Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަރުހޫމް ހުސައިން މުހައްމަދު

އިސްލާހީ މަސައްކަތުގައި އަލްމަރުހޫމް ހުސައިން މުހައްމަދަކީ އެންމެ ކުރީ ސަފުގައި މަސައްކަތް ކުރެއްވި މުހިންމު ބައިވެރިއެއް: ރައީސް

މީޑިއާ ދާއިރާގައި އުޅުއްވި އިރު ގިނަ ފުރުސަތުތަކެއް ފަހިކޮށްދެއްވި

ދާނިޝް ނިޡާމް
ދާނިޝް ނިޡާމް | 18 ސެޕްޓެމްބަރު 2020 | ހުކުރު 04:32
އަލްމަރުޙޫމް ޙުސައިން މުޙައްމަދުގެ ހަނދާނުގައި ޕަބްލިކް ސަރވިސް މީޑިޔާގައި ހުޅުވާފައިވާ ތަޢުޒިޔާގެ ދަފުތަރުގައި ރައީސުލްޖުމްހޫރިއްޔާ ސޮއިކުރެއްވުން

އަލްމަރުޙޫމް ޙުސައިން މުޙައްމަދުގެ ހަނދާނުގައި ޕަބްލިކް ސަރވިސް މީޑިޔާގައި ހުޅުވާފައިވާ ތަޢުޒިޔާގެ ދަފުތަރުގައި ރައީސުލްޖުމްހޫރިއްޔާ ސޮއިކުރެއްވުން

އިސްލާހީ މަސައްކަތުގައި އަލް މަރުހޫމް ހުސައިން މުހައްމަދަކީ އެންމެ ކުރީ ސަފުގައި އުޅުއްވި ބޭފުޅެއް ކަމަށާއި އެއީ އެ މަސައްކަތުގައި ވަރަށް މުހިންމު ބައިވެރިއެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ ކުރީގެ މެމްބަރު މަރްހޫމް ހުސައިން މުހައްމަދުގެ ހަނދާނުގައި ޖުމްހޫރީ ޕާޓީން ބޭއްވި ތައުބީންގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވަނީ މަރުހޫމް ހުސައިން މުހައްމަދަކީ ގައުމަށް ތަފާދު ދާއިރާތަކުން ގިނަ ގުނަ ހިދްމަތްތަކެއް ކުރައްވާފައިވާ ބޭފުޅެއްކަން ފާހަގަކުރައްވައި އެންމެ ފުރަތަމަ ދިމާވި ދުވަސްތަކުގެ ހަނދާންތަކުގެ މައްޗަށް އަލިއަޅުވާފައެވެ.

އެގޮތުން، މީޑިއާއާއި ތައުލީމީ ދާއިރާގައި ވެސް ގިނަ ހިދުމަތްތަކެއް ކުރެއްވި ބޭފުޅެއްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، އެންމެ ފުރަތަމަ މަރުހޫމް ހުސައިން މުހައްމަދާއި ދިމާވީ މީގެ ބައްތިރީސް އަހަރު ކުރިން ސްކޫލް ދައުރު ނިމުމަށް ފަހު އެންމެ ފުރަތަމަ ވަޒީފާ އަދާ ކުރި ޓެލެވިޒަން މޯލްޑިވިސް އިން ކަމަށެވެ. ރައީސް ވިދާޅުވީ އެންމެ ފުރަތަމަ މަސައްކަތް ކުރެއްވިއިރު، މަރްހޫމް ހުސައިން މުހައްމަދަކީ ވެރި މީހާ ކަމަށާއި އިތުބާރު ކޮށް ގިނަ މަސައްކަތްތަކެއް ހަވާލުކޮށް ފުރުސަތުތައް ތަނަވަސް ކޮށްދެއްވި ކަމަށެވެ.

އެގޮތުން، އެއިރު ބާއްވަމުން ގެންދިޔަ އަތޮޅުވެރިންގެ ބައްދަލުވުމުގައި ޓެލެވިޒަން މޯލްޑިވިސް ތަމްސީލް ކުރަން ދެއްވި ފުރުސަތު ރައީސް ވަނީ ފާހަގަކުރައްވާފައެވެ. ވެރިޔަކަށް ހުންނަވައި، އެ ދުވަހު މަރްހޫމް ހުސައިން މުހައްމަދު އެ ބައްދަލުވުމުގައި ބައިވެރިިވުމަށް އެދުނުކަން ފާހަގަކުރައްވައި ރައީސް ވަނީ ވަރަށް ޖެހިލުންވި ކަމެއްގެ ގޮތުގައި ފާހަގަކުރައްވާފައެވެ. އުމުރުން 21 އަހަރު ނަމަވެސް އެ ބައްދަލުވުން ވެގެން ދިޔައީ ގައުމުގައި ހުރި ގިނަ ކަންތައްތަކަށް ލޯ ހުޅުވިގެންދިޔަ ބައްދަލުވުމަކަށް ކަމަށާއި ސިޔާސީ މައިދާނަށް ނިކުތް އެއް ސަބަބަކަށް އެ ބައްދަލުވުން ވެގެން ދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެކަމަށް ރައީސް ވަނީ މަރްހޫމް ހުސައިން މުހައްމަދު ޝުކުރު ދަންނަވާފައެވެ.

އެއަށް ފަހު ރައްޔިތުންގެ މަޖިލީހާއި ރައްޔިތުންގެ ހާއްސަ މަޖިލީހުގައި ދެ ޕާޓީއެއް ތަމްސީލް ކޮށް ހިޔާލު ތަފާތުވިޔަސް ވަރަށް ގިނަ ކަންތައްތަކުގައި އެއިރުވެސް މަޝްވަރާ ކުރެއްވި ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ކެތްތެރިވުމަށް ނަސޭހަތްތެރިވި ކަމަށާއި އޭގެ ފަހުން ސިޔާސީ އިސްލާހީ މަސައްކަތުގައި އެކުގައި މަސައްކަތް ކުރައްވަން ފުރުސަތު ލިބުނު ކަމަށް ރައީސް ވިދާޅުވިއެވެ. ކޯލިޝަނެއްގެ ގޮތުގައި މަސައްކަތް ކުރެއްވިއިރު ވަކިން ގުޅުއްވައި، ވަރަށް ގިނަ އިރުޝާދުތަކެއް ދެއްވި ބޭފުޅެއް ކަމަށާއި ނިޔާވުމުގެ އެއް ހަފްތާ ކުރިން ވެސް ގުޅުއްވައި މަސައްކަތް ކުރައްވާ ގޮތާއި ރައީސްގެ ހައިސިއްޔަތުން ކުރައްވާ ކަންތައްތަކާއި ދޭތެރޭ ފެނިވަޑައިގަންނަވާ ގޮތް ވަރަށް ސާފުކޮށް ވިދާޅުވެ ދެއްވި ކަމަށެވެ.

އިސްލާހީ މަސައްކަތުގައި މަރުހޫމް ހުސައިން މުހައްމަދަކީ އެންމެ ކުރީ ސަފުގައި އުޅުއްވި ބޭފުޅެއްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ސިޔާސީ ހަލަބޮލި ކަމުގެ ތެރޭގައި މީގެ އަހަރުތަކެއް ކުރިން އެއް މުޒާހަރާއެއްގައި ދެ ބޭފުޅުން ވެސް ޖަލަށް ދާން ޖެހުނު ކަމަށެވެ. އަދި އެއްރޭ އެކީގައި ދޫނިދޫގައި ހޭދަކުރަން ޖެހުނު ކަމަށާއި އެ ހަނދާންތައް ވެސް ރައީސް ވަނީ ހިއްސާ ކުރައްވާފައެވެ.

ހުސެއިން މުހައްމަދު ވަނީ ތައުލީމީ ދާއިރާގެ ތަފާތު އެކިއެކި މަޤާމުތަކާއި އިސް މަޤާމުތައް އަދާކުރައްވައި އަގު ހުރި ޚިދުމަތްތަކެއް ކުރައްވާފައެވެ. އެގޮތުން އީޑީސީގެ އެކިއެކި މަގާމުތަކާއި، އެޑިޔުކޭޝަން މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް ކަމާއި، ޑެޕިއުޓީ މިނިސްޓަރކަން ކުރެއްވިއެވެ.

މީޑިއާގެ ދާއިރާ އާއި ގިނަގުނަ ޚިދުމަތްތަކެއް ކުރައްވާފައިވާ އިރު، ހުސެން މުހައްމަދު ވަނީ ޓީވީ މޯލްޑިވްސްގެ ޑެޕިއުޓީ ޑިރެކްޓަރ، ޑިރެކްޓަރ އޮފް ޕްރޮގްރާމްސް އަދި ޑިރެކްޓަރ ޖެނެރަލްކަމާއި، އެގްޒެކެޓިވް ޑިރެކްޓަރކަން ވެސް އަދާކުރައްވާފައެވެ.

އޭގެއިތުރުން ދިވެހިރާއްޖޭގެއަޑުގެ ބޭރުގެ ޚަބަރުތައް ލިޔުއްވުމުގެ މަސައްކަތް 1980ގެ އަހަރުތަކުން ފެށިގެން 2000ގެ އަހަރުތަކަށް ކުރެއްވި އިރު، އާފަތިސް ނޫހުގައި ބޭރުގެ ޚަބަރުތައް ލިޔުއްވުމުގެ މަސައްކަތް 1980ގެ އަހަރުތަކުން 2000ގެ އަހަރުތަކަށް ވެސް ވަނީ ކުރައްވާފައެވެ.

"ބޭރުދުނިޔެއިން ކުޅިވަރު" އަކީވެސް ޙުސައިން، މުޅިން އަލަށް ރާއްޖޭގެ ނޫސްވެރިކަމަށް ތައާރަފުކުރެއްވި ސޮފުހާއެކެވެ.

ދުނިޔޭގެ ސިޔާސީ މަސްރަހު ދިރާސާކުރެއްވުމުގެ މުފައްކިރެއްގެ ގޮތުގައި 30 އަހަރުގެ ޢިލްމީ ތަޖުރިބާއަށްފަހު، ރާއްޖޭގެ ސިޔާސީ މަސްރަހުގައި އިސްސަފުގައި ހަރަކާތްތެރި ވެވަޑައިގަންނަވަން ފެއްޓެވީ 2005 ވަނަ އަހަރުގައެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ އަރިއަތޮޅު އުތުރުބުރީގެ މެންބަރުކަން 2005 ކުން 2009 އަކަށް ކުރައްވާފައިވާ އިރު، ރައްޔިތުންގެ މަޖިލިސްގެ މަތިވެރި ދާއިރާގެ މެންބަރުކަން 2009 ވަނަ އަހަރުން 2019 ވަނަ އަހަރަށް ހުސެން ވަނީ ކުރައްވާފައެވެ.

ހުސައިން މުހައްމަދުގެ އާއިލާ އިން މައުލޫމަތު ދިން ގޮތުގައި އޭނާ އަވަހާރަވީ ހުޅުމާލޭގައި ހުންނަ ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާދެއްވަމުން ދަނިކޮށް ސެޕްޓެމްބަރު މަހުގެ 4 ވަނަ ދުވަހުގެ ދަންވަރުގެ ވަގުތެއްގައެވެ.

އިތުރަށް ކިޔާލަން

01 އެޕްރީލު 2017

އިދިކޮޅު ފަރާތްތަކުން ރިޝްވަތު ދޭން އުޅުނު ކަމަށް ބުނާ މައްސަލައިގެ ތަހްގީގަށް މެމްބަރު އުމަރު ހުސައިން ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފި

01 އެޕްރީލު 2017
އިދިކޮޅު ފަރާތްތަކުން ރިޝްވަތު ދޭން އުޅުނު ކަމަށް ބުނާ މައްސަލައިގެ ތަހްގީގަށް މެމްބަރު އުމަރު ހުސައިން ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފި
30 މާރިޗު 2017

ޕާޓީ ޓޯކްސްގެ ވާހަކަ ދައްކަނީ އިސްލާހީ މަސައްކަތް ހުއްޓުވަން:އިދިކޮޅު ފަރާތްތައް

30 މާރިޗު 2017
ޕާޓީ ޓޯކްސްގެ ވާހަކަ ދައްކަނީ އިސްލާހީ މަސައްކަތް ހުއްޓުވަން:އިދިކޮޅު ފަރާތްތައް
28 މާރިޗު 2017

މިއަދުގެ ސަރުކާރަކީ ގަދަ ބާރު ފެކްޝަން: މެންބަރު އަލީ ހުސައިން

28 މާރިޗު 2017
މިއަދުގެ ސަރުކާރަކީ ގަދަ ބާރު ފެކްޝަން: މެންބަރު އަލީ ހުސައިން
25 މާރިޗު 2017

އެއްބަސްވުމާ އެއްގޮތަށް ގައުމީ މަސައްކަތުގައި ލީޑަރުން ދެމިތިބޭނެ: އިބޫ

25 މާރިޗު 2017
އެއްބަސްވުމާ އެއްގޮތަށް ގައުމީ މަސައްކަތުގައި ލީޑަރުން ދެމިތިބޭނެ: އިބޫ
20 މާރިޗު 2017

ޤާސިމަކީ ބަޠަލެއް، އިސްލާހި މަސައްކަތުގައި ސާބިތުކަމާ އެކު ހުންނެވިކަން ދައްކަވައިފި: މައުމޫން ފެކްޝަން

20 މާރިޗު 2017
ޤާސިމަކީ ބަޠަލެއް، އިސްލާހި މަސައްކަތުގައި ސާބިތުކަމާ އެކު ހުންނެވިކަން ދައްކަވައިފި: މައުމޫން ފެކްޝަން
20 މާރިޗު 2017

ތާހިރު ދިރިއުޅުމަކަށާއި އިސްލާހީ ހަރަކާތުގައި ވީހާ ވެސް ގިނަ ރައްޔިތުން ބައިވެރިވުމަށް ރައީސް ނަޝީދު ގޮވާލައްވައިފި

20 މާރިޗު 2017
ތާހިރު ދިރިއުޅުމަކަށާއި އިސްލާހީ ހަރަކާތުގައި ވީހާ ވެސް ގިނަ ރައްޔިތުން ބައިވެރިވުމަށް ރައީސް ނަޝީދު ގޮވާލައްވައިފި
08 މާރިޗު 2017

އިސްލާހީ މަސައްކަތުގެ ކުރީ ސަފުގައި ތިއްބެވީ އަންހެނުން: މާރިއާ

08 މާރިޗު 2017
އިސްލާހީ މަސައްކަތުގެ ކުރީ ސަފުގައި ތިއްބެވީ އަންހެނުން: މާރިއާ
20 ފެބުރުއަރީ 2017

ޑރ. ހުސައިން ނިޔާޒަށް ޔޫއޭއީގެ ސަފީރުކަމުގެ ފަތްކޮޅު ދެއްވައިފި

20 ފެބުރުއަރީ 2017
ޑރ. ހުސައިން ނިޔާޒަށް ޔޫއޭއީގެ ސަފީރުކަމުގެ ފަތްކޮޅު ދެއްވައިފި
15 ފެބުރުއަރީ 2017

ނަޖިސް ބޭރުވަނީ ކޮންސްޓްރަކްޝަން މަސައްކަތުގައި ޑީވޯޓަރިން މަސައްކަތް ކުރާތީ، އެމްޑަބްލިއުއެސްސީން ވަނީ އެކަން ހައްލު ކުރުމުގެ މަސައްކަތް ފަށާފަ

15 ފެބުރުއަރީ 2017
ނަޖިސް ބޭރުވަނީ ކޮންސްޓްރަކްޝަން މަސައްކަތުގައި ޑީވޯޓަރިން މަސައްކަތް ކުރާތީ، އެމްޑަބްލިއުއެސްސީން ވަނީ އެކަން ހައްލު ކުރުމުގެ މަސައްކަތް ފަށާފަ
06 ފެބުރުއަރީ 2017

އިސްލާހީ މަސައްކަތުގައި އުކުޅަހު ރައްޔިތުންނަކީ ނަމޫނާ ހިތްވަރެއް ދައްކުވައިދޭ ބައެއް: ރައީސް ނަޝީދު

06 ފެބުރުއަރީ 2017
އިސްލާހީ މަސައްކަތުގައި އުކުޅަހު ރައްޔިތުންނަކީ ނަމޫނާ ހިތްވަރެއް ދައްކުވައިދޭ ބައެއް: ރައީސް ނަޝީދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު