Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ހުޅުމާލޭ މެޑިކަލް ފެސިލިޓީ

ހުޅުމާލެ މެޑިކަލް ފެސިލިޓީ ގާއިމް ކުރީ ދައުލަތުގެ މިލްކުވެރިކަން ނެތް ބިމެއްގައި

މެޑިކަލް ފެސިލިޓީ ގާއިމް ކުރި ބިމަކީ މޮރިޝަސް ކޮމާޝަލް ބޭންކަށް ލިބިފައިވާ ބިމެއް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 16 ސެޕްޓެމްބަރު 2020 | ބުދަ 06:34
ހުޅުމާލޭ މެޑިކަލް ފެސިލިޓީގެ މަސައްކަތް ކުރިއަށް ދިޔަ އިރު އެތަނުގެ މަސައްކަތް ދިޔަ ގޮތް ޗީފް އޮފް ޑިފެންސް ފޯސް ބައްލަވާލައްވަނީ

ހުޅުމާލޭ މެޑިކަލް ފެސިލިޓީގެ މަސައްކަތް ކުރިއަށް ދިޔަ އިރު އެތަނުގެ މަސައްކަތް ދިޔަ ގޮތް ޗީފް އޮފް ޑިފެންސް ފޯސް ބައްލަވާލައްވަނީ

ކޮވިޑް-19 ގައި ބަލިވާ މީހުންނަށް ފަރުވާދިނުމަށްޓަކައި 300 އެނދުގެ މެޑިކަލް ފެސިލިޓީއެއް ހުޅުމާލޭގައި ގާއިމުކުރުމަށް ސަރުކާރުން ނިންމާ، އެ ފެސިލިޓީ ގާއިމްކޮށްފައިވަނީ ދައުލަތުގެ މިލްކުވެރިކަން ނެތް ބިމެއްގައިކަން ހާމަވެއްޖެއެވެ.

ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) ގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުގައި ބުނެފައިވަނީ ކޮވިޑް-19 ގައި ބަލިވާ މީހުންނަށް ފަރުވާދިނުމަށްޓަކައި 300 އެނދުގެ މެޑިކަލް ފެސިލިޓީއެއް ހުޅުމާލޭގައި ގާއިމުކުރުމަށް ސަރުކާރުން ނިންމެވުމާ ގުޅިގެން، ހުޅުމާލެގައި ވަގުތީ މެޑިކަލް ފެސިލިޓީއެއް ހެދުމަށް މާޗް 29، 2020 ގައި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި އެންޑީއެމްއޭއާ ދެމެދު ވެފައިވާ "ހޭންޑް އޯވަރ" އެއްބަސްވުމުގެ ދަށުން، ހުޅުމާލެއިން ޖުމްލަ 42,071 އަކަފޫޓުގެ ބިމާއި އެ ބިމުގައިވާ އިމާރާތްތައް އެންޑީއެމްއޭއާ ހަވާލުކޮށްފައިވާ ކަމަށެވެ.

Advertisement - newsAdvertisement

ނަމަވެސް، ހުޅުމާލޭގައި ހަދާފައިވާ މެޑިކަލް ފެސިލިޓީ ހުރި އިމާރާތްތަކާއި ބިމަކީ، އަމިއްލަ ފަރާތަކަށް، 2012 ވަނަ އަހަރު، މޮރިޝަސް ކޮމާޝަލް ބޭންކުން ދޫކޮށްފައިވާ، 4,315,153.75 ގެ ލޯނަކަށް ރަހުނު ކޮށްފައިވާ ތަނެއްކަން ފާހަގަކުރެވުނު ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފައިވެއެވެ. އަދި ލޯނު ނެގިފަރާތުން ގަވާއިދުން އަނބުރާ ލޯނު ނުދެއްކުމުގެ ސަބަބުން، އެ ލޯނާ ގުޅިގެން ރަހުނު ކުރެވިފައިވާ ތަންތަން ވިއްކާލުމުގެ ޙައްޤު މޮރިޝަސް ކޮމާޝަލް ބޭންކަށް ސިވިލް ކޯޓުގެ ގަޒިއްޔާއަކުން ދީފައިވާ ކަމަށެވެ.

އަދި އެ ބިމުގައި މެޑިކަލް ފެސިލިޓީ ގާއިމުކުރުމަށް ނިމްމުމާ ގުޅިގެން، އެޗްޑީސީ އާއި މޮރިޝަސް ކޮމާޝަލް ބޭންކާއި ދެމެދު މާޗް 24، 2020 ގައި ހޭންޑް އޯވަރ އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފައިވެއެވެ. މިގޮތުން ހެދުނު އެއްބަސްވުމުގައި، އެތަނުގައި ހަދާފައިހުރި ކޮންކްރީޓް ސްޓްރަކްޗަރއަށް އެއްވެސް ބަދަލެއް ނުގެނެވޭނެކަމަށާއި، އިތުރު އެހެން އެއްވެސް ބަދަލެއް ތަނަށް ގެނެސްފައިވާނަމަ އެ ބަދަލުތައް އެނގޭނެހެން ލިޔެކިޔުން ބަލަހައްޓަން ވާނެކަމަށް ބަޔާންކޮށްފައިވެއެވެ.

އަދި މި އެއްބަސްވުމުގެ މުއްދަތަކީ 3 މަސް ދުވަސްކަމަށާއި އެ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ މުއްދަތު އިތުރުކުރަން ޖެހިއްޖެ ޙާލަތެއްގައި ދެފަރާތުން އިތުރު އެއްބަސްވުމަކަށް އަންނަން ޖެހޭނެކަމަށް ބަޔާންކޮށްފައިވެއެވެ. މެޑިކަލް ފެސިލިޓީއެއްގެ ގޮތުގައި އެތަން ބަދަލުކުރުމަށާއި، އެ ތަނަށް ބޭނުންވާ މެޑިކަލް އިކުއިޕްމަންޓާއި އެހެނިހެން ޚަރަދުތަކަށް، ޖޫން 30، 2020 ގެ ނިޔަލަށް ދައުލަތުން ޖުމުލަ 24,194,156 ރުފިޔާ ޚަރަދުކޮށްފައިވެއެވެ.

އެގޮތުން މެޑިކަލް ފެސިލިތީ އިމާރާތް ބަދަލުކުރުމަށް 4،687،967 ރުފިޔާ ހަރަދުކޮށްފައިވެއެވެ. މެޑިކަލް އިކްވިޕްމަންޓާއި އެހެނިހެން ހަރަދުތަކަށް 19،506،188 ރުފިޔާ ވަނީ ހަރަދުކޮށްފައެވެ. ޖުމްލަ ހަރުވެފައިވަނީ 24،194،156 ރުފިޔާ ހަރަދުކޮށްފައިވެއެވެ.

އަދި މި ތަނަށް ގިނަ އަދަދެއްގެ ހަރުމުދާ ހޯދާފައިވީ ނަމަވެސް، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 11.02 އަދި 11.03 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް ހަރުމުދަލުގެ ރަޖިސްޓްރީއެއް ލިޔެ ބަލަހައްޓާފައި ނުވާކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފައިވެއެވެ. އަދި އެ ފެސިލިޓީ އެ ބިމުގައި ގާއިމް ކުރަން ނިންމި ނިންމުމަކީ ނެޝަނަލް ޓާސްކް ފޯހާއި ނޭޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރ (އެންއީއޯސީ) ގައި މަޝްވަރާކޮށް ނިންމި ނިންމުމެއް ކަމަށް އެންޑީއެމްއޭއިން މައުލޫމާތު ދީފައިވެއެވެ.

މިކަން އިސްލާހުކުރަން އޮޑިޓަރ ޖެނެރަލް ލަފާދެއްވާފައިވަނީ ކޮވިޑް-19ގެ ހާލަތު އިތުރަށް ދިގުލައިގެން ދާނަމަ އަމިއްލަ ފަރާތެއްގެ ބިމަކަށް ދައުލަތުން އިތުރު ޚަރަދުކުރުން އެކަށީގެންވާތީވެ، ކަމާގުޅޭ ފަރާތްތަކުގެ ލަފާގެމަތިން މުސްތަގްބަލުގައި، އެބިމާ އިމާރާތްތައް ބޭނުންކުރާނެ ގޮތުގެ ޕްލޭން އެކުލަވާއި، ބިމާއި އިމާރާތުގެ މިލްކުވެރިކަމާމެދު ގާނޫނީގޮތުން ނުކުމެދާނެ މައްސަލަތައް ހައްލުކުރުމުގެ ކަންކަން ކުރިޔަށް ގެންދިއުމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރާއްޖެޓީވީގެ އަހަރު ޝަހުސިއްޔަތަކަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު

ރާއްޖެޓީވީގެ އަހަރު ޝަހުސިއްޔަތަކަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު

27 ޖެނުއަރީ 2017
ބޯޓްގެ މިލްކުވެރިޔަކު ހޯދުމަށް އިއުލާންކުރީ ސިޔާސީގޮތުން ފިއްތާލުމަށް: މުސްތަފާ

ބޯޓްގެ މިލްކުވެރިޔަކު ހޯދުމަށް އިއުލާންކުރީ ސިޔާސީގޮތުން ފިއްތާލުމަށް: މުސްތަފާ

23 ޖެނުއަރީ 2017
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

19 ޖެނުއަރީ 2017
ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

18 ޖެނުއަރީ 2017
ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި

ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި

17 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

18 ޖެނުއަރީ
ޓްރަމްޕް އާ ދެކޮޅަށް އެތައް ހާސް އެމެރިކާ ރައްޔިތުން މުޒާހަރާ އަށް ނުކުމެއްޖެ
20251 އަހަރު ކުރިން
ދުނިޔެ

ޓްރަމްޕް އާ ދެކޮޅަށް އެތައް ހާސް އެމެރިކާ ރައްޔިތުން މުޒާހަރާ އަށް ނުކުމެއްޖެ

މުދައްރިސުންނާއި އުނގަންނައިދޭ މީހުންނަކީ އީމާންކަމުގެ ފޭރާމުން ޒީނަތްތެރިވާންޖެހޭ ބައެއް - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

މުދައްރިސުންނާއި އުނގަންނައިދޭ މީހުންނަކީ އީމާންކަމުގެ ފޭރާމުން ޒީނަތްތެރިވާންޖެހޭ ބައެއް - ހުތުބާ

ނޭޕާލް ފްލައިޓް: "ފުރާނަ ސަލާމަތްވީ ޕައިލެޓްގެ ސަބަބުން"
20233 އަހަރު ކުރިން
ދުނިޔެ

ނޭޕާލް ފްލައިޓް: "ފުރާނަ ސަލާމަތްވީ ޕައިލެޓްގެ ސަބަބުން"

ޔާމީން ރަޝީދުގެ މަރު: ސިއްރު ހެކިވެރިޔާގެ ކުއްލި ސިޓީ ބަލައިނުގަނެ، ހައިޝަމްއާއި ޒިހާން އުމުރަށް ޖަލަށްލާން ޙުކުމް ކުރި ސަބަބު!
20224 އަހަރު ކުރިން
ރިޕޯޓު

ޔާމީން ރަޝީދުގެ މަރު: ސިއްރު ހެކިވެރިޔާގެ ކުއްލި ސިޓީ ބަލައިނުގަނެ، ހައިޝަމްއާއި ޒިހާން އުމުރަށް ޖަލަށްލާން ޙުކުމް ކުރި ސަބަބު!

ޗައިނާގެ ވާވޭ ކުންފުނީގެ އައު ވާހަކަތަކެއް ފަޅާ އަރުވާލައިފި!
20215 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ ވާވޭ ކުންފުނީގެ އައު ވާހަކަތަކެއް ފަޅާ އަރުވާލައިފި!

ދައުލަތަށް އެންމެ ގިނަ އާމްދަނީ ވައްދައިދޭ މީހުންގެ ހައްގުތައް ގެއްލިފައި!
20197 އަހަރު ކުރިން
ރިޕޯޓު

ދައުލަތަށް އެންމެ ގިނަ އާމްދަނީ ވައްދައިދޭ މީހުންގެ ހައްގުތައް ގެއްލިފައި!

ދިވެހިބަހުގެ އަކުރު
20188 އަހަރު ކުރިން
ދިވެހި ބަސް

ދިވެހިބަހުގެ އަކުރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު