Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ފެސިލިޓީތަކަށް ކެއިންބުއިމަށް ދިޔަ ހަރަދު

ކެއިންބުއިމަށް ހަރަދުކުރި ފައިސާގެ ތަފްސީލު އެނގެން ހުންނާނެ: އެންޑީއެމްއޭ

ފައިސާ ދީފައިވަނީ ދެވޭ ހިދުމަތަށް ބަލާފައި ބޮލަކަށް ޖެހޭ އަދަދު

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 16 ސެޕްޓެމްބަރު 2020 | ބުދަ 14:33
ފްރަންޓް ލައިންގައި މަސައްކަތްކުރާ ފަރާތްތަކުގެ ތެރެއިން ދަރުބާރު ގޭގައި ސްޓޭޝަން ކުރެވިފައިވާ ފަރާތްތަައް މަސައްކަތުގައި ހަރަކާތްތެރިވަނީ

ފްރަންޓް ލައިންގައި މަސައްކަތްކުރާ ފަރާތްތަކުގެ ތެރެއިން ދަރުބާރު ގޭގައި ސްޓޭޝަން ކުރެވިފައިވާ ފަރާތްތަައް މަސައްކަތުގައި ހަރަކާތްތެރިވަނީ

ކޮވިޑް-19 އާއި ގުޅިގެން ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ކެއުންބުއިމުގެ ޚިދުމަތް ފޯރުކޮށް ދިނުމަށް ހަރަދު ކުރި ފައިސާގެ ތަފްސީލު އެނގެން ހުންނާނެ ކަމަށް ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.

އެންޑީއެމްއޭގެ ކޮމްޕަލަޔަންސް އޮޑިޓް ރިޕޯޓާއި ގުޅިގެން ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ އޮތޯރިޓީގެ ޑެޕިއުޓީ ޗީފް އެގްޒެކްޓިވް، އުމަރު މޫސާ ފިކުރީ ވިދާޅުވީ 1 މާޗުގައި އެންއީއޯސީ އުފެދުނު ފަހުން އެންއީއޯސީ ވެގެން ދިޔައީ 24 ގަޑި އިރު ފްރަންޓްލައިން ވޯކަރުން އައިސް މަސައްކަތް ކުރާ ތަނަކަށް ކަމަށެވެ. އަދި ފްރަންޓް ލައިންގައި މަސައްކަތް ކުރާ މަލްޓި އެޖެންސީގެ ފަރާތްތައް އެންއީއޯސީއަށް އައިސް މަސައްކަތް ކުރަމުން ދިޔައީ އެފަރާތްތަކުގެ އާއިލާއާއި ދުރުގައި އަދި ވަރަށް ބުރަކޮށް މަސައްކަތް ކުރަމުން ކަމަށާއި، މާލެ ފުރަބަންދުކުރުމުން 24 ގަޑި އިރު އެންއީއޯސީގައި މަސައްކަތް ކުރި ފަރާތްތަކަށް 3 އިރުގެ ކެއުން ހަމަޖައްސައިދިނުމުގެ މުހިންމުކަން އެނގިގެން ދިޔަ ކަމަށެވެ.

Advertisement - newsAdvertisement

އޭނަ ވިދާޅުވީ ކޭޓަރިން ކޮންޓްރެކްޓްތަކަށް ބަލާނަމަ ބޮލަކަށް ދުވާލެއްގެ މައްޗަށް ޖެހެނީ 160 ރުފިޔާ ކަމަށެވެ. އަދި އޮޑިޓަރ ޖެނެރަލްގެ ރިޕޯޓަށް ބަލާލާއިރު ފާހަގަކުރައްވާފައިވަ އެއް އިޝޫއަކީ ކާ ގަޑިތަކުގައި ކެއި މީހުންގެ އަދަދު ރަނގަޅަށް ނޭނގުން ކަމަށާއި، ދަރުބާރު ގެއަކީ އެންޓްރީ އެގްޒިޓް ސިސްޓަމެއް ގާއިމްކޮށްފައިވާ ތަނެއް ކަމުން، މިތަނަށް ވަންނަ ކޮންމެ މީހަކު އެންޓްރީ ސިސްޓަމުން ޕަންޗް އިން ވެފައި އަދި ނުކުންނަ ކޮންމެ ފަހަރަކު ޕަންޗް އައުޓްވެފައި ދާ ގޮތަށް ތަން ފަރުމާކުރެވިފައިވާނެ ކަމަށެވެ.

އޮޑިތް ރިޕޯޓުގައި ބުނެފައިވަނީ ކޮވިޑް-19 ގެ އިމަރޖެންސީ ސެންޓަރު (ދަރުބާރުގެ) އަށާއި، ބައެއް އައިސޮލޭޝަން ފެސިލިޓީތަކާއި އަދި ބިދޭސީން ވަގުތީ ގޮތުން ބަހައްޓާފައި ހުރި ފެސިލިޓީތަކަށް ކެއުންބުއިމުގެ ޚިދުމަތް ފޯރުކޮށް ދިނުމަށް އެންޑީއެމްއޭ އިން އެކިއެކި ފަރާތްތަކާއި ޙަވާލު ކޮށްފައިވާ ކަމަށެވެ. އަދި މިގޮތުން ޙަވާލު ކުރެވުނު ފަރާތް ތަކާއިއެކު ހަދާފައިވާ އެއްބަސްވުން ތަކުގައި ވާގޮތުން ފައިސާ ދައްކަން ޖެހޭނީ ކޮންމެ ދުވަހެއްގެ ކެއުމުގެ ކޮންމެ ވަގުތަކަށް އޯޑަރު ކުރާ މީހުންގެ އަދަދަށް އެއްބަސްވުމުގައި ކަނޑައަޅާފައިވާ ރޭޓަށް ކަމަށެވެ.

އެހެންކަމުން، ކެއުމުގެ ކޮންމެ ވަގުތެއްގައި ކެއުން ހަމަޖައްސަން ޖެހޭ މީހުންގެ ޢަދަދު ސަޕްލަޔަރަށް އަންގަންޖެހޭ އިރު، ކެއުމުގެ ކަންތައްތައް ހަމަޖެއްސުމަށް ޙަވާލު ކޮށްފައިވާ ސަޕްލަޔަރުންނަށް ފައިސާ ދައްކާފައިވަނީ ކެއުމަށް އޯޑަރު ކުރި މިންވަރަށްކަން ޔަގީން ކުރެވޭނީ ކޮންމެ ދުވަހެއްގެ ކޮންމެ ކެއުމަކަށް އޯޑަރު ކުރި އަދަދު އެނގޭ ގޮތަށް ލިޔެކިޔުން ބަލަހައްޓާފައިވާނަމަ ކަމަށް އޮޑިޓްގައި ފާހަގަކޮށްފައިވެއެވެ.

ނަމަވެސް، އއ. ވެލިދޫ ގައި ހިންގާ ކޮވިޑް-19 ގެ ކަރަންޓީނު ސެންޓަރާއި ގުޅިފަޅުގައި ހިންގާ ކޮވިޑް-19 ގެ ކަރަންޓީނު ސެންޓަރު ފިޔަވައި ދެން ހުރި ފެސިލިޓީތަކުން ކެއުމުގެ ޚިދުމަތަށް އެދި އޯޑަރު ކުރީ ކިތައް މީހުންނަށްކަން އެނގޭނެ ގޮތަކަށް ލިޔެކިޔުން ބަލަހައްޓާފައި ނުވެއެވެ. އެގޮތުން އޯޑަރު ކުރީ ލިޔުމުންކަން އެނގެން ނެތްކަމާއި، ދިން އޯޑަރުގެ ލިޔުމުގެ ކޮޕީއެއް އޮތުމަކީ ލާޒިމްކޮށް ބަލަހައްޓަން ޖެހޭ ލިޔުންތަކެއް ނަމަވެސް އެ ލިޔުންތައް ބަލަހައްޓާފައި ނުވެއެވެ.

އުމަރު ވިދާޅުވީ ކޭޓަރިންގެ ހިދުމަތަށް ޕޭ ކުރަނީ ކޮންމެ ދުވަހަކު ވެސް ކެއުމުގެ ކަންކަން ކުރިއަށް ގެންދިއުމަށްފަހު ކެއި ފަރާތްތަކުގެ ޑީޓެއިލްސް ހިމެނޭ ޑެލިވަރީ ނޯޓެއް ތައްޔާރުކޮށް އެ ހިދުމަތެއް ފޯރުކޮށްދޭ ފަރާތެއް އެ ޑެލިވަރީ ނޯޓް ދިނުމުން ކަމަށެވެ.

އޮޑިޓް ރިޕޯޓުގައި ބުނެފައިވަނީ ކެއުމުގެ ކޮންމެ ވަގުތަކަށް ބިލުކޮށްފައިވާ އަދަދުތަކުގައި ތަފާތުތައް ހުރުމުން، އޯޑަރު ކުރި އަދަދާއި އޮކިއުޕެންސީ މައުލޫމާތު ފުރިހަމަ އަށް ލިޔެކިޔުމުން ބެލެހެއްޓުމަކީ ކޮންމެހެން މުހިންމު ކަމެއްކަށްވާ އިރު ދައުލަތުގެ މާލީ ކަންކަމާ ޙަވާލުވެގެން ތިބޭ ފަރާތްތަކުން، ދައުލަތުގެ މުދަލާއި ފައިސާ ރައްކާތެރިކުރުމާއި އެ ފައިސާ އިން ކުރެވޭ ޚަރަދުތައް ކުރެވެނީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ އެއްގޮތަށްތޯ ބަލައި، ހަމަޖެހިފައިވާ އުސޫލުތަކާ އެއްގޮތަށް ކަންކަން ހިންގައި ބެލެހެއްޓުމަކީ އެފަރާތްތަކުގެ ޒިންމާއެއް ކަމަށެވެ. ނަމަވެސް، ކެއުން ބުއިމަށް ކުރި އޯޑަރުތައް ލިޔެކިޔުމުން ފެންނަން ނެތުމާއި ބިލުތަކަށް ފައިސާ ދެއްކުމުގެ ކުރިން، ފައިސާ ދެއްކެނީ ލިބިފައިވާ ޚިދުމަތަށްކަން ކަށަވަރު ކޮށްފައި ނުވުމުން އެ ކަމުގައި މާލީ ޒިންމާދާރުވެރިޔާ އާއި ފައިސާ ޚަރަދު ކުރަން ހުއްދަ ދޭ ފަރާތްތަކުން އެ ފަރާތްތަކުގެ މަސްއޫލިއްޔަތު އެކަށީގެންވާ ގޮތެއްގައި އަދާކޮށްފައިނުވާ ކަމުގައި މި އޮފީހުން ދެކެމެވެ.

އޮޑިޓް ރިޕޯޓުގައި ބުނެފައިވަނީ ޖޫން 30، 2020 ގެ ނިޔަލަށް ކެއުމުގެ ޚިދުމަތަށް ދައްކާފައިވާ ފައިސާގެ ތެރެއިން 9,806,724 (ނުވަ މިލިއަން އަށްލައްކަ ހަ ހާސް ހަތް ސަތޭކަ ސައުވީސް) ރުފިޔާ ޚަރަދުކޮށްފައިވަނީ ހަގީގަތުގައި ވެސް ލިބުނު ޚިދުމަތަށްކަން ކަށަވަރު ކުރެވިފައިނުވާ ކަމަށެވެ. ޖުމްލަ 17.1 މިލިއަން ރުފިޔާ ވަނީ ހަރަދު ކޮށްފައެވެ.

މި 9.8 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ތަންތަނަކީ، ދަރުބާރުގޭގައި ގާއިމް ކޮށްފައިވާ ކޮވިޑް އޮޕަރޭޝަން ސެންޓަރަށް 5.9 މިލިއަން ރުފިޔާ، ހުޅުމާލޭ ކޮވިޑް-19 ޑިސްޓްރިބިއުޝަން ސެންޓަރަށް 840،745 ރުފިޔާ، ހުޅުލޭ އައިލެންޑް ހޮޓެލްއަށް 1.4 މިލިއަން ރުފިޔާ އެސްޓީއޯ ހިޔާ އަށް 1.3 މިލިއަން ރުފިޔާ އަދި ފަރުކޮޅު ކޮވިޑް ސެންޓަރަށް 186،985 ރުފިޔާއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސިޔާސީ މަސައްކަތަށް އެކި މީހުން ދިން ފައިސާ ހަރަދުކުރި ގޮތް ރައީސަށް ހިއްސާ ކުރިން:އަދީބު

ސިޔާސީ މަސައްކަތަށް އެކި މީހުން ދިން ފައިސާ ހަރަދުކުރި ގޮތް ރައީސަށް ހިއްސާ ކުރިން:އަދީބު

12 ޖުލައި 2017
އެމްޕީއާރުސީއަށް ލިބުނު ފައިސާގެ 80 ޕަސެންޓް ދިނީ ސީދާ ރައީސް ޔާމީނަށްކަމަށް ޒިޔަތު ވިދާޅުވި: އަދީބު

އެމްޕީއާރުސީއަށް ލިބުނު ފައިސާގެ 80 ޕަސެންޓް ދިނީ ސީދާ ރައީސް ޔާމީނަށްކަމަށް ޒިޔަތު ވިދާޅުވި: އަދީބު

12 ޖުލައި 2017
އިދިކޮޅު ފަރާތްތަކާ ޕީޕީއެމް މެންބަރުން ގުޅުނީ ފައިސާގެ ދަޅައަށް:ޕީޕީއެމް ފަލާހް

އިދިކޮޅު ފަރާތްތަކާ ޕީޕީއެމް މެންބަރުން ގުޅުނީ ފައިސާގެ ދަޅައަށް:ޕީޕީއެމް ފަލާހް

10 ޖުލައި 2017
މެމްބަރު ޖައުފަރަށް ފައިސާގެ އެހީއެއްދިން ކަމަށް ބުނާ ވާހަކައަކީ ތެދެއް: ފެނަކަ

މެމްބަރު ޖައުފަރަށް ފައިސާގެ އެހީއެއްދިން ކަމަށް ބުނާ ވާހަކައަކީ ތެދެއް: ފެނަކަ

24 ޖޫން 2017
ރާއްޖެއިން ލަންކާއަށްދޭ ފައިސާގެ އެހީ އެގައުމުގެ ސަރުކާރާއި ހަވާލުކޮށްފި

ރާއްޖެއިން ލަންކާއަށްދޭ ފައިސާގެ އެހީ އެގައުމުގެ ސަރުކާރާއި ހަވާލުކޮށްފި

31 މެއި 2017

އަހަރުތަކުން މިއަދު

6 ޖޫން
އޮސްޓްރޭލިއާ އިން ރާއްޖެ އަންނަ ފަތުރުވެރިންނަށް އިންޒާރެއް
20251 އަހަރު ކުރިން
ރާއްޖެ

އޮސްޓްރޭލިއާ އިން ރާއްޖެ އަންނަ ފަތުރުވެރިންނަށް އިންޒާރެއް

ޕާޓޭން ވަންނަ ކަމަށް ބުނެ، ސަލްމާން މިސްކިތް ރޭގަނޑު 9:00ގައި ބަންދުކުރަން ފަށައިފި
20242 އަހަރު ކުރިން
ރާއްޖެ

ޕާޓޭން ވަންނަ ކަމަށް ބުނެ، ސަލްމާން މިސްކިތް ރޭގަނޑު 9:00ގައި ބަންދުކުރަން ފަށައިފި

މަރުގެ ތުންފަތް މައްޗަށް ދެ ފަހަރު، ހިބައިން ނަގާފައި ދިނީ ކިޑްނީ
20233 އަހަރު ކުރިން
ރިޕޯޓު

މަރުގެ ތުންފަތް މައްޗަށް ދެ ފަހަރު، ހިބައިން ނަގާފައި ދިނީ ކިޑްނީ

ކެންސަރަށް ދެވުނު ފަރުވާއަކުން ޑޮކްޓަރުން ހައިރާންވާފަދަ ނަތީޖާއެއް
20224 އަހަރު ކުރިން
ސިއްހަތު

ކެންސަރަށް ދެވުނު ފަރުވާއަކުން ޑޮކްޓަރުން ހައިރާންވާފަދަ ނަތީޖާއެއް

ފިޔާތޮށި އަހުމަދު މަނިކުގެ ޚުލްގާއި ގައުމީ ޚިދުމަތަށް ބަލައިލުމެއް
20215 އަހަރު ކުރިން
ރިޕޯޓު

ފިޔާތޮށި އަހުމަދު މަނިކުގެ ޚުލްގާއި ގައުމީ ޚިދުމަތަށް ބަލައިލުމެއް

ހުކުރު ނަމާދުގައި ހުއްޓަ އަނބުރައިގަނެގެން ވެއްޓުނު މީހާ ނިޔާވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ހުކުރު ނަމާދުގައި ހުއްޓަ އަނބުރައިގަނެގެން ވެއްޓުނު މީހާ ނިޔާވެއްޖެ

ފައިސަލްގެ ލޮލަށް ނުރައްކާތެރި ބައްޔެއް ޖެހިފައިވާއިރު ޕާސްޕޯޓު ނުދިނުމަކީ ކަންބޮޑުވާ މައްސަލައެއް: އިދިކޮޅު ފަރާތްތައް
20188 އަހަރު ކުރިން
ރާއްޖެ

ފައިސަލްގެ ލޮލަށް ނުރައްކާތެރި ބައްޔެއް ޖެހިފައިވާއިރު ޕާސްޕޯޓު ނުދިނުމަކީ ކަންބޮޑުވާ މައްސަލައެއް: އިދިކޮޅު ފަރާތްތައް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު