Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ފަލަސުރުހީ

ވަގުން ތިބޭނެ، ކުށްކުރާ މީހުންވެސް ތިބޭނެ، ހައްލަކީ އެ ނިޒާމު ވަރުގަދަކޮށް އެފަދަ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނައުން: ރޮޒައިނާ

އެންޑީއެމްއޭގެ އޮޑިޓް ރިޕޯޓުން ފާހަގަވި ކަންތައްތަކީ ކޮރަޕްޝަނެކޭ ނުބުނެވޭނެ

ދާނިޝް ނިޡާމް
ދާނިޝް ނިޡާމް, ރާއްޖެ އެމްވީ | 18 ސެޕްޓެމްބަރު 2020 | ހުކުރު 08:52
އެމްޑީޕީގެ އެޖެންޑާ-19 ކެމްޕެއިން ދަތުރެއްގެ ތެރެއިން

އެމްޑީޕީގެ އެޖެންޑާ-19 ކެމްޕެއިން ދަތުރެއްގެ ތެރެއިން

ވަގުންނާއި ކުށްކުރާ މީހުން ތިބޭނެކަމަށާއި ކުރެވޭނެ ކަމަކީ އެކަންކަން މަގުފަހި ނުވާގޮތަށް ނިޒާމު ވަރުގަދަކޮށް އިންސާފު ގާއިމްކުރުން ކަމަށް އައްޑޫމީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

ކޮވިޑް-19އާއި ގުޅިގެން ކޮށްފައިވާ ހަރަދުތަކުގެ އޮޑިޓް ރިޕޯޓުން ހާމަވުމާއި އެކު ކޮރަޕްޝަންގެ ގިނަ ތުހުމަތުތަކެއް އިދިކޮޅު ފަރާތްތަކުން އަންނަނީ ކުރަމުންނެވެ. އެގޮތުން، އެންމެ ފަހުން ހާމަވި އެންޑީއެމްއޭގެ ކޮމްޕްލަޔަންސް ރިޕޯޓާއި ގުޅޭ ގޮތުން ރާއްޖެޓީވީގެ "ފަލަސުރުހީ" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން މެމްބަރު ރޮޒައިނާ ވިދާޅުވީ، ހަމައެކަނި އޮޑިޓް ރިޕޯޓުން ފާހަގަވީ، ގަންނަޖެހޭ އެެއްޗެއް ނު އަގުގައި ގަނެވިފައި ހުރި މައްސަލަތަކާާއި ރިކޯޑްތައް ނުބެލުން ފަދަ މައްސަލަތައް ކަމަށެވެ.

Advertisement - newsAdvertisement

އޭނާ ވިދާޅުވީ އެއީ ކޮރަޕްޝަންގެ ގޮތުގައި ނުބުނެވޭނެ ކަމަށާއި އޮޑިޓް ރިޕޯޓުންވެސް އެކަން ހާމަވާކަމަށެވެ. އެންޑީއެމްއޭގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަށް އަލިއަޅުވައި މެމްބަރު ރޮޒައިނާ ވިދާޅުވީ އިދާރީ ގޮތުން ކުރަންޖެހޭ ކަންކަން ނުކުރެވުމުގެ ސަބަބުން މި މައްސަލަ ދިމާވިޔަސް، ގާތް ގަނޑަކަށް 200 މިލިއަން ރުފިޔާގެ މުއާމަަލާތުން ސުވާލު އުފެދުނީ ހަމައެކަނި 273،000 (ދެ ލައްކަ ހަތްދިހަ ތިންހާސް) ރުފިޔާ އިން ކަމަށެވެ. އަދި މުޅި މުއާމަލާތައް ބަލާނަމަ މައްސަލަ އުޅެނީ ހަމައެކަނި 0.15 އިންސައްތަ ހަރަދުގައި ކަން ފާހަގަކުރައްވައި ރޮޒައިނާ ވަނީ އެއީ ކޮރަޕްޝަންގެ އަމަލެއް ކަމަށް ނުބުނެވޭނެމަށް ވިދާޅުވެ، އެވާހަކަ ތަކުރާރު ކުރައްވާފައެވެ.

ރޮޒައިނާ ވިދާޅުވީ ރާވައިގެން ވައްކަން ކުރުމަށް މަސައްކަތް ކޮށްފައިވާ މީހަކު ނެތްކަމަށާއި ނިޒާމު ވަރުގަދަ ކުރުމަށް މި ސަރުކާރުން ގިނަ މަސައްކަތެއް ކުރަމުންދާކަމަށެވެ. އެގޮތުން، މިނިވަންކަމާއި އެކު އޮޑިޓަރ ޖެނެރަލަށް މިހާރު މަސައްކަތް ކުރެވި، އޭގެއިން ފާހަގަވާ ކަންކަމާއި ގުޅިގެން ދެން ކުރަންޖެހޭ މަސައްކަތް ކުރަމުންދާކަން ފެންނަކަމަށެވެ. އެކަމުގެ މިސާލަކަށް ހެލްތް މިނިސްޓްރީގެ ވެންޓިލޭޓަރ ގަތުމަށް ކުރި މުއާމަލާތްތަކަށް އިޝާރާތްކުރައްވައި ރޮޒައިނާ ވިދާޅުވީ އެ މައްސަލަ ބެލުމަށް ރައީސް ވަގުތުން އެންގެވިކަމެވެ. ފުލުހުންނާއި އޭސީސީން އެ މައްސަލަ ބެލުން މިސާލެއްގެ ގޮތުން ރޮޒެއިނާ ނެންގެވިއެވެ.

ޕްރޮގްރާމްގައި އިތުރަށް ވާހަކަ ދައްކަވަމުން ރޮޒައިނާ ވިދާޅުވީ، ޒަމާނުއްސުރެ ރާއްޖޭގައި ކޮރަޕްޝަން ވަކިހިއްޕާފައި އޮތް އިރު އެ ނައްތާލުމަކީ އެހާ ފަސޭހަކަމެއް ނޫންކަަމަށާއި އެއީ އެއް ދުވަހުން ނިމެނޭ މަސައްކަތެއް ނޫންކަމަށެވެ. ރޮޒައިނާ ވިދާޅުވީ ވަގުންނާއި ކުށްކުރާ މީހުން އަބަދުވެސް ތަންތަނުގައި ތިބޭނެކަމަށާއި ސަރުކާރަށް ކުރެވޭނެކަމަކީ އެ ނިޒާމު ވަރުގަދަކޮށް އެފަދަ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނެސް ދެން އިތުރަށް ރަނގަޅުކުރަންޖެހޭ ކަންކަން ރަނގަޅު ކުރުން ކަމަށެވެ.

އަދި އެ މަގުން ސާފުކޮށް މިސްރާބު ޖަހާކަން މިހާރު ރައްޔިތުންނަށް ޔަގީންވާނެކަމަށް ރޮޒައިނާ ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ހެކިބަސްދިން 5 މީހުންވެސް ބުނަނީ ފާރިސް ވާހަކަ ދެއްކެވީ ޕީޕީއެމްގެ ނަމުގައި ނޫން ކަމަށް!

ހެކިބަސްދިން 5 މީހުންވެސް ބުނަނީ ފާރިސް ވާހަކަ ދެއްކެވީ ޕީޕީއެމްގެ ނަމުގައި ނޫން ކަމަށް!

19 ޖޫން 2018
ޔާމީން ރަޝީދު މަރާލުމުގެ ފަހަތުގައި އިތުރު ބަޔަކު ތިބޭނެ: ބައްޕަ

ޔާމީން ރަޝީދު މަރާލުމުގެ ފަހަތުގައި އިތުރު ބަޔަކު ތިބޭނެ: ބައްޕަ

30 އެޕްރީލު 2018
މާދަމާ ރައީސް ޔާމީންގެ އައުވާނުން ޖަލަށްލެވުމުން އަޑު އުފުލާނެ ބަޔަކު ނުތިބޭނެ: ޝިފާޒް

މާދަމާ ރައީސް ޔާމީންގެ އައުވާނުން ޖަލަށްލެވުމުން އަޑު އުފުލާނެ ބަޔަކު ނުތިބޭނެ: ޝިފާޒް

24 މާރިޗު 2018
ކުށްކުރާ މީހުންނަށް ސަރުކާރުން ފިޔަވަޅު ނާޅާނެކަން އެމީހުންނަށް އެނގޭ: ރިޔާޒް

ކުށްކުރާ މީހުންނަށް ސަރުކާރުން ފިޔަވަޅު ނާޅާނެކަން އެމީހުންނަށް އެނގޭ: ރިޔާޒް

16 އޮކްޓޯބަރު 2017
ރައްޔިތުން ތިބީ ބިރުގެންފަ، އަބަދަކު މިހެން ނުތިބޭނެ: އަލީ ޙުސައިން

ރައްޔިތުން ތިބީ ބިރުގެންފަ، އަބަދަކު މިހެން ނުތިބޭނެ: އަލީ ޙުސައިން

13 އޮކްޓޯބަރު 2017

އަހަރުތަކުން މިއަދު

2 ޖޫން
4000 ފުލެޓުގެ ވައުދު ފުއްދޭނެ "ސިމްޕަލް" ގޮތެއް ނަސީބަކުން 18 މަސް ފަހުން ރައީސް މުއިއްޒު އަށް ވިސްނި ވަޑައިގެންފި
20251 އަހަރު ކުރިން
ރިޕޯޓު

4000 ފުލެޓުގެ ވައުދު ފުއްދޭނެ "ސިމްޕަލް" ގޮތެއް ނަސީބަކުން 18 މަސް ފަހުން ރައީސް މުއިއްޒު އަށް ވިސްނި ވަޑައިގެންފި

ކަރަންޓް ބިލް ބޮޑުކުރީ "ސީދާ ރައީސް ޑރ މުއިއްޒު ވިދާޅުވެގެން"
20242 އަހަރު ކުރިން
ރިޕޯޓު

ކަރަންޓް ބިލް ބޮޑުކުރީ "ސީދާ ރައީސް ޑރ މުއިއްޒު ވިދާޅުވެގެން"

މަޖިީދީ މަގުގައި މާރާމާރީއެއް ހިންގައިފި
20233 އަހަރު ކުރިން
ރާއްޖެ

މަޖިީދީ މަގުގައި މާރާމާރީއެއް ހިންގައިފި

ރާއްޖޭގައި "ޒެނޮފޯބިއާ": ކަންބޮޑުވާން ޖެހިފައިވާ ކަމެއް
20224 އަހަރު ކުރިން
ރިޕޯޓު

ރާއްޖޭގައި "ޒެނޮފޯބިއާ": ކަންބޮޑުވާން ޖެހިފައިވާ ކަމެއް

އެމްބިއުލާންސް އަށް ވިހޭ މާބަނޑުމީހާ، ގުޅިތާ ހަތް މިނެޓު ތެރޭގައި ބަލައި ފޮނުވިން- އައިޖީއެމްއެޗް
20215 އަހަރު ކުރިން
ރާއްޖެ

އެމްބިއުލާންސް އަށް ވިހޭ މާބަނޑުމީހާ، ގުޅިތާ ހަތް މިނެޓު ތެރޭގައި ބަލައި ފޮނުވިން- އައިޖީއެމްއެޗް

ދީނާއި ހިލާފު ގިނަ ކަންތައްތަކެއް ކުރަމުންދިޔަ ގެއެއް ރޫޅާލައިފި
20197 އަހަރު ކުރިން
ރާއްޖެ

ދީނާއި ހިލާފު ގިނަ ކަންތައްތަކެއް ކުރަމުންދިޔަ ގެއެއް ރޫޅާލައިފި

ދަރިފުޅު މަރުވީ އިހުމާލުގެ ވާހަކަ ދަރިފުޅު އަމިއްލައަށް ބުނި ދުވަހު!
20188 އަހަރު ކުރިން
ރިޕޯޓު

ދަރިފުޅު މަރުވީ އިހުމާލުގެ ވާހަކަ ދަރިފުޅު އަމިއްލައަށް ބުނި ދުވަހު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު