Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޕިރްލޯ ކޯޗިންގ ލައިސަންސް ނެގުން

ޔުވެންޓަސްގެ ކޯޗު ޕިރްލޯ ކޯޗިންގ ލައިސަންސް ނަގައިފި

17 ސެޕްޓެމްބަރު 2020 | ބުރާސްފަތި 17:08

ޕިރްލޯ ޔުއެފާ ޕްރޯ ލައިސަންސް ހާސިލުކުރަން ހުށަހެޅީ އޮގަސްޓް މަހު

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 17 ސެޕްޓެމްބަރު 2020 | ބުރާސްފަތި 17:08
ޔުވެންޓަސްގެ އައު ކޯޗު އަަންދްރެއާ ޕިރްލޯ

ޔުވެންޓަސްގެ އައު ކޯޗު އަަންދްރެއާ ޕިރްލޯ

އިޓާލިއަން ލީީގުގެ އައު ސީޒަން ފެށުމުގެ ކުރިން ޔުވެންޓަސްގެ ކޯޗު އަަންދްރެއާ ޕިރްލޯ ކޯޗިންގ ލައިސަންސް ނަގައިފިއެވެ.

ޔުވެންޓަސްގެ ޒުވާން ޓީމުގެ ކޯޗުގެ މަގާމު ހަވާލުކުރިތާ ނުވަ ދުވަސްފަހު މިދިޔަ އޮގްސްޓަ މަހުގެ އަށްވަނަ ދުވަހު ޕިރްލޯ ވަނީ ޔުވެންޓަސްގެ ސީނިއާ ޓީމުގެ ކޯޗުގެ މަގާމަށް ހަމަޖައްސާފައެވެ. އުމުރުން 41 އަހަރުގެ ޕިރްލޯ ޔުވެންޓަސްގެ ކޯޗުގެ މަގާމަށް ހަމަޖެއްސީ މިދިޔަ ސީޒަނުގައި އެޓީމަށް އިޓާލިއަން ލީގު ކާމިޔާބުކޮށްދިން ކޯޗު މައުރީޒިއޯ ސާރީ މަގާމުން ވަކިކުރުމަށްފަހުއެވެ.

ކޯޗިންގެ އެއްވެސް ތަޖުރިބާއެއް ނެތް ޕިރްލޯ ޔުއެފާ ޕްރޯ ލައިސަންސް ހާސިލުކުރަން ހުށަހެޅީ އޮގަސްޓް މަހުގައެވެ. އަދި ބުދަ ދުވަހު ޕިރްލޯއަށް ވަނީ ޔުއެފާ ޕްރޯ ލައިސަންސް ލިބިފައެވެ.

މީގެ ކުރިން ޔުވެންޓަސްއަށް ކުޅުނު ލެޖެންޑަރީ މިޑްފީލްޑަރު އެ ޓީމުގެ ކޯޗުގެ މަގާމަށް ހަމަޖެއްސިއިރު، މިއީ 2017 ވަނަ އަހަރު ފުޓްބޯޅަ ކުޅުން ހުއްޓާލި ޔުވެންޓަސްގެ ކުރީގެ ކެޕްޓަން ޕިރްލޯ ބޮޑު ކުލަބެއްގެ ކޯޗެއްގެ ގޮތުގައި ފެންނާނެ ފުރަތަމަ ފަހަރެވެ.

އިޓާލިއަން ލީގުގެ ޗެމްޕިއަންކަން ޖެހިޖެހިގެން ނުވަ ފަހަރު ހޯދާފައިވާ ޔުވެންޓަސްއާ ޕިރްލޯ ހަވާލުވިއިރު، މީގެ ކުރިން އޭނާ ވަނީ އިނގިރޭސި ޕްރިމިއާ ލީގާއި އިޓާލިއަން ލީގުގެ ބައެއް ކުލަބުތަކުން ކޯޗެއްގެ ގޮތުގައި މަސައްކަތް ކުރުމަށް ހުށަހެޅުންތަކެއް ލިބުނު ކަމަށް ބުނެފައެވެ.

ދުނިޔޭގައި އުފެދުނު އެންމެ އުފެއްދުންތެރި އެއް މިޑްފީލްޑަރު ކަމަށްވާ ޕިރްލޯ 22 އަހަރަށް ފަހު ފުޓްބޯޅަ ކުޅުން ހުއްޓާލީ 2017 ވަނަ އަހަރުއެވެ. އިޓަލީގެ 21 އަހަރުން ދަށުގެ ޓީމާ އެކު 2000 ވަނަ އަހަރުގެ ޔޫރަޕިއަން ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޕިރްލޯ ވަނީ އިޓަލީން 2006 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ކާމިޔަބުކުރިއިރު މޮޅު ކުޅުމެއް ދައްކާއެވެ.

އިންޓަ މިލާނާއި، އޭސީ މިލާންގެ އިތުރުން ޔުވެންޓަސްއަށް ގިނަ ދުވަސްތަކެއް ވަންދެން ކުޅުނު ޕިރްލޯ ވަނީ ކްލަބު ކެރިއަރުގައި ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ. އޭނާ އެންމެ ފަހުން ކުޅުނީ އެމެރިކާގެ މޭޖާ ލީގުގެ ނިއު ޔޯކް ސިޓީ އެފްސީއަށެވެ.

އިތުރަށް ކިޔާލަން

15 ފެބުރުއަރީ 2017

ކޯޗުކަމުން ޝާޒް ވަކިކޮށް ސުޒެއިން ގެނައީ ހާސިލްކުރަން ބޭނުންވާ ކަންތައް ނުވެދާނެތީ: ނަޒީމް

15 ފެބުރުއަރީ 2017
ކޯޗުކަމުން ޝާޒް ވަކިކޮށް ސުޒެއިން ގެނައީ ހާސިލްކުރަން ބޭނުންވާ ކަންތައް ނުވެދާނެތީ: ނަޒީމް
15 ފެބުރުއަރީ 2017

ސުޒޭން އެނބުރި ވިކްޓްރީގެ ކޯޗުކަމާ ހަވާލުވެއްޖެ

15 ފެބުރުއަރީ 2017
ސުޒޭން އެނބުރި ވިކްޓްރީގެ ކޯޗުކަމާ ހަވާލުވެއްޖެ
07 ފެބުރުއަރީ 2017

ރަނގަޅަށް ނުކުޅެވުނީ މޫސުމުގެ މައްސަލަ ދިމާވުމުން: ތިމްޕޫގެ ކޯޗު

07 ފެބުރުއަރީ 2017
ރަނގަޅަށް ނުކުޅެވުނީ މޫސުމުގެ މައްސަލަ ދިމާވުމުން: ތިމްޕޫގެ ކޯޗު
06 ފެބުރުއަރީ 2017

ރާއްޖޭގައި ކުރިން ކުޅުނު ކުޅުންތެރިން އެބަތިބި، މޮޅުވެވޭނެ: ތިމްޕޫގެ ކޯޗު

06 ފެބުރުއަރީ 2017
ރާއްޖޭގައި ކުރިން ކުޅުނު ކުޅުންތެރިން އެބަތިބި، މޮޅުވެވޭނެ: ތިމްޕޫގެ ކޯޗު
03 ފެބުރުއަރީ 2017

ގައުމީ ފިރިހެން ވޮލީ ޓީމުގެ ހެޑް ކޯޗުގެ މަގާމަށް ޝަރަފް

03 ފެބުރުއަރީ 2017
ގައުމީ ފިރިހެން ވޮލީ ޓީމުގެ ހެޑް ކޯޗުގެ މަގާމަށް ޝަރަފް
22 ޖެނުއަރީ 2017

ދިވެހި ފުޓްބޯޅަ އަށް ފުރަތަމަ ފަހަރަށް ކުލަބް ލައިސަންސް ދެނީ

22 ޖެނުއަރީ 2017
ދިވެހި ފުޓްބޯޅަ އަށް ފުރަތަމަ ފަހަރަށް ކުލަބް ލައިސަންސް ދެނީ
17 ޖެނުއަރީ 2017

ނެދަލޭންޑްސްގެ ކުރީ ކޯޗު ލުއިސް ވެންހާލް ރިޓަޔާ ކޮށްފި

17 ޖެނުއަރީ 2017
ނެދަލޭންޑްސްގެ ކުރީ ކޯޗު ލުއިސް ވެންހާލް ރިޓަޔާ ކޮށްފި
14 ޖެނުއަރީ 2017

ވިކްޓަރީގެ ކޯޗަކަށް ބީޖީގެ ކުރީގެ ކޯޗު ޝާޒްލީ ހަމަޖައްސައިފި

14 ޖެނުއަރީ 2017
ވިކްޓަރީގެ ކޯޗަކަށް ބީޖީގެ ކުރީގެ ކޯޗު ޝާޒްލީ ހަމަޖައްސައިފި
07 ޖެނުއަރީ 2017

ޔަންގޮން ޔުނައިޓެޑްގެ ކުރީގެ ކޯޗު ސެކުލޮސްކީ މާޒިޔާ އަށް ސޮއިކޮށްފި

07 ޖެނުއަރީ 2017
ޔަންގޮން ޔުނައިޓެޑްގެ ކުރީގެ ކޯޗު ސެކުލޮސްކީ މާޒިޔާ އަށް ސޮއިކޮށްފި
04 ޖެނުއަރީ 2017

ޓީމަށް ދިމާވީ ޓެކްނިކަލް ގޯސްތަކެއް، ދެން ފަހަރަކުން ގޯލްޑް ހޯދާނަން: ކޯޗު

04 ޖެނުއަރީ 2017
ޓީމަށް ދިމާވީ ޓެކްނިކަލް ގޯސްތަކެއް، ދެން ފަހަރަކުން ގޯލްޑް ހޯދާނަން: ކޯޗު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް