Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެެންޑީއެމްއޭ

އެއްބަސްވެފައިވާ ރޭޓަށްވުރެ އިތުރަށް އެކޮމަޑޭޝަން އަށް ފައިސާ ދައްކާފައެއް ނުވާނެ: އެންޑީއެމްއޭ

އޮޕަރޭޝަނަށް ގެސްޓްހައުސްތައް ހޯދައިދިނުމުގެ މަސައްކަތް ކުރަމުންދިޔައީ ޓޫރިޒަމް މިނިސްޓްރީން

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ, ރާއްޖެ އެމްވީ | 16 ސެޕްޓެމްބަރު 2020 | ބުދަ 17:31
އެންއީއޯސީގެ މަސައްކަތްތައް ދަރުބާރުގޭގައި ކުރިއަށްދަނީ

އެންއީއޯސީގެ މަސައްކަތްތައް ދަރުބާރުގޭގައި ކުރިއަށްދަނީ

ކޮވިޑް-19 އާ ގުޅިގެން ފްރޮންޓް ލައިންގައި މަސައްކަތް ކުރާ ފަރާތްތަކަށް އެކޮމޮޑޭޝަން ހަމަޖެއްސުމުގައި އެއްބަސްވެފައިވާ ރޭޓަށްވުރެ އިތުރަށް ފައިސާ ދައްކާފައި ނުވާނެ ކަަމަށް ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފިއެވެ.

މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ޖޫން 30ގެ ނިޔަލަށް ކޮވިޑް-19އާ ގުޅިގެން އެންޑީއެމްއޭ އިން ކުރި ހަރަދުތަކާއި ގުޅޭގޮތުން އަންގާރަ ދުވަހު އޮޑިޓް އޮފީހުން ނެރުނު އެެންޑީއެމްއޭގެ ކޮވިޑް-19 ކޮމްޕްލަޔަންސް އޮޑިޓުގައި އެކޮމޮޑޭޝަން އާ ގުޅޭގޮތުން ފާހަަގަ ކޮށްފައިވާ ކަންތައްތަކާއި ގުޅޭ މައުލޫމާތު ހިއްސާ ކުރުމަށް ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެންޑީއެމްއޭގެ ޗީފް އެގްޒެކެޓިވް ހިސާން ހަސަން ވިދާޅުވީ ފްރޮންޓް ލައިންގައި މަސައްކަތް ކުރާ ފަރާތްތަކަށް އެކޮމަޑޭޝަން ހަމަޖެއްސުމަށް ނިންމި ނިންމުމަކީ އެންއީއޯސީގައި މަޝްވަރާ ކުރެވިގެން ކުރިއަށްގެންދިޔަ ކަމެއް ކަމަށެވެ.

Advertisement - newsAdvertisement

އަދި އެއީ ނެޝަނަލް ޓާސްކްފޯސް އިން ސިއްޚީ ޚިދުމަތްތެރިންނަށާއި ހޮސްޕިޓަލުތަކުގައި މަސައްކަތް ކުރާ ނަރުހުންނާއި ޑޮކްޓަރުންނާއި ހިމެނޭ ގޮތަށް އެފަރާތްތަކުގެ އާއިލާގެ ރައްކައުތެރިކަމަށްޓަކައި ވަކިން ތިބެވޭނެ އިންތިޒާމްތައް ހަމަޖެއްސުމަށް ނިންމި ނިންމުމެއް ކަމަށެވެ.

ނަމަވެސް ކޮވިޑް އޮޕަރޭޝަން ފުޅާވެ އެކިއެކި މަލްޓި އެޖެންސީތަކުގެ ބައިވެރިވުން ހިމެނި، ފްރަންޓްލައިންގައި މަސައްކަތް ކުރާ އެކިއެކި އެޖެންސީސްތައް ކަނޑައެޅި، އެފަރާތްތަކަށް އެކޮމަޑޭޝަން ހަމަޖެއްސުމަށް ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ހިސާން ވިދާޅުވީ 85 ގެސްޓްހައުސްއެއްގައި 1099 ކޮޓަރި އެންއީއޯސީން ބަލަހަައްޓަމުން ދިޔަ ކަމަށާއި އަދި އެތަންތަނުގައި އެކި އެކި އެޖެންސީސްތަކުގައި މަސައްކަތް ކުރާ 1777 ފަރާތެއް އެކޮމަޑޭޝަން ހަމަޖައްސައިދީފައިވާ ކަމަށެވެ.

ކޮވިޑް-19 އޮޕަރޭޝަނަށް ގެސްޓްހައުސްތައް ހޯދައިދިނުމުގެ މަސައްކަތް ކުރަމުން ގެންދިޔައީ މިނިސްޓްރީ އޮފް ޓޫރިޒަމުންކަމަށް ހިސާން ފާހަަގަ ކުރެއްވިއެވެ.

ހިސާން ވިދާޅުވީ ހޮޓާތަކުގައި މީހުން ބޭތިއްބިފައިވަނީ ހޮޓާތަކުން ކަނޑައަޅާފައިވާ ރޭޓްތަކަށް އެއްބަސްވެވިގެން ކަމަށާއި އޮޑިޓް ރިޕޯޓްގައި އެފަދަ ރޭޓްތަކަށް އެއްބަސްވެވި ހޮޓާތަކާއި ހިއްސާ ކުރެވިފައި ނުވާ ވާހަކަ ބަޔާންކުރެވިފައިވީ ނަމަވެސް ހޮޓާތަކުގައި މީހުން ބޭތިއްބުމުގެ އުސޫލެއް އެންއީއޯސީން ކުރިއާލާ ހެދިފައިވާ ކަމަށާއި އެ އުސޫލް އޮޑިޓަރ ޖެނެރަލްގެ އޮފީހާއި ހިއްސާ ކޮށްފައިވާ ކަމަށެވެ.

ގެސްޓްހައުސްތަކުގައި ތިބި މީހުން ކަށަވެރުވެފައި ނުވާ ކަމަށާއި ރޫމް އޮކިއުޕެންސީ ބަލަހައްޓާފައިވާ ނުވާކަން އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައި ވުމާއި ގުޅިގެން އެކަމާއި ގުޅޭގޮތުން ހިސާން ވިދާޅުވީ ޕޭމަންޓްތައް ހަދާފައިވާނީ އެންޑީއެމްއޭއިން ގެސްޓްހައުސްތަކަށް ޕޭމަންޓް ހެދިއިރު އެ ސާރވިސް ހޯދާފައިވާ ލިސްޓްތަކާއި އޮކިއުޕެންސީއާއި ސާރވިސް ހޯދާފައިވާ ހޮޓާތަކުން ލިސްޓްތައް ކަށަވަރު ކުރުމަށްފަހު ފަހުގައި ކަމަށެވެ.

ޚިދުމަތް ހޯދާފައި ނުވާ ކޮޓަރިތަކަށް ފައިސާ ދައްކާފައިވާކަން އޮޑިޓް ރިޕޯޓްގައި ފާހަަގަ ކޮށްފައިވުމާއި ގުޅިގެން ހިސާން ވިދާޅުވީ ހޮޓާތަކުގައި ކޮޓަރިތައް ހަމަޖައްސާފައި ވީނަމަވެސް އެ ކޮޓަރިތަކުން އެހެން ކޮޓަރިތަކަށް މީހުން ބަދަލުވުމާއި ރޫމް ޝެއަރ ކުރުންފަދަ ކަންކަން ކޮށްފައިވާ ކަމަށެވެ.

ނަމަވެސް އެ މުއްދަތުގެ ތެރޭގައި ނަގާފައި ހުރި ކޮޓަރިތަކަކީވެސް އެ މުއްދަތަށް ބޭނުން ކުރުމަށް ނަގާފައި ހުރި ކޮޓަރިތަކެއް ކަމުން އެ ކޮޓަރިތަކަކީ ރަސްމީކޮށް ބޭނުން ކުރާ ކޮޓަރިތައް ކަމަށް ނިންމާ އެތަންތަނަށް ޕޭކުރުމުގެ ކަންކަން އެންޑީއެމްއޭ އިން ކުރަމުންދިޔަ ކަމަށެވެ.

އެއްބަސްވެފައިވާ ރޭޓަށްވުރެ އިތުރަށް ރިސޯޓްތަކަށް ފައިސާ ދައްކާފައިވާކަން އޮޑިޓް ރިޕޯޓްގައި ފާހަަގަކޮށްފައި ވުމާއި ގުޅިގެން ހިސާން ވިދާޅުވީ އޮޑިޓް ރިޕޯޓްގައި ފާހަގަ ކޮށްފައިވާ ރިސޯޓަކީ މަލަހިނި ކުޑަބަނޑޮސް ކަމަށެވެ.

ކުޑަބަނޑޮހަކީ ކޮވިޑް-19 އާ ގުޅިގެން ގާއިމް ކުރެވިފައިވާ ފެސިލިޓީތަކުގެ ތެރެއިން ރިސޯޓް ފެސިލިޓީއެއްގެ ގޮތުގައި ފުރަތަމަ ބޭނުންކުރަން ނެގުނު އެއްތަން ކަމަށާއި މަލަހިނި ކުޑަބަނޑޮސް ބޭނުން ކުރަން ނެގިއިރު އެއްބަސްވުން ހަދާފައިވަނީ ޓޫރިޒަމް މިނިސްޓްރީ އާއި އެ ރިސޯޓާއި ދެމެދުކަމަށެވެ. އޭގެ ކޮޕީއެއް އެންޑީއެމްއޭއަށް ވެސް ލިބިފައިވާ ކަމަށާއި އެ ކޮޕީ އޮޑިޓަރ ޖެނެރަލްގެ އޮފީހާ ވެސް ހިއްސާކޮށްފައިވާ ކަމަށް ހިސާން ވިދާޅުވިއެވެ.

ޖީއެސްޓީގެ ގޮތުގައި ހިމެނިފައިވާ ފައިސާ އަކީ އަލުން އަނބުރާ ދައުލަތަށް ލިބޭ އެއްޗެއްކަމުން އެއީ ދައުލަތަށް ގެއްލުމެއް ލިބޭ ފައިސާއެއް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް ހިސާން ވިދާޅުވިއެވެ.

އިތުރު ރިސޯޓް ފެސިލިޓީސްތައް ގާއިމް ކުރަމުންދިޔައިރު އެކަން ފާހަަގަކުރެވުމުން ދެވަނަ އެގްރިމެންޓެއް މަލަހިނި ކުޑަބަނޑޮހާއި އެކުގައި ހަދާއެކަން އިސްލާހުކޮށް ފަހުން 750 ރުފިޔާގެ ރޭޓަށް އެގްރިމެންޓް އާކޮށް ހުރިހާ ޕޭމަންޓްސްތަކެއް ދައްކާފައިވާނީ އަލުން ހެދުނު އެގްރިމެންޓްގައި އެއްބަސްވާ ގޮތުގެ މަތިން ކަމަށް އޭނާ ވިދާޅުވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ދޮންކެޔޮ އެންޓަޕްރައިސަސް އަށް ނޭނގި ސަލްޓަންސްގެ ފައިސާ ޚަރަދުނުކުރަން އަންގައިފި

ދޮންކެޔޮ އެންޓަޕްރައިސަސް އަށް ނޭނގި ސަލްޓަންސްގެ ފައިސާ ޚަރަދުނުކުރަން އަންގައިފި

22 ޖެނުއަރީ 2017
ޓާޓާ ފްލެޓަށް ފައިސާ ދެއްކޭނެ މީހުންނާ ނުދެއްކޭނެ މީހުން ސާފްވާނީ ބޭންކްތަކުން ހަދާ ފައިނޭޝަން ސްކްރީނިން ނިމުމުން: އެޗްޑީސީ

ޓާޓާ ފްލެޓަށް ފައިސާ ދެއްކޭނެ މީހުންނާ ނުދެއްކޭނެ މީހުން ސާފްވާނީ ބޭންކްތަކުން ހަދާ ފައިނޭޝަން ސްކްރީނިން ނިމުމުން: އެޗްޑީސީ

21 ޖެނުއަރީ 2017
"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ

"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ

20 ޖެނުއަރީ 2017
ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ

ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ

20 ޖެނުއަރީ 2017
ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ

ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ

15 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

12 ފެބުރުއަރީ
ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
20242 އަހަރު ކުރިން
މީހުން

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!
20233 އަހަރު ކުރިން
ރިޕޯޓު

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން
20224 އަހަރު ކުރިން
ސިއްހަތު

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
20197 އަހަރު ކުރިން
ރާއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
20188 އަހަރު ކުރިން
ރިޕޯޓު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު