Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ސަރުކާރު ނިކަމެތި ކުރުމަށް ޕްލޭނެއް

ސަރުކާރު ބަލިކަށި ކުރުމުގެ ގޮތުން ފާހަގަ ކުރެވޭ މީހުން "ނިއުޓްރަލައިޒް" ކުރުމަށް ބޮޑު ޕްލޭންއެއް؟!

ސަރުކާރު ދެމެހެއްޓުމަށް މުހިންމު ދައުރު އަދާ ކުރާ މީހުންގެ ލިސްޓެެއް ވަނީ އެކުލަވާލާފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 12 ސެޕްޓެމްބަރު 2020 | ހޮނިހިރު 13:45
ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ސޯލިޙު- ރައީސް ސޯލިހްގެ ސަރުކާރަށް ދުއްތުރާ ކުރުމަށް އިދިކޮޅު މީހުން ގެންދަނީ އެކި ދުއްތުރާތައް ކުރަމުން

ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ސޯލިޙު- ރައީސް ސޯލިހްގެ ސަރުކާރަށް ދުއްތުރާ ކުރުމަށް އިދިކޮޅު މީހުން ގެންދަނީ އެކި ދުއްތުރާތައް ކުރަމުން

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރު ހީނަރު ކުރުމަށް އިދިކޮޅު ފަރާތްތަކުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ސަރުކާރަށް ވާގިވެރިވާ މުހިންމު ފަރާތްތައް "ނިއުޓްރަލައިޒް" ކުރުމުގެ ޕްލޭނެއް އެކުލަވާލާ އެއަށް އަމަލު ކުރަން ފަށައިފިކަމަށް ރާއްޖެއެމްވީ އަށް ވަރަށް އިތުބާރު ހުރި ގޮތެއްގައި އެނގިއްޖެއެވެ.

މިއީ ސަރުކާރު ބަލިކަށި ކުރުމަށް ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކަމަށް މިކަން ރާވާ ހިންގާ މީހުން ގަބޫލު ކުރާކަމަށް ވެސް ރާއްޖެއެމްވީއަށް އެނގިފައިވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި ޕްލޭން ރޭވި މީހުން ވަނީ ފުރަތަމަ މަރުހަލާގައި "ނިއުޓްރަލައިޒް" ކުރަން ޖެހޭ މީހުންގެ ލިސްޓެއް އެކުލަވާލާ، ލިސްޓްގައި ހިމެނޭ ކޮންމެ މީހެއްގެ އަޑު ކަނޑުވާލުމަށް ކުރާނެ ކަންކަން ރާވާ، ކޯޑިނޭޓް ކުރުމަށް އިދިކޮޅުގައި ހިމެނޭ ސިޔާސީ އިސް މީހުންނާ އެކި މީސްމީހުން ހަވާލު ކޮށްފައެވެ. "ނިއުޓްރަލައިޒް" ކުރުމަށް މުހިންމުވާ މީހުންގެ ލިސްޓުގައި ހިމެނޭ ބައެއް ފަރާތްތައް ރާއްޖެއެމްވީއަށް ވަނީ އެނގިފައެވެ.

ޓާސްކް ހަވާލު ކޮށްފައިވާ މީހުންގެ ތެރޭގައި ޕީޕީއެމްގެ ކުރީގެ މަޖިލީސް މެމްބަރުންނާއި، ޕީޕީއެމް ޕީއެންސީގެ އިސް ސަފުގައި މިހާރު ހަރަކާތްތެރިވާ ބައެއް ފަރާތްތައް ހިމެނެއެވެ. ޓާސްކް ހަވާލު ކޮށްފައިވާ ބައެއް ފަރާތްތަކުގެ ނަންތައްވެސް ރާއްޖެއެމްވީއަށް ވަނީ ލިބިފައެވެ. ނިއުޓްރަލައިޒް ކުރުމަށް ކުރަންޖެހޭ ކަންކަމުގެ ލިސްޓެއް އެކުލަވާލާފައިވާއިރު އޭގެ ތެރޭގައި އެމީހުންގެ އަގު ވައްޓާލުމާއި، އެމީހުންނާ މެދު ދޮގު ވާހަކަތައް ފެތުރުން އިތުރު ކުރުމާއި، ގާތުގައި އުޅޭ މުހިންމު މީހުން ފްރޭމް ކުރުމަށް މަސައްކަތް ކުރުން ހިމެނޭކަން ރާއްޖެއެމްވީ އަށް ވަނީ އެނގިފައެވެ.

ރާއްޖެއެމްވީ އަށް އެނގިފައިވާ ގޮތުގައި، ސަރުކާރާ ގުޅޭ މުހިންމު މީހުން "ނިއުޓްރަލައިޒް" ކުރުމުގައި ހަރަކާތްތެރިވާ ކޯޑިނޭޓަރުންނަށް ބޭނުންވާ ފައިސާ އާއި ޓާސްކް އަދާ ކުރުމަށް ބޭނުންވާ ހުރިހާ ވަސީލަތްތަކެއް މިކަމުގެ އަޑީގައި ހަރަކާތްތެރިވާ ފަރާތްތަކުން ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން ވަނީ ދީފައެވެ. އެ ވަސީލަތްތަކުގެ ތެރޭގައި ހިމެނޭނީ ކޮންކޮން އެއްޗެއްތޯ އެހުމުން ރާއްޖެއެމްވީ އަށް މައުލޫމާތު ދިން ފަރާތުން ބުނެފައިވަނީ، ޖާސޫސީ މައުލޫމާތާއި ޓާސްކް ހިންގަން ބޭނުންވާ "އެހީތެރިން" ފަދަ ކަންކަން ހިމެނޭ ކަމަށެވެ.

ސަރުކާރު ނިކަމެތި ކުރުމުގެ މަގްސަދުގައި އެކުލަވާލާފައިވާ ނިއުޓްރަލައިޒޭޝަން ޕްލޭންގައި ޓާގެޓްގެ ގޮތުގައި ފާހަގަ ކޮށްފައިވާ ފަރާތައް "ނިއުޓްރަލައިޒް" ކުރުމަށް އެމީހުންނާ އެންމެ ގާތުގައި އުޅޭ މީހުންގެ މައުލޫމާތު ހޯދާ ފޯރުކޮށްދީފައިވާ ކަމަށްވެސް ރާއްޖެއެމްވީއަށް އެނގިފައިވެއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރު އޮމާން ކަމާއެކު ހިންގިޔަ ނުދިނުމަށް އެކި ބާވަތުގެ ކަންކަން ރާވާ ހިންގަމުން ގޮސް އެކަންކަމުގައި މިހާތަނަށް އެދެވޭ ކާމިޔާބު ލިބޭތަން ނުފެނުމާއެކު ވަކި ވަކި މީހުންނަށް ޓާގެޓްކޮށްގެންވެސް ސަރުކާރު ބަލިކަށި ކުރެވޭތޯ މަސައްކަތް ކުރަނީ ކަމަށް މި ޕްލޭންގައި ހިމެނޭ ކަންކަން ފެނިފައިވާ ފަރާތުން ރާއްޖެއެމްވީ އާ މައުލޫމާތު ހިއްސާ ކުރަމުން ކިޔައިދީފައިވެއެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ރައްޔިތުން ނޫނެކޭ ބުނީ ސަރުކާރުގެ ސިޔާސަތުތަކަށް!

ރައްޔިތުން ނޫނެކޭ ބުނީ ސަރުކާރުގެ ސިޔާސަތުތަކަށް!

12 މެއި 2017
ރިލުވާނު ވަގަށް ނެގިތާ 1000 ދުވަސް، ވީގޮތެއް ހޯދުމުގައި ސަރުކާރު ނުކުޅެދިއްޖެ!

ރިލުވާނު ވަގަށް ނެގިތާ 1000 ދުވަސް، ވީގޮތެއް ހޯދުމުގައި ސަރުކާރު ނުކުޅެދިއްޖެ!

04 މެއި 2017
ސަރުކާރު އުޅެނީ "މޮޔަ ހަސަނަށް އަމާ ފެނިގެން އުޅުނު ހެން"

ސަރުކާރު އުޅެނީ "މޮޔަ ހަސަނަށް އަމާ ފެނިގެން އުޅުނު ހެން"

23 އެޕްރީލު 2017
ގާނޫނީ އިމުގެ ތެރެއިން ސަރުކާރު ވައްޓާލަން މަސައްކަތް ކުރުން، ކުށެއްތަ؟

ގާނޫނީ އިމުގެ ތެރެއިން ސަރުކާރު ވައްޓާލަން މަސައްކަތް ކުރުން، ކުށެއްތަ؟

21 އެޕްރީލު 2017
އޯގާތެރި، ކުޅަދާނަ، ޤާބިލް ސަރުކާރު! ލަދުން ބޯހަލާކު!

އޯގާތެރި، ކުޅަދާނަ، ޤާބިލް ސަރުކާރު! ލަދުން ބޯހަލާކު!

11 އެޕްރީލު 2017

އަހަރުތަކުން މިއަދު

12 މާރިޗު
ސްވީޓް ޕޮޓޭޓޯ ކެސެރޯލް ވިތް މާޝްމެލޯސް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ސްވީޓް ޕޮޓޭޓޯ ކެސެރޯލް ވިތް މާޝްމެލޯސް

އަންހެނުންގެ ދުވަސް ނިމި މުއާލާތް ކެނޑުނުއިރުވެސް އެ ވާހަކަދައްކަވަން އެމަނިކުފާނަށް ކެރިވަޑައިނުގަތެވެ.
20242 އަހަރު ކުރިން
ރިޕޯޓު

އަންހެނުންގެ ދުވަސް ނިމި މުއާލާތް ކެނޑުނުއިރުވެސް އެ ވާހަކަދައްކަވަން އެމަނިކުފާނަށް ކެރިވަޑައިނުގަތެވެ.

އިވުނީ މީހެއް ހަޅޭކުގެ އަޑު، ދެން ފެނުނީ ވެއްޓިފައި އޮއްވާ!
20233 އަހަރު ކުރިން
ރިޕޯޓު

އިވުނީ މީހެއް ހަޅޭކުގެ އަޑު، ދެން ފެނުނީ ވެއްޓިފައި އޮއްވާ!

ރާފިލްގެ ފަހު މެސެޖް ''އައްސަލާމް އަލައިކުމް ސަރ، އަޅުގަނޑު ވަރަށް ގަދައަށް ހުން އައިސްގެން މިއުޅެނީ''
20224 އަހަރު ކުރިން
ރިޕޯޓު

ރާފިލްގެ ފަހު މެސެޖް ''އައްސަލާމް އަލައިކުމް ސަރ، އަޅުގަނޑު ވަރަށް ގަދައަށް ހުން އައިސްގެން މިއުޅެނީ''

ކަސްރަތުކޮށް ނިމިގެން ދާއިރު މާސްކް އަޅައިގެން ދިއުމަށް ފުލުހުން އިލްތިމާސްކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

ކަސްރަތުކޮށް ނިމިގެން ދާއިރު މާސްކް އަޅައިގެން ދިއުމަށް ފުލުހުން އިލްތިމާސްކޮށްފި

ޔާމީންގެ އެއްވެސް ކެންޑިޑޭޓަކަށް ތާއީދެއް ނުކުރާނަން: މިނިސްޓަރު އައިޝާ
20197 އަހަރު ކުރިން
ރާއްޖެ

ޔާމީންގެ އެއްވެސް ކެންޑިޑޭޓަކަށް ތާއީދެއް ނުކުރާނަން: މިނިސްޓަރު އައިޝާ

ޖެނެރަލް ޝިޔާމް މާފަށް އެދި ތައުބާވުމަށް ރުކުމާ ގޮވާލައްވައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖެނެރަލް ޝިޔާމް މާފަށް އެދި ތައުބާވުމަށް ރުކުމާ ގޮވާލައްވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު