Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޓީޓީ އެސޯސިއޭޝަނުގެ އިންތިޚާބު

ކުޅިވަރަކީ ކޯޓަށް ގޮސްގެން ކަންކަން ނިންމަން ޖެހޭ ކަމެއް ނޫންކަން އެނގިއްޖެ: އައްޔަ

8 ސެޕްޓެމްބަރު 2020 | އަންގާރަ 17:20

އައްޔަ އިންތިޚާބު ކާމިޔާބުކުރެއްވީ ތޯހާ ސަލީމާ ވާދަކުރައްވާ 75 ވޯޓުގެ ތަފާތަކުން

އަތޫފް އާތިފް
އަތޫފް އާތިފް | 8 ސެޕްޓެމްބަރު 2020 | އަންގާރަ 17:20
ޓޭބަލް ޓެނިސް އެސޯސިއޭޝަނުގެ ރައީސް އަލީ ރަޝީދު (އައްޔަ)

ޓޭބަލް ޓެނިސް އެސޯސިއޭޝަނުގެ ރައީސް އަލީ ރަޝީދު (އައްޔަ)

ކުޅިވަރަކީ ކޯޓަށް ގޮސްގެން ކަންކަން ނިންމަން ޖެހޭ ކަމެއް ނޫންކަން ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އިންތިޚާބުން އެނގިގެން ގޮސްފި ކަމަށް އެ އެސޯސިއޭޝަނުގެ ރައީސްގެ މަގާމަށް ދެވަނަ ދައުރަކަށް އިންތިޚާބު ވެވަޑައިގެންނެވި އަލީ ރަޝީދު (އައްޔަ) ވިދާޅުވެއްޖެއެވެ.

ޓީޓީ އެސޯސިއޭޝަނުގެ އިންތިޚާބު އަންގާރަ ދުވަހު ބޭއްވީ، އިންތިޚާބު ފަސްކޮށްދިނުމަށް ވަގުތީ އަމުރަކަށް ކުރީގެ މަޝްހޫރު ޓީޓީ ކުޅުންތެރިޔާ އަލީ އާދަމް މަނިކް (ތާޅަފިލި އަލިބެ) ސިވިލް ކޯޓުގައި އެދުނު ނަމަވެސް، ވަގުތީ އަމުރެއް ނެރެދެވެން ނެތް ކަމަށް ކޯޓުން ނިންމުމާ ގުޅިގެންނެވެ.

ޓީޓީ އެސޯސިއޭޝަނުގެ އިންތިޚާބު އައްޔަ ކާމިޔާބުކުރެއްވީ ޣިޔާސުއްދީން ސްކޫލްގެ ކުރީގެ ޕްރިންސިޕަލް ތޯހާ ސަލީމާ ވާދަކުރައްވާ 75 ވޯޓުގެ ތަފާތަކުންނެވެ. އައްޔައަށް އިންތިޚާބުގައި 155 ވޯޓު ލިބިވަޑައިގެންނެވިއިރު، ތޯހާ ލިބިވަޑައިގެންނެވީ 80 ވޯޓެވެ.

ރައީސްގެ މަގާމަށް ދެވަނަ ދައުރަކަށް އިންތިޚާބު ވެވަޑައިގަތުމަށް ފަހު މީޑިއާތަކާ ވާހަކަ ދައްކަވަމުން އައްޔަ ވިދާޅުވީ ހޯމަ ދުވަހު ސިވިލް ކޯޓުން ނިންމި ނިންމުމާއި، އަދި އަންގާރަ ދުވަހު ބޭއްވި އިންތިޚާބުން އެނގިގެން ދިޔައީ ކުޅިވަރަކީ ކޯޓުތަކުން ކަންކަން ނިންމާ ކަމެއް ނޫންކަން ކަމަށާއި، ކުޅިވަރުގައި ގޮތް ނިންމާނީ އެސޯސިއޭޝަނުގެ މެންބަރުން ލާ ވޯޓުން ކަމަށެވެ. އަދި ހޯމަ ދުވަހު ކޯޓުން ނިންމި ނިންމުން އެއީ ކުޅިވަރު އާއިލާއަށް ލިބިގެންދިޔަ ކާމިޔާބީއެއް ކަމަށްވެސް އައްޔަ ވިދާޅުވިއެވެ.

އައްޔަ އިތުރަށް ވިދާޅުވީ ޓީޓީ އެސޯސިއޭޝަނުގެ އިންތިޚާބު ކާމިޔާބުކުރުމުގެ ޔަގީންކަން ކުރިންވެސް އޮތް ކަމަށާއި، އެކަމަކު އިންތިޚާބު ބޯމަތިވިއިރު އެކި ފަރާތްތަކުގެ ޕްރެޝަރު އައި ކަމަށެވެ.

ޓީޓީ އެސޯސިއޭޝަނުގެ އިންތިޚާބު އަންގަރަ ދުވަހު ބޭއްވިއިރު، އައު ހިންގާ ކޮމިޓީއަށް ހޮވުވަޑައިގަތީ ހުސް އައްޔަގެ ޓީމުގައި ހިމެނުނު ބޭފުޅުންނެވެ.

ޓީޓީގެ ގިނަ މުބާރާތްތަކުގައި މީގެ ކުރިން ގިނަ ކާމިޔާބީތަކެއް ހޯދާފައިވަ އައްޔަ އަންނަނީ 2006 ވަނަ އަހަރުން ކުޅުން ހުއްޓާލީއްސުރެ އެސޯސިއޭޝަނަށް ޚިދުމަތްކުރަމުންނެވެ. އެގޮތުން 2006ން 2008ށް އިދާރީ މަސައްކަތްތައް ކުރިއިރު، 2008 ވަނަ އަހަރުން ފެށިގެން އޭނާ ވަނީ ނައިބު ރައީސްގެ މަގާމު ފުރުއްވާފައެވެ. އައްޔަ ޓީޓީގެ ރައީސްގެ މަގާމަށް ފުރަތަމަ އިންތިޚާބުވީ 2016 ވަނަ އަހަރުއެވެ. އައްޔަގެ ރައީސްކަމުގައި ޓީޓީން ވަނީ 21 މެޑަލް ހޯދާފައެވެ. އަދި މިދިޔަ އަހަރުތަކުގައި ބައިނަލްއަގުވާމީ މައިދާނުގައި ޓީޓީން ވަނީ ބޮޑެތި ކާމިޔާބީތަކެއް ހޯދާފައެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

އިތުރަށް ކިޔާލަން

23 މެއި 2018

މިހަފްތާގެ ތެރޭގައި ރޫނީގެ ޓްރާންސްފާގެ ކަންކަން ނިމޭނެ!

23 މެއި 2018
މިހަފްތާގެ ތެރޭގައި ރޫނީގެ ޓްރާންސްފާގެ ކަންކަން ނިމޭނެ!
06 އެޕްރީލު 2018

ތިން މަސް ދުވަހަށްފަހު ނަދާލް އެނބުރި ޓެނިސް ކޯޓަށް

06 އެޕްރީލު 2018
ތިން މަސް ދުވަހަށްފަހު ނަދާލް އެނބުރި ޓެނިސް ކޯޓަށް
21 މާރިޗު 2018

ވޯލްޑް ކަޕްގެ ކުރިން ކުރިމަގާއި މެދު ގޮތެއް ނިންމަން ގްރީޒްމަން ބޭނުން

21 މާރިޗު 2018
ވޯލްޑް ކަޕްގެ ކުރިން ކުރިމަގާއި މެދު ގޮތެއް ނިންމަން ގްރީޒްމަން ބޭނުން
13 ނޮވެމްބަރު 2017

ލެސްޓާގެ ވެރިންނާއި ދެކޮޅަށް ކޯޓަށް މައްސަލަ ހުށަހަޅައިފި

13 ނޮވެމްބަރު 2017
ލެސްޓާގެ ވެރިންނާއި ދެކޮޅަށް ކޯޓަށް މައްސަލަ ހުށަހަޅައިފި
01 އޯގަސްޓު 2017

ޓެކްސް އަށް މަކަރުހަދާ އޮޅުވާލުމުގެ ދައުވާއާ ގުޅިގެން ރޮނާލްޑޯ ކޯޓަށް

01 އޯގަސްޓު 2017
ޓެކްސް އަށް މަކަރުހަދާ އޮޅުވާލުމުގެ ދައުވާއާ ގުޅިގެން ރޮނާލްޑޯ ކޯޓަށް
21 ޖުލައި 2017

މިއީ ކުރި ބުރަ މަސައްކަތުގެ ނަތީޖާ، ޓީމުގައި މަޑުކުރަން އަދި ނުނިންމަން: މޯހަން

21 ޖުލައި 2017
މިއީ ކުރި ބުރަ މަސައްކަތުގެ ނަތީޖާ، ޓީމުގައި މަޑުކުރަން އަދި ނުނިންމަން: މޯހަން
27 މެއި 2017

ޔުނައިޓެޑަށް ބަދަލުވާން ނުނިންމަން، ފެތުރެމުންދަނީ ދޮގު ހަބަރެއް: ގްރިޒްމަން

27 މެއި 2017
ޔުނައިޓެޑަށް ބަދަލުވާން ނުނިންމަން، ފެތުރެމުންދަނީ ދޮގު ހަބަރެއް: ގްރިޒްމަން
11 އެޕްރީލު 2017

އެންޑީ މަރޭ އެނބުރި ކޯޓަށް

11 އެޕްރީލު 2017
އެންޑީ މަރޭ އެނބުރި ކޯޓަށް
07 އެޕްރީލު 2017

ޔުނައިޓެޑަށް ދާކަށް ނުނިންމަން: ގްރިޒްމަން

07 އެޕްރީލު 2017
ޔުނައިޓެޑަށް ދާކަށް ނުނިންމަން: ގްރިޒްމަން
11 ޖެނުއަރީ 2017

ކުޓީނިއޯ ކުޅުމާމެދު ވަކި ގޮތެއް ނުނިންމަން: ކްލޮޕް

11 ޖެނުއަރީ 2017
ކުޓީނިއޯ ކުޅުމާމެދު ވަކި ގޮތެއް ނުނިންމަން: ކްލޮޕް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް