ކޮޅުވެއްޓިއެއް ފަރަށް އަރައި ދިޔަވަމުން ދާތީ އެމްއެންޑީއެފްއިން ހަރަކާތްތެރިވަނީ
14 ސެޕްޓެމްބަރު 2020 | ހޯމަ 04:06ފަރަށް އެރި އިރު 7 މީހުން ތިބި


ފަރަށް އެެރި ހެވީ ސްޓާރ ކޮޅުވެއްޓި | އެމްއެންޑީއެފް
މާލެއިން ފުރައިގެން ކުޅުދުއްފުއްޓަށް ދަތުރުކުރި ކޮޅުވެއްޓިއެއް ފަރަށް އެރައި ދިޔަވަމުން ދާތީ އެމްއެންޑީއެފް އިން ހަރަކާތްތެރިވާން ފަށައިފިއެވެ.
އެމްއެންޑީއެފުން ބުނީ މާލެއިން ފުރައިގެން ކުޅުދުއްފުއްޓަށް ދަތުރު ކުރި 140 ފޫޓުގެ ހެވީ ސްޓާރ ނަމަކަށް ކިޔާ ކޮޅުވެއްޓިއެއް ފަރަށް އަރައި ދިޔަވަމުން ދާކަމުގެ މައުލޫމާތު ރޭ ދަންވަރު 1:15 ހާއިރު ލިބިފައިވާކަމަށެވެ. އަދި އެމްއެންޑީއެފްއިން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ދާކަމަށާއި ފަރަށް އެރިއިރު 7 މީހުން ތިބި ނަމަވެސް އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށެވެ.
މި ހާދިސާ ހިނގި އިރު ކޮޅުވެއްޓީގައި ތިބީ 3 ދިވެހިންނާއި 4 ބިދޭސީންނެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ފަރަށް އަރާފައިވަނީ ހެވީ ލޯޑް މޯލްޑިވިސްގެ ކޮޅުވެއްޓިއެކެވެ. ފަރަށް އެރިއިރު ހައިމާކެއްގެ އިތުރުން ގިނަ އަދަދެއްގެ ހެވީ ލޯޑް ސާމާނު ކޮޅުވެއްޓިގައި ހުއްޓެވެ.








