Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ރައީސް ނަޝީދު

ލިބިލެއްވީ ނުރަނގަޅު މައުލޫމާތެއް، މައާފަށް އެދެން: ރައީސް ނަޝީދު

މައިމޫނާގެ މަންމަ ނިޔާވިކަމަށް ލިބިލެއްވި މައުލޫމާތާ ގުޅިގެން ކުރެއްވުނު ޓްވީޓް، ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ވަނީ ޑިލީޓް ކުރައްވާފައި

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 13 ސެޕްޓެމްބަރު 2020 | އާދީއްތަ 11:51

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައުމޫނާ އަބޫބަކުރުގެ މަންމަ ނިޔާވި ކަމަށް ބުނެ، ލިބިލެއްވީ ނުރަނގަޅު މައުލޫމާތެއް ކަމަށާއި އެ މައުލޫމާތުގެ މައްޗަށް ބިނާކޮށް ޓްވީޓެއް ކުރެއްވުނީތީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މައާފަށް އެދިވަޑައިގަންނަވައިފިއެވެ.

މައިމޫނާގެ މަންމަ ނިޔާވި ކަމަށް ލިބިލެއްވި މައުލޫމާތަކާ ގުޅިގެން ރައީސް ނަޝީދު ވަނީ އާދިއްތަ ދުވަހުގެ ވަގުތެއްގައި ޓްވީޓެއް ކުރައްވާފައެވެ. ނަމަވެސް ޓްވީޓް ކުރެއްވިތާ މާގިނަ އިރުތަކެއް ނުވަނީސް ރައީސް ނަޝީދު ވަނީ އެ ޓްވީޓް ޑިލީޓް ކުރައްވާފަ އެވެ.

Advertisement - newsAdvertisement

އެކަމާ ގުޅިގެން ރައީސް ނަޝީދު ކުރެއްވި އެހެން ޓްވީޓެއްގައި ވިދާޅުވީ ކޮންމެ ދުވަހަކު މައިމޫނާ ކުރައްވާ ބުރަ މަސައްކަތް ހިތަށް އަރާ ކަމަށާއި އަދި ހާއްސަކޮށް މި ދަނޑިވަޅުގައި މަންމަ ބަލިވުމުން ވާނެ ގޮތް ވެސް އިހުސާސް ކުރެއްވޭ ކަމަށެވެ.

"އަޅުގަނޑަށް ނުރަނގަޅު މައުލޫމާތެއް ލިބުނީ. އެކަމަށް ނިހާޔަތަށް މައާފަށް އެދެން. އަދި މައިމޫނާ މަންމަ އަށް އަވަސް ޝިފާއަކަށް އެދެން" ރައީސް ނަޝީދު ފަހުން ކުރެއްވި ޓްވީޓްގައި ވިދާޅުވެފައި ވެއެވެ.

މިހާރު މުޅި ދުނިޔޭގައި ފެތުރިފައިވާ ކޮވިޑް-19 ރޯގާއާ ގުޅިގެން، ރާއްޖޭގައި ވެސް ކޮވިޑް-19ގެ ނުރައްކާ ވަނީ ބޮޑު ވެފައެވެ.

ކޮވިޑް-19 ރާއްޖޭގައި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކާއި ގުޅިގެން، އެޗްޕީއޭގެ ޑިރެކްޓަރ ޖެނެރަލް ޕަބްލިކް ހެލްތް މައުމޫނާގެ ބެލުމުގެ ދަށުން، ރާއްޖޭގައި ވެސް ގިނަ ފިޔަވަޅުތަކެއް ދަނީ އަޅަމުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރިިލްވާން ވަގަށް ނެގި މައްސަލައާއި ޔާމީން މަރާލި މައްސަލައިގައި ހާމަކުރެވޭނެ މައުލޫމާތެއް ނެތް: ފުލުހުން

ރިިލްވާން ވަގަށް ނެގި މައްސަލައާއި ޔާމީން މަރާލި މައްސަލައިގައި ހާމަކުރެވޭނެ މައުލޫމާތެއް ނެތް: ފުލުހުން

28 މެއި 2017
ރިލްވާން ވަގަށް ނެގި މައްސަލައިގައި މައުލޫމާތެއް ހާމަކުރެވޭކަށް ނެތް: ފުލުހުން

ރިލްވާން ވަގަށް ނެގި މައްސަލައިގައި މައުލޫމާތެއް ހާމަކުރެވޭކަށް ނެތް: ފުލުހުން

25 މެއި 2017
ނޫސްބަޔާން: ޔާމީން ރަޝީދުގެ ފޮޓޯއާ ގުޅިގެން މައާފަށް އެދެން

ނޫސްބަޔާން: ޔާމީން ރަޝީދުގެ ފޮޓޯއާ ގުޅިގެން މައާފަށް އެދެން

16 މެއި 2017
ފުލުހުން ވަނީ ކަނޑައެޅިގެން ދޮގު ހަދާފައި. ޤާސިމްގެ މައްޗަށް ކުރި ޝަރުތުތައް ބާތިލް ކުރުން އެދެން:ވަކީލުން

ފުލުހުން ވަނީ ކަނޑައެޅިގެން ދޮގު ހަދާފައި. ޤާސިމްގެ މައްޗަށް ކުރި ޝަރުތުތައް ބާތިލް ކުރުން އެދެން:ވަކީލުން

15 މެއި 2017
ފޯންގެ ޕިންކޯޑް ނޭނގޭތީ ރިޔާޒްގެ ފޯނުން އެއްވެސް މައުލޫމާތެއް ނުލިބުނު: ފޮރިންސިކް

ފޯންގެ ޕިންކޯޑް ނޭނގޭތީ ރިޔާޒްގެ ފޯނުން އެއްވެސް މައުލޫމާތެއް ނުލިބުނު: ފޮރިންސިކް

03 މެއި 2017

އަހަރުތަކުން މިއަދު

15 ޖޫން
އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި
20233 އަހަރު ކުރިން
ރާއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ
20197 އަހަރު ކުރިން
ރާއްޖެ

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު