Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކޫމަނަށް ހުރަސްތަކެއް ކުރިމަތިވުން

ސެޓިއެން ރަސްމީކޮށް ވަކިނުކުރާތީ ބާސާގެ ބެންޗުން ކޫމަން ނުފެނިދާނެ

18 ސެޕްޓެމްބަރު 2020 | ހުކުރު 11:42

ސެޓިއެން ވަކިކުރުމުގެ ކަންތައްތައް ރަސްމީކޮށް ބާސާއިން ފުރިހަމަކޮށްފައެއް ނުވޭ

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 18 ސެޕްޓެމްބަރު 2020 | ހުކުރު 11:42
ބާސެލޯނާގެ އައު ކޯޗު ނެދަލެންޑްސްގެ ރޮނާލްޑް ކޫމަން

ބާސެލޯނާގެ އައު ކޯޗު ނެދަލެންޑްސްގެ ރޮނާލްޑް ކޫމަން

ބާސެލޯނާގެ ކޯޗުގެ މަގާމުން ރަސްމީކޮށް ކިކޭ ސެޓިއެން ވަކިކޮށްފައިނުވާތީ، އައު ކޯޗު ރޮނާލްޑް ކޫމަނަށް ބާސާގެ ބެންޗުގައި ނީނދެވޭނެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ބާސާގެ ކޯޗުގެ މަގާމާ ޖެނުއަރީ މަހު ހަވާލުވި ސެޓިއެން މަގާމުން ދުރުކުރިކަން އިއުލާން ކުރީ މިދިޔަ އޮގަސްޓް މަހުގެ 17 ވަނަ ދުވަހުއެވެ. އަދި ސެޓިއެންގެ ބަދަލުގައި ނެދަލެންޑްސް ގައުމީ ޓީމަށް އިރުޝާދު ދެމުން އައި ރޮނާލްޑް ކޫމަން އެ މަގާމަށް ހަމަޖެއްސިކަން ބާސާއިން އިއުލާން ކޮށްފައިވަނީ އޭގެ ދެ ދުވަސް ފަހުންނެވެ.

ރިޕޯޓުތައް ބުނާގޮތުން ސެޓިއެން ވަކިކުރުމުގެ ކަންތައްތައް ރަސްމީކޮށް އަދިވެސް ބާސާއިން ފުރިހަމަކޮށްފައެއް ނުވެއެވެ. އެގޮތުން ސެޓިއެންގެ އެއްބަސްވުން ނިމުނުކަން އަންގައިދޭން ލަލީގާއަށް ހުށަހަޅަން ޖެހޭ ލިޔެކިޔުންތައްވެސް ބާސާއިން ފުރިހަމަކޮށްފައިނުވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ދާދި ފަހުން ސެޓިއެން ނެރުނު ބަޔާނެއްގައި ބުނީ އޭނާ ބާސާގެ އެއްބަސްވުން ކެންސަލް ކުރަން އެއްބަސްވާނީ، އެއްބަސްވުމުގައި ބާކީ އޮތް މުއްދަތަށްވާ ފައިސާ ދޭން ބާސާއިން ރުހުން ދިނުމުން ކަމަށެވެ. 2022 ވަނަ އަހަރުގެ ނިޔަލަށް ސެޓިއެން ބާސާއާއެކު އެއްބަސްވުން ހެދިއިރު، ފުރަތަމަ ސީޒަނަކީ އެއްކޮށް ފުރިހަމަ ސީޒަނެއްގެ ގޮތުގައި ނުގުނޭނެތީ، އޭނާ ވަކިނުކުރެވޭނެ ކަމަށްވެސް މި ބަޔާނުގައި ވަނީ ބުނެފައެވެ. މި ބަޔާނުގައި ސެޓިއެން ވަނީ މި މައްސަލަ ކޯޓާ ހަމައަށް ގެންދަންވެސް ތައްޔާރަށް ހުރި ކަމަށް ބުނެފައެވެ.

ރިޕޯޓުތައް ބުނާ ގޮތުން ބާސާގެ އެއްބަސްވުން ކެންސަލް ކުރުމަށް ބަދަލެއްގެ ގޮތުގައި އަށް މިލިއަން ޔޫރޯ ހޯދުމަށް ސެޓިއެން އަންނަނީ މަސައްކަތް ކުރަމުންނެވެ.

އެހެންކަމުން ސެޓިއެންގެ އެއްބަސްވުން ރަސްމީކޮށް ނިމުމަކަށް ގެންނަންދެން، ބާސާއިން ކުޅޭ އެއްވެސް މެޗެއްގައި ކޫމަނަށް ބާސާގެ ބެންޗުގައި ނީނދެވޭނެ ކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި އޭގެ އިތުރަށް ބާސާގެ ރަސްމީ އެއްވެސް ހަރަކާތެއްގައިވެސް ކޫމަނަށް ބައިވެރިނުވެވޭނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އައު ސީޒަނުގެ ސްޕެނިޝް ލީގުގެ ކުޅުން ފަށާފައިވާއިރު، ލީގުގައި ބާސާ ކުޅޭ ފުރަތަމަ މެޗުގައި މި މަހުގެ 27 ވަނަ ދުވަހު ބައްދަލުކުރާނީ ވިޔަރެއާލާއެވެ. ކޫމަންގެ އިރުޝާދުގެ ދަށުން އައު ސީޒަނަށް ތައްޔާރުވަމުން އަންނަ ބާސާއިން މިހާތަނަށް ވަނީ އެކުވެރިކަމުގެ ދެ މެޗު ކުޅެފައެވެ. އެ ދެ މެޗުންވެސް ބާސާ ވަނީ މޮޅުވެފައެވެ.

އެންމެ ހިނގާ

1

ރައީސް މުއިއްޒު މޭޔަރުކަމަށް ގެންނަން އަމިއްލަ ގޭގައި ކޯލް ސެންޓަރު ހިންގި ފަޒްލާވެސް ވަޒީފާއިން ވަކިކޮށްފި

2

ރައީސް މުއިއްޒުގެ ކޮއްކޮ ހައްސާން އަށް މަސައްކަތެއް ނުކޮށް އެމްއޭސީއެލްއިން މުސާރަ ދޭތާ 4 މަސް!

3

އާޒިމާގެ ފުރަތަމަ ޓާސްކް ފްލޮޕް!

4

އީރާނުން ދެކުނު ކޮރެއާއަށް އިންޒާރުދީފި

5

އީރާނުން އާ މިސައިލެއް ޓެސްޓުކޮށް އެމެރިކާއަށް "ސާފު އިންޒާރެއް" ދީފި

އިތުރަށް ކިޔާލަން

17 ސެޕްޓެމްބަރު 2017

ބާސާގެ ޑެމްބެލޭއަށް އަނިޔާވެ ހަތަރު މަހަށް ކުޅުމާ ދުރަށް!

17 ސެޕްޓެމްބަރު 2017
ބާސާގެ ޑެމްބެލޭއަށް އަނިޔާވެ ހަތަރު މަހަށް ކުޅުމާ ދުރަށް!
03 ސެޕްޓެމްބަރު 2017

ބާސާގެ އެއްބަސްވުން މެސީ އާ ނުކުރާނެކަމަށް ރިޕޯޓްތައް ބުނެފި

03 ސެޕްޓެމްބަރު 2017
ބާސާގެ އެއްބަސްވުން މެސީ އާ ނުކުރާނެކަމަށް ރިޕޯޓްތައް ބުނެފި
29 އޯގަސްޓު 2017

ބާސާގެ ކުޅުންތެރިޔެއްގެ ގޮތުގައި ޑެމްބެލޭ ދައްކާލައިފި

29 އޯގަސްޓު 2017
ބާސާގެ ކުޅުންތެރިޔެއްގެ ގޮތުގައި ޑެމްބެލޭ ދައްކާލައިފި
23 އޯގަސްޓު 2017

ބާސާގެ ޓުވިޓާ އެކައުންޓް ހެކްކޮށް، ޑިމަރިއާ އެ ކްލަބަށް ބަދަލުވެއްޖެ ކަމަށް ޓުވީޓްކޮށްފި

23 އޯގަސްޓު 2017
ބާސާގެ ޓުވިޓާ އެކައުންޓް ހެކްކޮށް، ޑިމަރިއާ އެ ކްލަބަށް ބަދަލުވެއްޖެ ކަމަށް ޓުވީޓްކޮށްފި
21 އޯގަސްޓު 2017

ނޭމާ ބާސާގެ މެނޭޖްމަންޓަށް ފާޑުކިޔައިފި

21 އޯގަސްޓު 2017
ނޭމާ ބާސާގެ މެނޭޖްމަންޓަށް ފާޑުކިޔައިފި
14 އޯގަސްޓު 2017

ރެއާލްއިން ބާސާގެ މައްޗަށް ކުރި ހޯދައިފި!

14 އޯގަސްޓު 2017
ރެއާލްއިން ބާސާގެ މައްޗަށް ކުރި ހޯދައިފި!
20 ޖޫން 2017

ބާސާގެ އިނިއެސްޓާއަށް އިންޓަ މިލާނުން ފާރަލާން ފަށައިފި

20 ޖޫން 2017
ބާސާގެ އިނިއެސްޓާއަށް އިންޓަ މިލާނުން ފާރަލާން ފަށައިފި
28 މެއި 2017

ސްޕެނިޝް ކަޕުގެ ތައްޓާއި އެކު އެންރީކޭ ބާސާގެ ކޯޗުކަމުން ވަކިވެއްޖެ

28 މެއި 2017
ސްޕެނިޝް ކަޕުގެ ތައްޓާއި އެކު އެންރީކޭ ބާސާގެ ކޯޗުކަމުން ވަކިވެއްޖެ
25 ފެބުރުއަރީ 2017

އެފްއޭއެމްގެ ނައިބްރައީސްކަން ރަސްމީކޮށް ޝަކީބަށް ހަވާލުކޮށްފި

25 ފެބުރުއަރީ 2017
އެފްއޭއެމްގެ ނައިބްރައީސްކަން ރަސްމީކޮށް ޝަކީބަށް ހަވާލުކޮށްފި
06 ޖެނުއަރީ 2017

ކޮޕާ ޑެލްރޭ: ބާސާގެ މައްޗަށް އެތުލެޓިކް ކްލަބް ކުރިހޯދާ ކުއާޓާގެ އުންމީދު އާކޮށްފި

06 ޖެނުއަރީ 2017
ކޮޕާ ޑެލްރޭ: ބާސާގެ މައްޗަށް އެތުލެޓިކް ކްލަބް ކުރިހޯދާ ކުއާޓާގެ އުންމީދު އާކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް