Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުނޭމާ ސަސްޕެންޑް ކުރުން

ނޭމާއަށް ދެ މެޗުގެ ސަސްޕެންޝަނެއް

17 ސެޕްޓެމްބަރު 2020 | ބުރާސްފަތި 07:49

ނެމާއަށް ރެފުރީ ސީދާ ރަތް ކާޑެއް ދެއްކީ މާސޭގެ ގޮންޒާލޭޒްގެ ބޮލުގައި އަތުން ޖެހުމާ ގުޅިގެން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 17 ސެޕްޓެމްބަރު 2020 | ބުރާސްފަތި 07:49
މާސޭ އާ ދެކޮޅަށް ޕީއެސްޖީ ކުޅުނު މެޗުގެ ތެރެއިން ނޭމާ

މާސޭ އާ ދެކޮޅަށް ޕީއެސްޖީ ކުޅުނު މެޗުގެ ތެރެއިން ނޭމާ

ފްރެންޗް ލީގުގައި އާދިއްތަ ދުވަހުގެރޭ މާސޭއާ ދެކޮޅަށް ޕީއެސްޖީ ކުޅުނު މެޗުގައި އެ ޓީމުގެ ތަރި ނޭމާއަށް ދެއްކި ސީދާ ރަތް ކާޑާއެކު އޭނާ ދެ މެޗަށް ސަސްޕެންޑް ކޮށްފިއެވެ.

ލީގުގައި އެންމެ ފަހުގެ ޗެމްޕިއަން ޕީއެސްޖީ ކުޅުނު ދެވަނަ މެޗުގައި މާސޭ އަތުން 1-0 ން ބަލިވިއިރު، މެޗުގެ ފަހު ވަގުތު ހިނގައިދިޔަ ހަަމަނުޖެހުންތަކުގެ ތެރޭގައި ފަސް ކުޅުންތެރިއަކަށް ވަނީ ރަތް ކާޑު ދައްކާފައެވެ. އޭގެ ތެރޭގައި ނޭމާވެސް ހިމެނެއެވެ. ދެން މި މެޗުގައި ރަތް ކާޑު ދެއްކީ ޕީއެސްޖީގެ ލެއަންޑްރޯ ޕަރެޑެސް އާއި ލަވިން ކުރްޒާވާ އަދި މާސޭގެ ޑާރިއޯ ބެނެޑޭޓޯ އާއި ޖޯޑަން އަމާވީއަށެވެ. މީގެ ތެރެއިން ޕަރެޑެސް އާއި ބެނެޑޭޓޯއަށް ރަތް ކާޑު ދެއްކީ ދެވަނަ ރީނދޫ ކާޑާއެކުއެވެ.

މެޗުގައި ނެމާއަށް ރެފުރީ ސީދާ ރަތް ކާޑެއް ދެއްކީ މާސޭގެ ގޮންޒާލޭޒްގެ ބޮލުގައި އަތުން ޖެހުމާ ގުޅިގެންނެވެ. އެ މެޗަށްފަހު ސޯޝަލް މީޑިއާގައި ހިއްސާކުރި މެސެޖެއްގައި ނޭމާ ބުނީ މާ ބުނީ ގޮންޒާލޭޒް ގައިގައި ޖެހީ ނަސްލީ ގޮތުން އޭނާއާ ތަކުރާރުކޮށް ދިމާކުރުމުން ކަމަށާއި، ގޮންޒާލޭޒް ނަސްލީ ގޮތުން އޭނާއާ ދިމާކުރުމުން ހަގީގަތުގައި ޖަހަން ބޭނުންވަނީ އޭނާގެ މޫނުމަތީގައި ކަމަށެވެ.

ނޭމާއާ ނަސްލީ ގޮތުން ދިމާކުރި މައްސަލަ ބަލަން ގޯވާލާފައި ވަނިކޮށް، ބުދަ ދުވަހުގެރޭ ފްރެންޗް ލީގުން ނޭމާ ދެ މެޗަށް ސަސްޕެންޑް ކުރަން ނިންމާފައެވެ. އަދި ޕީއެސްޖީހެ ކުރްޒާވާ ހަ މެޗަށް ސަސްޕެންޑް ކުރިއިރު، އެ ޓީމުގެ ޕަރެޑެސް ސަސްޕެންޑް ކޮށްފައިވަނީ ދެ މެޗަށެވެ. މީގެ އިތުރުން މާސޭގެ އަމާވީ ތިން މެޗަށް ސަސްޕެންޑް ކުރިއިރު، އެޓީމުގެ ބެނެޑޭޓޯ ވަނީ އެއް މެޗަށް ސަސްޕެންޑް ކޮށްފައެވެ.

މީގެ އިތުރުން ފްރެންޗް ލީގުން އަންނަނީ އެ މެޗުގައި މާސޭގެ ގޮންޒާލޭޒްގެ ގަޔަށް ޕީއެސްޖީގެ އެންހެލް ޑި މާރިއާ ކުޅު ޖެހި މައްސަލައެއްވެސް ބަލަމުންނެވެ.

އެ މެޗުގައި ނޭމާއާ ނަސްލީ ގޮތުން ދިމާކުރި މައްސަލަ ފްރެންޗް ލީގުގެ ޑިސިޕްލިނަރީ ކޮމިޓީން ބަަލައި އަދަބު ދޭން ޖެހޭނަމަ ކަމަށް ޕީއެސްޖީން ގޮވާލާފައިވީ ނަމަވެސް، ދާދި ފަހުން ފްރެންޗް ފުޓްބޯލް ފެޑެރޭޝަނުގެ ރައީސް ނޮއެލް ލަ ގްރައެޓް ވަނީ ފުޓްބޯޅައިގައި ނަސްލީ ތަފާތުކުރުމެއް ނެތް ކަމަށް ވިދާޅުވެފައެވެ. އަދި ލަ ގްރައެޓް ވަނީ އެ މެޗުގެ ފަހުވަގުތު ހިނަގާދިޔަ ހަމަނުޖެހުމާ ގުޅިގެން ކުޅުންތެރިންނަށް ފާޑު ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ އެ މެޗުގައި ކުޅުންތެރިންގެ ފަރާތުން ފެނިގެންދިޔައީ ބަލައިގެނެވޭނެ ކަންތައްތަކެއް ނޫން ކަމަށާއި، އެކަން މުޅި ފްރާންސަށްވެސް ފެނިގެންދިޔަ ކަމަށެވެ.

އެންމެ ހިނގާ

1

ރައީސް މުއިއްޒު މޭޔަރުކަމަށް ގެންނަން އަމިއްލަ ގޭގައި ކޯލް ސެންޓަރު ހިންގި ފަޒްލާވެސް ވަޒީފާއިން ވަކިކޮށްފި

2

ރައީސް މުއިއްޒުގެ ކޮއްކޮ ހައްސާން އަށް މަސައްކަތެއް ނުކޮށް އެމްއޭސީއެލްއިން މުސާރަ ދޭތާ 4 މަސް!

3

އާޒިމާގެ ފުރަތަމަ ޓާސްކް ފްލޮޕް!

4

އީރާނުން ދެކުނު ކޮރެއާއަށް އިންޒާރުދީފި

5

އީރާނުން އާ މިސައިލެއް ޓެސްޓުކޮށް އެމެރިކާއަށް "ސާފު އިންޒާރެއް" ދީފި

އިތުރަށް ކިޔާލަން

14 އޯގަސްޓު 2017

ރޮނާލްޑޯ އަށް 12 މެޗުގެ ސަސްޕެންޝަނެއް އައުން ގާތް!

14 އޯގަސްޓު 2017
ރޮނާލްޑޯ އަށް 12 މެޗުގެ ސަސްޕެންޝަނެއް އައުން ގާތް!
18 ޖުލައި 2017

މިރޭ ނިކުންނަ ބޮޑު މެޗުގެ ކުރިން ނިޒާމްބެ އަދި ސުޒެއިންގެ ބަސް މިއޮތީ!

18 ޖުލައި 2017
މިރޭ ނިކުންނަ ބޮޑު މެޗުގެ ކުރިން ނިޒާމްބެ އަދި ސުޒެއިންގެ ބަސް މިއޮތީ!
25 މެއި 2017

ގަދަ ހަތަރަކަށް އަރަން ޔޫވީ މެޗުގެ ތިން ޕޮއިންޓް ވިކްޓްރީއަށް މަޖުބޫރު: ސުޒެއިން

25 މެއި 2017
ގަދަ ހަތަރަކަށް އަރަން ޔޫވީ މެޗުގެ ތިން ޕޮއިންޓް ވިކްޓްރީއަށް މަޖުބޫރު: ސުޒެއިން
24 މެއި 2017

މިހާރު އޮތް ހިސާބުން އަރައިގަންނަން ކުރިޔަށް އޮތް މެޗުގެ ތިން ޕޮއިންޓް މުހިންމު: ނިޒާމްބެ

24 މެއި 2017
މިހާރު އޮތް ހިސާބުން އަރައިގަންނަން ކުރިޔަށް އޮތް މެޗުގެ ތިން ޕޮއިންޓް މުހިންމު: ނިޒާމްބެ
17 މެއި 2017

މެޗުގެ ނަތީޖާ ބަދަލުވެގެންދިޔައީ ގޯލު ކީޕަރުގެ ސަބަބުން: އަބަހާނީގެ ކޯޗު

17 މެއި 2017
މެޗުގެ ނަތީޖާ ބަދަލުވެގެންދިޔައީ ގޯލު ކީޕަރުގެ ސަބަބުން: އަބަހާނީގެ ކޯޗު
11 އެޕްރީލު 2017

ނޭމާއަށް 'އެލް ކްލެސިކޯ' ގައި ނުކުޅެވޭނެ!

11 އެޕްރީލު 2017
ނޭމާއަށް 'އެލް ކްލެސިކޯ' ގައި ނުކުޅެވޭނެ!
10 އެޕްރީލު 2017

އެލްކްލެސިކޯގައި ނޭމާއަށް ކުޅެވޭނެ ކަމާމެދު ސުވާލު އެފެދިފައި

10 އެޕްރީލު 2017
އެލްކްލެސިކޯގައި ނޭމާއަށް ކުޅެވޭނެ ކަމާމެދު ސުވާލު އެފެދިފައި
23 މާރިޗު 2017

ރާއްޖެ ފަލަސްތީނު މެޗުގެ ޓިކެޓް ވިއްކުމަށް ބަދަލުތަކެއް

23 މާރިޗު 2017
ރާއްޖެ ފަލަސްތީނު މެޗުގެ ޓިކެޓް ވިއްކުމަށް ބަދަލުތަކެއް
19 މާރިޗު 2017

ގައުމީ ޓީމު ކުޅޭ މެޗުގެ ޓިކެޓް ގަންނަ ފަރާތްތަކަށް ޖާޒީއެއް

19 މާރިޗު 2017
ގައުމީ ޓީމު ކުޅޭ މެޗުގެ ޓިކެޓް ގަންނަ ފަރާތްތަކަށް ޖާޒީއެއް
07 މާރިޗު 2017

ކޮލިފައި މެޗުގެ ކުރިން ރަހްމަތްތެރިކަމުގެ މެޗެއް ކުޅެވޭތޯ އެބަ މަސައްކަތްކުރަން: އައްޔަ

07 މާރިޗު 2017
 ކޮލިފައި މެޗުގެ ކުރިން ރަހްމަތްތެރިކަމުގެ މެޗެއް ކުޅެވޭތޯ އެބަ މަސައްކަތްކުރަން: އައްޔަ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް