Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ފީފާ ވޯލްޑް ކަޕް 2018

އަހަރެމެންނަކީ ފެވަރިޓުންނެއް ނޫން، ފުޓްބޯޅައިގައި ކޮންމެ ނަތީޖާއެއް ވެސް ނުކުމެދާނެ: ރޮނާލްޑޯ

ޔޫރޯގެ ތަށި ޕޯޗުގަލްއިން ކާމިޔާބުކުރިއިރު އެކަން ވެގެންދިޔައީ ގިނަ ބަޔަކަށް ހައިރާންކަން ލިބުނު ކަމަކަށް

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް, ރާއްޖެ އެމްވީ | 7 ޖޫން 2018 | ބުރާސްފަތި 16:06
ް ޕޯޗުގަލްގެ ގައުމީ ޓީމުގެ ޝަރަފުގައި އެގައުމުގެ ރައީސް މާސެލޯ ރެބޭލޯ ޑެސޫޒާ ބޭއްވި ހާއްސަ ރަސްމިއްޔާތުގެ ތެރެއިން

ް ޕޯޗުގަލްގެ ގައުމީ ޓީމުގެ ޝަރަފުގައި އެގައުމުގެ ރައީސް މާސެލޯ ރެބޭލޯ ޑެސޫޒާ ބޭއްވި ހާއްސަ ރަސްމިއްޔާތުގެ ތެރެއިން

ޕޯޗުގަލްއަކީ މިފަހަރުގެ ވޯލްޑް ކަޕްގެ ފެވަރިޓުން ނޫން ކަމަށާއި އެހެން ނަމަވެސް ފުޓްބޯޅައިގައި ކޮންމެ ނަތީޖާއެއް ވެސް ނުކުތުމަކީ ވެދާނެ ކަމެއް ކަމަށް އެޓީމުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފިއެވެ.

މީގެ ދެ އަހަރު ކުރިން ރޮނާލްޑޯގެ ކެޕްޓަން ކަމުގެ ދަށުން ޔޫރޯގެ ތަށި ޕޯޗުގަލް އިން ކާމިޔާބުކުރި އިރު އެކަން ވެގެންދިޔައީ ގިނަ ބަޔަކަށް ހައިރާންކަން ލިބުނު ކަމަކަށެވެ. ޗެމްޕިއަންސް ލީގުގެ ފައިނަލަށް ފަހު ރޮނާލްޑޯ ޓީމާ ގުޅުނުތާ މާ ގިނަ ދުވަސް ނުވި ނަމަވެސް ބުރާސްފަތި ދުވަހުގެ ރޭ އަލްޖީރިއާއާ ދެކޮޅަށް ކުޅޭ އެކުވެރިކަމުގެ މެޗުގައި އޭނާ ފުރަތަމަ އެގާރާގައި ހިމެނިގެން ކުޅޭނެއެވެ.

ރަޝިއާއަށް ފުރުމުގެ ކުރިން ޕޯޗުގަލްގެ ގައުމީ ޓީމުގެ ޝަރަފުގައި އެގައުމުގެ ރައީސް މާސެލޯ ރެބޭލޯ ޑެސޫޒާ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ވާހަކަ ދައްކަމުން ރޮނާލްޑޯ ބުނީ ހުރިހާ ކުޅުންތެރިންނާއި ޓެކްނިކަލް ޓީމު ވެސް ވޯލްޑް ކަޕަށްދާނީ ގިނަ އުއްމީދުތަކާ އެކު ކަމަށެވެ. އޭނާ ބުނީ މިފަހަރުގެ ފެވަރިޓުންގެ ތެރޭގައި ޕޯޗުގަލް ނުހިމެނޭ ކަމަށާއި އެހެން ނަމަވެސް ފުޓްބޯޅައިގައި ކޮންމެ ނަތީޖާއެއް ވެސް ނުކުތުމަކީ ވެދާނެ ކަމެއް ކަން ގަބޫލުކުރަން ޖެހޭ ކަމަށެވެ.

އޭނާ ބުނީ ހުރިހާ ކޮންމެ މެޗަކަށް ވެސް ވިސްނަން ޖެހޭނީ ވަކިވަކިން ކަމަށާއި ގްރޫޕް ފިޔަވަހީގެ ފުރަތަމަ މެޗު ވަރަށް އުނދަގޫވާނެ ކަމަށެވެ. އެ މެޗާއި ހުރިހާ ކުޅުންތެރިން ވެސް އިތުބާރާ އެކު ކުރިމަތިލައިފި ނަމަ އެ މެޗު ކާމިޔާބު ކުރެވޭނެ ކަމަށް ރޮނާލްޑޯ ބުނެފައިވެއެވެ. އޭނާ ބުނީ 2016 ވަނަ އަހަރުގެ ޔޫރޯއެކޭ އެއްފަދައިން އެންމެ ފަހު ވަގުތާ ޖެހެންދެން މަސައްކަތްކުރާނެ ކަމަށާއި ފުޓްބޯޅައިގައި ކޮންމެ ކަމެއް ވެސް ވެދާނެ ކަމަށް ހުރިހާ ކުޅުންތެރިން ވެސް ގަބޫލުކުރާ ކަމަށެވެ.

ޕޯޗުގަލްގެ ޖާޒީގައި ކުޅުމުގެ ފުރުސަތު ލިބުމަކީ ހުރިހާ ކުޅުންތެރިން ވެސް ލިބޭ ވަރަށް ބޮޑު ޝަރަފެއް ކަމަށާއި އެންމެ މޮޅު ކުޅުން ދައްކައި ރަނގަޅު ނަތީޖާއެއް ހޯދުމަށް މަސައްކަތްކުރާނެ ކަމަށް ރޮނާލްޑޯ ބުނެފައިވެއެވެ.

މިފަހަރުގެ ވޯލްޑް ކަޕްގައި ޕޯޗުގަލް ހިމެނިފައިވަނީ ސްޕެއިން އަދި މޮރޮކޯގެ އިތުރުން އިރާނާއެކު ގްރޫޕް ބީގައެވެ. ގްރޫޕްގެ ފުރަތަމަ މެޗުގައި އަންނަ ހަފްތާގެ ހުކުރު ދުވަހު ޕޯޗުގަލް ނުކުންނާނީ ސްޕެއިންއާ ދެކޮޅަށެވެ. ދެވަނަ މެޗުގައި ޖޫން މަހުގެ 20 ވަނަ ދުވަހު މޮރޮކޯއާ ދެކޮޅަށް ޕޯޗުގަލް ނުކުންނައިރު ތިންވަނަ މެޗުގައި ޖޫން މަހުގެ 25 ވަނަ ދުވަހު ނުކުންނާނީ އިރާނާ ދެކޮޅަށެވެ.

މިއީ ޕޯޗުގަލް ކުޅޭ ހަތްވަނަ ވޯލްޑް ކަޕަށްވާއިރު އެ ޓީމަށް ލިބުނު އެންމެ ބޮޑު ކާމިޔާބަކީ 1966 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ތިންވަނަ މަގާމު ހޯދުމެވެ. ބްރެޒިލްގައި 2014 ވަނަ އަހަރު ބޭއްވި ވޯލްޑްގެ ކަޕްގައި ޕޯޗުގަލް ކެޓީ ގްރޫޕް ސްޓޭޖުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މިއީ ބޭނުންވި ނަތީޖާއެއް ނޫން، ޓީމު ތެރޭގައި ކަންތައްތަކެއް އެބަހުރި: ފެސްކޯ

މިއީ ބޭނުންވި ނަތީޖާއެއް ނޫން، ޓީމު ތެރޭގައި ކަންތައްތަކެއް އެބަހުރި: ފެސްކޯ

11 މާރިޗު 2017
ޓީސީ އޮތް ފޯމާ ދޭތެރޭ ބެލުން މުހިންމެއް ނޫން: ފެސްކޯ

ޓީސީ އޮތް ފޯމާ ދޭތެރޭ ބެލުން މުހިންމެއް ނޫން: ފެސްކޯ

09 މާރިޗު 2017
ސްކޫލް މުބާރާތުގައި ރެފްރީކަން ކުރާނީ ވޮލަންޓިއަރުން، މުސާރައަކަށް ނޫން: ލަތީފް

ސްކޫލް މުބާރާތުގައި ރެފްރީކަން ކުރާނީ ވޮލަންޓިއަރުން، މުސާރައަކަށް ނޫން: ލަތީފް

08 މާރިޗު 2017
ޓީމު އޮތީ މުބާރާތަކަށް ވާންޖެހޭ ވަރަށް ތައްޔާރުވެފައެއް ނޫން: ސުޒޭން

ޓީމު އޮތީ މުބާރާތަކަށް ވާންޖެހޭ ވަރަށް ތައްޔާރުވެފައެއް ނޫން: ސުޒޭން

02 މާރިޗު 2017
މިދިޔައީ އުނދަގޫ ހާލަތަކަށް، ވިކްޓްރީ އަށް އަދި މިއީ ނިމުނީއެއް ނޫން: ސުޒޭން

މިދިޔައީ އުނދަގޫ ހާލަތަކަށް، ވިކްޓްރީ އަށް އަދި މިއީ ނިމުނީއެއް ނޫން: ސުޒޭން

26 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

15 އެޕްރީލު
އިގްތިޞާދު ބިނާކުރެވެނީ ޓިކްޓޮކް ކުޅެގެންތޯއެވެ.
20251 އަހަރު ކުރިން
ރިޕޯޓު

އިގްތިޞާދު ބިނާކުރެވެނީ ޓިކްޓޮކް ކުޅެގެންތޯއެވެ.

ޕްރެޝަރު ބޮޑުވެ، ސަރުކާރުން މަގޫދޫ ރައްޔިތުން "ގުނބޯ" ހައްދަން މަސައްކަތް ކުރަނީ!
20242 އަހަރު ކުރިން
ރިޕޯޓު

ޕްރެޝަރު ބޮޑުވެ، ސަރުކާރުން މަގޫދޫ ރައްޔިތުން "ގުނބޯ" ހައްދަން މަސައްކަތް ކުރަނީ!

އާމިލާ - "ބިޒީ މަންމަ އެއް، ހުށަހެޅުމާއި މަދަހަކިޔުމަށް ރަނގަޅު ފުރުސަތެއްގެ އުންމީދުގައި"
20233 އަހަރު ކުރިން
ރިޕޯޓު

އާމިލާ - "ބިޒީ މަންމަ އެއް، ހުށަހެޅުމާއި މަދަހަކިޔުމަށް ރަނގަޅު ފުރުސަތެއްގެ އުންމީދުގައި"

ޔޫކްރެއިންގެ 3،000 ސިފައިން މަރުވެއްޖެ، ރައީސް އެދިވަޑައިގަންނަވަނީ ރަޝިޔާއަކީ ޓެރަރިޒަމަށް ވާގިވެރިވާ ގައުމެއްގެގޮތުގައި ކަނޑައެޅުމަށް
20224 އަހަރު ކުރިން
ދުނިޔެ

ޔޫކްރެއިންގެ 3،000 ސިފައިން މަރުވެއްޖެ، ރައީސް އެދިވަޑައިގަންނަވަނީ ރަޝިޔާއަކީ ޓެރަރިޒަމަށް ވާގިވެރިވާ ގައުމެއްގެގޮތުގައި ކަނޑައެޅުމަށް

މާލެ ރައްޔިތުންގެ 24 އިންސައްތަ ލިބުމުން އެއީ ޕާޓީކުރަންވީ ސަބަބެއް ނޫން!
20215 އަހަރު ކުރިން
ރިޕޯޓު

މާލެ ރައްޔިތުންގެ 24 އިންސައްތަ ލިބުމުން އެއީ ޕާޓީކުރަންވީ ސަބަބެއް ނޫން!

ހަނގާ ކުރުން ހުއްޓުވަން ލަސްވެއްޖެ
20197 އަހަރު ކުރިން
ރިޕޯޓު

ހަނގާ ކުރުން ހުއްޓުވަން ލަސްވެއްޖެ

ރައީސް ޔާމީންގެ ދަނޑިމާރު ސަރުކާރު
20188 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީންގެ ދަނޑިމާރު ސަރުކާރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު