

ބޮލީވުޑުގައި ފިޔަޖަހަމުން އަންނަ ބަތަލާ ޖާންވީ ކަޕޫރުގެ އެންމެ ފަހުގެ ފިލްމު 'ގުންޖަން ސަކްސޭނާ: ދަ ކާގިލް ގާލް' ނެޓްފްލިކްސްއިން ދެއްކުން މަޑު ޖައްސާލުމަށް އެދެފިއެވެ.

މި ފިލްމު ނެޓްފިލިކްސްއިން ރިލީޒްކުރި ދުވަހުން ފެށިގެން އިންޑިއަން އެއަރފޯސްއާއި ދޭތެރޭ މީހުން ދެކެމުން އަންނަ ގޮތް ބަދަލުވާން ފަށާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އެގޮތުން އިންޑިއާގެ ނޭޝަނަލް ކޮމިޝަން އޮފް ވިމެންގެ ޗެއަރޕާސަން ރޭކާ ޝަރުމާކޮށްފައިވާ ޓުވީޓެއްގައި ބުނެފައިވަނީ މިފިލްމު ނެޓްފިލިކްސްއިން ދެއްކުން ހުއްޓާލަން އެދޭ ކަމަށާއ ސަބަބަކީ އަންހެނުންނަށް ފުރައްސާރަކުރާ ފަދަ ބައެއް މަންޒަރުތައް މިފިލްމުގައި ހިމެނޭ ކަމަށެވެ.

މިއީ އިންޑިއަން އެއަރފޯސްގައި މަސައްކަތް ކުރާ ފަރާތްތަކުން ކޮށްފާނެ ކަމެއް ކަމަށް ޤަބޫލެއް ނުކުރެވޭ ކަމަށް ރޭކާ ވިދާޅުވިއެވެ. އަދި އަންހެނުނަށް ތަފާތު ކުރުންތައް ގެންގުޅޭ ގޮތަށް މިފިލްމުގެ ބައެއް މަންޒަރުތަކާއި އަޑުތައް ހުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި ކޮންމެ ތަނެއްގައިވެސް އަންހެނުންނަށް ލިބެންޖެހޭ ހައްގުތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި ލިބެންޖެހޭނެ ކަމަށް ރޭކާ ވިދާޅުވިއެވެ.

އަދި މި ފިލްމަކީ އިންޑިއަން އެއަރފޯސްގެ ފުރަތަމަ އަންހެން ކޮމްބެޓް ޕައިލޮޓް ގުންޖަން ސަކްސޭނާގެ ބަޔޯޕިކްއަކަށްވާއިރު މިކަމާއި ގުޅިގެން ގުންޖަން ސަކްސޭނާ އިންޑިޔާގެ މީޑިއާތަކަށް ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ މި ފިލްމުން ފެނިގެންދަނީ އިންޑިއަން އެއަރފޯސްގެ ތެރޭގައި ކަންތައް ހިނގާ ގޮތް ނޫން ކަމަށާއި މިކަމާއި ގުޅިގެން މީހުންގެ ހިތްތަކުގައި އުފެދިފައިވާ ޝަކުވާއާއި ގުޅިގެން ފިލްމުގެ ޕްރޮޑިއުސަރު ބެލުންތެރިންގެ ކިބައިން މަޢާފަށް އެދެން ޖެހޭ ކަމަށެވެ.

މިއީ ކަނޑައެޅިން ދޮގު ވާހަކަތަކެއްވެސް އޭނާ ބުންޏެވެ. ގުންޖަން ބުނެފައިވަނީ އޭނާއަށް މިފަދަ މަޤާމަކަށް ދެވުނީ ވެސް ހަޤީޤަތުގައި އިންޑިއަން އެއަރފޯސްގެ ފަރާތުން ދިން އެހީތެރިކަމާއި އެއްބާރުލުމެއްގެ ސަބަބުން ކަމަށެވެ.

މިކަމާއި ގުޅިގެން އޭނާ ވާހަކަ ދައްކަން ޖެހުނީ ފިލްމު އުފެއްދުމަކީ ވިޔަފާރީގެ އުސޫލުން ކުރާ ކަމެއް ނަމަވެސް އޭނާގެ ހަޔާތުގެ މައްޗަށް އަލި އަޅުވާލާފައި ހަދާފައިވާ ފިލްމެއްގައި ދޮގު ވާހަކަތަކެއް ހިމެނޭތީ ކަމަށެވެ.

އޮގަސްޓް މަހުގެ 12 ވަނަ ދުވަހު މި ފިލްމު ނެޓްފިލިކްސްގައި ދައްކަން ފަށާފައިވާއިރު، މި ފިލްމަކީ ބެލުންތެރިން މެދުގައި މަޤްބޫލު ފިލްމަކަށްވަނީ ވެފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ބަލިމަޑުކަމާއި ބެހޭ ފިލްމެއް ހަދަނީ

ބަލިމަޑުކަމާއި ބެހޭ ފިލްމެއް ހަދަނީ

27 އެޕްރީލު 2020
''އަނދިރިކަން'' ދެއްކުން ވަގުތީ ގޮތުން މެދު ކަނޑާލައިފި

''އަނދިރިކަން'' ދެއްކުން ވަގުތީ ގޮތުން މެދު ކަނޑާލައިފި

09 މާރިޗު 2020
ޕާކިސްތާނުގައި އިންޑިއާގެ ފިލްމާއި އިސްތިހާރު ދެއްކުން މަނާކޮށްފި

ޕާކިސްތާނުގައި އިންޑިއާގެ ފިލްމާއި އިސްތިހާރު ދެއްކުން މަނާކޮށްފި

27 ފެބުރުއަރީ 2019
ގުންޖަން ސަކްސޭނާގެ ބައޯޕިކްގެ ޝޫޓިން ޖާންވީ ފަށައިފި

ގުންޖަން ސަކްސޭނާގެ ބައޯޕިކްގެ ޝޫޓިން ޖާންވީ ފަށައިފި

25 ފެބުރުއަރީ 2019
ޕާކިސްތާން ނުރަނގަޅު ގޮތަކަށް ދައްކާފައިވާކަމަށް ބުނެ ރާޒީ އެގައުމުގައި ދެއްކުން މަނާ!

ޕާކިސްތާން ނުރަނގަޅު ގޮތަކަށް ދައްކާފައިވާކަމަށް ބުނެ ރާޒީ އެގައުމުގައި ދެއްކުން މަނާ!

11 މެއި 2018

އަހަރުތަކުން މިއަދު

24 މެއި
ސުޕްރީމު ކޯޓުގެ ފަނޑިޔާރުން ސަސްޕެންޑު ކުރުމުގެ ޑްރާމާ ރޭވި ތަމްސީލު ވަމުން ދިޔަ ގޮތް މިއޮތީ!
20251 އަހަރު ކުރިން
ރިޕޯޓު

ސުޕްރީމު ކޯޓުގެ ފަނޑިޔާރުން ސަސްޕެންޑު ކުރުމުގެ ޑްރާމާ ރޭވި ތަމްސީލު ވަމުން ދިޔަ ގޮތް މިއޮތީ!

ޗައިނާ ވައިޓް ރާއްޖޭގައި ފެތުރި ޒުވާނުންތައް މަރުވަނީ، އިދާރާތަކުގެ ހިލަމެއް ނެތް؟
20242 އަހަރު ކުރިން
ރިޕޯޓު

ޗައިނާ ވައިޓް ރާއްޖޭގައި ފެތުރި ޒުވާނުންތައް މަރުވަނީ، އިދާރާތަކުގެ ހިލަމެއް ނެތް؟

"ހަމަ ނިންޖެއް ނުލިބޭ، ތަންމައްޗަށް ކުޑަކަމުދެވޭ، ބޭރަށް ނުކުމެ ކުޅެލަން ބިރުގަނޭ"
20233 އަހަރު ކުރިން
ރިޕޯޓު

"ހަމަ ނިންޖެއް ނުލިބޭ، ތަންމައްޗަށް ކުޑަކަމުދެވޭ، ބޭރަށް ނުކުމެ ކުޅެލަން ބިރުގަނޭ"

ލޯންޗުކޮޅު ގޮއްވާލުން: އެއީ ރައީސް ޔާމީނު ތަފާތު ސީޓެއްގައި އިށީންދެވަޑައިގެންނެވި ހަމައެކަނި ދަތުރުފުޅު
20224 އަހަރު ކުރިން
ރާއްޖެ

ލޯންޗުކޮޅު ގޮއްވާލުން: އެއީ ރައީސް ޔާމީނު ތަފާތު ސީޓެއްގައި އިށީންދެވަޑައިގެންނެވި ހަމައެކަނި ދަތުރުފުޅު

ސެލެބްރިޓީ ރޭހުގެ ޗެމްޕިއަން ޓީމަށް ގްރޭންޑް ޕްރައިޒް ދީފި
20215 އަހަރު ކުރިން
ރާއްޖެ

ސެލެބްރިޓީ ރޭހުގެ ޗެމްޕިއަން ޓީމަށް ގްރޭންޑް ޕްރައިޒް ދީފި

ހިތްތައް އަތުލި ތޮއްޑޫ ބަނޑިޔާ!
20197 އަހަރު ކުރިން
ރިޕޯޓު

ހިތްތައް އަތުލި ތޮއްޑޫ ބަނޑިޔާ!

ނަޝީދުގެ ހަޔާތްޕުޅުން ބައްޕާފުޅު އިބުރަތް ހާސިލު ކުރެއްވި: އަންވަރުގެ ދަރިކަނބަލުން
20188 އަހަރު ކުރިން
ރާއްޖެ

ނަޝީދުގެ ހަޔާތްޕުޅުން ބައްޕާފުޅު އިބުރަތް ހާސިލު ކުރެއްވި: އަންވަރުގެ ދަރިކަނބަލުން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު