Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުނާދު ސަސްއާ ހަވާލުވުން

ސަސްގެ ކޯޗަކަށް ނާދު

13 ސެޕްޓެމްބަރު 2020 | އާދީއްތަ 16:04

ސަސްގެ ކޯޗުގެ މަގާމާ ނާދު ހަވާލުވީ އެއް އަހަރުގެ އެއްބަސްވުމެއްގެ ދަށުން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 13 ސެޕްޓެމްބަރު 2020 | އާދީއްތަ 16:04
ތަޖުރިބާކާރު ކޯޗު އަޙްމަދު ނާޝިދު (ނާދު)

ތަޖުރިބާކާރު ކޯޗު އަޙްމަދު ނާޝިދު (ނާދު)

ފުރަތަމަ ޑިވިޝަނުގައި އަލަށް ވާދަކުރާ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ގެ ކޯޗަކަށް ތަޖުރިބާކާރު ކޯޗު އަޙްމަދު ނާޝިދު (ނާދު) ހަމަޖައްސައިފިއެވެ.

މީގެ ކުރިންވެސް ފުރަތަމަ ޑިވިޝަނުގެ ޓީމުތަކަށް އިރުޝާދު ދީފައިވާ ނާދު ސަސްގެ ކޯޗުގެ މަގާމާ ހަވާލުވީ އެއް އަހަރުގެ އެއްބަސްވުމެއްގެ ދަށުންނެވެ.

ސަސްގެ ކޯޗުގެ މަގާމާ ނާދު ހަވާލުވިއިރު، އޭނާ އެންމެ ފަހުން އިރުޝާދު ދީފައިވަނީ 19 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމަށެވެ. މިއަހަރުގެ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހު 19 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމާ ހަވާލުވި ނާދު ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ނޭޕާލުގައި ބޭއްވި ސައުތު އޭޝިއަން ގޭމްސްގައި ރާއްޖޭގެ އަންހެން ގައުމީ ފުޓްބޯޅަ ޓީމަށް ލޯ މެޑަލް ހޯދައިދީފައެވެ. އަދި ނާދު ވަނީ 2017 ވަނަ އަހަރުގެ ތިންވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ދިވެހި ސިފައިންގެ ކުލަބާއެކު ހޯދާފައެވެ. ވިކްޓަރީ ސްޕޯޓްސް ކުލަބަށް މީގެ ކުރިން ކުޅުނު ނާދު ވަނީ ވިކްޓަރީގެ އިތުރުން، ޔުނައިޓެޑް ވިކްޓަރީ އާއި އޯލް ޔޫތު ލިންކޭޖް (އޭވައިއެލް) އަށްވެސް ކޯޗުކަން ކޮށްދީފައެވެ.

އައު ސީޒަނުގެ ދިވެހި ޕްރިމިއާ ލީގުން ސަސް ޖާގަ ހޯދާފައިވަނީ މިދިޔަ ސީޒަނުގެ ދެވަނަ ޑިވިޝަނުގެ ރަނަރަޕް ޓީމުގެ ހައިސިއްޔަތުންނެވެ. މިދިޔަ ސީޒަނުގެ ދެވަނަ ޑިވިޝަނުގެ ފައިނަލަށް ދިޔަ ދެ ޓީމަށްވެސް، އަންނަ ސީޒަނުގެ ފުރަތަމަ ޑިވިޝަނުން ޖާގަ ލިބޭގޮތްވީ ސަސްޕެންޝަނުގެ ސަބަބުން ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބާއި ވިކްޓަރީ ސްޕޯޓްސް ކުލަބު ދެވަނަ ޑިވިޝަނަށް ވެއްޓުމުންނެވެ. ކުރިން ގަވާއިދުގައި އޮންނަނީ ދިވެހި ޕްރިމިއާ ލީގުގެ އެންމެ ފުލަށް ދާ ދެ ޓީމާއި ދެވަނަ ޑިވިޝަނުގެ ފައިނަލުގައި ކުޅޭ ދެ ޓީމު މެދުގައި ލީގު ބުރެއް ކުޅުމަށް ފަހު، އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެއް ފުރަތަމަ ޑިވިޝަނަށް އަންނަ ގޮތަށެވެ.

އައު ސީޒަނުގެ ދިވެހި ޕްރިމިއާ ލީގަށް ސަސްއިން ތައްޔާރުވަމުން އައި ނަމަވެސް، އައު ސީޒަން ފަށާނެ ތާރިޚެއް އަދި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ކަނޑައަޅާފައެއް ނުވެއެވެ. އެކަމަކު މިއަހަރުގެ ޑިސެމްބަރު މަހު ފުޓްބޯޅަ ސީޒަން އަލުން ފަށަން އެފްއޭއެމުން މަސައްކަތް ކުރި ނަމަވެސް، ދާދި ފަހުން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވަނީ ފުޓްބޯޅަ ސީޒަން ފެށުން ޑިސެމްބަރު މަހަށްވުރެ ލަސްވުން އެކަށީގެންވާ ކަމަށް ވިދާޅުވެފައެވެ.

އެންމެ ހިނގާ

1

ރައީސް މުއިއްޒު މޭޔަރުކަމަށް ގެންނަން އަމިއްލަ ގޭގައި ކޯލް ސެންޓަރު ހިންގި ފަޒްލާވެސް ވަޒީފާއިން ވަކިކޮށްފި

2

ރައީސް މުއިއްޒުގެ ކޮއްކޮ ހައްސާން އަށް މަސައްކަތެއް ނުކޮށް އެމްއޭސީއެލްއިން މުސާރަ ދޭތާ 4 މަސް!

3

އާޒިމާގެ ފުރަތަމަ ޓާސްކް ފްލޮޕް!

4

އީރާނުން ދެކުނު ކޮރެއާއަށް އިންޒާރުދީފި

5

އީރާނުން އާ މިސައިލެއް ޓެސްޓުކޮށް އެމެރިކާއަށް "ސާފު އިންޒާރެއް" ދީފި

އިތުރަށް ކިޔާލަން

23 މެއި 2017

ޕްރިމިއާ ލީގުގެ އެންމެ މޮޅު ކޯޗަކަށް ކޮންޓޭ

23 މެއި 2017
ޕްރިމިއާ ލީގުގެ އެންމެ މޮޅު ކޯޗަކަށް ކޮންޓޭ
23 މެއި 2017

ޖޮކޮވިޗްގެ ކޯޗަކަށް އަންދްރޭ އަގާސީ

23 މެއި 2017
ޖޮކޮވިޗްގެ ކޯޗަކަށް އަންދްރޭ އަގާސީ
13 މެއި 2017

ހެންވޭރު ޑާބީ މެޗު ކާމިޔާބުކުރުމަށް ޒެފްރޯލް އޮތީ ކެތްމަދުވެފަ: ނާދު

13 މެއި 2017
ހެންވޭރު ޑާބީ މެޗު ކާމިޔާބުކުރުމަށް ޒެފްރޯލް އޮތީ ކެތްމަދުވެފަ: ނާދު
02 މެއި 2017

ބައްސާމްގެ ދައުރު ނިމެންދެން އަންހެން ފުޓުބޯޅަ ޓީމުގެ ކޯޗަކަށް އާތީ

02 މެއި 2017
ބައްސާމްގެ ދައުރު ނިމެންދެން އަންހެން ފުޓުބޯޅަ ޓީމުގެ ކޯޗަކަށް އާތީ
09 އެޕްރީލު 2017

ޕޮލިސް އަންހެން ފުޓްސަލް ޓީމުގެ ކޯޗަކަށް ޑަކޭ

09 އެޕްރީލު 2017
ޕޮލިސް އަންހެން ފުޓްސަލް ޓީމުގެ ކޯޗަކަށް ޑަކޭ
14 މާރިޗު 2017

ލެސްޓާގެ ކޯޗަކަށް ޝޭކްސްޕިއާ

14 މާރިޗު 2017
ލެސްޓާގެ ކޯޗަކަށް ޝޭކްސްޕިއާ
07 މާރިޗު 2017

ގައުމީ ޓީމުގެ ކޯޗަކަށް އަނެއްކާ ވެސް ސްޓެވާޓް، އެއްބަސްވުމުގައި ސޮއިކޮށްފި

07 މާރިޗު 2017
ގައުމީ ޓީމުގެ ކޯޗަކަށް އަނެއްކާ ވެސް ސްޓެވާޓް، އެއްބަސްވުމުގައި ސޮއިކޮށްފި
17 ޖެނުއަރީ 2017

މޮޅު ކުޅުންތެރިޔަކަށް ސެންޓޭ، މޮޅު ކޯޗަކަށް ނިޒާމްބެ އަދި އުންމީދީ ކުޅުންތެރިޔަކަށް ރިޒޭ

17 ޖެނުއަރީ 2017
މޮޅު ކުޅުންތެރިޔަކަށް ސެންޓޭ، މޮޅު ކޯޗަކަށް ނިޒާމްބެ އަދި އުންމީދީ ކުޅުންތެރިޔަކަށް ރިޒޭ
15 ޖެނުއަރީ 2017

ގައުމީ ސްވިމިން ކޯޗަކަށް މޫސަ ހަމަޖައްސައި ފަރިތަކުރުންތައް ފަށައިފި

15 ޖެނުއަރީ 2017
ގައުމީ ސްވިމިން ކޯޗަކަށް މޫސަ ހަމަޖައްސައި ފަރިތަކުރުންތައް ފަށައިފި
14 ޖެނުއަރީ 2017

ވިކްޓަރީގެ ކޯޗަކަށް ބީޖީގެ ކުރީގެ ކޯޗު ޝާޒްލީ ހަމަޖައްސައިފި

14 ޖެނުއަރީ 2017
ވިކްޓަރީގެ ކޯޗަކަށް ބީޖީގެ ކުރީގެ ކޯޗު ޝާޒްލީ ހަމަޖައްސައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް