Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޖަޕާނުގެ އައު ބޮޑުވަޒީރު

ޖަޕާނުގެ އައު ބޮޑުވަޒީރަކަށް ސުގާ

16 ސެޕްޓެމްބަރު 2020 | ބުދަ 13:45

ޖަޕާނުގެ ބޮޑުވަޒީރުކަމުގައި ހުންނެވި ޝިންޒޯ އަބޭގެ ސިއްހީ ހާލުކޮޅުގެ ސަބަބުން އެމަގާމުން އިސްތިއުފާދެއްވުމަށް ވަނީ ނިންމަވާފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 16 ސެޕްޓެމްބަރު 2020 | ބުދަ 13:45
ޖަޕާނުގެ ޕާލަމަންޓު ސުގާ ބޮޑުވަޒީރުކަމަށް ގެނައުމަށް ނެގުނު ވޯޓަށް ފަހު

ޖަޕާނުގެ ޕާލަމަންޓު ސުގާ ބޮޑުވަޒީރުކަމަށް ގެނައުމަށް ނެގުނު ވޯޓަށް ފަހު

ޖަޕާނުގެ އައު ބޮޑުވަޒީރުކަމަށް ޔޮޝިހިދޭ ސުގާ އެ ގައުމުގެ ޕާލަމަންޓުން އިންތިޚާބުކޮށްފި އެވެ.

ސުގާ ބޮޑުވަޒީރު ކަމަށް އިންތިޚާބު ކޮށްފައި މިވަނީ ޖަޕާނުގެ ބޮޑުވަޒީރު ކަމުގައި ހުންނެވި ޝިންޒޯ އަބޭގެ ސިއްހީ ހާލުކޮޅުގެ ސަބަބުން އެ މަގާމުން އިސްތިއުފާ ދެއްވުމަށް ނިންމެވުމާއި ގުޅިގެންނެވެ. އަބޭގެ ދައުރު ނިމޭނީ އަންނަ އަހަރުގެ ސެޕްޓެމްބަރ މަހުއެވެ.

އުމުރުފުޅުން 71 އަހަރުގެ ސުގާ ސަރުކާރު ހިންގާ މައި ޕާޓީ ކަމަށްވާ ލިބެރަލް ޑިމޮކްރަޓިކް ޕާޓީ (އެލްޑީޕީ)ގެ ރައީސް ކަމަށް ވަޑައިގެންފައިވަނީ ހޯމަ ދުވަހުއެވެ. އަދި ގައުމުގެ ބޮޑުވަޒީރު ކަމަށް ވަޑައިގެންފައި މިވަނީ ޕާލަމަންޓުގައި ނެގުނު ވޯޓުގައި ތިން ބައި ކުޅަ ދެބައިގެ އަޣްލަބިއްޔަތަކުންނެވެ.

ސުގާ ޖަޕާނުގެ ބޮޑުވަޒީރު ކަމަށް އިންތިޚާބުކޮށްފައި މިވަނީ ކޮވިޑް-19 އާއި ގުޅިގެން ޖަޕާނުގެ އިގްތިޞާދު މިއިން ދުވަހަކު ދަށަށް ނުދާހާ މިންވަރަށް ދަށަށް ގޮސްފައިވަނިކޮށެވެ. އެގޮތުން ދުނިޔޭގެ ތިން ވަނައަށް އެންމެ ބޮޑު އިގްތިޞާދު ކަަމަށްވާ ޖަޕާނުގެ އިގްތިޞާދު މިއަހަރުގެ އޭޕްރީލް މަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށްވަނީ 27.8 އިންސައްތަ މިދިޔަ އަހަރުގެ އެ މުއްދަތާއި އަޅާބަލާއިރު ދަށަށް ގޮސްފައެވެ.

ސުގާ އަކީ ސިޔާސީ ގޮތުން މާ ބާރުވެރި އާއިލާއަކުން ވަޑައިގަންނަވާފައި ހުރި ބޭފުޅެއް ނޫނެވެ. އަދި އެލްޑީޕީގެ އެންމެ އިސް ސަފާ ހަމައަށް ސުގާ ވަޑައިގަންފައިވަނީ ސިޔާސީ ގޮތުން ބާރުވެރި ފެކްޝަނަކަށް ނިސްބަތް ވެސް ނުވެއެވެ.

ސުގާ ވަނީ އަބޭ ގެ ސިޔާސަތުތައް ތަންފީޒު ކުރައްވަމުން ގެންދަވާނެ ކަމަށް ވިދާޅުވެފައެވެ. ކޮރޯނާވައިރަސް އާ ދެކޮޅަށް މަސައްކަތް ކުރެއްވުމަކީ ސުގާގެ މައި މަސައްކަތަށްވީ ނަމަވެސް އެގައުމުގެ ބިޔުރޯކްރެޓިކްސް ރިފޯރމް ކުރެއްވުމާއި ޖަޕާނުގެ އާބާދީ މަދު ހިސާބުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ދަނޑުވެރިކަމާއި ފަތުރުވެރިކަމުގެ އައު ސިޔާސަތުތަކަކާއެކު އެހީތެރިވެދެނޭ ކަމަށް ވަނީ ބެލެވިފައެވެ.

އަބޭގެ ވެރިކަމުގައި ޗީފް ކެބިނެޓް ސެކްރެޓަރީގެ މަގާމުގައި ހުންނެވި ސުގާ ގެ އައު ކެބިނެޓްގައި ގިނައިން ހިމެނިވަޑައިގަންނަވަނީ ކުރީގައި ވެސް ކެބިނެޓްގައި ހިމެނިވަޑައިގެންނެވި ބޭފުޅުންނެވެ.

އިތުރަށް ކިޔާލަން

25 ސެޕްޓެމްބަރު 2017

ޖަޕާނުގެ ޤާނޫނު ހަދާ މަޖިލިސް އުވާލުމަށް ބޮޑުވަޒީރު އަބޭ ނިންމަވައިފި

25 ސެޕްޓެމްބަރު 2017
ޖަޕާނުގެ ޤާނޫނު ހަދާ މަޖިލިސް އުވާލުމަށް ބޮޑުވަޒީރު އަބޭ ނިންމަވައިފި
23 ސެޕްޓެމްބަރު 2017

އިންޑިއާއަށް ރޮހިންޖާ މުސްލިމުން އައުން ހުއްޓުވުމަށް "ސްޓަން އަދި ޗިލީ ގްރެނޭޑް" ދަނީ ބޭނުން ކުރަމުން

23 ސެޕްޓެމްބަރު 2017
އިންޑިއާއަށް ރޮހިންޖާ މުސްލިމުން އައުން ހުއްޓުވުމަށް "ސްޓަން އަދި ޗިލީ ގްރެނޭޑް" ދަނީ ބޭނުން ކުރަމުން
01 އޯގަސްޓު 2017

ޕާކިސްތާނުގެ ވަގުތީ ބޮޑުވަޒީރަކަށް އައްބާސީ އިންތިހާބުކޮށްފި

01 އޯގަސްޓު 2017
ޕާކިސްތާނުގެ ވަގުތީ ބޮޑުވަޒީރަކަށް އައްބާސީ އިންތިހާބުކޮށްފި
09 ޖޫން 2017

އިނގިރޭސި ވިލާތުގެ އައު ސަރުކާރު އެކުލަވާލައްވާނީ މިހާރުގެ ބޮޑުވަޒީރު

09 ޖޫން 2017
އިނގިރޭސި ވިލާތުގެ އައު ސަރުކާރު އެކުލަވާލައްވާނީ މިހާރުގެ ބޮޑުވަޒީރު
15 މެއި 2017

ފްރާންސްގެ ބޮޑުވަޒީރަކަށް އައްޔަން ކުރައްވާނެ ކަމަށް ބެލެވެނީ އެދުއާ ފިލިޕް

15 މެއި 2017
ފްރާންސްގެ ބޮޑުވަޒީރަކަށް އައްޔަން ކުރައްވާނެ ކަމަށް ބެލެވެނީ އެދުއާ ފިލިޕް
13 މެއި 2017

ޑީއާރްސީގައި އެބޯލާ ބަލީގެ އައުޓްބްރޭކް އިއުލާންކޮށްފި

13 މެއި 2017
ޑީއާރްސީގައި އެބޯލާ ބަލީގެ އައުޓްބްރޭކް އިއުލާންކޮށްފި
14 މާރިޗު 2017

ޖަޕާނުގެ އެންމެ ބޮޑު މަނަވަރު ދެކުނު ޗައިނާ ކަނޑަށް

14 މާރިޗު 2017
ޖަޕާނުގެ އެންމެ ބޮޑު މަނަވަރު ދެކުނު ޗައިނާ ކަނޑަށް
06 މާރިޗު 2017

މުސްލިމުން އެމެރިކާއަށް އެރުން މަނާކޮށް ޓްރަމްޕް އަނެއްކާވެސް އައު ގަރާރެއް ނެރުއްވައިފި

06 މާރިޗު 2017
މުސްލިމުން އެމެރިކާއަށް އެރުން މަނާކޮށް ޓްރަމްޕް އަނެއްކާވެސް އައު ގަރާރެއް ނެރުއްވައިފި
03 މާރިޗު 2017

ސާކުގެ އައު ސެކްރެޓަރީ ޖެނެރަލް އައްޔަން ކޮށްފި

03 މާރިޗު 2017
 ސާކުގެ އައު ސެކްރެޓަރީ ޖެނެރަލް އައްޔަން ކޮށްފި
10 ފެބުރުއަރީ 2017

ޖަޕާނުގެ ބޮޑުވަޒީރު އަބޭ އެމެރިކާއަށް ވަޑައިގެންފި

10 ފެބުރުއަރީ 2017
ޖަޕާނުގެ ބޮޑުވަޒީރު އަބޭ އެމެރިކާއަށް ވަޑައިގެންފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް