Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެފްއޭއެމުން ކުލަބުތަކަށް އެހީތެރިވުން

ކޮންމެ ކުލަބަކަށް ދެ ކޮޓަރީގެ އެޕާޓްމެންޓަކާއި ފުޑް ކޯޓެއް

ފުރަތަމަ ޑިވިޝަނުގެ ކޮންމެ ކުލަބަކަށް އަހަރެއްގެ މައްޗަށް ތިން މިލިޔަން ރުފިޔާ ލިބިގެންދާނެ

ހުސައިން ފަރިޔާޒް
ހުސައިން ފަރިޔާޒް | 13 ސެޕްޓެމްބަރު 2020 | އާދީއްތަ 09:54
ވިލިމާލޭގައި އެފްއޭއެމުން ތަރައްގީކުރަމުންދާ ޓާފް ދަނޑުގެ ބިންގާ އެޅުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

ވިލިމާލޭގައި އެފްއޭއެމުން ތަރައްގީކުރަމުންދާ ޓާފް ދަނޑުގެ ބިންގާ އެޅުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

އައު ސީޒަނުގައި ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ ކޮންމެ ކުލަބަކަށް ދެ ކޮޓަރީގެ އެޕާޓްމެންޓަކާއި ފުޑް ކޯޓެއް ދިނުމަށް ނިންމާފައިވާ ކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެއެވެ.

އެފްއޭއެމްގެ ރައީސްގެ މަގާމަށް ދެވަނަ ދައުރަކަށް އިންތިޚާބުވުމަށްފަހު ބައްސާމް އަންނަނީ ކުލަބުތަކަށް މާލީގޮތުން އެހީތެރިކަން ފޯރުކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން މިދިޔަ މަހުގެ ފަހުކޮޅު "ޓުވާޑްސް ފިޔުޗާ" އެފްއޭއެމް ފައިނޭންޝިއަލް އެސިސްޓަންސް ޕްރޮގްރާމްގެ ދަށުން ވަނީ ފުރަތަމަ ޑިވިޝަނުގެ އަށް ކުލަބާއެކު އެއްބަސްވުމުގައި ސޮއިކޮށްފައެވެ. މި ޕްރޮގްރާމުގެ ދަށުން ފުރަތަމަ ޑިވިޝަނުގެ ކޮންމެ ކުލަބަކަށް އަހަރެއްގެ މައްޗަށް ތިން މިލިޔަން ރުފިޔާ ލިބިގެންދާނެ ކަމަށް އެފްއޭއެމުން މައުލޫމާތުދެއެވެ.

ރާއްޖެޓީވީގެ "ކުޅިވަރު ފައިލް" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ބައްސާމް ވިދާޅުވީ އަންނަ އަހަރު ކުލަބުތަކަށް އިތުރު އެހީތެރިކަން ފޯރުކޮށްދިނުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން ވިލިމާލޭގައި އެފްއޭއެމުން ތަރައްގީކުރަމުންދާ ޓާފް ދަނޑު ނިމެނޭއިރު، އެ ދަނޑުގައި އެކޮމޮޑޭޝަން ބްލޮކެއް ހުންނާނެ ކަމަށާއި، އަދި އެތަނުން ޕްރިމިއާ ލީގުގައި ވާދަކުރާ ކޮންމެ ކުލަބަކަށް ދެ ކޮޓަރީގެ އެޕާޓްމަންޓެއް ދިނުމަށް ނިންމާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

ބައްސާމް އިތުރަށް ވިދާޅުވީ ކުރިއަށް އޮތް ދައުރުގައި ކޮށްދިނުމަށް ނިންމާފައިވާ ގިނަ ކަންތައްތަކަކީ ދަރަނިވެރިވެ ކުލަބުތަކާއި ކުޅުންތެރިންނަށް ލިބެމުންދާ ގެއްލުމުން އެ ކުލަބުތައް ސަލާމަތް ކުރުމަށް ދެވޭ އެހީތަކެއް ކަމަށާއި، މި އެހީތަކާއެކު ކުލަބުތަކަށް ހެޔޮ ބަދަލެއް އަންނާނެ ކަމަށެވެ.

ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް ކުލަބުތައް ހިންގާ ގޮތަށް ރާއްޖޭގެ ކުލަބުތައް ވިޔަފާރި މޮޑެލަކަށް ބަދަކުކުރުމަށް ބައްސާމް ވިސްނުން ގެންގުޅުއްވާއިރު، ކުލަބުތަކަށް ވިޔަފާވެރިކުމުގެ ފުރުސަތު ޖެނުއަރީ މަހުން ފެށިގެން ލިބިގެންދާނެ ކަމަށް ބައްސާމް ވިދާޅުވިއެވެ.

މީގެ އިތުރުން މިއަހަރުވެސް ކޮންމެ ކުލަބަށް ތިން މިލިޔަން ރުފިޔާ ދިނުމަށް އެފްއޭއެމުން ނިންމާފައިވާއިރު، ކުރިއަށް އޮތް އަހަރަކީ ފުރަތަމަ ޑިވިޝަނުގެ ކުލަބުތަކަށް މާލީ ގޮތުން ބޮޑު ކުރިއެރުމެއް ލިބިގެންދާނެ އަހަރެއް ކަމަށާއި، ކުލަބުތަކުގެ ކިބައިން އެދެނީ އެ ފައިސާއިން ކުލަބުތައް ރަނގަޅު ގޮތުގައި ހިންގައި، ހަރުދަނާ ކުލަބުތަކެއްގެ ގޮތުގައި ފެނުން ކަމަށް ބައްސާމް ވިދާޅުވިއެވެ.

މާލީ ގޮތުން ކުލަބުތައް އަމިއްލަ ފައިމައްޗަށް ނެގުމަށް އެފްއޭއެމުން ކުރަމުންދާ މަސައްކަތްތަކާއި ގުޅިގެން މި އަހަރު ފުރަތަމަ ޑިވިޝަނުގައި އަލަށް ވާދަކުރާ ސުޕަ ޔުނައިޑް ސްޕޯޓްސްގެ ފަރާތުން އަޙްމަދު އަފްރާދު ވިދާޅުވީ ފުޑް ކޯޓަކީ ކުލަބަށް އާމްދަނީ ހޯދުމަށް ލިބިގެންދާނެ ވަރަށް ރަނގަޅު އެސަޓަކަށް ވާނެ ކަމަށެވެ. މާލޭގެ ބިމުގެ ކުލި ބޮޑުއިރު، ފުޑް ކޯޓް ހިންގައިގެން ބޮޑު ފައިދާއެއް ނެރެވޭނެ ކަމަށް އެ ކުލަބުން ގަބޫލުކުރާ ކަމަށާއި، އަދި އެޕާޓްމެންޓްގެ ސަބަބުން ކުލަބުން ކުރަން ކޮންމެހެން މަޖުބޫރު ޚަރަދުތަކެއް އުނިވެ، ކުލަބަށް އެކަމުގެ ލުއި ލިބޭނެ ކަމަށްވެސް އަފްރާދު ވިދާޅުވިއެވެ.

ޓީސީ ސްޕޯޓްސް ކުލަބުގެ މެނޭޖަރު މުޙައްމަދު އީސާ (މޯ) ވިދާޅުވީ މިއީ ކުލަބަށް ލިބިގެންދާނެ ވަރަށް ބޮޑު އެހީއަކަށް ވެގެންދާނެ ކަމަށާއި، އެޕާޓްމެންޓަކީ ބިދޭސީ ކުޅުންތެރިން ބެއިތިއްބުމަށް ކުލަބުން ކޮންމެހެންވެސް ކުރަންޖެހޭ ޚަރަދަކަށްވާއިރު، ދެ ކޮޓަރީގެ އެޕާޓްމެންޓަކީ ކުލަބަށް ރައްކާކުރެވޭ ފައިސާ ކަމަށެވެ. އަދި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުގެ މީޑީއާ އޮފިޝަރު ހަސަން ޝިފާން ވިދާޅުވީ އެ ކުލަބަށް ފުޑް ކޯޓެއް ލިބިއްޖެނަމަ އެއީ އަމިއްލަ ފައިމައްޗަށް ތެދުވެ، ވިޔަފާރި އުސޫލުން ކުލަބު ހިންގަން ލިބިގެންދާނެ ވަރަށް ރަނގަޅު ފުރުސަތަކަށް ވެގެންދާނެ ކަމަށެވެ. އަދި އެޕާޓްމެންޓާއެކު ކުލަބުން ކުރަންޖެހޭ ޚަރަދު ކުޑަކުރެވިގެންދާނެ ކަމަށްވެސް ޝިފާން ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

07 ޖޫން 2018

އަހަރެމެންނަކީ ފެވަރިޓުންނެއް ނޫން، ފުޓްބޯޅައިގައި ކޮންމެ ނަތީޖާއެއް ވެސް ނުކުމެދާނެ: ރޮނާލްޑޯ

07 ޖޫން 2018
އަހަރެމެންނަކީ ފެވަރިޓުންނެއް ނޫން، ފުޓްބޯޅައިގައި ކޮންމެ ނަތީޖާއެއް ވެސް ނުކުމެދާނެ: ރޮނާލްޑޯ
26 މާރިޗު 2018

ކޮންމެ ނަތީޖާއެއް ނުކުތަސް ވިސްނާނީ ރަނގަޅު ކަންކަމަށް: ބޫޓާން ކޯޗު

26 މާރިޗު 2018
ކޮންމެ ނަތީޖާއެއް ނުކުތަސް ވިސްނާނީ ރަނގަޅު ކަންކަމަށް: ބޫޓާން ކޯޗު
07 މާރިޗު 2018

އެއްވެސް ޓީމެއް ދެކެ ބިރެއް ނުގަނޭ، ކޮންމެ ޓީމެއް ވެސް ބަލިކުރެވޭނެ: މާނޭ

07 މާރިޗު 2018
އެއްވެސް ޓީމެއް ދެކެ ބިރެއް ނުގަނޭ، ކޮންމެ ޓީމެއް ވެސް ބަލިކުރެވޭނެ: މާނޭ
19 ޑިސެމްބަރު 2017

ދުނިޔޭގެ ކޮންމެ ކްލަބެއްގެ ކޯޗުކަން އަހަރެންނަށް ކުރެވިދާނެ: ޑޭވިޑް މޮއެސް

19 ޑިސެމްބަރު 2017
ދުނިޔޭގެ ކޮންމެ ކްލަބެއްގެ ކޯޗުކަން އަހަރެންނަށް ކުރެވިދާނެ: ޑޭވިޑް މޮއެސް
06 ނޮވެމްބަރު 2017

ކޮންމެ ޓީމަކަށް ވެސް ސިޓީ ބަލިކުރެވިދާނެ: ގާޑިއޯލާ

06 ނޮވެމްބަރު 2017
ކޮންމެ ޓީމަކަށް ވެސް ސިޓީ ބަލިކުރެވިދާނެ: ގާޑިއޯލާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު