Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޓޮޓެންހަމްގައި ޑަޔާ މަޑުކުރުން

ޓޮޓެންހަމްގެ އެއްބަސްވުން އާކުރީ މޮރީނިއޯގެ ސަބަބުން: ޑަޔާ

ޓޮޓެންހަމްގެ އެއްބަސްވުން ޑަޔާ އާކުރީ 2024 ވަނަ އަހަރުގެ ނިޔަލަށް

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 14 ސެޕްޓެމްބަރު 2020 | ހޯމަ 10:49
ޓޮޓެންހަމް ހޮޓްސްޕާގެ ކޯޗު ހޯސޭ މޮރީނިއޯ އާއި ޑިފެންޑަރު އެރިކް ޑަޔާ

ޓޮޓެންހަމް ހޮޓްސްޕާގެ ކޯޗު ހޯސޭ މޮރީނިއޯ އާއި ޑިފެންޑަރު އެރިކް ޑަޔާ

ޓޮޓެންހަމް ހޮޓްސްޕާއާއެކު ހަދާފައިވާ އެއްބަސްވުން އާކުރީ އެޓީމުގެ ކޯޗު ހޯސޭ މޮރީނިއޯގެ ސަބަބުން ކަމަށް އިންގްލެންޑްގެ ޑިފެންޑަރު އެރިކް ޑަޔާ ބުނެފިއެވެ.

މިދިޔަ ޖުލައި މަހުގެ ތެރޭގައި ޓޮޓެންހަމާއެކު ހަދާފައިވާ އެއްބަސްވުން ޑަޔާ އާކުރީ 2024 ވަނަ އަހަރުގެ ނިޔަލަށެވެ. ރިޕޯޓުތައް ބުނާ ގޮތުން ޑަޔާގެ އެއްބަސްވުން ޓޮޓެންހަމުން އާކުރީ އެ ޓީމުގެ ކޯޗު މޮރީނިއޯގެ އެދުމުގެ މަތިންނެވެ.

ޓޮޓެންހަމްގެ ކޯޗުގެ މަގާމާ މޮރީނިއޯ ހަވާލުވީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ. އޭގެ ކުރިން ޓޮޓެންހަމްގެ އޭރުގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯގެ އިރުޝާދުގެ ދަށުން ޑަޔާ ޓޮޓެންހަމްގެ މެދުތެރެ ބެލެހެއްޓި ނަމަވެސް، ފަހުން ވަނީ ޑިފެންޑަރެއްގެ ގޮތުގައި ކުޅެފައެވެ.

ދާދި ފަހުން ދިން އިންޓަވިއުއެއްގައި ޑަޔާ ބުނީ ޓޮޓެންހަމްގެ އެއްބަސްވުން އާކުރުމަށް ނިންމީ އެ ޓީމުގެ މިހާރުގެ ކޯޗު މޮރީނިއޯއާ ދެމެދު އޮތް ގުޅުން ރަނގަޅުވުމުން ކަމަށާއި، މޮރީނިއޯއާއެކު ރަނގަޅު މަސައްކަތްތަކެއް ކުރެވޭނެ ކަމަށް ގަބޫލުކުރާ ކަމަށެވެ. އަދި އޭނާއަށް އެންމެ ރަނގަޅު ޕޮޒިޝަނަކީ ޑިފެންސް ލައިން ކަމަށާއި، އެގޮތުން މޮރީނިއޯގެ އެހީއާއެކު ޑިފެންސް ލައިން ބެލެހެއްޓުމުގައި ކުރިއެރުންތަކެއް ލިބެމުން އަންނަ ކަމަށްވެސް ޑަޔާ ވަނީ ބުނެފައެވެ.

މީގެ ކުރިން ޓޮޓެންހަމްގެ އެއްބަސްވުން އާކުރުމަށްފަހު ޑަޔާ ބުނީ ޓޮޓެންހަމްގައި މަޑުކުރަން ނިންމި ނިންމުމަކީ އޭނާގެ ކެރިއަރުގައި ނިންމި އެންމެ މުހިންމު ނިންމުން ކަމަށެވެ. އަދި ޓޮޓެންހަމާއެކު މިހާތަނަށް ކާމިޔާބު ހަ ސީޒަން ހޭދަކުރެވިފައިވާ ކަމަށާއި، ކުރިއަށް އޮތް ތަނުގައިވެސް ޓޮޓެންހަމާއެކު އިތުރު ކާމިޔާބީތައް ހޯދުމަށް ތައްޔާރަށް ހުރި ކަމަށްވެސް ވަނީ ބުނެފައެވެ.

އިންގްލެންޑަށް އުފަން ޑަޔާ ޓޮޓެންހަމާ ގުޅުނީ 2014 ވަނަ އަހަރުގައެވެ. މިހާތަނަށް ޓޮޓެންހަމަށް ކުޅެދިން 241 މެޗުގައި ޑަޔާ ވަނީ އެޓީމަށް 11 ލަނޑު ކާމިޔާބުކޮށްދީފައެވެ. އަދި އިންގްލެންޑްގެ ގައުމީ ޓީމަށް ކުޅެދިން 42 މެޗުން އޭނާ ވަނީ ތިން ލަނޑު އެޓީމަށް ކާމިޔާބުކޮށްދީފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޔުނައިޓެޑްގެ އުންމީދުތައް ފެނަށް، ގްރިޒްމަން އެއްބަސްވުން އާކޮށްފި

ޔުނައިޓެޑްގެ އުންމީދުތައް ފެނަށް، ގްރިޒްމަން އެއްބަސްވުން އާކޮށްފި

13 ޖޫން 2017
ޗެމްޕިއަންސް ލީގު ޔުވަންޓަސް އަށް ނުލިބުނަސް ކޯޗު އެލެގްރީ އެއްބަސްވުން އާކޮށްފި

ޗެމްޕިއަންސް ލީގު ޔުވަންޓަސް އަށް ނުލިބުނަސް ކޯޗު އެލެގްރީ އެއްބަސްވުން އާކޮށްފި

08 ޖޫން 2017
މެޗުގެ ނަތީޖާ ބަދަލުވެގެންދިޔައީ ގޯލު ކީޕަރުގެ ސަބަބުން: އަބަހާނީގެ ކޯޗު

މެޗުގެ ނަތީޖާ ބަދަލުވެގެންދިޔައީ ގޯލު ކީޕަރުގެ ސަބަބުން: އަބަހާނީގެ ކޯޗު

17 މެއި 2017
ޕްރިމިއާ ލީގު: ޓޮޓެންހަމްގެ އުންމީދުތަކަށް ހުރަސްއަޅާ ކޯސްޓާ ޗެލްސީ މޮޅުކޮށްދީފި

ޕްރިމިއާ ލީގު: ޓޮޓެންހަމްގެ އުންމީދުތަކަށް ހުރަސްއަޅާ ކޯސްޓާ ޗެލްސީ މޮޅުކޮށްދީފި

26 އެޕްރީލު 2017
އެވަޓަންއިން ހުށަހެޅި އާ އެއްބަސްވުން ލުކާކޫ އަށް ކަމުނުދިޔަ

އެވަޓަންއިން ހުށަހެޅި އާ އެއްބަސްވުން ލުކާކޫ އަށް ކަމުނުދިޔަ

15 މާރިޗު 2017

އަހަރުތަކުން މިއަދު

13 މެއި
ފަނޑިޔާރުކަމުގެ މަގާމުން އަޒުލުކޮށްފައިވަނީ ބުއްދީގެ ހަމަތަކާ އިންސާފު އިސްނުކުރައްވާ އަޅުވެތި ކުދި ސޯބުތަކެއްގެ ގޮތުގައި މަސައްކަތް ކުރައްވައިގެން: އަޒްމިރަލްދާ
20251 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުކަމުގެ މަގާމުން އަޒުލުކޮށްފައިވަނީ ބުއްދީގެ ހަމަތަކާ އިންސާފު އިސްނުކުރައްވާ އަޅުވެތި ކުދި ސޯބުތަކެއްގެ ގޮތުގައި މަސައްކަތް ކުރައްވައިގެން: އަޒްމިރަލްދާ

މަންޒަރު ބަދަލުވެއްޖެ، މިއީ ކާކު؟
20242 އަހަރު ކުރިން
މީހުން

މަންޒަރު ބަދަލުވެއްޖެ، މިއީ ކާކު؟

ރާއްޖޭގެ އިރުދެކުނުގައި ތޫފާނެއް އުފެދިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ އިރުދެކުނުގައި ތޫފާނެއް އުފެދިއްޖެ

100 ކިލޯ ޑްރަގް ކޭސް: ޓްރެފިކިންގ ދައުވާއިން ސަލާމަތްވުމުގެ ފުރުސަތު ފަހިވީ ފުލުހަކަށް ހެދުނު ގޯހަކުން
20224 އަހަރު ކުރިން
ރިޕޯޓު

100 ކިލޯ ޑްރަގް ކޭސް: ޓްރެފިކިންގ ދައުވާއިން ސަލާމަތްވުމުގެ ފުރުސަތު ފަހިވީ ފުލުހަކަށް ހެދުނު ގޯހަކުން

"މެންބަރަކު ގުޅުއްވި، ވިދާޅުވީ ރައީސަށް ބައްލަވައްޗޭ"
20215 އަހަރު ކުރިން
ރިޕޯޓު

"މެންބަރަކު ގުޅުއްވި، ވިދާޅުވީ ރައީސަށް ބައްލަވައްޗޭ"

ލުތުފަރު މަރާލީ ގޮތް ކުޅުވައިފި
20197 އަހަރު ކުރިން
ރާއްޖެ

ލުތުފަރު މަރާލީ ގޮތް ކުޅުވައިފި

ސުނާމީ ބިނާ ސަރަހައްދު ކުއްޔަށް ދޫކުރުމަށް ނިންމައިފި
20188 އަހަރު ކުރިން
ރާއްޖެ

ސުނާމީ ބިނާ ސަރަހައްދު ކުއްޔަށް ދޫކުރުމަށް ނިންމައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު