Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުފަތުރުވެރިން

2 މަސް ދުވަހުގެ ތެރޭގައި 12،000ށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފި

60 ދުވަހުގެ ތެރޭގައި ރާއްޖެ އައިސްފައި ވަނީ 12،766 ފަތުރުވެރިން

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 14 ސެޕްޓެމްބަރު 2020 | ހޯމަ 05:30
ރާއްޖެ އައި ފަތުރުވެރިން

ރާއްޖެ އައި ފަތުރުވެރިން

ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގ ބޯޑަރު ބަންދުކޮށްފައި އޮތުމަށް ފަހު އަލުން ހުޅުވާލުމާއިއެކު 12,766 ފަތުރުވެރިން ރާއްޖެ އައިސްފައިވާ ކަމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ބުނެފިއެވެ.

ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމަށް ވީއައިއޭގެ، ޓާމިނަލް އޮޕަރޭޝަންސްގެ ޖެނެރަލް މެނޭޖަރ، އިބްރާހިމް ހުސައިން ވިދާޅުވީ، ސެޕްޓެމްބަރު މަހުގެ 12 ވަނަ ދުވަހާއި ހަމައަށް މިވީ 60 ދުވަހުގެ ތެރޭގައި 12،766 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވާ ކަމަށެވެ.

އެގޮތުން ޖުލައި 15 ވަނަ ދުވަހު ބޯޑަރު ހުޅުވާލުމާއި އެކު ފުރަތަމަ 15 ދުވަހުގެ ތެރޭގައި ރާއްޖެ އައިސްފައިވަނީ 1701 ފަތުރުވެރިން ކަމަށާއި، އޮގަސްޓމަހުގެ 31 ދުވަހު ރާއްޖެއަށް 7728 ފަތުރުވެރިން އައިސްފައިވާ ކަމަށް އިބްރާހިމް ހުސެން ފާހަގަޖުރެއްވުއެވެ. އަދި ސެޕްޓެމްބަރު މަހުގެ ފުރަތަމަ ދެ ހަފްތާ އައިސްފައި ވަނީ 3437 ފަތުރުވެރިންނެވެ.

އިބްރާހިމް ހުސެއިން ވަނީ އޮގަސްޓް މަހުގެ ފަހު ހަފްތާ ގައި 1448 ފަތުރުވެރިން ރާއްޖެ އައިސްފައިވާ އިރު، ސެޕްޓެމްބަރު މަހުގެ ފުރަތަމަ ހަފްތާ ގައި ރާއްޖެ އައިސްފައި ވަނީ 1949 ފަތުރުވެރިން ކަމަށާއި މިއީ 501 ފަތުރުވެރިންގެ ތަފާތުކަން ފާހަގަކުރައްވާ އެ ދެހަފްތާ ތެރޭ އައި ފަތުރުވރިންގެ އަދަދު 34 އިންސައްތަ އިތުރުވެފައިވާ ކަމަށެވެ.

މީގެ އިތުރުން ރާއްޖެ އައި ފަތުރުވެރިންގެ ތެރެއިން އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން އައީ ޔޫއޭއީ އިން ކަމަށާއި ދެވަނަ އަށް އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން އެމެރިކާ އިން ރާއްޖެ އައިސްފައިވާ އިރު، ތިން ވަނަ އަށް އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން އައިސްފައިވަނީ ޔޫކޭ އިން ކަމަށް އިބްރާހިމް ހުސެެއިން ފާހަގަކުރެއްވިއެވެ.

އެގޮތުން ޔޫއޭއީ އިން 2297 ފަތުރުވެރިން އައި ކަމަށާއި އެމެރިކާއިން އައިސްފައި ވަނީ 1263 ފަތުރުވެރިން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އަދި ޔޫކޭ އިން އައިސްފައި ވަނީ 1236 ފަތަުރުވެރިންނެވެ.

އިތުރަށް ކިޔާލަން

10 އެޕްރީލު 2017

ފަތުރުވެރިކަން 11 ޕަސެންޓް، މަސްވެރިކަން 28 ޕަސެންޓް ދަށަށް ގޮސްފި

10 އެޕްރީލު 2017
ފަތުރުވެރިކަން 11 ޕަސެންޓް، މަސްވެރިކަން 28 ޕަސެންޓް ދަށަށް ގޮސްފި
31 މާރިޗު 2017

ފެބްރުއަރީ މަހު ދެ ލައްކަ އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި

31 މާރިޗު 2017
ފެބްރުއަރީ މަހު ދެ ލައްކަ އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި
28 މާރިޗު 2017

ގްރޭންޑް ޕާރކް ކޮށްދިއްޕަރު މިއަހަރުގެ ތެރޭގައި ހުޅުވަނީ

28 މާރިޗު 2017
ގްރޭންޑް ޕާރކް ކޮށްދިއްޕަރު މިއަހަރުގެ ތެރޭގައި ހުޅުވަނީ
05 މާރިޗު 2017

ޖެނުއަރީ މަސް ނިމުނު އިރު ރާއްޖޭގެ ރަސްމީ ރިޒާވް ހުރީ 476 މިލިއަން ޑޮލަރުގައި

05 މާރިޗު 2017
ޖެނުއަރީ މަސް ނިމުނު އިރު ރާއްޖޭގެ ރަސްމީ ރިޒާވް ހުރީ 476 މިލިއަން ޑޮލަރުގައި
12 ފެބުރުއަރީ 2017

ބީއެމްއެލް ގިފްޓް ކާޑެއް ހޯދާލަން ފަސޭހަ ވެއްޖެ، ގިނަ ފިހާރަތަކުން ލިބޭނެ

12 ފެބުރުއަރީ 2017
ބީއެމްއެލް ގިފްޓް ކާޑެއް ހޯދާލަން ފަސޭހަ ވެއްޖެ، ގިނަ ފިހާރަތަކުން ލިބޭނެ
12 ފެބުރުއަރީ 2017

އެންމެ ގިނަ ޑޭޓާ ހިމެނޭ ދެ ޕެކޭޖް ދިރާގުން ތައާރަފުކޮށްފި

12 ފެބުރުއަރީ 2017
އެންމެ ގިނަ ޑޭޓާ ހިމެނޭ ދެ ޕެކޭޖް ދިރާގުން ތައާރަފުކޮށްފި
04 ފެބުރުއަރީ 2017

ޑިސެމްބަރު މަސް ނިމުނު އިރު އިގްތިސާދުގައި ހުރީ 30.5 ބިލިއަން ރުފިޔާ-އެމްއެމްއޭ

04 ފެބުރުއަރީ 2017
ޑިސެމްބަރު މަސް ނިމުނު އިރު އިގްތިސާދުގައި ހުރީ 30.5 ބިލިއަން ރުފިޔާ-އެމްއެމްއޭ
03 ފެބުރުއަރީ 2017

މަސްވެރިކަމަށް 32 ޕަސެންޓްގެ ކުރިއެރުމެއް

03 ފެބުރުއަރީ 2017
މަސްވެރިކަމަށް 32 ޕަސެންޓްގެ ކުރިއެރުމެއް
23 ޖެނުއަރީ 2017

ބީއެމްއެލް އިން ދެހަފްތާގެ ތެރޭގައި އެއް މިލިއަން ޑޮލަރު ދޫކޮށްފި

23 ޖެނުއަރީ 2017
ބީއެމްއެލް އިން ދެހަފްތާގެ ތެރޭގައި އެއް މިލިއަން ޑޮލަރު ދޫކޮށްފި
06 ޖެނުއަރީ 2017

މަސް އެކްސްޕޯޓްކުރި މިންވަރު 50 ޕަސެންޓް ދަށަށް!

06 ޖެނުއަރީ 2017
މަސް އެކްސްޕޯޓްކުރި މިންވަރު 50 ޕަސެންޓް ދަށަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު