Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމެސީ ބާސާގައި މަޑުކުރުން

މެސީ ނެތަސް ސްޕެނިޝް ލީގުގެ ހައިބަތު ކުޑައެއް ނުވާނެ: ޓެބާސް

9 ސެޕްޓެމްބަރު 2020 | ބުދަ 11:49

މީގެ ކުރިން މެސީ ވަނީ މި ޓްރާންސްފާ ބާޒާރުގައި ކުލަބު ދޫކޮށްލަން ބޭނުންވާކަން މެނޭޖުމަންޓަށް އަންގާފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 9 ސެޕްޓެމްބަރު 2020 | ބުދަ 11:49
ބާސެލޯނާގެ ކެޕްޓަން ލިއޮނެލް މެސީ އާއި ލަލީގާގެ ރައީސް ހަވިއޭ ޓެބާސް

ބާސެލޯނާގެ ކެޕްޓަން ލިއޮނެލް މެސީ އާއި ލަލީގާގެ ރައީސް ހަވިއޭ ޓެބާސް

މި ފަހަރުގެ ޓްރާންސްފާ ބާޒާރުގައި ލިއޮނަލް މެސީ ބާސެލޯނާ ދޫކޮށް ދިޔަ ނަމަވެސް ސްޕެނިޝް ލީގުގެ ހައިބަތު ކުޑަނުވާނެ ކަމަށް ލީގުގެ ރައީސް ހަވިއޭ ޓެބާސް ވިދާޅުވެއްޖެއެވެ.

މިފަހަރުގެ ޓްރާންސްފާ ބާޒާރުގައި މެސީ ވަނީ ބާސާ ދޫކޮށްލަން ނިންމައި، އެކަން އެ ކުލަބުގެ މެނޭޖުމަންޓަށް އަންގާފައެވެ. ބާސާއާއެކު މެސީ ހަދާފައިވާ އެއްބަސްވުން އަންނަ އަހަރުގެ ހޫނު މޫސުމުގައި ހަމަވަން އޮތްއިރު، މިހާރު އޮތް ގޮތުންނަމަ މި ޓްރާންސްފާ ބާޒާރުގައި މެސީ ގެންދަން ބޭނުންވާ ކުލަބަކުން، އެއްބަސްވުން އުވާލަން 700 މިލިޔަން ޔޫރޯ ދައްކަން ޖެހޭނެއެވެ. އެހެންކަމުން މެސީ ވަނީ އެއްބަސްވުން ބަދަލުކޮށް، މި ޓްރާންސްފާ ބާޒާރުގައި ހިލޭ އެ ކުލަބު ދޫކޮށް ދިޔުމުގެ ފުރުސަތު ތަނަވަސްކޮށްދިނުމަށް އެދެފައެވެ.

އެކަމަކު މެސީގެ އެއްބަސްވުމަށް ލުއި ދިނުމަށް ބާސާގެ މެނޭޖުމަންޓުން އެއްބަސްނުވުމާ ގުޅިގެން، މެސީ ވަނީ އޭނާގެ ނިންމުން ބަދަލުކޮށް ކުރިއަށް އޮތް ސީޒަނުގައި ބާސާގައި މަޑުކުރުމަށް ނިންމާފައެވެ.

މީގެ ކުރިން މެސީގެ ޓްރާނސްފާ މައްސަލައިގައި ސްޕެނިޝް ލީގުން ވަނީ ދެ ބަޔާނެއް ނެރެފައެވެ. އެ ދެ ބަޔާނުގައިވެސް ބުނެފައިވަނީ މެސީގެ އެއްބަސްވުމުގައި އޭނާ ކުލަބު ބަދަލުކުރެވޭނެ ގޮތް ސާފުކޮށް ލިޔެފައިވާ ކަމަށާއި، އެގޮތުން އެއްބަސްވުން ހަމަވުމުގެ ކުރިން މެސީއަށް އެހެން ކުލަބަކަށް ދެވޭނީ 700 މިލިއަން ޔޫރޯ ދައްކައިގެން ކަމަށެވެ.

ދާދި ފަހުން ދިން އިންޓަވިއުއެއްގައި ޓެބާސް ވިދާޅުވީ މެސީ އަކީ ފުޓްބޯޅަ ތާރީޚު ދުށް އެންމެ މޮޅު ކުޅުންތެރިޔާ ކަމަށާއި، ލީގުގެ ރައީސެއްގެ ހައިސިއްޔަތުން މެސީގެ ކެރިއަރު ސްޕެނިޝް ލީގުގައި ނިންމާލަން އޭނާ ބޭނުންވާ ކަމަށެވެ. އެކަމަކު މެސީ ލީގު ދޫކޮށް ދިޔުމަކީ ވަރަށް ބޮޑު ގެއްލުމެއްވާނެ ކަމެއްގެ ގޮތުގައި އެއްވެސް އިރަކު ނުދެކޭ ކަމަށާއި، މެސީ ދިޔަސް ސްޕެނިޝް ލީގުގެ އާމްދަނީއަށް މާ ބޮޑު އަސަރެއް ނުކުރާނެ ކަމަށްވެސް ވަނީ ބުނެފައެވެ.

އެއްބަސްވުމާ އެއްގޮތަށް މި ސީޒނުގައި ބާސާގައި މަޑުކުރަން މެސީ ނިންމާފައިވާއިރު، އޭނާ މިހާރު އަންނަނީ ބާސާގެ ފަރިތަކުރުންތަކުގައި ބައިވެރިވަމުންނެވެ. އެކަމަކު އުމުރުން މިހާރު 33 އަހަރުގެ މެސީގެ އެއްބަސްވުން ހަމަވުމާއެކު، އަންނަ ސީޒަން ނިމުމުން އޭނާ ހިލޭ ޓްރާންސްފާއެއްގެ ދަށުން ކުލަބު ދޫކޮށްލާނެ ކަމަށް ބެލެވެއެވެ.

ބާސާގެ ސީނިއާ ޓީމުން 2004 ވަނަ އަހަރު ކެރިއަރު ފެށި މެސީއަކީ ބާސާގެ ތާރީޚުގައި އެޓީމަށް އެންމެ ގިނަ ލަނޑު ޖަހާދީފައިވާ ކުޅުންތެރިޔާއެވެ. އެގޮތުން މިހާތަނަށް 634 ލަނޑު މެސީ ކާމިޔާބުކޮށްފައިވާއިރު، އޭނާ ވަނީ ބާސާއާއެކު ސްޕެނިޝް ލީގު 10 ފަހަރު ހޯދާފައެވެ. އަދި ޗެމްޕިއަންސް ލީގު ހަތަރު ފަހަރު ހޯދާފައި ވާއިރު، މެސީ ވަނީ މިހާތަނަށް ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާއަށްދޭ ބަލޮންޑޯ އެވޯޑް ހަ ފަހަރު ހޯދާފައެވެ. މެސީ އަކީ މި އެވޯޑް އެންމެ ގިނައިން ހޯދި ކުޅުންތެރިޔާއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

12 ފެބުރުއަރީ 2017

ސްޕެނިޝް ލަލީގާ: ރެއާލް އަދި ބާސާ މޮޅުވެ މަގާމު ދަމަހައްޓައިފި

12 ފެބުރުއަރީ 2017
ސްޕެނިޝް ލަލީގާ: ރެއާލް އަދި ބާސާ މޮޅުވެ މަގާމު ދަމަހައްޓައިފި
05 ފެބުރުއަރީ 2017

ސްޕެނިޝް ލަލީގާ: އެތުލެޓިކް ކްލަބް ބަލިކޮށް ބާސާ ލީޑު ކުޑަކޮށްފި

05 ފެބުރުއަރީ 2017
ސްޕެނިޝް ލަލީގާ: އެތުލެޓިކް ކްލަބް ބަލިކޮށް ބާސާ ލީޑު ކުޑަކޮށްފި
02 ފެބުރުއަރީ 2017

ޗެމްޕިއަންސް ލީގުގެ ޖާގައަކަށް އެންމެ ފަހުވަގުތާ ޖެހެންދެންވެސް މަސައްކަތްކުރާނަން: ގާޑިއޯލާ

02 ފެބުރުއަރީ 2017
ޗެމްޕިއަންސް ލީގުގެ ޖާގައަކަށް އެންމެ ފަހުވަގުތާ ޖެހެންދެންވެސް މަސައްކަތްކުރާނަން: ގާޑިއޯލާ
22 ޖެނުއަރީ 2017

ރާމޯސްގެ ދެލަނޑާއެކު ރެއާލް ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި

22 ޖެނުއަރީ 2017
ރާމޯސްގެ ދެލަނޑާއެކު ރެއާލް ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި
17 ޖެނުއަރީ 2017

އާ ސީޒަނަށް ނުކުންނާނީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރަން: ޝަޒީން

17 ޖެނުއަރީ 2017
އާ ސީޒަނަށް ނުކުންނާނީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރަން: ޝަޒީން
15 ޖެނުއަރީ 2017

ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް

15 ޖެނުއަރީ 2017
ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް
15 ޖެނުއަރީ 2017

ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

15 ޖެނުއަރީ 2017
ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް
15 ޖެނުއަރީ 2017

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް
12 ޖެނުއަރީ 2017

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017
އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި
11 ޖެނުއަރީ 2017

ސްޕެނިޝް ކަޕުގެ ކުއާޓާއަށް އެތުލެޓިކޯ ދަތުރުކޮށްފި

11 ޖެނުއަރީ 2017
ސްޕެނިޝް ކަޕުގެ ކުއާޓާއަށް އެތުލެޓިކޯ ދަތުރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް