Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުއޭސީސީގެ ކުރީގެ ރައީސް ހަސަން ލުތުފީ

ރައީސް ޔާމީނު ދިފާއު ކުރުމަށް ޤާނޫނީ ޓީމުން އޭސީސީގެ ކުރީގެ ރައީސް ލުތުފީގެ އެހީ ހޯދަނީ!

ލުތުފީ ދިރިއުޅުއްވަމުން ގެންދަވަނީ މެލޭޝިއާގައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 15 ސެޕްޓެމްބަރު 2020 | އަންގާރަ 12:41
އޭސީސީގެ ކުރީގެ ރައީސް ޙަސަން ލުތުފީ- ރައީސް ޔާމީނުގެ ވެރިކަމުގައި ލުތުފީ އަކީ ޔާމީނަށް ވަރަށް ބޮޑަށް އެހީތެރިވި ފަރާތެއްގެ ގޮތުގައި އޮތީ ބެލެވިފައި

އޭސީސީގެ ކުރީގެ ރައީސް ޙަސަން ލުތުފީ- ރައީސް ޔާމީނުގެ ވެރިކަމުގައި ލުތުފީ އަކީ ޔާމީނަށް ވަރަށް ބޮޑަށް އެހީތެރިވި ފަރާތެއްގެ ގޮތުގައި އޮތީ ބެލެވިފައި

މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ޖަލު ޙުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ޤާނޫނީ ވަކީލުންގެ ޓީމުން، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ކުރީގެ ރައީސް ޙަސަން ލުތުފީގެ އެހީތެރިކަން ހޯއްދުމަށް މަސައްކަތް ކުރަމުންދާކަން ވަރަށް އިތުބާރު ހުރި ގޮތަކަށް ރާއްޖެއެމްވީއަށް އެނގިއްޖެއެވެ.

އިތުބާރު ހުރި މަސްދަރަކުން ރާއްޖެއެމްވީއަށް މައުލޫމާތު ދީފައިވާ ގޮތުގައި ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ ޙުކުމް ހައިކޯޓުގައި އިސްތިއުނާފް ކޮށްފައިވާއިރު، ރައީސް ޔާމީނުގެ ޤާނޫނީ ވަކީލުންގެ ޓީމުން މިހާރު މަސައްކަތް ކުރަމުން ގެންދަނީ އެ މައްސަލައިގައި ލުތުފީގެ އެހީތެރިކަން ހޯދުމަށެވެ. އެގޮތުން މި މައްސަލައިގައި ރައީސް ޔާމީނާ އެއްކޮޅަށް ލުތުފީގެ ބަޔާނެއް ހޯދުމަށް ވަކީލުންގެ ޓީމުން މަސައްކަތް ކުރަމުންދާކަން ރާއްޖެއެމްވީއަށް ވަނީ ކަށަވަރުވެފައެވެ.

ލުތުފީގެ ބަޔާނެއް ހޯދުމަށް ރައީސް ޔާމީނުގެ ޤާނޫނީ ޓީމުން މަސައްކަތް ކުރަމުން ދާއިރު، ލުތުފީ މިވަގުތު ދިރިއުޅުއްވަމުން ގެންދަވަނީ މެލޭޝިއާގައެވެ. އެގޮތުން މަޤާމުގެ ޒިންމާ އަދާ ނުކުރާ ކަމަށްބުނެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ލުތުފީ މަޤާމުން ވަކި ކުރުމަށް ނިންމާފައިވަނިކޮށް އޭނާ ވަނީ ޖޫން މަހުގެ 26 ގައި މަޤާމުން އިސްތިއުފާ ދެއްވާފައެވެ. އޭރު އިސްތިއުފާ ދެއްވީވެސް މެލޭޝިއާގައި ހުންނަވައިގެންނެވެ. އަދި އޭރުން ފެށިގެން ލުތުފީ ދިރިއުޅުއްވަނީ މެލޭޝިއާގައެވެ.

ރައީސް ޔާމީނުގެ ވެރިކަމުގައި ހިނގާދިޔަ ބޮޑު ޚިޔާނާތުގެ މައްސަލައިގައި ލުތުފީއަށްވެސް ބޮޑެތި ތުހުމަތު ތަކެއް ކުރެވެއެވެ. އެގޮތުން ލުތުފީ އޭސީސީގެ ރައީސަކަށް ހުންނެވިއިރު، ހިޔާނާތުގެ މައްސަލާގައި ހިމެނޭ މީހުންގެ އެކައުންޓްތައް ފްރީޒް ނުކުރީ ކީއްވެތޯ އޭރުވެސް ގިނަ ބަޔަކު ސުވާލު އުފައްދަމުން ދިޔައެވެ. އަދި ރައީސް އަބްދުﷲ ޔާމީންގެ ކޮރަޕްޝަންގެ މައްސަލަތަކުން އެމަނިކުފާނު ސަލާމަތް ކުރައްވަން މަގުފަހި ކުރެވޭ ގޮތަށް ލުތުފީ އަމަލު ކުރެއްވި ކަމުގެ ތުހުމަތުތައްވެސް އޭނާގެ މައްޗަށް ކުރެވެއެވެ.

ރާއްޖޭގެ ތާރީޚުގައި މިހާތަނަށް ހިނގި ޚިޔާނާތުގެ އެންމެ ބޮޑު މައްސަލަ ކަމުގައިވާ އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ޔާމީންގެ އެކައުންޓަށް ވަތް އެއްމިލިއަން ޑޮލަރުގެ މައްސަލަ ބަލަން އޭސީސީން ހިންގި ތަހުގީގުގައިވެސް، އެއް މިލިއަން ޑޮލަރު ޖަމާކުރި ޔާމީންގެ އެކައުންޓް ފްރީޒްނުކޮށް އެކްސްކްރޯ އެކައުންޓެއް ހުޅުވައި، ފައިސާ ޖަމާކުރުމަށް އެއްބަސްވުމެއް ހެދުމަށް އުޅުއްވިކަމުގެ ތުހުމަތު ލުތުފީގެ މައްޗަށް ވަނީ ކުރެވިފައެވެ.

އަދި އެ މައްސަލައިގައި ލުތުފީ އޭރު ވަނީ ރައީސް ޔާމީންއާ ދެކޮޅަށް ހެކިބަސްދޭނެ ކަމަށް ވިދާޅުވެ ފަހުން ހެކިބަސް ނުދެވޭނެ ކަމަށް ބަޔާންކޮށް ކްރިމިނަލް ކޯޓަށް ސިޓީއެއްވެސް ފޮނުވާފައެވެ.

ރައީސް ޔާމީނުގެ ވެރިކަމުގައި، ނުފޫޒް ގަދަ ފަރާތްތަކާ ގުޅޭ ގޮތުން އެންޓިކަރަޕްޝަން ކޮމިޝަނުން ނިންމި ބައެއް ކަންކަމަކީ ސީދާ ސިޔާސީ ނުފޫޒުގެ ދަށުން ވެރިކަން ދެމެހެއްޓުމަށް އެހީތެރިވުމުގެ ގޮތުން އެކަންކަން އޮއްބާލުމަށް ނިންމާފައިވާ ކަންކަމެވެ. އެކަން އެގެނީ، އޭރު ކަރަޕްޝަންގެ އަމަލެއް ނެތް ކަމަށް ނިންމި ބައެއް މައްސަލަތައް މިހާރު އަލުން ހުޅުވާ ބަލަމުންދާއިރު އޭގައި ބޮޑެތި މައްސަލަތައް އުޅޭކަން ފާހަގަ ވެގެން ދިއުމެވެ.

އިތުރަށް ކިޔާލަން

11 ފެބުރުއަރީ 2017

"އިސްކަން ދޭންވީ އިދާރީ ހިންގުން ހަރުދަނާކުރަން، އަދި ރައީސް ނަޝީދަށް ކެންޑިޑެސީ ހޯދައިދިނުމަށް"

11 ފެބުރުއަރީ 2017
"އިސްކަން ދޭންވީ އިދާރީ ހިންގުން ހަރުދަނާކުރަން، އަދި ރައީސް ނަޝީދަށް ކެންޑިޑެސީ ހޯދައިދިނުމަށް"
09 ފެބުރުއަރީ 2017

ރައީސް ނަޝީދުގެ ގޮންޖެއްސެވުން ރައީސް ޔާމީނަށް!

09 ފެބުރުއަރީ 2017
ރައީސް ނަޝީދުގެ ގޮންޖެއްސެވުން ރައީސް ޔާމީނަށް!
07 ފެބުރުއަރީ 2017

މުއްސަނދި ގައުމެއް ހަފުސް ކޮށްލުމުގައި ރައީސް މީހާ އަވަދިނެތި

07 ފެބުރުއަރީ 2017
މުއްސަނދި ގައުމެއް ހަފުސް ކޮށްލުމުގައި ރައީސް މީހާ އަވަދިނެތި
01 ފެބުރުއަރީ 2017

ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!

01 ފެބުރުއަރީ 2017
ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!
30 ޖެނުއަރީ 2017

ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!

30 ޖެނުއަރީ 2017
ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު