Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އޭއެފްސީ ކަޕް ކެންސަލް ކުރުން

އޭއެފްސީ ކަޕް ކެންސަލް ކުރުމަކީ ގަބޫލުކުރަން އުނދަގޫ ނިންމުމެއް: ދިވެހި ކޯޗުން

އޭއެފްސީ ކަޕް ކެންސަލް ކުރީ ބައެއް ސަރަހައްދުތަކުގައި މެޗުތައް ކުރިއަށްގެންދެވޭނެ ގޮތެއް ނެތުމުން

ހުސައިން ފަރިޔާޒް
ހުސައިން ފަރިޔާޒް, ރާއްޖެ އެމްވީ | 15 ސެޕްޓެމްބަރު 2020 | އަންގާރަ 08:56
އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގައި ޗެންނާއި ސިޓީ އާއި މާޒިޔާ ބައްދަލުކުރި މެޗުގެ ތެރެއިން

އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގައި ޗެންނާއި ސިޓީ އާއި މާޒިޔާ ބައްދަލުކުރި މެޗުގެ ތެރެއިން

ދިވެހިރާއްޖޭގެ ޓީމުތައް ވާދަކުރާ ބައިނަލްއަގުވާމީ ފުޓްބޯޅަ މުބާރާތް ކަމަށްވާ އޭއެފްސީ ކަޕް ކެންސަލް ކުރުމަކީ ބަލައިގަންނަން އުންދަގޫ އަދި ގަބޫލުކުރަން ފަސޭހަ ނިންމުމެއް ނޫން ކަމަށް މި އަހަރުގެ އޭއެފްސީ ކަޕްގައި ވާދަކުރާ ދިވެހި ދެ ޓީމުގެ ކޯޗުން ބުނެފިއެވެ.

ކޮވިޑް-19 އާ ގުޅިގެން މާޗު މަހު މެދުކަނޑާލި އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގެ މެޗުތައް ސެންޓްރަލައިޒް ކޮށްގެން އޮކްޓޯބަރު މަހު އަލުން ފެށުމަށް މީގެ ކުރިން ނިންމި ނަމަވެސް ދާދި ފަހުން އޭއެފްސީން ވަނީ މިއަހަރުގެ މުބާރާތް ކެންސަލް ކޮށްފައެވެ. އޭއެފްސީން މުބާރާތް ކެންސަލް ކުރުމަށް ނިންމީ އޭއެފްސީ ކަޕްގެ މެޗުތައް ދެކުނު އޭޝިއާ ސަރައްހަދު ފިޔަވައި އެހެން ސަރަހައްދުތަކުގައި ކޮވިޑް-19 ގެ ސަބަބުން ކުރިއަށްގެންދެވޭނެ ގޮތެއް ނެތުމާއި، ބައެއް ގްރޫޕްތަކުގެ މެޗުތައް ހޯސްޓް ކުރާނެ ގައުމެއްވެސް ހަމަޖެހިފައި ނެތުމުގެ ސަބަބުންނެވެ.

ރާއްޖެޓީވީގެ "ކުޅިވަރު ފައިލް" ޕްރޮގްރާމުގައި ހޯމަ ދުވަހުގެރޭ ވާހަކަ ދައްކަމުން މި މުބާރާތަށް ވަރަށް ފުރިހަމައަށް ތައްޔާރުވި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުގެ ކޯޗު މުޙައްމަދު ނިޒާމް (ނިޒާމްބެ) ބުނީ ޓީމުގެ ފަރިތަކުންތައް ފަށައިގެން ދެ ހަފުތާވިތަނާ އަދި އޭއެފްސީ ކަޕަށް ބޮޑު ހޭދައެއް ކުލަބުން ކުރުމަށްފަހު، މުބާރާތް ކެންސަލް ވުމަކީ މާލީ ގޮތުންވެސް ކުލަބަށް ލިބިގެންދާނެ ބޮޑު ގެއްލުމެއްގެ އިތުރުން ކުޅުންތެރިންނަށްވެސް އެކަމުގެ ގެއްލުން ކުރިމަތިވެގެންދާނެ ކަމެއް ކަމަށެވެ.

އަދި ބައިނަލްއަގުވާމީ ބޮޑެތި މުބާރާތްތަކާއި އޭއެފްސީ ޗެމްޕިއަންސް ލީގު މުބާރާތް ކުރިއަށްދަނިކޮށް، ހަމައެކަނި އޭއެފްސީ ކަޕް ކެންސަލް ކުރުން އެއީ ވިސްނާ ވިސްނާވެސް ގަބޫލުކުރަން ފަސޭހަ ކަމެއް ނޫން ކަމަށް ނިޒާމްބެ ބުންޏެވެ.

އަދި ބުނީ ރާއްޖޭގެ ޓީމުތަކުގެ އިތުރުން މުބާރާތުގައި ވާދަކުރާ އެހެން ކުލަބުތަކުންވެސް މުބާރާތަށް ތައްޔާރުވީ، މުބާރާތް ބާއްވާނެ ތާރީޚެއް ކަޑައެޅުމުން ކަމަށާއި، އެހެން ކަމުން މުއްދަތު ހަމަވެފައިވާ އެއްބަސްވުންތަކެއް އާކޮށް، ބިދޭސީ ކުޅުންތެރިންގެ އެއްބަސްވުންތައް ހެދިގެން ދިޔައިރު، މުބާރާތަށް ތައްޔާރުވުމަށް ކުރި ކަންތަކަށް އެކަނިވެސް މާޒިޔާއަށް ދެ މިލިޔަން ރުފިޔާގެ ގެއްލުމެއް ލިބިގެންދާނެ ކަމަށެވެ.

ނިޒާމްބެ އިތުރަށް މުބާރާތް ރާއްޖޭގައި ބޭއްވުމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަދި އެ އިދާރާގެ ރައީސް ބައްސާމް އަދީލް ޖަލީލް ވަރަށް ބޮޑަށް މަސައްކަތް ކުރެއްވި ކަމަށާއި، އެހެން ނަމަވެސް އޭއެފްސީން މުބާރާތް ކެންސަލް ކުރަން ނިންމި ސީދާ ސަބަބު މުޅިން ސާފުނުވާ ކަމަށެވެ.

މި ޕްރޮގްރާމުގައި ޓީސީ ސްޕޯޓްސް ކުލަބުގެ ކޯޗު މުޙައްމަދު ޝާޒްލީ (ޝާޒް) ބުނީ އޭއެފްސީން މުބާރާތް ކެންސަލް ކުރި ނަމަވެސް، މި މުބާރާތް ކެންސަލް ކުރަންޖެހޭ ކަމަށް ގަބޫލުނުކުރެވޭ ކަމަށާއި، މިކަމުގައި ދިމާވެދާނެ ދަތިތަކާއި، ލިބިގެންދާނެ ގެއްލުން އޭފްސީއަށް ވަރަށް ރަނގަޅަށް އެނގޭނެ ކަމަށެވެ.

އަދި އޭއެފްސީން މިހާތަނަށް ކަންތައްތައް ކޮށްފައިވާ ގޮތަށް ބަލާއިރު، މި މުބާރާތުން ލިބިގެންދާނެ ގެއްލުމަށް އޭއެފްސީން ގޮތްތަކެއް ހޯދައިދޭނެ ކަމަށް ގަބޫލުކުރެވޭ ކަމަށާއި، އެ އިދާރާއިން ކުލަބުތަކަށް ލިބިގެންދާ ގެއްލުމަށް އަޅާނުލާ ދާނެ ކަމަށް ގަބޫލުކުރަން ދަތި ކަމަށްވެސް ޝާޒް ބުންޏެވެ.

ކޮވިޑް-19 އާ ގުޅިގެން މި އަހަރުގެ އޭއެފްސީ ކަޕް ކެންސަލް ކުރި ނަމަވެސް، އޭއެފްސީ ޗެމްޕިއަންސް ލީގު މިއަހަރު ކުރިއަށްދާނެ ކަމަށް އޭއެފްސީން ވަނީ ނިންމާފައެވެ.

މިއަހަރުގެ އޭއެފްސީ ކަޕް ކެންސަލް ކުރިއިރު، އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާގެ ޓީމުތަކުގެ ގްރޫޕްގައި ރާއްޖޭގެ މާޒިޔާ އާއި ޓީސީ އައީ ވާދަކުރަމުންނެވެ. ދެން މި ގްރޫޕްގައި ހިމެނުނީ ބަންގްލަދޭޝްގެ ބަޝުންދަރާ ކިންގްސް އާއި އިންޑިއާގެ ޗެންނާއީ ސިޓީ އެފްސީއެވެ.

މީގެ ކުރިން ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި މާޒިޔާ އާއި ޓީސީ ވަނީ މާޗު މަހު 12 ވަނަ ދުވަހު ވާދަކޮށްފައެވެ. އެ ދުވަހު ބަންގްލަދޭޝްގައި އެ ގައުމުގެ ބަޝުންދަރާ ކިންގްސްއާ ދެކޮޅަށް ޓީސީ ކުޅުނު މެޗުން އެޓީމު ވަނީ 5-1 ން ބަލިވެފައެވެ. އަދި އިންޑިއާގައި މާޒިޔާ ވަނީ އެ ގައުމުގެ ޗެންނާއީ ސިޓީ އެފްސީއާ 2-2 ން އެއްވަރުކޮށްފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އޭއެފްސީ ކަޕް: ފަހުވަގުތު ޖެހި ލަނޑުތަކާއެކު ތިމްޕޫ ބަލިކޮށް ވެލެންސިއާ ޕްލޭއޮފަށް

އޭއެފްސީ ކަޕް: ފަހުވަގުތު ޖެހި ލަނޑުތަކާއެކު ތިމްޕޫ ބަލިކޮށް ވެލެންސިއާ ޕްލޭއޮފަށް

07 ފެބުރުއަރީ 2017
އެފްރިކަން ކަޕް އޮފް ނޭޝަންސް ކެމަރޫން އިން ކާމިޔާބުކޮށްފި

އެފްރިކަން ކަޕް އޮފް ނޭޝަންސް ކެމަރޫން އިން ކާމިޔާބުކޮށްފި

06 ފެބުރުއަރީ 2017
ގާނާ ބަލިކޮށް އެފްރިކަން ކަޕްގެ ފައިނަލަށް ކެމަރޫން

ގާނާ ބަލިކޮށް އެފްރިކަން ކަޕްގެ ފައިނަލަށް ކެމަރޫން

03 ފެބުރުއަރީ 2017
އޭއެފްސީ ޗެމްޕިއަންސް ލީގުން ބެންގްލޫރް އެފްސީ އަށް ފުރުސަތު ގެއްލިއްޖެ

އޭއެފްސީ ޗެމްޕިއަންސް ލީގުން ބެންގްލޫރް އެފްސީ އަށް ފުރުސަތު ގެއްލިއްޖެ

01 ފެބުރުއަރީ 2017
ޝައިޚް ކަމާލް ކަޕްގައި ބަންގްލަދޭޝްގެ ޗެމްޕިއަންއާއެކު ވަރުގަދަ ކްލަބުތަކެއް

ޝައިޚް ކަމާލް ކަޕްގައި ބަންގްލަދޭޝްގެ ޗެމްޕިއަންއާއެކު ވަރުގަދަ ކްލަބުތަކެއް

31 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

11 މެއި
އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!
20251 އަހަރު ކުރިން
ދުނިޔެ

އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު
20242 އަހަރު ކުރިން
ރާއްޖެ

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"
20224 އަހަރު ކުރިން
ރާއްޖެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން
20215 އަހަރު ކުރިން
ރާއްޖެ

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!
20197 އަހަރު ކުރިން
ރިޕޯޓު

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި
20188 އަހަރު ކުރިން
ރާއްޖެ

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު