Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސުލްހައިގެ ވާހަކަތައް

އަފްޣާނިސްތާން ސަރުކާރާއި ޠާލިބާނާ ދެމެދު ސުލްހައިގެ ވާހަކަތައް ފަށައިފި

12 ސެޕްޓެމްބަރު 2020 | ހޮނިހިރު 05:04

އަފްޣާނިސްތާން ސަރުކާރާއި ޠާލިބާނުން އެއް މޭޒެއްގެ ދޮށަށް ގެނެވުމަކީ ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 12 ސެޕްޓެމްބަރު 2020 | ހޮނިހިރު 05:04
މިއަހަރުގެ ފެބްރުއަރީ މަހު ކުރިޔަށް ދިޔަ ވާހަކަތަކުގެ ތެރެއިން

މިއަހަރުގެ ފެބްރުއަރީ މަހު ކުރިޔަށް ދިޔަ ވާހަކަތަކުގެ ތެރެއިން

19 އަހަރުވީ ދިގު ހަނގުރާމަ ނިމުމަކަށް ގެނައުމަށް އަފްޣާނިސްތާން ސަރުކާރާއި ޠާލިބާނާ ދެމެދު ސުލްހައިގެ ވާހަކަތައް ގަތަރުގެ ވެރިރަށް ދޯހާގައި ފަށައިފި އެވެ.

ހޮނިހިރު ދުވަހު ސުލްހައިގެ ވާހަކަތައް ފަށާފައިވާއިރު މިއީ އެމެރިކާގެ ތާރީޚުގައި ވެސް އެގައުމުން ބޭރުގައި އެންމެ ގިނަ ދުވަސްވަންދެން ކުރިޔަށް ގެންގޮސްފައިވާ އަސްކަރީ އޮޕަރޭޝަނެވެ. އެމެރިކާގެ ތިން ރައީސުން ވަނީ މި އޮޕަރޭޝަން ކުރިޔަށް ގެންދަވާފައެވެ.

އޮފިޝަލުންނާއި، ޑިޕްލޮމެޓުން އަދި މަޝްރަހު ދިރާސާ ކުރާ ފަރާތްތަކުން ދެކޭ ގޮތުގައި އަފްޣާނިސްތާން ސަރުކާރާއި ޠާލިބާނުން އެއް މޭޒެއްގެ ދޮށަށް ގެނެވުމަކީ ލިބުނު ވަރަށް ބޮޑު ކާމިޔާބީއެކެވެ. އެހެންނަމަވެސް އޭގެ މާނައަކީ ސުލްހައިގެ ވާހަކަތައް ފަސޭހައިން ނިންމާލެވި ނަތީޖާއަކާ ހިސާބަށް ދެވުން ނޫންކަމަށް އެފަރާތްތަކުން ދެކެއެވެ.

އދ އިން އަފްޣާނިސްތާނަށް ކަނޑައަޅުއްވާފައި ހުންނަވާ ޚާއްސަ މަންދޫބު ޑެބޯރަ ލިއޮންސް އދ ގެ ސެކިޔުރިޓީ ކައުންސިލްގައި ވާހަކަދައްކަވަމުން މިމަހު ވިދާޅުވެފައިވަނީ ވާހަކަތައް އެންމެ ބޮޑަށް ބައްޓަން ވެގެންދާނީ އަފްޣާނިސްތާން ކުރިޔަށް އޮތްތަނުގައި ބޭނުންވެގެންދާ ގޮތްތަކުގެ މައްޗަށް ކަމަށެވެ.

ވާހަކަތައް ފެށިގެންދާނީ އެމެރިކާގެ ސެކެޓްރީ އޮފް ސްޓޭޓް މައިކް ޕޮމްޕޭގެ ބައިވެރިވެވަޑައިގަތުމާއެކު ބާއްވާ ޚާއްސަ ރަސްމިއްޔާތަކުންނެވެ. ވާހަކަތައް ފެށިގެން މިދަނީ އެމެރިކާއަށް 2001 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހުގެ 11 ވަނަ ދުވަހު ދިން ވަރުގަދަ ހަމަލާއަށް 19 އަހަރު ފުރުނުތާ އެއް ދުވަސް ފަހުންނެވެ. ސެޕްޓެމްބަރ 11ގެ މި ހަމަލާއަކީ އެމެރިކާ ސިފައިން އަފްޣާނިސްތާނަށް އެރުމުގެ މައިގަނޑު ސަބަބުވެސް މެއެވެ.

އޭރު އެމެރިކާގެ ރައީސް ކަމުގައި ހުންނެވީ ޖޯރޖް ޑަބްލިޔު ބުޝް އެވެ. އެމެރިކާއަށް ދިން ހަމަލާއަށް މަސްދުވަސްވީ ފަހުން ޖޯރޖް ޑަބްލިޔު ބުޝް ވަނީ އެހަމަލާގެ ފަހަތުގައި ހުރި އުސާމާ ބިން ލާދިން އަތުލައިގަތުމަށް ޚާއްސަ އޮޕަރޭޝަނެއް ފަށާފައެވެ.

އޭގެފަހުން ކުރިޔަށްދާ މިހަނގުރާމަ ނިމުމަކަށް ގެނައުމަށް ޠާލިބާނުންނާއި އެމެރިކާ އާ ދެމެދު މިއަހަރުގެ ފެބްރުއަރީ މަހު ވަނީ އެއްބަސްވުމަކާ ހަމައަށް އައިސްފައެވެ. އެއެއްބަސްވުމުގެ ދަށުން އަފްޣާނިސްތާނުގައި ތިބި އެމެރިކާ ސިފައިން އެގައުމުން ފައިބަން ޖެހެއެވެ. އަދި ޠާލިބާނުން ދޭ ހަމަލާތައް ހުއްޓާލަން ޖެހެއެވެ. އަދި ޠާލިބާނުންނާއި އަފްޣާނިސްތާން ސަރުކާރާ ދެމެދު ވާހަކަތައް ކުރިޔަށް ގެންދިޔުމަށް އަފްޣާނިސްތާންގެ ޖަލުތަކުގައި ތިބި 5000 ޠާލިބާނުން ދޫކޮށްލަންޖެހެއެވެ.

އެގޮތުގެ މަތިން އަފްޣާނިސްތާން ޖަލުތަކުގެ ތިބި ޠާލިބާނުން އެއްކޮށް މިނިވަންކޮށްފައިވަނީ ނިމިގެން ދިޔަ ހަފްތާގަ އެވެ.

އަނެއްކޮޅުން އެމެރިކާގެ ރިޔާސީ އިންތިޚާބު މިއަހަރުގެ ނޮވެމްބަރ މަހު އޮންނައިރު 2016 ވަނަ އަހަރު ވެރިކަމަށް އައުމަށް ޑޮނަލްޑް ޓްރަމްޕް ވެވަޑައިގެންނެވި ވައުދުކަމުގައިވާ އެމެރިކާގެ އަސްކަރިއްޔާގެ ޝާމިލްވުން އަފްޣާނިސްތާނުގައި މަދުކުރުމުގެ ސިޔާސަތު ތަންފީޒު ކުރުމަށްޓަކައި ވެސް މިކަމަކީ މުހިންމު ކަމެކެވެ.

އެމެރިކާއިން ނޮވެމްބަރ މަހާ ހަމައަށް އަންނައިރު އަފްޣާނިސްތާނުގައި ތިބި އެގައުމުގެ ސިފައިންގެ އަދަދު 13000ން 5000ށް މަދުކުރާނެ ކަމަށް ވަނީ ބެލެވިފައެވެ. މިއީ އެމެރިކާ އާއި ޠާލިބާނާ ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން އެމެރިކާއިން ކުރަންޖެހޭ ކަމެކެވެ. މިހާތަނަށް އައިއިރު އަފްޣާނިސްތާން ހަނގުރާމައިގައި އެމެރިކާގެ 2300 ސިފައިން ވަނީ މަރުވެފައެވެ.

ޔޫރަޕްގެ ޑިޕްލޮމެޓުން ވިދާޅުވާ ގޮތުގައި ސުލްހައިގެ ވާހަކަތަކުގެ އެންމެ ކުރީގައި އޮންނަން ޖެހޭނީ ހަމަލާ ބަދަލުކުރުން ހުއްޓާލުމެވެ. ޠާލިބާނުން އަފްޣާނިސްތާނުގެ އަސްކަރީ ފަރާތްތަކަށާއި އާންމުންނަށް ދެމުންގެންދާ ހަމަލާތައް ހުއްޓާލަން ޖެހޭނެކަމަށް އެ ފަރާތްތަކުން ގަބޫލުކުރެއެވެ.

19 އަހަރުވީ މިހަނގުރާމައިގައި މިހާތަނަށް އައިއިރު ލައްކައަކަށްވުރެ ގިނަ އާންމުން މަރުވެފައިވާއިރު އަފްޣާނިސްތާން އެއްކޮށްހެން ވަނީ ސުންނާފަތިވެފައެވެ. އެހެންކަމުން މިހަނގުރާމަ ނިމުމަކަށް ގެނެވޭނެ ހަމައެކަނި ގޮތަކީ ދެ ފަރާތުގެ މެދުގައި ކުރިޔަށް ގެންދެވޭ ވާހަކަތައް ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެއެވެ.

އެންމެ ހިނގާ

1

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

2

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

3

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

4

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

5

އީރާން ބަލިވެފައިވާކަމަށް 106 ފަހަރު އަދި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް 80 ފަހަރު ޓްރަމްޕް ވިދާޅުވެފައިވާތީ، އީރާންގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މެންބަރެއްގެ މަލާމާތް ޓްރަމްޕް އަށް!

އިތުރަށް ކިޔާލަން

03 އޯގަސްޓު 2017

ރަޝިއާ އާއި އެމެރިކާ އާ ދެމެދު އޮތް ގުޅުން މިހާތަނަށް ގޯސްވެފައި ނުވާހާ މިންވަރަށް ގޯސްވެއްޖެ: ރައީސް ޓްރަމްޕް

03 އޯގަސްޓު 2017
ރަޝިއާ އާއި އެމެރިކާ އާ ދެމެދު އޮތް ގުޅުން މިހާތަނަށް ގޯސްވެފައި ނުވާހާ މިންވަރަށް ގޯސްވެއްޖެ: ރައީސް ޓްރަމްޕް
22 ޖުލައި 2017

އެމެރިކާއިން އޮޅިގެން ދިން ވައިގެ ހަމަލާއެއްގައި އަފްޣާނިސްތާންގެ 16 މީހުން މަރުވެއްޖެ

22 ޖުލައި 2017
އެމެރިކާއިން އޮޅިގެން ދިން ވައިގެ ހަމަލާއެއްގައި އަފްޣާނިސްތާންގެ 16 މީހުން މަރުވެއްޖެ
26 ޖޫން 2017

ނޯބެލް ސުލްހައިގެ އިނާމު ލިބިފައިވާ ލިޔު ޝިއަބޯ މެޑިކަލް ޕެރޯލްގެ ދަށުން ދޫކޮށްލައިފި

26 ޖޫން 2017
ނޯބެލް ސުލްހައިގެ އިނާމު ލިބިފައިވާ ލިޔު ޝިއަބޯ މެޑިކަލް ޕެރޯލްގެ ދަށުން ދޫކޮށްލައިފި
02 ޖޫން 2017

ކާބުލަށް ދިން ހަމަލާގެ ޒިންމާ ނަގަން ޖެހޭނީ ޕާކިސްތާނާއި ތާލިބާނުން: އަފްޣާނިސްތާން

02 ޖޫން 2017
ކާބުލަށް ދިން ހަމަލާގެ ޒިންމާ ނަގަން ޖެހޭނީ ޕާކިސްތާނާއި ތާލިބާނުން: އަފްޣާނިސްތާން
18 މެއި 2017

ސުލްހައިގެ ވާހަކަތަކަށް ނާންނަހާ ހިނދަކު ޓެރަރިސްޓުންނާދެކޮޅަށް ހަމަލާދޭނަން: މާލީގެ ރައީސް

18 މެއި 2017
ސުލްހައިގެ ވާހަކަތަކަށް ނާންނަހާ ހިނދަކު ޓެރަރިސްޓުންނާދެކޮޅަށް ހަމަލާދޭނަން: މާލީގެ ރައީސް
21 މާރިޗު 2017

ޕާކިސްތާނާއި އަފްޣާނިސްތާން ގުޅޭ ބޯޑަރު ހުޅުވާލައިފި

21 މާރިޗު 2017
ޕާކިސްތާނާއި އަފްޣާނިސްތާން ގުޅޭ ބޯޑަރު ހުޅުވާލައިފި
04 ފެބުރުއަރީ 2017

ރަށްތަކުގެ މިލްކުވެރިކަމާ މެދު ޖަޕާނާއި ޗައިނާއާ ދެމެދު އުފެދިފައިވާ މައްސަލާގައި ޖަޕާން ދިފާއު ކުރާނަން: އެމެރިކާގެ ޑިފެންސް ސެކްރެޓަރީ

04 ފެބުރުއަރީ 2017
ރަށްތަކުގެ މިލްކުވެރިކަމާ މެދު ޖަޕާނާއި ޗައިނާއާ ދެމެދު އުފެދިފައިވާ މައްސަލާގައި ޖަޕާން ދިފާއު ކުރާނަން: އެމެރިކާގެ ޑިފެންސް ސެކްރެޓަރީ
26 ޖެނުއަރީ 2017

އަސްތާނާގައި ބޭއްވި ސީރިޔާގެ ސުލްހައިގެ މަޝްވަރާތަކަކީ ޖެނިވާގައި ބާއްވާ މަަޝްވަރާތަކުގައި ބޭނުން ކުރެވިދާނެ އަސާސެއް: ރައީސް ޕުޓިން

26 ޖެނުއަރީ 2017
އަސްތާނާގައި ބޭއްވި ސީރިޔާގެ ސުލްހައިގެ މަޝްވަރާތަކަކީ ޖެނިވާގައި ބާއްވާ މަަޝްވަރާތަކުގައި ބޭނުން ކުރެވިދާނެ އަސާސެއް: ރައީސް ޕުޓިން
25 ޖެނުއަރީ 2017

ސީރިޔާގެ ސުލްހައިގެ މަޝްވަރާތައް ފެށިއްޖެ

25 ޖެނުއަރީ 2017
ސީރިޔާގެ ސުލްހައިގެ މަޝްވަރާތައް ފެށިއްޖެ
25 ޖެނުއަރީ 2017

ސީރިޔާ ހަނގުރާމައިގެ ސުލްހައިގެ މަޝްވަރާތައް: ފުރަތަމަ ދުވަސް ކޮޅެއްގައި ނުޖެހުނު

25 ޖެނުއަރީ 2017
ސީރިޔާ ހަނގުރާމައިގެ ސުލްހައިގެ މަޝްވަރާތައް: ފުރަތަމަ ދުވަސް ކޮޅެއްގައި ނުޖެހުނު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް