Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ރިޕޯޓު: ލިލް އެކެޑަމީ

ލިލް އެކެޑަމީ: ހިންނަވަރުގައި އޮތް ހަމައެކަނި އެކެޑަމީ

ލިލް އެކެޑަމީ ފަށާފައިވަނީ 2018 ވަނަ އަހަރު

އަތޫފް އާތިފް
އަތޫފް އާތިފް, ރާއްޖެ އެމްވީ | 13 ސެޕްޓެމްބަރު 2020 | އާދީއްތަ 17:27
ލިލް އެކެޑަމީގެ ސެޝަނެއްގެ ތެރެއިން

ލިލް އެކެޑަމީގެ ސެޝަނެއްގެ ތެރެއިން

ޅ. ހިންނަވަރަށް ނިސްބަތްވާ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ އަޙްމަދު އަބްދުﷲ (ލިލީ) އާއި ރެފުރީ އަހުމަދު ހަލީލް (ޖަރޭ) އާއި އިބްރާހީމް މުހައްމަދު އަދި އަބްދުﷲ ޖައުފަރުގެ ބެލުމުގެ ދަށުން ހިންނަވަރުގައި ހިންގަމުންދާ ލިލް އެކެޑަމީ އަކީ އެ ރަށުގައި މިވަގުތު އޮތް ހަމައެކަނި އެކެޑަމީއެވެ.

"ރާއްޖެ.އެމްވީ" އަށް ދިން ހާއްސަ އިންޓަވިއުއެއްގައި އެކެޑަމީގެ ކޯޗެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ ޖަރޭ ބުނީ އެކެޑަމީ އުފެދިގެން އައީ ހިންނަވަރުގެ ކުޑަކުދިންގެ މެދުގައި ފުޓްބޯޅައަށް ކުރިން އޮތް ލޯބި ފަނޑުވުމުން އެކަން ބަދަލުކޮށް އެރަށުން ފެންވަރު ރަނގަޅު ކުޅުންތެރިންތަކެއް ނެރެދިނުމުގެ މަގުސަދުގައި ކަމަށެވެ.

ލިލް އެކެޑަމީ ރަށުގައި ފެށުމުގެ ގޮތުން ޅ. އަތޮޅު ތައުލީމީ މަރުކަޒާއި، ސްކޫލުގައި ކިޔަވަމުންދާ ދަރިވަރުންގެ ބެލެނިވެރިންނާ މަޝްވަރާކުރި ކަމަށާއި، އެ މަޝްވަރާ ބައްދަލުވުމުންވެސް އެކެޑަމީ ހެދުމަށް ބެލެނިވެރިން ވަރަށް ބޮޑަށް ބޭނުންވެފައިވާކަން އެނގިގެންދިޔަ ކަމަށް ޖަރޭ ބުންޏެވެ.

2018 ވަނަ އަހަރުން ފެށިގެން ހިންގަމުން އަންނަ މި އެކެޑަމީން ގިނަ ކުޅުންތެރިންތަކެއް މިއަދާ ހަމައަށް ތަމްރީނުވެފައިވާއިރު، އެކެޑަމީގެ ގިނަ ކުޅުންތެރިންތަކެއް ހިމެނިގެން މިދިޔަ އަހަރު އިންޓަ ސްކޫލް ފުޓްބޯޅަ މުބާރާތުގެ 13 އަހަރުން ދަށުގެ ކެޓަގަރީގައި ޅ. އަތޮޅު ތަޢުލީމީ މަރުކަޒުން ވަނީ ވާދަކޮށްފައެވެ. އެ މުބާރާތުގައި ވާދަކުރި ޓީމުގެ ކޯޗަކަށް ހުރީ ޖަރޭ އެވެ. މިއީ ޅ. އަތޮޅު ތަޢުލީމީ މަރުކަޒުން އިންޓަ ސްކޫލް ފުޓުބޯޅަ މުބާރާތެއްގައި ވާދަކުރި ދެވަނަ ފަހަރެވެ. އަދި 13 އަހަރުން ދަށުގެ ކެޓަގަރީގައި ވާދަކުރި ފުރަތަމަ ފަހަރެވެ. އެ މުބާރާތުގެ ފައިނަލަށް ޅ. އަތޮޅު ތަޢުލީމީ މަރުކަޒު ވަނީ ދަތުރުކޮށްފައެވެ.

ޖަރޭ ބުނީ އެކެޑަމީގެ ކުޅުންތެރިންގެ ފަރާތުން އެ މުބާރާތުގައި ތަފާތު ފެނިގެންދިޔަ ކަމަށާއި، އެގޮތުން އެކެޑަމީގެ ތަމްރީނުތަކުގައި އެ ކުޅުންތެރިންނަށް ދަސްކޮށްދިން ޓެކްޓިކްސްތަކުގެ ބޭނުން ވަރަށް ރަނގަޅަށް ހިފިކަން ފެނިގެންދިޔަ ކަމަށެވެ.

ޖަރޭ އިތުރަށް ބުނީ އެކެޑަމީގެ ކުޅުންތެރިންނަށް އިތުރު ތަމްރީނުތައް ހޯދައިދުނުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި، އެގޮތުން ކުރެއްދޫ އައިލެންޑް ރިސޯޓާ ގުޅިގެން ކޮންމެ އަހަރަކުވެސް އެ ރިސޯޓުގައި ކުޅުންތެރިން ތަމްރީނުކުރުމަށް ކޭމްޕެއް ކުރަމުން އަންނަ ކަމަށެވެ.

އަދި އެކެޑަމީ މިހާ ހިސާބަށް އައިސްފައި މިވަނީ ވަރަށް ގިނަ ފަރާތްތަކެއްގެ އެހީތެރި ކަމާއެކުގައި ކަމަށާއި، އެގޮތުން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ އިތުރުން، ހިންނަވަރު ޒުވާނުންގެ މަރުކަޒާއި، ޅ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ފަރާތުން ލިބުނު އެހީތެރިކަން ފާހަގަކުރާ ކަމަށްވެސް ޖަރޭ ބުންނެވެ.

މި ފުރުސަތުގައި "ރާއްޖެ.އެމްވީ" އިން ލިލް އެކެޑަމީން ކުރަމުން ގެންދާ މަސައްކަތުގައި ދެމި ތިބެ، އިތުރު ކުރިއެރުން އެ އެކެޑަމީއަށް ލިބުމަށް އެދެމެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކުރިއަށް އޮތް ތިން އަހަރަށް ގައުމީ ޓީމުގެ ސްޕޮންސަރަކަށް ބީއެމްއެލް ހަމަޖައްސަން މަސައްކަތްކުރަނީ

ކުރިއަށް އޮތް ތިން އަހަރަށް ގައުމީ ޓީމުގެ ސްޕޮންސަރަކަށް ބީއެމްއެލް ހަމަޖައްސަން މަސައްކަތްކުރަނީ

03 އެޕްރީލު 2017
ޓޮޓެންހަމުން ޗެލްސީއާ ދެމެދު އޮތް ފަރަގު ހަތް ޕޮއިންޓަށް ކުޑަކޮށްފި

ޓޮޓެންހަމުން ޗެލްސީއާ ދެމެދު އޮތް ފަރަގު ހަތް ޕޮއިންޓަށް ކުޑަކޮށްފި

02 އެޕްރީލު 2017
ފުރަތަމަ މެޗުން ބަލިވުމަކީ ޓާގެޓަށް ދިއުމަށް އޮތް ހުރަހެއް ނޫން: ޝަރަފް

ފުރަތަމަ މެޗުން ބަލިވުމަކީ ޓާގެޓަށް ދިއުމަށް އޮތް ހުރަހެއް ނޫން: ޝަރަފް

22 މާރިޗު 2017
ރާއްޖެއަށް އޮތް ޗެލެންޖަކީ މިއަށް ވުރެން ވަރުގަދަ ތައްޓެއް ހޯދުން: ނިޒާމްބެ

ރާއްޖެއަށް އޮތް ޗެލެންޖަކީ މިއަށް ވުރެން ވަރުގަދަ ތައްޓެއް ހޯދުން: ނިޒާމްބެ

16 މާރިޗު 2017
ޓީސީ އޮތް ފޯމާ ދޭތެރޭ ބެލުން މުހިންމެއް ނޫން: ފެސްކޯ

ޓީސީ އޮތް ފޯމާ ދޭތެރޭ ބެލުން މުހިންމެއް ނޫން: ފެސްކޯ

09 މާރިޗު 2017

އަހަރުތަކުން މިއަދު

16 ފެބުރުއަރީ
އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ސަރުކާރުގެ ރެފިއުޖީންގެ ގޮތުގައި
20251 އަހަރު ކުރިން
ރިޕޯޓު

އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ސަރުކާރުގެ ރެފިއުޖީންގެ ގޮތުގައި

މިއީ ދުނިޔޭގައިވެސް އެންމެ ހައްޓަށް ބުރަ ވަޒީފާތަ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

މިއީ ދުނިޔޭގައިވެސް އެންމެ ހައްޓަށް ބުރަ ވަޒީފާތަ؟

ޖަޕާނު އަންހެން މީހާއަކީ ދިވެއްސަކާ ކައިވެނިކޮށްގެން ރެޒިޑެންޓް ވިސާގައި ހުރި މީހެއް: އިމިގްރޭޝަން
20233 އަހަރު ކުރިން
ރާއްޖެ

ޖަޕާނު އަންހެން މީހާއަކީ ދިވެއްސަކާ ކައިވެނިކޮށްގެން ރެޒިޑެންޓް ވިސާގައި ހުރި މީހެއް: އިމިގްރޭޝަން

އެއީ ހަނދާނުން ފިލައިގެން ނުދާނެ ނަމެކެވެ.
20224 އަހަރު ކުރިން
މީހުން

އެއީ ހަނދާނުން ފިލައިގެން ނުދާނެ ނަމެކެވެ.

ރައީސްގެ ތަރުޖަމާނަށް އެންމެ މީރީ ގަބުޅި ސަޓަނި، މިހާތަނަށް ވަޑައިގެންނެވި އެންމެ ތަފާތު ރަށަކީ ފެރިދޫ
20215 އަހަރު ކުރިން
ރިޕޯޓު

ރައީސްގެ ތަރުޖަމާނަށް އެންމެ މީރީ ގަބުޅި ސަޓަނި، މިހާތަނަށް ވަޑައިގެންނެވި އެންމެ ތަފާތު ރަށަކީ ފެރިދޫ

ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
20197 އަހަރު ކުރިން
ރާއްޖެ

ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް

ޓީވީތަކުން ލައިވްކޮށް ދެއްކި މަންޒަރު ދޮގުކޮށް، ނޫސްވެރިން އަޚުލާޤީ މިންގަނޑު ހިފަހައްޓަން ފުލުހުން ގޮވާލައިފި
20188 އަހަރު ކުރިން
ރާއްޖެ

ޓީވީތަކުން ލައިވްކޮށް ދެއްކި މަންޒަރު ދޮގުކޮށް، ނޫސްވެރިން އަޚުލާޤީ މިންގަނޑު ހިފަހައްޓަން ފުލުހުން ގޮވާލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު