Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޑިޕާއީ ބާސާއަށް ބަދަލުވުން

ޑިޕާއީ ބާސާއަށް ބަދަލުވުމާ ގާތަށް

9 ސެޕްޓެމްބަރު 2020 | ބުދަ 17:21

ބާސާއިން ޑިޕާއީ ހޯދުމަށް މަސައްކަތް ކުރަނީ ކޫމަންގެ އެދުމުގެ މަތިން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 9 ސެޕްޓެމްބަރު 2020 | ބުދަ 17:21
ލިޔޯނަށް ކުޅެމުން އަންނަ ނެދަލެންޑްސްގެ ފޯވާޑް މެމްފިސް ޑިޕާއީ

ލިޔޯނަށް ކުޅެމުން އަންނަ ނެދަލެންޑްސްގެ ފޯވާޑް މެމްފިސް ޑިޕާއީ

ލިޔޯނަށް ކުޅެމުން އަންނަ ނެދަލެންޑްސްގެ ފޯވާޑް މެމްފިސް ޑިޕާއީ ބާސެލޯނާއަށް ބަދަލުވުމާ ގާތަށް ގޮސްފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

އުމުރުން 26 އަހަރުގެ ޑީޕާއީ އަކީ ބާސާގެ މިހާރުގެ ކޯޗު ރޮނާލްޑް ކޫމަން، ނެދަލެންޑްސްގެ ގައުމީ ފުޓްބޯޅަ ޓީމުގައި އިރުޝާދު ދީފައިވާ ކުޅުންތެރިއެކެވެ. ކޫމަންގެ އެދުމުގެ މަތިން ބާސާއިން ޑިޕާއީ ހޯދުމަށް މަސައްކަތް ކުރަމުން އަންނައިރު، ރިޕޯޓުތައް ބުނާ ގޮތުން ޑިޕާއި މިހާރު ވަނީ އަމިއްލަ ގޮތުން ބާސާއަށް ބަދަލުވުމަށް އެއްބަސްވެފައެވެ. އެހެންކަމުން މިހާރު ކުރިއަށްދަނީ ލިޔޯނުން ޑިޕާއި ވިއްކާނެ އަގެއް ކަނޑައެޅުމާ ގުޅޭ މަޝްވަރާ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

މީގެ ކުރިން މެންޗެސްޓާ ޔުނައިޓެޑަށްވެސް ކުޅުނު ޑިޕާއީ ލިޔޯނާ ގުޅުނީ 2017 ވަނަ އަހަރު، ހަތަރު އަހަރާ ބައިގެ އެއްބަސްވުމެއްގެ ދަށުންނެވެ. ލިޔޯންގައި ޑިޕާއީ މޮޅު ކުޅުމެއް ދައްކަމުން އަންނައިރު، އޭނާ ވަނީ މިހާތަނަށް ލިޔޯނަށް ކުޅެދިން 139 މެޗުގައި 57 ލަނޑު ކާމިޔާބުކޮށްފައެވެ.

ބާސާއިން ޑިޕާއީ ހޯދުމުގެ މަސައްކަތް ކުރަމުން އަންނައިރު، މި ޓްރާންސްފާ ބާޒާރުގައި އެޓީމަށް ކުޅެމުން އަންނަ އުރުގުއޭގެ ފޯވާޑް ލުއިސް ސުއަރޭޒް ވިއްކާލާނެ ކަމަށް ބެލެވެއެވެ. މީގެ ކުރިން ބާސާއިން ވަނީ ސުއަރޭޒްގެ ބަދަލުގައި އިންޓަ މިލާނަށް ކުޅެމުން އަންނަ އާޖެންޓީނާގެ ފޯވާޑް ލަޓާރޯ މާޓިނޭޒް ހޯދުމަށް މަސައްކަތް ކޮށްފައެވެ. އެކަމަކު މާޓިނޭޒް ހޯދުމުގެ މަސައްކަތް ބާސާއިން ހުއްޓާލީ އިންޓައިން އޭނާ ވިއްކަން ކިޔާ އަގު ބޮޑުވުމުން ކަމަށް ރިޕޯޓުތައް ބުނެއެވެ.

ބާސާގެ ކޯޗުގެ މަގާމާ ކޫމަން ހަވާލުވުމަށްފަހު ނެދަލެންޑްސްގެ ގައުމީ ޓީމުގެ ކުޅުންތެރިން ބާސާއަށް ގެނައުމަށް މަސައްކަތް ކުރަމުން އަންނައިރު، ލިވަޕޫލަށް ކުޅެމުން އަންނަ ނެދަލެންޑްސްގެ މިޑްފީލްޑަރު ޖޯޖީނިއޯ ވައިނަލްޑަމް ހޯދުމަށްވެސް ކޫމަން ބޭނުންވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

މިހާތަނަށް ބާސާއިން މި ޓްރާންސްފާ ބާޒާރުގައި އެޓީމަށް ގެނައި ހަމައެކަނި ކުޅުންތެރިޔަކީ ޔުވެންޓަސްއަށް ކުޅުނު ބޮސްނިއާގެ މިޑްފީލްޑަރު މިރަލެމް ޕިޔަނިޗެވެ. އަދި މިދިޔަ ސީޒަނުގައި ލޯނު އެއްބަސްވުމެއްގެ ދަށުން ބަޔާން މިއުނިކަށް ކުޅުނު ބްރެޒިލްގެ މިޑްފީލްޑަރު ފިލިޕް ކުޓީނިއޯ ވަނީ ބާސާއާ އަލުން ގުޅެފައެވެ.

އެންމެ ހިނގާ

1

ރައީސް މުއިއްޒު މޭޔަރުކަމަށް ގެންނަން އަމިއްލަ ގޭގައި ކޯލް ސެންޓަރު ހިންގި ފަޒްލާވެސް ވަޒީފާއިން ވަކިކޮށްފި

2

ރައީސް މުއިއްޒުގެ ކޮއްކޮ ހައްސާން އަށް މަސައްކަތެއް ނުކޮށް އެމްއޭސީއެލްއިން މުސާރަ ދޭތާ 4 މަސް!

3

އާޒިމާގެ ފުރަތަމަ ޓާސްކް ފްލޮޕް!

4

އީރާނުން ދެކުނު ކޮރެއާއަށް އިންޒާރުދީފި

5

އީރާނުން އާ މިސައިލެއް ޓެސްޓުކޮށް އެމެރިކާއަށް "ސާފު އިންޒާރެއް" ދީފި

އިތުރަށް ކިޔާލަން

03 މެއި 2017

ރޮނާލްޑޯގެ ހެޓްރިކާއެކު ރެއާލް ފައިނަލާ ގާތަށް

03 މެއި 2017
ރޮނާލްޑޯގެ ހެޓްރިކާއެކު ރެއާލް ފައިނަލާ ގާތަށް
16 އެޕްރީލު 2017

ސްޕެނިޝް ލަލީގާ: ސޮސައިޑާޑް އަތުން ބާސާއަށް ހަނި މޮޅެއް

16 އެޕްރީލު 2017
ސްޕެނިޝް ލަލީގާ: ސޮސައިޑާޑް އަތުން ބާސާއަށް ހަނި މޮޅެއް
10 އެޕްރީލު 2017

ކަވާނީ ދެލަނޑާއެކު މޮޅުވެ، ޕީއެސްޖީ މޮނާކޯއާ 3 ޕޮއިންޓް ގާތަށް ޖެހިލައިފި

10 އެޕްރީލު 2017
ކަވާނީ ދެލަނޑާއެކު މޮޅުވެ، ޕީއެސްޖީ މޮނާކޯއާ 3 ޕޮއިންޓް ގާތަށް ޖެހިލައިފި
09 އެޕްރީލު 2017

ޔުވެންޓަސް ލީގު ނެގުމާ ގާތަށް

09 އެޕްރީލު 2017
ޔުވެންޓަސް ލީގު ނެގުމާ ގާތަށް
03 އެޕްރީލު 2017

ނޭމާ ކާމިޔާބުކޮށްދިން 100 ވަނަ ލަނޑާއެކު ބާސާއަށް މޮޅެއް

03 އެޕްރީލު 2017
ނޭމާ ކާމިޔާބުކޮށްދިން 100 ވަނަ ލަނޑާއެކު ބާސާއަށް މޮޅެއް
31 މާރިޗު 2017

މިނިވަން ޗެމްޕިއަންޝިޕް: އުނގޫފާރު ފެށުން ރަނގަޅުކުރިއިރު، މާޅެންދޫ ފައިނަލާ ގާތަށް

31 މާރިޗު 2017
މިނިވަން ޗެމްޕިއަންޝިޕް: އުނގޫފާރު ފެށުން ރަނގަޅުކުރިއިރު، މާޅެންދޫ ފައިނަލާ ގާތަށް
16 މާރިޗު 2017

ބާސެލޯނާއަށް ބަދަލުވުމާ ގާތަށް ދިޔަ: ބަލޮޓެއްލީ

16 މާރިޗު 2017
ބާސެލޯނާއަށް ބަދަލުވުމާ ގާތަށް ދިޔަ: ބަލޮޓެއްލީ
02 ފެބުރުއަރީ 2017

އެޓްލެޓިކޯ ބަލިކޮށް ބާސެލޯނާ ފައިނަލާ ގާތަށް

02 ފެބުރުއަރީ 2017
އެޓްލެޓިކޯ ބަލިކޮށް ބާސެލޯނާ ފައިނަލާ ގާތަށް
31 ޖެނުއަރީ 2017

އިންޓަ މިލާން ބަލިކުރެވިއްޖެ ނަމަ ލީގު ތަށި ހޯދުމާ ގާތަށް ޖެހިލެވޭނެ: ހިގުއައިން

31 ޖެނުއަރީ 2017
އިންޓަ މިލާން ބަލިކުރެވިއްޖެ ނަމަ ލީގު ތަށި ހޯދުމާ ގާތަށް ޖެހިލެވޭނެ: ހިގުއައިން
04 ޖެނުއަރީ 2017

އިސްކޯ ހޯދުމާ ގާތަށް ޓޮޓެންހަމް ޖެހިލައިފި

04 ޖެނުއަރީ 2017
އިސްކޯ ހޯދުމާ ގާތަށް ޓޮޓެންހަމް ޖެހިލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް