Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އެކުވެނި ދުވާ ޓްރެކް ތަރައްގީކުރުން

އެކުވެނި ދުވާ ޓްރެކުގައި ކޮންކްރީޓް އެޅުމުގެ މަސައްކަތް ފަށައިފި

ކޮންކްރީޓްގެ މަސައްކަތް ކުރިއަށްގެންދަނީ އާރްކޭއެލް ކުންފުނީގެ ސީއެސްއާރް މަޝްރޫއުގެ ދަށުން

އަތޫފް އާތިފް
އަތޫފް އާތިފް, ރާއްޖެ އެމްވީ | 17 ސެޕްޓެމްބަރު 2020 | ބުރާސްފަތި 13:55
ދުވާ ޓްރެކުގެ ކޮންކްރީޓްގެ މަސައްކަތް މަޙްލޫފާއި، ތޮލާލްގެ އިތުރުން ސާއިދު ފައްޓަވައިދެއްވަނީ

ދުވާ ޓްރެކުގެ ކޮންކްރީޓްގެ މަސައްކަތް މަޙްލޫފާއި، ތޮލާލްގެ އިތުރުން ސާއިދު ފައްޓަވައިދެއްވަނީ

މާލޭ ހުޅަނގު ފަރާތު އެކުވެނި ދުވާ ޓްރެކް ސިންތެޓިކް ޓްރެކަކަށް ބަދަލުކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ކޮންކްރީޓްގެ މަސައްކަތް ބުރާސްފަތި ދުވަހު ފަށައިފިއެވެ.

ދުވާ ޓްރެކުގެ ކޮންކްރީޓްގެ މަސައްކަތް ފައްޓަވައިދެއްވީ ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޙްލޫފާއި، އެތުލެޓިކް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް މުޙައްމަދު ތޮލާލްގެ އިތުރުން ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދެވެ.

މަސައްކަތް ފައްޓަވައިދެއްވުމަށްފަހު މީޑިއާއާ ވާހަކަ ދައްކަވަމުން ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޙްލޫފް ވިދާޅުވީ މި ފެށުނު މަސައްކަތަކީ އާރްކޭއެލް ކުންފުނީގެ ސީއެސްއާރް މަޝްރޫއުގެ ދަށުން އެ ކުންފުނިން ކުރުމަށް ނިންމާފައިވާ މަސައްކަތެއް ކަމަށާއި، ދުވާ ޓްރެކުގެ ބިން އެއްވަރުކޮށް، ކޮންކްރީޓްގެ މަސައްކަތް އެ ކުންފުނިން ތާވަލުކޮށްފައިވާ މުއްދަތައް ނިންމާލާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ.

ވަޒީރު އިތުރަށް ވިދާޅުވީ ދުވާ ޓްރެކް ސިންތެޓިކް ޓްރެކަކަށް ބަދަލުވުމުން އެކަމުގެ ފައިދާ އެތަން ބޭނުން ކުރަމުން އަންނަ އެތުލީޓުންނާއި، ކަސްރަތަށް އެތަން ބޭނުން ކުރަމުން އަންނަ މީހުންނަށް ލިބިގެންދަނެ ކަމަށާއި، އެތަނުގައި ތަރައްގީކުރެވޭ ސިންތެޓިކް ޓްރެކަކީ ބައިނަލްއަގުވާމީ ފެންވަރުގެ ޓްރެކަކަށް ވެގެންދާނެ ކަމަށެވެ.

ދެކުނު އޭޝިއާގައި ހުރި އެންމެ ބާރު ދުވުންތެރިޔާގެ ޝަރަފު ހޯދާފައިވާ ހަސަން ސާއިދު ބުނީ ކުރިން އެތުލީޓުން ތަމްރީނުވަމުން އައީ ވެލި ޓްރެކެއްގައި ކަމަށާއި، އަދި މުބާރާތްތައްވެސް ބާއްވަމުން އައީ ވެލި ޓްރެކެއްގައި ކަމަށެވެ. އެހެންކަމުން ސިންތެޓިކް ޓްރެކެއް އެކުވެނީގައި އެޅިގެން ދިޔުމަކީ އެތުލީޓުންނަށް އެކަމުގެ ސަބަބުން ބޮޑެތި ފައިދާތަކެއް ކުރާނެ ކަމެއް ކަމަށް ސާއިދު ބުންޏެވެ.

މާލޭގައި ގިނަ ބަޔަކު ކަސްރަތު ކުރުމަށް ބޭނުންކުރާ ކުޅިވަރު އެކުވެނީގެ ދުވާ ޓްރެކް، 24 އަހަރަށްފަހު އަލުން މަރާމާތު ކުރުމުގެ މަސައްކަތް ފަށާފައިވަނީ ޖޫން މަހުގެ 22 ވަނަ ދުވަހެވެ. އަދި މި މަހުގެ ދެވަނަ ދުވަހު ކުޅިވަރާ ބެހޭ ވުޒާރާއިން ވަނީ ދުވާ ޓްރެކް ސިންތެޓިކް ޓްރެކަކަށް ބަދަލުކުރުމުގެ މަސައްކަތް ޕޮލިސް ވެލްފެއާ ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑް (ޕޮލްކޯ) އާ ހަވާލުކޮށްފައެވެ. މި މަޝްރޫއަށް އިންޑިއާ ސަރުކާރުން ވަނީ މާލީ އެހީތެރިކަން ފޯރުކޮށްދީފައެވެ.

މީގެ ކުރިން ކުޅިވަރާ ބެހޭ ވަޒީރު ވަނީ އެކުވެނި ޓްރެކް ސިންތެޓިކް ޓްރެކަކަށް ބަދަލުކުރުމުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިޔަށްދާ ކަމަށާއި، ލަފާ ކުރެވޭ ގޮތުން އެ މަސައްކަތް ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހަށް ނިންމާލެވޭނެ ކަމަށް ވިދާޅުވެފައެވެ.

މާލޭ އެކުވެނި ދުވާ ޓްރެކް ގާއިމުކުރީ 1996 ވަނަ އަހަރެވެ. މީގެ ކުރިން ރާއްޖޭގެ އެތުލީޓުންވެސް ތަމްރީނު ހެދުމަށް ބޭނުންކުރި އެކުވެނި ދުވާ ޓްރެކް އާންމު ގޮތެއްގައި ބޭނުން ކުރަމުން އަންނަނީ އާންމު ރައްޔިތުން ކަސްރަތު ކުރުމަށެވެ. ޓްރެކުގެ ފަސްގަނޑުގައި ވަޅުގަނޑު ހެދުމުގެ އިތުރަށް ވާރޭ ވެހުމުގެ ސަބަބުން ފެން ބޮޑުވުމާއި ގުޅިގެން ދުވާ މީހުންނަށް ބޮޑެތި ގޮންޖެހުންތަކަކާ މީގެ ކުރިން ވަނީ ކުރިމަތިލާން ޖެހިފައެވެ.

އަދި އެތަނުގައި ރަސްމީކޮށް ކްރިކެޓް ކުޅޭ ދަނޑުވެސް އޮތުމާއެކު، ޓްރެކުގެ ބޭނުން ދުވުމުގެ އިތުރަށް ކްރިކެޓް ކުޅުމަށާއި ކަސްރަތު ކްލާސްތައް ބާއްވަންވެސް ބޭނުންކުރެއެވެ

ކޮމެންޓް

އިތުރަށް ކިޔާލަން

އެކުވެނި ދުވާ ޓްރެކް ސިންތެޓިކް ޓްރެކަކަށް ބަދަލުކުރަނީ

އެކުވެނި ދުވާ ޓްރެކް ސިންތެޓިކް ޓްރެކަކަށް ބަދަލުކުރަނީ

27 ޖުލައި 2020
އެކުވެނި ދުވާ ޓްރެކު ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ

އެކުވެނި ދުވާ ޓްރެކު ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ

23 ޖޫން 2020
ކުޅުންތެރިން ޓެސްޓު ކުރުމަށް 100،00 ޕައުންޑް ޚަރަދުވާނެ: އަބަޑީން

ކުޅުންތެރިން ޓެސްޓު ކުރުމަށް 100،00 ޕައުންޑް ޚަރަދުވާނެ: އަބަޑީން

10 ޖޫން 2020
ހަތަރު ރަށެއްގައި ފުޓްސަލް ދަނޑު އެޅުމުގެ މަސައްކަތް ހަވާލުކޮށްފި

ހަތަރު ރަށެއްގައި ފުޓްސަލް ދަނޑު އެޅުމުގެ މަސައްކަތް ހަވާލުކޮށްފި

17 އޮކްޓޯބަރު 2019
ޖަލު ކާޅު ސާރފިންގ ކޮމްޕެޓިޝަން ގެ ނަމުގައި ހިންމަފުށީގައި ރާޅާއެޅުމުގެ މުބާރާތެއް ފަށައިފި

ޖަލު ކާޅު ސާރފިންގ ކޮމްޕެޓިޝަން ގެ ނަމުގައި ހިންމަފުށީގައި ރާޅާއެޅުމުގެ މުބާރާތެއް ފަށައިފި

26 ޖުލައި 2019

އަހަރުތަކުން މިއަދު

20 ޖޫން
އިސްރާއީލުން އަވަހާރަ ކޮށްލި ކަމަށް ބުނި އީރާނުގެ ލީޑަރުގެ މުޝީރު ދުނިޔޭގައި އެބަ ހުންނެވި!
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލުން އަވަހާރަ ކޮށްލި ކަމަށް ބުނި އީރާނުގެ ލީޑަރުގެ މުޝީރު ދުނިޔޭގައި އެބަ ހުންނެވި!

އީދު މިސްކިތުން މި މަހު އެކަނި 10 ފަންކާ ވަގަށް ނަގައިފި
20242 އަހަރު ކުރިން
ރާއްޖެ

އީދު މިސްކިތުން މި މަހު އެކަނި 10 ފަންކާ ވަގަށް ނަގައިފި

މާދަމާގެ ޖަލްސާއަކީ އިދިކޮޅުން އެދިގެން ކަމެއް ހާސިލްކުރަން ބާއްވާ ޖަލްސާއެއް - އަސްލަމް
20233 އަހަރު ކުރިން
ރާއްޖެ

މާދަމާގެ ޖަލްސާއަކީ އިދިކޮޅުން އެދިގެން ކަމެއް ހާސިލްކުރަން ބާއްވާ ޖަލްސާއެއް - އަސްލަމް

ޔޯގާ ހަރަކާތުގެ ހަމަނުޖެހުމުގައި ސިޔާސީ ޕާޓީއެއްގެ ބައިވެރިވުން އޮތްނަމަ ފިޔަވަޅުއަޅާނަން: އީސީ
20224 އަހަރު ކުރިން
ރާއްޖެ

ޔޯގާ ހަރަކާތުގެ ހަމަނުޖެހުމުގައި ސިޔާސީ ޕާޓީއެއްގެ ބައިވެރިވުން އޮތްނަމަ ފިޔަވަޅުއަޅާނަން: އީސީ

ރައީސް ސާލިހުގެ ކޮއްކޯފުޅު އަހުމަދު މުހައްމަދު ސާލިހު އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ރައީސް ސާލިހުގެ ކޮއްކޯފުޅު އަހުމަދު މުހައްމަދު ސާލިހު އަވަހާރަވެއްޖެ

ޝޯ ފެށުމުގެ ކުރިން ޑާންސް އިންޑިއާ ޑާންސްގެ ހޯސްޓް ޝޯއިން ވަކިވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޝޯ ފެށުމުގެ ކުރިން ޑާންސް އިންޑިއާ ޑާންސްގެ ހޯސްޓް ޝޯއިން ވަކިވެއްޖެ

މަހެއް ފަހުން އަދީބަށް ދިން އާއިލީ ބައްދަލުވުން: ބިއްލޫރި ދޮރެއްގެ ބިއްދޮށުން ފޯނުގެ އަތްގަނޑުން!
20188 އަހަރު ކުރިން
ރާއްޖެ

މަހެއް ފަހުން އަދީބަށް ދިން އާއިލީ ބައްދަލުވުން: ބިއްލޫރި ދޮރެއްގެ ބިއްދޮށުން ފޯނުގެ އަތްގަނޑުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު