Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަފުށީގައި އަލުން ލޯކަލް ޓޫރިޒަމް ފެށުން

މާފުށީގައި ލޯކަލް ޓޫރިޒަމް އަލުން ފެށުމަށް ގާއިމު ކުރަންޖެހޭ ފްލޫ ކްލިނިކްގެ މަސައްކަތް ފަށައިފި

12 ސެޕްޓެމްބަރު 2020 | ހޮނިހިރު 08:33

މާފުށީގައި މަދުވަނީ ފްލޫ ކްލިނިކެއް އެކަނި

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 12 ސެޕްޓެމްބަރު 2020 | ހޮނިހިރު 08:33
ކ. މާފުއްޓާއި މާފުށި ފަޅުން ދާދިފަހުން ހިއްކި ބިން: މާފުއްޓަކީ ރާއްޖޭގެ ލޯކަލް ޓޫރިޒަމްގެ ނަމޫނާ ރަށެއް

ކ. މާފުއްޓާއި މާފުށި ފަޅުން ދާދިފަހުން ހިއްކި ބިން: މާފުއްޓަކީ ރާއްޖޭގެ ލޯކަލް ޓޫރިޒަމްގެ ނަމޫނާ ރަށެއް

ކ. މާފުށިގައި އަލުން ލޯކަލް ޓޫރިޒަމް ފެށުމަށްޓަކައި ގާއިމު ކުރަންޖެހޭ ފްލޫ ކްލިނިކް ގާއިމު ކުރުމުގެ މަސައްކަތް ފަށައިފިއެވެ.

މާފުށީ ކައުންސިލްގެ ރައީސް އުސްމާން ރަޝީދު "ރާއްޖެއެމްވީ" އަށް ވިދާޅުވީ މާފުށީގައި އަލުން ލޯކަލް ޓުރިޒަމް ފެށުމަށް ހުންނަންޖެހޭ ފްލޫ ކްލިނިކް މާފުށި ހެލްތް ސެންޓަރުގައި އިމާރާތް ކުރުމުގެ މަސައްކަތް ހޮނިހިރު ދުވަހު ފަށާފައިވާ ކަމަށެވެ.

Advertisement - newsAdvertisement

އުސްމާން ރަޝީދު ވިދާޅުވީ، މިކަން ކުރުމުގައި، ސަރުކާރުގެ ކަމާބެހޭ އިދާރާތާއި މާފުށި ކައުންސިލާއި އަދި މާފުށީގައި ލޯކަލް ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ ވިޔަފާރިވެރިން ބައިވެރިވާ ކަމަށެވެ.

އުސްމާނު ރަޝީދު ވިދާޅުވީ، ފްލޫ ކްލިނިކް ގާއިމު ކުރުމަށް ފައިސާގެ އެހީތެރިކަމުން ފެށިގެން މަސައްކަތް ކުރުމުގައި ވެސް އެރަށުގައި ލޯކަލް ޓޫރިޒަމް ވިޔަފާރިން އެހީތެރިކަން ވަރަށް ބޮޑަށް ލިބެމުންދާ ކަމަށާއި އެހެންކަމުން މާފުށިގައި ލޯކަލް ޓޫރިޒަމްގެ ވިޔަފާރީގައި ހަރަކާތްތެރިވާ ހުރިހާ ވިޔަފާރިވެރިންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވާ ކަމަށެވެ.

މީގެއިތުރުން އުސްމާން ރަޝީދު ވިދާޅުވީ، މާފުށީގެ ކޮންމެ އާއިލާއަކީ ވެސް އަދި ކޮންމެ ރައްޔިތަކީވެސް އެރަށުގެ ލޯކަލް ޓޫރިޒަމްގެ ބައިވެރިއެއް ކަމަށާއި، އަދި މިކަމުން އާމްދަނީ ނުލިބޭ އެންމެ އާއިލާއެއްވެސް މާފުށިގައި ނެތް ކަމަށެވެ. އެހެންކަމުން މިދިއަ މާރޗު މަހުގެ މެދުތެރެއިން ފެށިގެން، އެރަށުގެ ގެސްޓްހައުސް ވިޔަފާރިތައް ހުއްޓި، އެރަށުން ގެސްޓުން ހުސްވެ، މުޅިރަށް ފަޅުވެފައިވާ ކަމުގެ އިހުސާސެއް ކުރެވެމުންދާ ކަމަށެވެ.

އެހެންކަމުން، ރަށު ކައުންސިލާއި އަދި ލޯކަލް ޓޫރިޒަމް ހިންގާ ވިޔަފާރިވެރިންނާ ގުޅިގެން، އަލުން ލޯކަލް ޓޫރިޒަމް މަސައްކަތް ފެށޭތޯ ވަރަށް ބޮޑަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށާއި، ޓޫރިޒަމުން މިނިސްޓްރީ މިހާރު އިއުލާން ކޮށްފައިވާ ގޮތަށް އަންނަ އޮކްޓޯބަރު މަހުގެ 15 ވަނަ ދުވަހުން ފެށިގެން މާފުއްޓަށް ގެސްޓުން ގެނެވޭނެ އިންތިޒާމުތައް ހަމަޖެއްސޭތޯ ވަރަށް ބޮޑަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް އުސްމާން ރަޝީދު ވިދާޅުވި އެވެ.

އުސްމާން ރަޝީދު ވިދާޅުވީ، ޓޫރިޒަމް މިނިސްޓްރީ މިހާރު އިއުލާން ކޮށްފައިވާ ގޮތަށް އޮކްޓޯބަރު މަހުގެ 15 އިން ފެށިގެން ލޯކަލް ޓޫރިޒަމް ހިންގުމުގެ ފުރުސަތު، ލިބިގެން ދަނީ މާފުށީގައި ފްލޫ ކްލިނިކެއް ގާއިމު ކުރުމުން ކަމަށެވެ.

އުސްމާން ރަޝީދު ވިދާޅުވީ، ލޯކަލް ޓޫރިޒަމް ހިންގުމަށް ކަނޑައަޅާފައިވާ ގައިޑް ލައިނުގައި ބުނެފައިވާ ގޮތުން، މާފުށީގައި މަދުވަނީ ފްލޫ ކްލިނިކެއް އެކަނި ކަމަށާއި އެކަން މިހާރު ފެށިގެން ކުރިއަށްދާ ކަމަށެވެ.

މާފުއްޓަކީ ގިނަ އަދަދެއްގެ ގެސްޓްހައުސްތަކާއި ފަތުރުވެރިކަމުގެ ދާއިރާގެ ގިނަ ހަރަކާތްތަކެއް ހިންގަމުންދާ ރަށެވެ. ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ލޯކަލް ޓޫރިޒަމް ހިންގަނީ ވެސް މާފުށީގަ އެވެ.

ރާއްޖޭގައި ބޯޑަރު ބަންދުކޮށް، ރާއްޖެއަށް ޓޫސްރިސްޓުން އައުން މުޅިން ހުއްޓިގެން ދިޔައީ، މިދިއަ މާރޗު މަހުގެ 27 ވަނަ ދުވަހުން ފެށިގެން ނެވެ. ނަމަވެސް މިދިއަ ޖުލައި މަހުގެ 15 ގައި އަލުން ބޯޑަރު ހުޅުވާލުމާއެކު މަދުމަދުން ނަމަވެސް ޓޫސްޓް ރިސޯޓްތަކަށް ޓޫރިސްޓުން އަންނަމުން ދެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

01 ފެބުރުއަރީ 2017

ލޯކަލް ކައުންސިލް އިންތިޚާބު ފަސްކުރުމަކުން މާބޮޑު އަސަރެއް ނުކުރާނެ:ލަތީފް

01 ފެބުރުއަރީ 2017
 ލޯކަލް ކައުންސިލް އިންތިޚާބު ފަސްކުރުމަކުން މާބޮޑު އަސަރެއް ނުކުރާނެ:ލަތީފް
27 ޖެނުއަރީ 2017

ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ މީހުން ތަމްރީނު ކުރާނެ މީހުން ހޯދަން އަލުން ހުޅުވާލައިފި

27 ޖެނުއަރީ 2017
ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ މީހުން ތަމްރީނު ކުރާނެ މީހުން ހޯދަން އަލުން ހުޅުވާލައިފި
26 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބުގެ ޓިކެޓް ދިނީ ވަކިބައެއްގެ ނުފޫޒުން: މައުމޫން ފެކްޝަންސް

26 ޖެނުއަރީ 2017
 ލޯކަލް ކައުންސިލް އިންތިހާބުގެ ޓިކެޓް ދިނީ ވަކިބައެއްގެ ނުފޫޒުން: މައުމޫން ފެކްޝަންސް
25 ޖެނުއަރީ 2017

ބަސް ދަތުރުތައް ފެށުމަށް ވާން ޖެހޭ ތައްޔާރީތައް ދަނީ ކުރިއަށް: އެމްޓީސީސީ

25 ޖެނުއަރީ 2017
ބަސް ދަތުރުތައް ފެށުމަށް ވާން ޖެހޭ ތައްޔާރީތައް ދަނީ ކުރިއަށް: އެމްޓީސީސީ
24 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބުގެ އޮފިޝަލް ކަމަށް ކުރިމަތިލުމުގެ މުއްދަތު އަވަސް ކޮށްފި

24 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބުގެ އޮފިޝަލް ކަމަށް ކުރިމަތިލުމުގެ މުއްދަތު އަވަސް ކޮށްފި
21 ޖެނުއަރީ 2017

މި ސަރުކާރު ބޮޑަށް ފަރިތަވާނީ ލޯކަލް ކައުންސިލަކަށް ނޫން، ލޯކަނު ކައުންސިލަށް:ޝާހިދު

21 ޖެނުއަރީ 2017
މި ސަރުކާރު ބޮޑަށް ފަރިތަވާނީ ލޯކަލް ކައުންސިލަކަށް ނޫން، ލޯކަނު ކައުންސިލަށް:ޝާހިދު
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
10 ޖެނުއަރީ 2017

ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ވާދަ ނުކުރުމަށް އަދާލަތު ޕާޓީން ނިންމައިފި

10 ޖެނުއަރީ 2017
ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ވާދަ ނުކުރުމަށް އަދާލަތު ޕާޓީން ނިންމައިފި
10 ޖެނުއަރީ 2017

އަދާލަތު ޕާޓީން ލޯކަލް ކައުންސިލް އިންތިޚާބު ބޮއިކޮޓްކޮށްފި

10 ޖެނުއަރީ 2017
އަދާލަތު ޕާޓީން ލޯކަލް ކައުންސިލް އިންތިޚާބު ބޮއިކޮޓްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް