Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުއާދަމް ޒިދާން (ނާނަ)

ގޮންޖެހުން ތަކާއި އެކުވެސް ކާމިޔާބު ހޯދުމަށް ނާނަ ކެތް މަދުވެފައި!

މި ދާއިރާއިން ކުރިޔަށް ދިޔުމަށް އާއިލާގެ ވަރަށް ބޮޑު އެހީއެއް ލިބޭ

އަތޫފް އާތިފް
އަތޫފް އާތިފް | 13 ސެޕްޓެމްބަރު 2020 | އާދީއްތަ 12:25
ފަންނުގެ ދަރިން ޝޯވގައި ނާނަ ލަވަ ހުށަހަޅައި ދެނިކޮށް

ފަންނުގެ ދަރިން ޝޯވގައި ނާނަ ލަވަ ހުށަހަޅައި ދެނިކޮށް

މއ. ހިތްތަލަ ވިލާ އަކީ ގިނަ ހުނަރުވެރި ޒުވާނުންތަކެއް ނެރެދީފައިވާ ގެއެކެވެ. ލަވަކިޔުމުގެ ދާއިރާ، ފިލްމީ ދާއިރާ އަދި ކުޅިވަރުގެ ދާއިރާއަށް ޒުވާން އެތަށް ހުނަރުވެރިންނެއް މިގެއިން ވަނީ ނެރެދީފައެވެ. މިގެއިން އުފެދިގެން އައި އެންމެ ހަގު އަޑަކީ އާދަމް ޒިދާންއެވެ. އާންމު ނަމުންނަމަ ނާނަ އެވެ.

އެންމެ ކުޑައިރުން ފެށިގެ ންވެސް ނާނަ އަކީ ލަވަ ކިޔުމަށް ޝައުގުވެރިވެ ލަވަކިޔަމުން އަންނަ ޒުވާނެކެވެ. ރާއްޖެ އެމްވީއަށް ދިން އިންޓަރވިއުއެއްގައި ނާނަ ބުނީ ލަވަކިޔަން ފެށުނީ ކުޑައިރު ބޭބެމެން ބޮޑުބެރު ޖަހާ ލަވަކިޔާ ހަދާތަން ފެންނާތީ ކަމަށެވެ. އެގޮތުން ބޭބެ މެންނާއެކު ލަވަކިޔުމާއި ބޮޑުބެރުގެ ތެރެއަށް ވަދެވުނު ކަމަށް ނާނަ ބުންޏެވެ.

ނާނަ ބުނީ ދަންމާނަކީ ލަވައިގެ ދުނިޔެއަށް އޭނަ ވަދެވުމުގެ އަސްލު ކަމަށާއި، ދަންމާނުގައި ހޭދަކުރި ދުވަސްތަކަކީ މި ދާއިރާއިން ކުރިޔަށް ދިޔުމަށް ލިބުނު ވަރަށް ބޮޑު ހިތްވަރެއް ކަމަށެވެ.

ލަވަކިޔުމުގެ ދާއިރާ އިން ކުރިޔަށް ދިޔުމަށް އެންމެ ބޮޑު ހިތްވަރެއް ލިބެމުން އަންނަނީ އާއިލާގެ ފަރާތުން ކަމަށް ބުނަމުން ނާނަ ބުނީ އާއިލާ އަކީ އޭނާ ބޭނުންވި ކޮންމެ ވަގުތަކު ވެސް އޭނާ އަށް އެ ދޭން ޖެހޭ އެހީ އެއް ވަމުން އަންނަ ބައެއް ކަމަށާއި، ހާއްސަކޮށް ބޭބެ އަމާން، ކޮކީ، އަދި ޒަކިއްޓެގެ އެހީ ވަރަށް ބޮޑަށް ލިބޭ ކަމަށް ނާނަ ބުންޏެވެ.

ލަވަ ކިޔުމުގެ ދާއިރާއިން އެންމެ އުފާވި ދުވަހަކަށް އައީ މަޝްހޫރު ލަވަކިޔުންތެރިޔާ ޝަލަބީ އިބްރާހީމް އާއި އެކު ޝޯވ އެއް ކުޅެލަން ލިބުނު ފުރުސަތު ކަމަށާއި، މިދާއިރާ އިން ކުރިޔަށް ދިޔުމަށް ޝަލަބީގެ އެހީ ވަރަށް ބޮޑަށް ލިބޭ ކަމަށް ނާނަ ބުންޏެވެ.

ލަވަކިޔުމުގެ އިތުރުން ނާނަ މިހާރު ވަނީ ފިލްމީ ދާއިރާއަށް ނުކުތުމަށް ތައްޔާރުވަމުންނެވެ. ނާނަ ބުނީ ފިލްމު ކުޅުމަށް ލިބުނު ފުރުސަތުގެ ބޭނުން ހިފީ އަބަ ދުވެސް ޓީވީއަށް އަރަން ބޭނުންވާތީ ކަމަށާއި، އޭނާ ގަބޫލު ކުރާ ގޮތުގައި ފިލްމު ކުޅުން އެއީ އެކަން ހަގީގަތަކަށް ވުން ކަހަލަ ކަމެއް ކަމަށެވެ.

ޒުވާނުންނަށް ނާނަގެ ނަސޭހަތަކީ ކުރަން ބޭނުންވާ ކަމެއް ކުރުމަށް ގަދައަޅައި މަސައްކަތް ކުރަން ޖެހޭނެ ކަމަށާއި، ކާމިޔާބީއަށް ވާސިލްވެވޭނީ އޭރުން ކަމަށެވެ.

އިތުރަށް ކިޔާލަން

11 ޖެނުއަރީ 2018

ޗައިނާގެ "ފަށުވި މަގު" ގައި ބޮޑެތި ވަޅުގަނޑުތަކާއި ހުރަސްތައް

11 ޖެނުއަރީ 2018
ޗައިނާގެ "ފަށުވި މަގު" ގައި ބޮޑެތި ވަޅުގަނޑުތަކާއި ހުރަސްތައް
12 ސެޕްޓެމްބަރު 2017

ރާއްޖެ ޓީވީން ހިންގި ޓެލެތޯން އެހާބޮޑަށް ކާމިޔާބުވީ ކީއްވެ؟

12 ސެޕްޓެމްބަރު 2017
ރާއްޖެ ޓީވީން ހިންގި ޓެލެތޯން އެހާބޮޑަށް ކާމިޔާބުވީ ކީއްވެ؟
11 ސެޕްޓެމްބަރު 2017

ސޫޗީގެ ރީތިނަން ރޮހިންޖާ މުސްލިމުންގެ ގެތަކާއިއެކު އަނދައި އަޅިއަށް

11 ސެޕްޓެމްބަރު 2017
ސޫޗީގެ ރީތިނަން ރޮހިންޖާ މުސްލިމުންގެ ގެތަކާއިއެކު އަނދައި އަޅިއަށް
15 އޯގަސްޓު 2017

"އަދީބު ދިން ކާރާ އަނގޮޓިއާ ރިޔާސަތު އޯކޭ، ހަމަރަނގަޅަށް ވެސް ބޯގޮވާފަ" – ރައީސްގެ ވާހަކަތަކާއި އެކު ޓްވީޓަރގައި ވަރަށް ވާހަކަ

15 އޯގަސްޓު 2017
"އަދީބު ދިން ކާރާ އަނގޮޓިއާ ރިޔާސަތު އޯކޭ، ހަމަރަނގަޅަށް ވެސް ބޯގޮވާފަ" – ރައީސްގެ ވާހަކަތަކާއި އެކު ޓްވީޓަރގައި ވަރަށް ވާހަކަ
17 ޖުލައި 2017

42 އަކުން ފެށިއްޖެކަމެއް ކާމިޔާބުވާނެ، ތާރީހު ހެކިދޭ..!

17 ޖުލައި 2017
42 އަކުން ފެށިއްޖެކަމެއް ކާމިޔާބުވާނެ، ތާރީހު ހެކިދޭ..!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު