Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރިލްވާނާއި ޔާމީން

ރިިލްވާން ވަގަށް ނެގި މައްސަލައާއި ޔާމީން މަރާލި މައްސަލައިގައި ހާމަކުރެވޭނެ މައުލޫމާތެއް ނެތް: ފުލުހުން

ރިލްވާންގެ މައްސަލައިގައި އެންމެ ފަހުން މައުލޫމާތު ހާމަކުރީ އަހަރެއް ކުރިން

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު | 28 މެއި 2017 | އާދީއްތަ 10:07
ނޫސްވެރިޔާ އަހުމަދު ރިލްވާން(ކ) އަދި އޭނާގެ އެންމެ ގާތް އެކުވެރިޔާ ޔާމީން ރަޝީދު

ނޫސްވެރިޔާ އަހުމަދު ރިލްވާން(ކ) އަދި އޭނާގެ އެންމެ ގާތް އެކުވެރިޔާ ޔާމީން ރަޝީދު

މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ ވަގަށް ނެގި މައްސަލައާއި، ރިލްވާނުގެ އެންމެ ގާތް އެކުވެރިޔާ ޔާމީން ރަޝީދު އަނިޔާވެރިކޮށް މަރާލި މައްސަލައިގައި ހާމަކުރެވޭނެ އެއްވެސް މައުލޫމާތެއް ނެތް ކަމަށް ފުލުހުން ބުނެފި އެވެ.

ރިލްވާން ވަގަށް ނެގި މައްސަލައާ ގުޅޭގޮތުން ފުލުހުން އެއްވެސް މައުލޫމާތެއް ހާމަނުކުރާތާ އަހަރަކަށް ވުރެ ގިނަ ދުވަސްވެފައި ވާއިރު، އެ މައްސަލައާ ގުޅޭ ގޮތުން ރާއްޖެއެމްވީއިން ފުލުހުންނާ ސުވާލުކުރުމުން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ހާމަކުރެވޭނެ އެއްވެސް މައުލޫމާތެއް ނެތް ކަމަށެވެ. އަދި ޔާމީންގެ މަރުގެ މައްސަލައިގައި ފުލުހުން ނެރޭ ނޫސް ބަޔާންތަކުގެ އިތުރުން ހާމަކުރެވޭނެ މައުލޫމާތެއް ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

Advertisement - newsAdvertisement

ތަކުރާރުކޮށް އިންޒާރު ދިނުމަށް ފަހު ރިލްވާން ވަގަށް ނަގާފައި ވަނީ 2014 ވަނަ އަހަރުގެ އޮގަސްޓް އަށް ވަނަ ދުވަހު އެވެ.

ރިލްވާން ވަގަށް ނެގި މައްސަލައިގައި މިހާތަނަށް ފުލުހުން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، ހުޅުމާލެއިން ރިލްވާން ވަގަށް ނަގައިގެން އަރުވާފައިވަނީ ރަތް ކުލައިގެ ކާރަކަށެވެ. އެ ކާރުން ފެނުނު އިސްތަށިތަކުން ރިލްވާންގެ މަންމަގެ ޑީއެންއޭ ވަނީ ފެނިފަ އެވެ. އަދި ރިލްވާނަށް ބަޔަކު މީހުން ފާރަލި ކަމަށް ވެސް ފުލުހުން ބުނެފައިވާއިރު، މި މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކުރި އެންމެން ވެސް ވަނީ ދޫކޮށްލާފަ އެވެ.

ރިލްވާންގެ މައްސަލައާ ގުޅޭ ގޮތުން، އެންމެ ފަހުން ފުލުހުން މައުލޫމާތެއް ހާމަކޮށްފައި ވަނީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގަ އެވެ. އޭގެ ފަހުން އެ މައްސަލައާ ގުޅޭ އެއްވެސް މިންވަރެއްގެ މައުލޫމާތެއް ފުލުހުން ހާމައެއް ނުކުރެ އެވެ. މައްސަލައާ ގުޅޭ މައުލޫމާތު ފުލުހުން ހާމަނުކުރާތީ އެތައް ބަޔަކު ދަނީ މުއައްސަސާއަށް ފާޑުކިޔަމުންނެވެ. މައުލޫމާތު ހިއްސާކުރުމަށް ފުލުހުންގެ މައްޗަށް އަމުރެއް ހޯދުމަށް ރިލްވާނުގެ އާއިލާއިން ވަނީ ކޯޓަށް މައްސަލަ ވެސް ހުށަހަޅާފަ އެވެ.

ރިލްވާން ވަގަށް ނެގުމާއި ގުޅިގެން އިންސާފު ގާއިމްކޮށްދިނުމަށް ގޮވާލާ ހިންގި ހަރަކާތްތަކުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި، އޭނާގެ އެންމެ ގާތް އެކުވެރިޔާ، ޔާމީން ރަޝީދު މަރާލާފައިވަނީ އޭޕްރީލް މަހުގެ 23 ވަނަ ދުވަހު އެވެ. އޭނާ މަރާލާފައި އޮއްވާ ފެނުނީ ދިރިއުޅޭ ގޭގެ ސިޑިކައިރިންނެވެ. ސީސީޓީވީ ފޫޓޭޖްތަކުން ފެންނަ ގޮތުގައި ޔާމީން މަރާލާފައިވަނީ ފާރަލުމަށް ފަހު އެ ގެއަށް ދެ މީހަކު ވަދެ ހަމަލާދީގެންނެވެ. ޔާމީންގެ މަރުގެ މައްސަލައާ ގުޅިގެން ފުލުހުން ވަނީ ހަ މީހަކު ހައްޔަރުކޮށްފަ އެވެ.

ރިލްވާން ވަގަށް ނެގި މައްސަލައާ ގުޅިގެން ވެސް 2014 ވަނަ އަހަރުގެ ތެރޭގައި ބަޔަކު ހައްޔަރުކުރި އެވެ. އެއަށްފަހު ދުވަސްކޮޅެއް ވަންދެން ފުލުހުންގެ ބަންދުގައި އެ މީހުން ބޭތިއްބުމަށް ވަނީ ދޫކޮށްލާފަ އެވެ. އެ މީހުން ދޫކޮށްލި ސަބަބެއް ކަމަށް ބުނެފައިވަނީ އެކަށީގެންވާ މިންވަރަށް ހެކި ނެތުމެވެ.

އިތުރަށް ކިޔާލަން

13 ޖެނުއަރީ 2017

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް
10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

އެެމްއާރްޑީސީގެ ލެޑްލައިޓެއް ވަގަށް ނެގި މީހަކު ޖަލަށް ލުމަށް ހުކުމް ކޮށްފި

10 ޖެނުއަރީ 2017
އެެމްއާރްޑީސީގެ ލެޑްލައިޓެއް ވަގަށް ނެގި މީހަކު ޖަލަށް ލުމަށް ހުކުމް ކޮށްފި
10 ޖެނުއަރީ 2017

އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

10 ޖެނުއަރީ 2017
އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!
08 ޖެނުއަރީ 2017

ދެ ދަޅު ނެސްކެފޭ ވަގަށް ނެގި މީހަކު ދެ މަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފި

08 ޖެނުއަރީ 2017
ދެ ދަޅު ނެސްކެފޭ ވަގަށް ނެގި މީހަކު ދެ މަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު