Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރިލްވާން ވަގަށް ނެގުން

ރިލްވާން ވަގަށް ނެގި މައްސަލައިގައި މައުލޫމާތެއް ހާމަކުރެވޭކަށް ނެތް: ފުލުހުން

މި މައްސަލައިގެ ތަހުގީގު ނުހުއްޓޭ

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު | 25 މެއި 2017 | ބުރާސްފަތި 09:29
ރިލްވާން ވަގަށް ނެގުމާ ގުޅިގެން އިންސާފު ހޯދައިދިނުމަށް ގޮވާލުން

ރިލްވާން ވަގަށް ނެގުމާ ގުޅިގެން އިންސާފު ހޯދައިދިނުމަށް ގޮވާލުން

ނޫސްވެރިޔާ ރިލްވާން ވަގަށް ނެގި މައްސަލައިގެ ތަހުގީގު ކުރިއަށްދާ ކަމަށައި އެ މައްސަލައިގައި އިތުރު އެއްވެސް މައުލޫމާތެއް ހާމަކުރެވެން ނެތްކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ، މި މައްސަލައިގެ ތަހުގީގު ނުހުއްޓޭ ކަމަށާއި އަދިވެސް ތަހުގީގުގެ މަސައްކަތްތައް ކުރެވެމުންދާ ކަމަށެވެ. ރިލްވާން މައްސަލައާ ގުޅިގެން މިހާރު ފުލުހުންގެ ބެލުމުގެ ދަށުގައި މީހަކު ހައްޔަރުގައި ހުރިކަން ނުވަތަ ނޫންކަން ވެސް ފުލުހުން ހާމައެއް ނުކުރެ އެވެ. އަދި ތަހުގީގު ގޮސްފައިވާ ހިސާބެއް ވެސް ހާމައެއް ނުކުރެ އެވެ. ފުލުހުން ބުނަމުން ދަނީ އެކަމާ ގުޅޭ ގޮތުން އާންމު ބަޔާނެއް ނެރޭނެ ކަމަށެވެ.

މިނިވަން ނޫހުގެ ނޫސްވެރިޔާއަށް އިންޒާރުތަކަކަށް ފަހު ވަގަށް ނަގާފައި ވަނީ 2014 ވަނަ އަހަރުގެ އޮގަސްޓް އަށް ވަނަ ދުވަހު އެވެ. މި މައްސަލައާ ގުޅިގެން އެންމެ ފުރަތަމަ ފުލުހުން ހިންގި ތަހުގީގުގައި ރިލްވާން ވަރަށް ނެގި ރޭ އޭނާގެ އެޕާޓްމެންޓް ސަރަހައްދުން ފެނުނު ރަތްކާރާއި އެތަނުން ފެނުނު ވަޅިއަކީ އެ މައްސަލައާ ގުޅޭ ކަމެއް ނޫން ކަމަށް ހާމަކޮށްފައިވީ ނަމަވެސް އޭގެ އެއް އަހަރު ފަހުން ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ އެއީ އެއް މައްސަލައާ ގުޅޭ ކަމެއްގެ ގޮތުގައި ފާހަގަކޮށްފަ އެވެ. އަދި އެ ކާރުން ފެނުނު އިސްތައްޓަކުން ނެގި ޑީއެންއޭ އާއި ރިލްވާންގެ މަންމަގެ ޑީއެންއޭއާ ދިމާވާ ކަމަށް ބުނެފައި ވެއެވެ.

މި މައްސަލަ ހިގަން މެދުވެރިވި ސަބަބު ފުލުހުންނަށް ހޯދިފައިވާ ނުވާ އިރު ރިލްވާން ވަގަށް ނަގާފައިވަނީ ފަރާލުމަށް ފަހު ކަމަށް ފުލުހުން ބުނެ އެވެ. މި މައްސަލައިގައި ފުލުހުން ފަސް މީހަކު ހައްޔަރު ކުރި ނަމަވެސް، އެކަށީގެންވާ ވަރަށް ހެކި ނެތުމުގެ ސަބަބުން ކޯޓުން ވަނީ އެ އެންމެން ދޫކޮށްލާފަ އެވެ. އަދި ރިލްވާނަށް ފާރަލުމުގައި އެންމެ އިސްކޮށް އުޅުނު އެކަކު ކަމުގައިވާ، ސ.ހުޅުދޫ، އަތިރިއާގެ، މުހައްމަދު ސުވައިދު ރާއްޖެއިން ބޭރަށް ގޮސްފައިވާ ކަމަށް ފުލުހުން އޭރު ވަނީ ބުނެފަ އެވެ.

ރިލްވާން ވަގަށް ބަޔަކު ހޯދިފައިނުވާ އިރު މިދިޔަ މަހުގެ 22 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައިވަނީ ރިލްވާންގެ ގާތް އެކުވެރިއެއް ކަމުގައިވާ ޔާމީނު ރަޝީދު ވެސް އަޔިޔާވެރިގޮތަކަށް މަރާލާފަ އެވެ. އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާ އިރު މިހާތަނަށް މައްސަލައާ ގުޅިގެން ހަތް މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.

އިތުރަށް ކިޔާލަން

17 ޖެނުއަރީ 2017

ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

17 ޖެނުއަރީ 2017
ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި
16 ޖެނުއަރީ 2017

ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

16 ޖެނުއަރީ 2017
ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި
15 ޖެނުއަރީ 2017

ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި

15 ޖެނުއަރީ 2017
ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި
12 ޖެނުއަރީ 2017

ހާޑް ޑިސްކްގެ މައްސަލައިގައި ފުލުހުން ރައީސް މައުމޫނާ ސުވާލުކޮށްފި

12 ޖެނުއަރީ 2017
ހާޑް ޑިސްކްގެ މައްސަލައިގައި ފުލުހުން ރައީސް މައުމޫނާ ސުވާލުކޮށްފި
10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު