Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކޮވިޑް-19: ކަރަންޓީނަށްދާ މީހުން

ކޮވިޑް-19: މިދިޔަ މަހު 2705 މީހުން ރަށްރަށަށް ކަރަންޓީނަށް، 121 މީހުން ޕޮޒިޓިވް

13 ސެޕްޓެމްބަރު 2020 | އާދީއްތަ 07:13

ކަރަންޓީނަށް ރަށްރަށަށްދާ މީހުން ގައިޑްލައިނަށާއި ކަރަންޓީނުގެ އެއްބަސްވުމާ އެއްގޮތަށް އަމަލު ކުރަންޖެހޭ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 13 ސެޕްޓެމްބަރު 2020 | އާދީއްތަ 07:13
އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން: ރަށްރަށަށް ކަރަންޓީނަށްދާ ފަރާތްތަކުން އިތުރަށް ސަމާލުވާންޖެހޭ

އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން: ރަށްރަށަށް ކަރަންޓީނަށްދާ ފަރާތްތަކުން އިތުރަށް ސަމާލުވާންޖެހޭ

މިދިޔަ އޮގަސްޓް މަހު ކަރަންޓީނަށް 2705 މީހުން ރަށްރަށަށް ދިޔައިރު، އޭގެތެރެއިން 121 މީހުން ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާކަމަށް ހެލްތު އެމެޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)އިން ބުނެފިއެވެ.

އެޗްއީއޯސީގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީޤު ވިދާޅުވި ކަރަންޓީނަށްދާ މީހުން ރަށްރަށަށް ފޮނުވަނީ އެޗްޕީއޭގެ ވަކި ގައިޑްލައިންތަކެއްގެ ދަށުން، އެކަމަށް އެއްބަސްވެގެން ކަމަށެވެ. ނަމަވެސް ފަހަކަށްއައިސް ބައެއް މީހުން ގައިޑްލައިންތަކަށް ޢަމަލުނުކުރާކަން ފާހަގަ ކުރައްވައި އެކަމާމެދު ޑރ. ނަޒްލާ ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.

Advertisement - newsAdvertisement

މާލެ ސަރަހައްދުގައި ކޮވިޑް-19 ފެތުރުން އިތުރުވުމާ ގުޅިގެން، އެޅި ރައްކާތެރިކަމުގެ ފިޔަވަޅެއްގެގޮތުން މާލެ ސަރަހައްދުން ރަށްރަށަށް ދަތުރުކުރުމާއި ރަށްރަށުން މާލެ ސަރަހައްދަށް އައުމުގައިވެސް ޢަމަލުކުރާނެ ޚާއްސަ އުސޫލުތަކެއް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވަނީ ކަނޑައަޅައި ޢަމަލުކުރަން ފަށާފައެވެ.

ޑރ. ނަޒްލާ ވިދާޅުވީ، ރަށްރަށަށް ކަރަންޓީނަށްދާ މީހުން، ކަރަންޓީނުގެ އެންގުމާ ހިލާފުވާތަން ފެންނަމުންދާ ކަމަށާއި މީގެސަބަބުން އާއިލާއާއި އަވައްޓެރިންނާއި މުޅި ރަށް ނުރައްކަލަށް ހުށަހެޅެމުންދާ ކަމަށެވެ.

ޑރ. ނަޒްލާ ވިދާޅުވީ، ރަށްރަށަށް ކަރަންޓީނަށްދާ ފަރާތްތަކުގެ ޒިންމާ ވަރަށް ބޮޑު ކަމަށާއި، ވަކިން ހާއްސަކޮށް، ކަނޑައެޅިފައިވާ ގައިޑްލައިނާއެއް ގޮތަށް އަމަލުތައް ބެހެއްޓުން ވަރަށް މުހިއްމު ކަމަށެވެ. އަދި ކަރަންޓީނަށް ރަށްރަށަށްދާ މީހުން، ގައިޑްލައިނަށް އަމަލުކުރެވޭ ރަށްރަށުގައި ގާއިމު ކުރެވިފައިވާ ޓާސްކްފޯސްތަކުންވެސް މޮނީޓަރ ކުރުމަށް ބުރަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށްވެސް ޑރ. ނަޒްލާ ވިދާޅުވި އެވެ.

ރާއްޖޭގައި މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވް 9052 ކޭސް ވަނީ ފެނިފަ އެވެ. އަދި ކޮވިޑް-19 އަށް ޕޮޒިޓިވްވި 31 މީހަކު ވަނީ މަރުވެފަ އެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

09 ފެބުރުއަރީ 2017

ރިޔާސީ ބަޔާނަކީ، ހިސާބު އަދަދު ތަކަކުން ރައްޔިތުންނަށް ހަގީގަތް އޮޅުވާލާފައިވާ ބަޔާނެއް: މަހުލޫފު

09 ފެބުރުއަރީ 2017
ރިޔާސީ ބަޔާނަކީ، ހިސާބު އަދަދު ތަކަކުން ރައްޔިތުންނަށް ހަގީގަތް އޮޅުވާލާފައިވާ ބަޔާނެއް: މަހުލޫފު
01 ފެބުރުއަރީ 2017

ޓްރާންސްޕޯޓްގެ ޗެއާމަނަކަށް މަހުދީ، ނާފިޒް އިކޮނޮމިކްގެ ނައިބަކަށް

01 ފެބުރުއަރީ 2017
ޓްރާންސްޕޯޓްގެ ޗެއާމަނަކަށް މަހުދީ، ނާފިޒް އިކޮނޮމިކްގެ ނައިބަކަށް
31 ޖެނުއަރީ 2017

"ހޭވައްލާ" ގެ ނަމުގައި ޕީޕީއެމްގެ ހާއްސަ ޖަލްސާއެއް އަންނަ މަހު ބާއްވަނީ

31 ޖެނުއަރީ 2017
"ހޭވައްލާ" ގެ ނަމުގައި ޕީޕީއެމްގެ ހާއްސަ ޖަލްސާއެއް އަންނަ މަހު ބާއްވަނީ
22 ޖެނުއަރީ 2017

ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ

22 ޖެނުއަރީ 2017
ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ
18 ޖެނުއަރީ 2017

ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ

18 ޖެނުއަރީ 2017
ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ
17 ޖެނުއަރީ 2017

މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި

17 ޖެނުއަރީ 2017
މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި
15 ޖެނުއަރީ 2017

ޕީޕީއެމްގެ ކެންޑިޑޭޓުން ހޮވުމުގެ ޕްރައިމަރީ މިމަހު 27ގައި

15 ޖެނުއަރީ 2017
 ޕީޕީއެމްގެ ކެންޑިޑޭޓުން ހޮވުމުގެ ޕްރައިމަރީ މިމަހު 27ގައި
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
06 ޖެނުއަރީ 2017

ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި

06 ޖެނުއަރީ 2017
ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް