Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޗެލްސީގައި ކާންޓޭ ބެހެއްޓުން

ޗެލްސީން އިންޓަގެ ހުށަހެޅުން ބަލައެއް ނުގަތް

11 ސެޕްޓެމްބަރު 2020 | ހުކުރު 09:12

އިންޓައިން ވަނީ ކާންޓޭ ހޯދުމަށް އެރިކްސަން އާއި ބްރޮޒޮވިޗް ޗެލްސީއަށް ހުށަހަޅާފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 11 ސެޕްޓެމްބަރު 2020 | ހުކުރު 09:12
ޗެލްސީއަށް ކުޅެމުން އަންނަ ފްރާންސް މިޑްފީލްޑަރު އެންގޯލޯ ކާންޓޭ

ޗެލްސީއަށް ކުޅެމުން އަންނަ ފްރާންސް މިޑްފީލްޑަރު އެންގޯލޯ ކާންޓޭ

ފްރާންސް މިޑްފީލްޑަރު އެންގޯލޯ ކާންޓޭ ގަންނަން އިންޓަ މިލާނުން ހުށަހެޅި ހުށަހެޅުން ބަލައިނުގަންނަން ޗެލްސީން ނިންމާފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

އިންޓައިން ވަނީ ކާންޓޭ ހޯދުމަށް ދެ މިޑްފީލްޑަރުން ކަމަށްވާ ކްރިސްޓިއަން އެރިކްސަން އާއި މާސެލޯ ބްރޮޒޮވިޗް ޗެލްސީއަށް ހުށަހަޅާފައެވެ. މި ޓްރާންސްފާ ބާޒާރުގައި ހަތް ކުޅުންތެރިއަކު ގަންނަން ޗެލްސީން މިހާތަނަށް 200 މިލިޔަން ޕައުންޑް ޚަރަދުކޮށްފައިވުމާއެކު، އެޓީމުން އަންނަނީ ބައެއް ކުޅުންތެރިން ވިއްކާލުމަށް މަސައްކަތް ކުރަމުންނެވެ.

އެކަމަކު ކާންޓޭ ވިއްކާލަން ޗެލްސީން ބޭނުންނުވާ ކަމަށާއި، އެހެންކަމުން އިންޓަގެ ހުށަހެޅުން ބަލައިނުގަންނަން ޗެލްސީން މިހާރު ނިންމާފައިވާ ކަމަށް "ދަ ގާޑިއަން" ގައި ވަނީ ރިޕޯޓުކޮށްފައެވެ.

ކާންޓޭ އަކީ ޗެލްސީގެ ކޯޗަކަށް މިހާރު އިންޓަގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ހުރިިއިރު ގެނައި ކުޅުންތެރިއެކެވެ. އެހެންކަމުން ކޮންޓޭގެ އެދުމުގެ މަތިން އިންޓަގެ މެނޭޖުމަންޓުން އަންނަނީ ކާންޓޭ އެޓީމަށް ގެނައުމަށް މަސައްކަތް ކުރަމުންނެވެ.

އަނިޔާގެ ސަބަބުން މިދިޔަ ސީޒަނުގައި ކާންޓޭއަށް ގިނަ މެޗުތަކެއް ގެއްލުނު ނަމަވެސް، އޭނާއަކީ އަދިވެސް ޗެލްސީއަށް ވަރަށް މުހިންމު ކުޅުންތެރިއެއް ކަމަށް އެޓީމުގެ ކޯޗު ފްރޭންކް ލަމްޕާޑް ވަނީ ބުނެފައެވެ. އަދި ކާންޓޭ ޗެލްސީގައި ދިގު މުއްދަތަކަށް މަޑުކުރުވަން ބޭނުން ކަމަށާއި، ކާންޓޭ ވިއްކާނުލާނެ ކަމަށްވެސް ލަމްޕާޑް މީގެ ކުރިން ވަނީ ބުނެފައެވެ.

ލެސްޓާ ސިޓީން ވިދާލި ކާންޓޭ ޗެލްސީއަށް ބަދަލުވީ 2016 ވަނަ އަހަރެވެ. މިހާތަނަށް ޗެލްސީއަށް ކުޅެދިން 170 މެޗުގައި 11 ލަނޑު ޖަހާފައިވާ ކާންޓޭ ވަނީ ޗެލްސީއާއެކު އިނގިރޭސި ޕްރިމިއާ ލީގާއި، އެފްއޭ ކަޕްގެ އިތުރުން ޔުއެފާ ޔޫރޮޕާ ލީގުވެސް ކާމިޔާބުކޮށްފައެވެ. އަދި ފްރާންސްގެ ގައުމީ ޓީމާއެކު 2018 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ކާމިޔާބުކުރި ކާންޓޭ ވަނީ ޕީއެފްއޭއިން ހޮވާ ޕްރިމިއާ ލީގުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދާފައެވެ.

އެންމެ ހިނގާ

1

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

2

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

3

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

4

މިސް ވޯރލްޑުގައި ދިވެހިރާއްޖެ ތަމްސީލު ކުރާ އީމާ އޭޝިއާ އާއި އޯޝޭނިއާ ރީޖަންގެ ގަދަ 5 ގައި ހިމެނިއްޖެ

5

ޓްރަމްޕްގެ ދަރިކަލުން ބެރޮންގެ ފުރާނަ އަށް ނުރައްކާވާ ގޮތަށް އީރާން އިން ދެއްކި މަންޒަރާއެކު، ސީކްރެޓް ސަރވިސް އެލާޓުގައި!

އިތުރަށް ކިޔާލަން

03 ޖޫން 2017

ޑެނީ އަލްވޭޒް ހޯދުމަށް ޗެލްސީން މަސައްކަތް ފަށައިފި

03 ޖޫން 2017
ޑެނީ އަލްވޭޒް ހޯދުމަށް ޗެލްސީން މަސައްކަތް ފަށައިފި
18 މެއި 2017

ވެރާޓީ ހޯދުމަށް އެންމެފަހުން ޗެލްސީން 55 މިލިއަން ޕައުންޑު ހުށަހަޅައިފި

18 މެއި 2017
ވެރާޓީ ހޯދުމަށް އެންމެފަހުން ޗެލްސީން 55 މިލިއަން ޕައުންޑު ހުށަހަޅައިފި
13 މެއި 2017

ޗައިނާ ލީގުގެ ހުށަހެޅުން ރިޖެކްޓްކޮށް ޕެޕޭ އިންޓައަށް ބަދަލުވަނީ

13 މެއި 2017
ޗައިނާ ލީގުގެ ހުށަހެޅުން ރިޖެކްޓްކޮށް ޕެޕޭ އިންޓައަށް ބަދަލުވަނީ
13 މެއި 2017

ޗެލްސީން ލީގު ކަށަވަރު ކޮށްފި

13 މެއި 2017
ޗެލްސީން ލީގު ކަށަވަރު ކޮށްފި
17 އެޕްރީލު 2017

ޗައިނާ ލީގުން ހުށަހެޅި 100 މިލިއަން ޕައުންޑުގެ ހުށަހެޅުން ރިޖެކްޓްކުރިން: އޮޒިލް

17 އެޕްރީލު 2017
ޗައިނާ ލީގުން ހުށަހެޅި 100 މިލިއަން ޕައުންޑުގެ ހުށަހެޅުން ރިޖެކްޓްކުރިން: އޮޒިލް
04 އެޕްރީލު 2017

ހައިސިއްޔަތު ނެތް ރައީސެއްގެ ނިންމުން ބަލައެއް ނުގަނެވޭނެ: އިއްޒަތު

04 އެޕްރީލު 2017
ހައިސިއްޔަތު ނެތް ރައީސެއްގެ ނިންމުން ބަލައެއް ނުގަނެވޭނެ: އިއްޒަތު
30 މާރިޗު 2017

މޮރާޓާ ހޯދުމަށް ޗެލްސީން 70 މިލިއަން ޕައުންޑު ހުށަހަޅައިފި

30 މާރިޗު 2017
މޮރާޓާ ހޯދުމަށް ޗެލްސީން 70 މިލިއަން ޕައުންޑު ހުށަހަޅައިފި
16 ފެބުރުއަރީ 2017

ކޯސްޓާ އަށް ޗެލްސީން އާ އެއްބަސްވުމެއް ހުށަހަޅައިފި

16 ފެބުރުއަރީ 2017
ކޯސްޓާ އަށް ޗެލްސީން އާ އެއްބަސްވުމެއް ހުށަހަޅައިފި
10 ފެބުރުއަރީ 2017

ހަމޭސް ހޯދުމަށް ޗެލްސީން ކުރާ މަސައްކަތް އަދިވެސް ނުހުއްޓާ

10 ފެބުރުއަރީ 2017
ހަމޭސް ހޯދުމަށް ޗެލްސީން ކުރާ މަސައްކަތް އަދިވެސް ނުހުއްޓާ
04 ޖެނުއަރީ 2017

ވެރާޓީ ހޯދުމަށް ޗެލްސީން 30 މިލިއަން ޕައުންޑު ހުށަހަޅައިފި

04 ޖެނުއަރީ 2017
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް