Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ހުޅުމާލެ މެޑިކަލް ފެސިލިޓީ

އަމިއްލަ މީހެއްގެ ބިމެއްގައި ކޮވިޑް ފެސިލިޓީ ހުއްޓަސް ދައުލަތަށް ގެއްލުން ނުވާނެ: ޑިޒާސްޓަރ

އޮޑިޓު ރިޕޯޓުގައި އެ ފެސިލިޓީއާ ގުޅިގެން ބަޔާންކޮށްފައި ހުރި މައުލޫމާތުތަކާ ދޭތެރޭ ހިތާމަކުރައްވަން

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 16 ސެޕްޓެމްބަރު 2020 | ބުދަ 13:12
ކޮވިޑަށް ފަރުވާ ދިނުމަށްޓަކައި ހުޅުމާލޭގައި ގާއިމް ކުރި 300 އެނދުގެ ކޮވިޑް ފެސިލިޓީ

ކޮވިޑަށް ފަރުވާ ދިނުމަށްޓަކައި ހުޅުމާލޭގައި ގާއިމް ކުރި 300 އެނދުގެ ކޮވިޑް ފެސިލިޓީ

ކޮވިޑް-19 ގައި ބަލިވާ މީހުންނަށް ފަރުވާދިނުމަށްޓަކައި ހުޅުމާލޭގައި ގާއިމްކުރި 300 އެނދުގެ މެޑިކަލް ފެސިލިޓީއެއް އަމިއްލަ މީހެއްގެ ބިމެއްގައި ހުއްޓަސް ދައުލަތަށް ގެއްލުން ނުވާނެ ކަމަށް ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ބުނެފިއެވެ.

ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) ގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުގައި ހުޅުމާލޭގައި ކޮވިޑް ފެސިލިޓީ ގާއިމުކުރުމަށް ސަރުކާރުން ނިންމާ، އެ ފެސިލިޓީ ގާއިމްކޮށްފައިވަނީ ދައުލަތުގެ މިލްކުވެރިކަން ނެތް ބިމެއްގައިކަން ވަނީ ހާމަވެފައެވެ. ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންތައްތަކުގެ ތަފްސީލު ހާމަކުރައްވަމުން ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް ހިސާން ހަސަން ވިދާޅުވީ ކޮވިޑް19ގައި ބަލިވާ މީހުންނަށް ފަރުވާ ދިނުމަށް، އަމިއްލަ މީހެއްގެ ބިމުގައި ގާއިމުކޮށްފައިވާ ފެސިލިޓީގެ ސަބަބުން ދައުލަތަށް އެއްވެސް ގެއްލުމެއް ވާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

Advertisement - newsAdvertisement

ހިސާން ވިދާޅުވީ، އޮޑިޓު ރިޕޯޓުގައި އެ ފެސިލިޓީއާ ގުޅިގެން ބަޔާންކޮށްފައި ހުރި މައުލޫމާތުތަކާ ދޭތެރޭ ހިތާމަ ކުރައްވާ ކަމަށާއި، އެ ފެސިލިޓީ ގާއިމުކުރެވިފައި ނެތް ނަމަ، ކޮވިޑް ޖެހޭ މީހުން މަގުމަތިވުން އެކަށީގެންވާ ކަމަށެވެ.

އޮޑިޓް ރިޕޯޓުގައި ބުނެފައިވަނީ ކޮވިޑް-19ގެ ހާލަތު އިތުރަށް ދިގުލައިގެން ދާނަމަ އަމިއްލަ ފަރާތެއްގެ ބިމަކަށް ދައުލަތުން އިތުރު ޚަރަދުކުރުން އެކަށީގެންވާތީވެ، ކަމާގުޅޭ ފަރާތްތަކުގެ ލަފާގެމަތިން މުސްތަގްބަލުގައި، އެ ބިމާ އިމާރާތްތައް ބޭނުން ކުރާނެ ގޮތުގެ ޕްލޭން އެކުލަވާއި، ބިމާއި އިމާރާތުގެ މިލްކުވެރިކަމާމެދު ގާނޫނީ ގޮތުން ނުކުމެދާނެ މައްސަލަތައް ހައްލު ކުރުމުގެ ކަންކަން ކުރިޔަށް ގެންދިއުމަށެވެ.

ނަމަވެސް ހިސާން ވަނީ އަމިއްލަ މީހެއްގެ ބިމުގައި ކޮވިޑް ފެސިލިޓީ ގާއިމް ކުރި ފަސް ސަބަބެއް ފާހަގަ ކުރައްވާފައެވެ. އެގޮތުން އެ ބިމަކީ ޖާގައިގެ ގޮތުން ފެސިލިޓީއެއް ގާއިމު ކުރަން އެންމެ އެކަށީގެންވާ ތަނަކަށް ވުމާއި، ކޮވިޑަށް ފަރުވާދިނުމަށް ފެސިލިޓީއެއްގެ ފުރަތަމަ ހަމަޖެއްސި ޓްރީޓޮޕް ހޮސްޕިޓަލާ އިންވެގެން ހުރި ތަނަކަށް ވުމުގެ އިތުރުން އިމާރާތުގެ ބޮޑު ބައެއް ނިމިފައިވުމުގެ ސަބަބުން އަލުން އާ އިމާރާތެއް ހަދައިގެން އަވަސް މުއްދަތުގައި ނުނިންމޭނެ ކަމަށް ފާހަގަ ކުރެއްވިއެވެ. މީގެ އިތުރުން ލޮޖިސްޓިކްސް އާއި އެހެނިހެން ގޮތްގޮތުން ވެސް ހަރަދު ކުޑަވާނެ ކަމަށް ހިސާން ވިދާޅުވިއެވެ.

ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސްބަސްވުމާއި ގުޅޭގޮތުން ހިސާން ވިދާޅުވީ އެއްބަސްވުން އާ ކުރެވޭނެ ކަމަށާއި، އެޗްޑީސިއާއި އެމްސީބީ އާއި އެކަމާއި ގުޅޭ ގޮތުން މަޝްވަރާ ކުރެވިފައިވާ ކަމަށެވެ. އަދި އެތަނުގެ ސަބަބުން ދައުލަތަށް އެއްވެސް ވަރަކަށް ގެއްލުން ނުވާނެ ކަމަށް ވެސް ވަނީ ބުނެފައެވެ. މީގެ އިތުރުން ހުޅުމާޅެ ފެސިލީޓީ އެޅުމަށް ނިންމި ބިމަށް އެއްވެސް ކުއްޔެއް ދައްކާކަށް ނުޖެހޭ ކަމަށާއި، އެ އެއްބަސްވުން އޮތީ އެކްސްޓެންޑް ކުރެވޭ ގޮތަށް ކަމަށް ހިސާން ފާހަގަ ކުރެއްވިއެވެ.

ހުޅުމާލޭގައި ހަދާފައިވާ މެޑިކަލް ފެސިލިޓީ ހުރި އިމާރާތްތަކާއި ބިމަކީ، އަމިއްލަ ފަރާތަކަށް، 2012 ވަނަ އަހަރު، މޮރިޝަސް ކޮމާޝަލް ބޭންކުން ދޫކޮށްފައިވާ، 4,315,153.75 ޑޮލަރުގެ ލޯނަކަށް ރަހުނު ކޮށްފައިވާ ތަނެއްކަން ފާހަގަކުރެވުނު ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފައިވެއެވެ. އަދި ލޯނު ނެގިފަރާތުން ގަވާއިދުން އަނބުރާ ލޯނު ނުދެއްކުމުގެ ސަބަބުން، އެ ލޯނާ ގުޅިގެން ރަހުނު ކުރެވިފައިވާ ތަންތަން ވިއްކާލުމުގެ ޙައްޤު މޮރިޝަސް ކޮމާޝަލް ބޭންކަށް ސިވިލް ކޯޓުގެ ގަޒިއްޔާއަކުން ދީފައިވާ ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފައިވެއެވެ.

މެޑިކަލް ފެސިލިޓީއަށް ގިނަ އަދަދެއްގެ ހަރުމުދާ ހޯދާފައިވީ ނަމަވެސް، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 11.02 އަދި 11.03 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް ހަރުމުދަލުގެ ރަޖިސްޓްރީއެއް ލިޔެ ބަލަހައްޓާފައި ނުވާކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފައިވެއެވެ. އަދި އެ ފެސިލިޓީ އެ ބިމުގައި ގާއިމް ކުރަން ނިންމި ނިންމުމަކީ ނެޝަނަލް ޓާސްކް ފޯހާއި ނޭޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރ (އެންއީއޯސީ) ގައި މަޝްވަރާކޮށް ނިންމި ނިންމުމެއް ކަމަށް އޮޑިޓްގައި ބުނެފައިވެއެވެ. ނަމަވެސް ހިސާން ވަނީ މިކަން ދޮގުކުރައްވާ އެ މައުލޫމާތު އޮޑިޓް އޮފީހަށް ހިއްސާ ކުރެވުނުކަމަށް ވިދާޅުވެފައެވެ.

މެޑިކަލް ފެސިލިޓީއެއްގެ ގޮތުގައި އެތަން ބަދަލުކުރުމަށާއި، އެ ތަނަށް ބޭނުންވާ މެޑިކަލް އިކުއިޕްމަންޓާއި އެހެނިހެން ޚަރަދުތަކަށް، ޖޫން 30، 2020 ގެ ނިޔަލަށް ދައުލަތުން ޖުމުލަ 24,194,156 ރުފިޔާ ޚަރަދު ކޮށްފައިވެއެވެ. އެގޮތުން މެޑިކަލް ފެސިލިޓީ އިމާރާތް ބަދަލުކުރުމަށް 4،687،967 ރުފިޔާ ހަރަދު ކޮށްފައިވެއެވެ. މެޑިކަލް އިކްވިޕްމަންޓާއި އެހެނިހެން ހަރަދުތަކަށް 19،506،188 ރުފިޔާ ވަނީ ހަރަދު ކޮށްފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މިއުޅެނީ ހަރާމެއް ހަލާލެއް ނުބަލައި ދިރިއުޅުން ބިނާ ކުރާ މީހަކާއި ތިމާގެ ހަލާލު މަސައްކަތުން ދިރިއުޅުން ބިނާ ކުރާ މީހެއްގެ ހުރި ތަފާތު: އިންތި

މިއުޅެނީ ހަރާމެއް ހަލާލެއް ނުބަލައި ދިރިއުޅުން ބިނާ ކުރާ މީހަކާއި ތިމާގެ ހަލާލު މަސައްކަތުން ދިރިއުޅުން ބިނާ ކުރާ މީހެއްގެ ހުރި ތަފާތު: އިންތި

09 ފެބުރުއަރީ 2017
ރިޔާސީ ބަޔާނުގައި ކޮރަޕްޝަންގެ ވާހަކަތައް ނުދެއްކެވީ އަމިއްލަޔަށް އޮރިޔާން ވާނެތީ: އަމީރު

ރިޔާސީ ބަޔާނުގައި ކޮރަޕްޝަންގެ ވާހަކަތައް ނުދެއްކެވީ އަމިއްލަޔަށް އޮރިޔާން ވާނެތީ: އަމީރު

07 ފެބުރުއަރީ 2017
ޕާކިސްތާނުގައި ހަނގުރާމަކުރި ކަމަށް ބުނެ އިތުރު މީހެއްގެ މައްޗަށް ދައުވާކޮށްފި

ޕާކިސްތާނުގައި ހަނގުރާމަކުރި ކަމަށް ބުނެ އިތުރު މީހެއްގެ މައްޗަށް ދައުވާކޮށްފި

02 ފެބުރުއަރީ 2017
 ފަތުރުވެރިއަކު ހޯދަމުން ދަނިކޮށް ދެ މީހެއްގެ ހަށިގަނޑު ކަނޑުމަތިން ފެނިއްޖެ

ފަތުރުވެރިއަކު ހޯދަމުން ދަނިކޮށް ދެ މީހެއްގެ ހަށިގަނޑު ކަނޑުމަތިން ފެނިއްޖެ

21 ޖެނުއަރީ 2017
އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ

އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ

20 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

18 ޖެނުއަރީ
ޓްރަމްޕް އާ ދެކޮޅަށް އެތައް ހާސް އެމެރިކާ ރައްޔިތުން މުޒާހަރާ އަށް ނުކުމެއްޖެ
20251 އަހަރު ކުރިން
ދުނިޔެ

ޓްރަމްޕް އާ ދެކޮޅަށް އެތައް ހާސް އެމެރިކާ ރައްޔިތުން މުޒާހަރާ އަށް ނުކުމެއްޖެ

މުދައްރިސުންނާއި އުނގަންނައިދޭ މީހުންނަކީ އީމާންކަމުގެ ފޭރާމުން ޒީނަތްތެރިވާންޖެހޭ ބައެއް - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

މުދައްރިސުންނާއި އުނގަންނައިދޭ މީހުންނަކީ އީމާންކަމުގެ ފޭރާމުން ޒީނަތްތެރިވާންޖެހޭ ބައެއް - ހުތުބާ

ނޭޕާލް ފްލައިޓް: "ފުރާނަ ސަލާމަތްވީ ޕައިލެޓްގެ ސަބަބުން"
20233 އަހަރު ކުރިން
ދުނިޔެ

ނޭޕާލް ފްލައިޓް: "ފުރާނަ ސަލާމަތްވީ ޕައިލެޓްގެ ސަބަބުން"

ޔާމީން ރަޝީދުގެ މަރު: ސިއްރު ހެކިވެރިޔާގެ ކުއްލި ސިޓީ ބަލައިނުގަނެ، ހައިޝަމްއާއި ޒިހާން އުމުރަށް ޖަލަށްލާން ޙުކުމް ކުރި ސަބަބު!
20224 އަހަރު ކުރިން
ރިޕޯޓު

ޔާމީން ރަޝީދުގެ މަރު: ސިއްރު ހެކިވެރިޔާގެ ކުއްލި ސިޓީ ބަލައިނުގަނެ، ހައިޝަމްއާއި ޒިހާން އުމުރަށް ޖަލަށްލާން ޙުކުމް ކުރި ސަބަބު!

ޗައިނާގެ ވާވޭ ކުންފުނީގެ އައު ވާހަކަތަކެއް ފަޅާ އަރުވާލައިފި!
20215 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ ވާވޭ ކުންފުނީގެ އައު ވާހަކަތަކެއް ފަޅާ އަރުވާލައިފި!

ދައުލަތަށް އެންމެ ގިނަ އާމްދަނީ ވައްދައިދޭ މީހުންގެ ހައްގުތައް ގެއްލިފައި!
20197 އަހަރު ކުރިން
ރިޕޯޓު

ދައުލަތަށް އެންމެ ގިނަ އާމްދަނީ ވައްދައިދޭ މީހުންގެ ހައްގުތައް ގެއްލިފައި!

ދިވެހިބަހުގެ އަކުރު
20188 އަހަރު ކުރިން
ދިވެހި ބަސް

ދިވެހިބަހުގެ އަކުރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު