Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެނަދީމްގެ މަރުގެ މައްސަލަ

ނަދީމްގެ މަރުގެ މައްސަލަ: 3 އަހަރު ވީއިރުވެސް ޝަރީއަތް ނުފެށި!

17 ސެޕްޓެމްބަރު 2020 | ބުރާސްފަތި 07:05

ނަދީމްއަށް ހަމަލާދިނީ 2017 ވަނަ އަހަރުގެ ޖުލައި މަހުގެ 27 ވަނަ ދުވަހު

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 17 ސެޕްޓެމްބަރު 2020 | ބުރާސްފަތި 07:05
ހއ. ތަކަންދޫ، އިބްރާހިމީ ހިޔާ، ނަދީމު އަބްދުއްރަހީމް (ނަޑޭ)

ހއ. ތަކަންދޫ، އިބްރާހިމީ ހިޔާ، ނަދީމު އަބްދުއްރަހީމް (ނަޑޭ)

ހއ. ތަކަންދޫ، އިބްރާހިމީ ހިޔާ، ނަދީމު އަބްދުއްރަހީމް (ނަޑޭ) 23، އަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލާފައިވާ މައްސަލާގައި ޝަރީއަތުގެ ކުރިން ހުށައަޅަންޖެހޭ ހުށައެޅުންތަކަށް އަނެއްކާވެސް އިތުރު މުއްދަތެއް ދީފިއެވެ.

2017 ވަނަ އަހަރުގެ ޖުލައި މަހުގެ 27 ވަނަ ދުވަހުގެ އިރުއޮއްސުނު ވަގުތު ލޮނުޒިޔާރަތް މަގުގައި ހުންނަ ޓާމިނަލް ކެފޭތެރޭގައި ނަދީމް އިންދައި މޫނު ނިވާކޮށްގެން ތިބި ބަޔަކު ވަދެ ވަޅިން ހަމަލާ ދިނުމުގެ ސަބަބުން ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށް އޭގެ ދެ ދުވަސް ފަހުން ނަދީމް ނިޔާވެފައިވާއިރު، ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓުގައި ވަނީ މި މައްސަލައިގެ އަޑުއެހުމެއް ވާރޗުއަލްކޮށް ކުރިއަށް ގެންގޮސްފައެވެ.

މި އަޑުއެހުމަކީ ޝަރީއަތުގެ ކުރިން ހުށައަޅާ ހުށައެޅުންތަކަށް ޖަވާބުދާރީވުމަށް ބޭއްވި އަޑުއެހުމެކެވެ. އެގޮތުން ދައުލަތުން އެދިފައިވާ ގޮތަށް ހެކި ރައްކާތެރި ކުރުމަށް ނިންމާފައިވާ ނިންމުންތައް ދަމަހައްޓަން ޝަރީއަތުން ވަނީ ނިންމާފައެވެ. އެއާއެކު ދައުވާލިބޭ ހުސައިން ޝާމީންއާއި ކަރަމް ސުހައިލްގެ ފަރާތުން ހުށައެޅި ހުށައެޅުންތައް ބަލައިގަނެވެން ނެތް ކަމަށާއި، ހެކި ހާމަ ކުރުމުގެ އަމުރެއް ނެރެވެން ނެތް ކަމަށް ޝަރީއަތުން ވަނީ ކަނޑައަޅާފައެވެ. އަދި އަންނަ އޮކްޓޯބަރު މަހުގެ 5 ވަނަ ދުވަހާއި، 20 ވަނަ ދުވަހު ދައުލަތުން ހުށައަޅާފައިވާ ސިއްރު ނޫން ހެކިންގެ ހެކިބަސް ނެގުމަށް އަޑުއެހުމެއް ބާއްވާނެ ކަމަށް ޝަރީއަތުން ފާހަގަކުރިއެވެ.

އެހެން ނަމަވެސް، ހުރިހާ މައްސަލައެއްގައި ދައުލަތުގެ މަސްލަޙަތަށް ރިއާޔަތްކޮށް، ދައުވާލިބޭ މީހުންގެ މައްސަލަތައް ލަސްވެގެންދާ ދިއުމަށް އެއްވެސް ވަރަކަށް ރިއާޔަތް ނުކުރާތީ ދިފާއީ ވަކީލު ވަނީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެގޮތުން ޤާނޫނުގައި ބުނާ މުއްދަތުގައި ދައުވާ ނުކުރެވުމާއި، ސިއްރު ހެކިބަސް ނެގުން ފަދަ ކަންކަން އިޖުރާއަތުން ބޭރުން "އަދުލު އިންސާފު ޤާއިމު ކުރުމަށް" ކުރާ ނަމަ، އެ ބީދައިން، ދައުވާ ލިބޭ މީހުންނަށް އަދުލުވެރި ކަމާއެކު ލިބެންޖެހޭ ޙައްޤުތައް ވެސް ލިބެންޖެހޭނެ ކަމަށް ވަކީލު ވިދާޅުވިއެވެ.

އެކަމާ ގުޅޭގޮތުން ދެފަރާތުން ގިނަ ކަންތައްތަކެއް ފާހަގަކޮށްފައި ވާއިރު، އެ ކަންކަމަށް ރިއާޔަތް ކުރައްވައި ޝަރީއަތުން ވަނީ ޝަރީއަތް ފެށުމުގެ ކުރިން އިތުރު ހުށައެޅުމަކަށް ފުރުސަތު ދެއްވުމަށް ނިންމަވާފައެވެ. އެގޮތުން ޝަރީއަތުގެ ކުރިން ހުށައަޅަންޖެހޭ ހުށައެޅުންތަކަށް އިތުރު 5 ދުވަސް ދިނުމަށް ވަނީ ނިންމަވާފައެވެ.

މި މައްސަލާގައި ދައުލަތުން ދައުވާކުރަނީ ގ. ޝާރާޒް މުހައްމަދު މަފާޒާއި ލ. ގަން ވިދާތަރި، އަލީ ނިފާޒާއި ރ. އިންނަމާދޫ ސަމަންތާ، ހުސައިން ޝާމީނާއި ގއ. ގެމަނަފުށީ ހަވާސް، މުހައްމަދު ކަރަމް ސުހައިލްގެ މައްޗަށެވެ. އެ ހަތަރު މީހުން ވެސް ވަނީ ދައުވާއަށް އިންކާރުކޮށްފައެވެ.

ނަދީމް މަރާލި މައްސަލާގައި ދައުލަތުން ދައުވާ އުފުލާފައިވާ ހަތަރު މީހުންގެ ތެރެއިން މަފާޒްގެ މައްޗަށް ކުރަނީ ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާއެވެ. ދައުވާގައިވާ ގޮތުން މަފާޒަކީ ނަދީމަށް ހަމަލާދިން މީހާއެވެ. މަފާޒް ފިޔަވައި ދައުވާ ލިބޭ ދެން ތިބި ތިން މީހުންގެ މައްޗަށް ދައުލަތުން ދައުވާ ކުރަނީ ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާއެވެ. ދައުލަތުން ބުނީ އެ ތިން މީހުންނަކީ ސައިކަލުތަކުގައި އެތަނަށް ގޮސް، އެކަމުގައި ބައިވެރިވި މީހުން ކަމަށެވެ.

އިތުރަށް ކިޔާލަން

08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
08 ޖެނުއަރީ 2017

އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް

08 ޖެނުއަރީ 2017
އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ

06 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
06 ޖެނުއަރީ 2017

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

06 ޖެނުއަރީ 2017
ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި
04 ޖެނުއަރީ 2017

ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު

04 ޖެނުއަރީ 2017
ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް