Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފުޓްބޯޅަ ސީޒަން ފެށުން

"ފުޓްބޯޅަ ކުޅުންތެރިންނަށް ލިބޭ ގެއްލުން ބޮޑު، ސީޒަން އަވަހަށް ފަށައިދީ"

16 ސެޕްޓެމްބަރު 2020 | ބުދަ 10:04

ކޮވިޑް-19 ގެ ސަބަބުން މިދިޔަ ސީޒަންގެ ބާކީ ބައި ކެންސަލް ކުރީ މާޗު މަހުގެ ކުރީކޮޅު

ހުސައިން ފަރިޔާޒް
ހުސައިން ފަރިޔާޒް | 16 ސެޕްޓެމްބަރު 2020 | ބުދަ 10:04
ޓީސީ ސްޕޯޓްސް ކުލަބުގެ ކޯޗު މުޙައްމަދު ޝާޒްލީ (ޝާޒް)

ޓީސީ ސްޕޯޓްސް ކުލަބުގެ ކޯޗު މުޙައްމަދު ޝާޒްލީ (ޝާޒް)

ރާއްޖޭގެ ފުޓްބޯޅަ ސީޒަން މެދުކެނޑިފައި އޮތުމުން ފުޓްބޯޅަ ކުޅުންތެރިންނަށް ލިބެމުންދާ ގެއްލުން ބުނަންވެސް ނޭނގޭ ކަމަށާއި، ވީހާވެސް އަވަހަކަށް ފުޓްބޯޅަ ސީޒަން ފަށައިދިނުމަށް ޓީސީ ސްޕޯޓްސް ކުލަބުގެ ކޯޗު މުޙައްމަދު ޝާޒްލީ (ޝާޒް) އެދިއްޖެއެވެ.

ކޮވިޑް-19 ގެ ސަބަބުން މިދިޔަ ސީޒަނުގެ ބާކީބައި ކެންސަލް ކުރަން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ނިންމީ މާޗު މަހުގެ ކުރީކޮޅެވެ. އަދި އައު ސީޒަން އަންނަ ޑިސެމްބަރު މަހު ފަށަން އެފްއޭއެމުން މީގެ ކުރިން ވަނީ މަސައްކަތް ކޮށްފައެވެ.

ރާއްޖެޓީވީގެ "ކުޅިވަރު ފައިލް" ޕްރޮގްރާމުގައި ވާހަކަ ދައްކަމުން ޝާޒް ބުނީ ނިންމާލާފައިވާ ފުޓްބޯޅަ ސީޒަނުގައިވެސް މުހިންމު މުބާރާތްތަކެއް ނުކުޅެ، އަދި މުހިންމު މެޗުތަކެއް ކުޅުންތެރިންނަށް ގެއްލުމުން ވަރަށް ބޮޑު ގެއްލުމެއް ކުޅުންތެރިންނަށް ކޮށްފައިވާ ކަމަށެވެ.

މިއަދު ދިވެހި ފުޓްބޯޅައަކީ ޕްރޮފެޝަނަލް ލެވެލެއްގައި ގިނަ ކުޅުންތެރިން އެކަމަށް ހުސްވެ ކުޅޭ ކުޅިވަރަކަށް ވާއިރު، އެއް އަހަރު ދުވަހު ފުޓްބޯޅަ ނުކުޅެ އުޅެން ޖެމުން ކުޅުންތެރިން މަގުމަތިވެ، އާމްދަނީ ލިބޭނެ މަގުތައް ބަންދުވެފައިވާ ކަމަށްވެސް ޝާޒް ބުންޏެވެ.

އަދި ގައުމީ ފެންވަރުގައި އަދި ސަރަހައްދީ ފެންވަރުގައި ދިވެހި ފުޓްބޯޅައަށް ބޮޑު ކުރިއެރުމެއް ލިބެމުންދިޔަ ދަޑިވަޅެއްގައި، އެއް އަހަރު ދުވަހު ކުޅުންތެރިން މަގުމަތިވެގެން ދިޔުމަކީ ފުޓްބޯޅައަށް ފޫ ނުބެއްދޭނެ ވަރުގެ ބޮޑު ގެއްލުމެއް ލިބިގެންދާނެ ކަމަކަށް ވާއިރު، މި ހާލަތުގައި ކުޅުންތެރިންނަށް އަޅާނުލެވި ދާ ކޮންމެ ދުވަހަކީ ފުޓްބޯޅައަށް ލިބިގެންދާ ބޮޑު ގެއްލުމެއް ކަމަށްވެސް ޝާޒް ބުންޏެވެ.

ޝާޒް އިތުރަށް ބުނީ ކެފޭ ރެސްޓޯރަންޓްތަކާއި، ޖިމްތައް ހުޅުވަން ހުއްދަ ދެވިފައިވަނީ އެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ލިބެމުންދާ ގެއްލުމާއި، ލިބޭ އާމްދަނީ ހުއްޓުމުން ކަމަށް ވާއިރު، ފުޓްބޯޅަ ކުޅޭ ކުޅުންތެރިންނަކީ ކުލަބުތަކަށް އަދި ކުޅިވަރަށް ވަޒީފާ އަދާކުރާ ބައެއް ކަމަށެވެ.

ހަވީރު ފިންޏަށް ކުޅެލާ ކުޅެލުމާއި، ރަށްރަށުގައި އަދި މާލޭގައިވެސް އޯޕަންކޮށް ކުޅެން ހުއްދަ ނުދިން ނަމަވެސް، ފުރަތަމަ ޑިވިޝަނުގައި އަދި ކުލަބުތަކަށް ކުޅޭ ކުޅުންތެރިންނަށް އެމީހުންގެ ވަޒީފާ އަދާކުރަން ފުރުސަތު ދިނުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އާއި ސަރުކާރަށްވެސް ގޮވާލާ ކަމަށް ޝާޒް ބުންޏެވެ.

އަންނަ ޑިސެމްބަރު މަހު ފުޓްބޯޅަ ސީޒަން ފެށުމަށް އެފްއޭއެމުން މަސައްކަތް ކުރަމުން އައި ނަމަވެސް، ކަމާ ބެހޭ ފަރާތްތަކުން ފުޓްބޯޅަ ސީޒަން ފެށުމަށް ހުއްދަދިނުމަށް ފަސްޖެހޭ ކަމަށް ގަބޫލުކުރެވެއެވެ. އެހެންކަމުން ފުޓްބޯޅަ ސީޒަން ފެށުން އަންނަ އަހަރަށް ފަސްވެގެން ދިޔުމުގެ ފުރުސަތު އެބައޮތެވެ.

މިއަހަރުގެ އޭއެފްސީ ކަޕް ކެންސަލް ވުމާއެކު، ވީ އެންމެ އަވަހަކަށް ލީގު ފަށަން ޖެހޭ ކަމަށާއި، އެކަމަށް ކުލަބުތަކާއި ކުޅުންތެރިން ތިބީ ތައްޔާރުވެގެން ކަމަށް ޝާޒް ވަނީ ބުނެފައެވެ.

ރާއްޖޭގެ ފުޓްބޯޅަ ސީޒަން ފެށުމަށް ގިނަ ބަޔަކު އެދެމުންދާއިރު، ރައްކާތެރި ފިޔަވަޅުތަކާއެކު ދުނިޔޭގެ ބޮޑެތި ހުރިހާ ލީގެއްގެ ކުޅުން މިހާރު ވަނީ ފަށާފައެވެ.

އިތުރަށް ކިޔާލަން

31 ޖެނުއަރީ 2017

ނިއު އިން މިދިޔަ ސީޒަނުގައި އެޓީމަށް ކުޅުނު ބައެއް ކުޅުންތެރިންނަށް އަދިވެސް މުސާރަ ނުދޭ!

31 ޖެނުއަރީ 2017
ނިއު އިން މިދިޔަ ސީޒަނުގައި އެޓީމަށް ކުޅުނު ބައެއް ކުޅުންތެރިންނަށް އަދިވެސް މުސާރަ ނުދޭ!
30 ޖެނުއަރީ 2017

ދެބެންގެ ލަޑުތަކުން ގާނާ އެފްރިކާ ބައްރުގެ ފުޓްބޯޅަ މުބާރާތުގެ ސެމީއަށް

30 ޖެނުއަރީ 2017
ދެބެންގެ ލަޑުތަކުން ގާނާ އެފްރިކާ ބައްރުގެ ފުޓްބޯޅަ މުބާރާތުގެ ސެމީއަށް
30 ޖެނުއަރީ 2017

ބޮޑު ތަފާތަކުން ވިގަންގެ މައްޗަށް ޔުނައިޓެޑް ކުރިހޯދައިފި

30 ޖެނުއަރީ 2017
 ބޮޑު ތަފާތަކުން ވިގަންގެ މައްޗަށް ޔުނައިޓެޑް ކުރިހޯދައިފި
28 ޖެނުއަރީ 2017

ބޮޑު ލީޑަކާއެކު ސީދާ ތިން ސެޓުން ނޭޕާލްގެ މައްޗަށް އީރާން ކުރިހޯދައިފި

28 ޖެނުއަރީ 2017
ބޮޑު ލީޑަކާއެކު ސީދާ ތިން ސެޓުން ނޭޕާލްގެ މައްޗަށް އީރާން ކުރިހޯދައިފި
26 ޖެނުއަރީ 2017

ވައިޑީޕީ އަށް ބޮޑު ތަރުހީބެއް ލިބޭ، އެހެނަސް ޖާގައިގެ ދަތިކަން އިންތިހާއަށް ބޮޑު: ޝާޒް

26 ޖެނުއަރީ 2017
ވައިޑީޕީ އަށް ބޮޑު ތަރުހީބެއް ލިބޭ، އެހެނަސް ޖާގައިގެ ދަތިކަން އިންތިހާއަށް ބޮޑު: ޝާޒް
24 ޖެނުއަރީ 2017

ބަންގާޅު މުބާރާތުގެ ސަބަބުން ޓީސީއަށް ބޮޑު ފައިދާއެއް ކުރާނެ: ނިޒާމްބެ

24 ޖެނުއަރީ 2017
ބަންގާޅު މުބާރާތުގެ ސަބަބުން ޓީސީއަށް ބޮޑު ފައިދާއެއް ކުރާނެ: ނިޒާމްބެ
22 ޖެނުއަރީ 2017

ދިވެހި ފުޓްބޯޅަ އަށް ފުރަތަމަ ފަހަރަށް ކުލަބް ލައިސަންސް ދެނީ

22 ޖެނުއަރީ 2017
ދިވެހި ފުޓްބޯޅަ އަށް ފުރަތަމަ ފަހަރަށް ކުލަބް ލައިސަންސް ދެނީ
22 ޖެނުއަރީ 2017

ބޮޑު އަށް ކުލަބަށް އަންނަ މަހު ފައިސާ ދެވޭނެ: އެފްއޭއެމް

22 ޖެނުއަރީ 2017
ބޮޑު އަށް ކުލަބަށް އަންނަ މަހު ފައިސާ ދެވޭނެ: އެފްއޭއެމް
18 ޖެނުއަރީ 2017

ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް

18 ޖެނުއަރީ 2017
ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް
12 ޖެނުއަރީ 2017

ގަވައިދުން ފުރުސަތު ލިބޭ ޓީމަކަށް މިބަލަނީ، ހަފްތާއެއްގެ ތެރޭ ގޮތެއް ނިމޭނެ: އިންމަ

12 ޖެނުއަރީ 2017
ގަވައިދުން ފުރުސަތު ލިބޭ ޓީމަކަށް މިބަލަނީ، ހަފްތާއެއްގެ ތެރޭ ގޮތެއް ނިމޭނެ: އިންމަ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް