Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުރަފައޭލް ނަދާލް

ތިން މަސް ދުވަހަށްފަހު ނަދާލް އެނބުރި ޓެނިސް ކޯޓަށް

6 އެޕްރީލު 2018 | ހުކުރު 14:21

ނަޑާލްއަށް އަނިޔާވީ އޮސްޓްރޭލިއަން އޯޕަންގެ ކުއާޓާ ފައިނަލްގައި

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 6 އެޕްރީލު 2018 | ހުކުރު 14:21
ދުނިޔޭގެ އެއްވަނަ ޓެނިސް ކުޅުންތެރިޔާ ރަފައޭލް ނަޑާލް

ދުނިޔޭގެ އެއްވަނަ ޓެނިސް ކުޅުންތެރިޔާ ރަފައޭލް ނަޑާލް

ތިން މަސް ދުވަހަށް ފަހު ދުނިޔޭގެ އެއްވަނަ ޓެނިސް ކުޅުންތެރިޔާ ރަފައޭލް ނަޑާލް ޑޭވިސް ކަޕްގެ ކުއާޓާގައި ކުޅެން ތައްޔާރުވެއްޖެއެވެ.

މިދިޔަ ޖެނުއަރީ މަހު އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތުގެ ކުއާޓަރ ފައިނަލްގައި މެރިން ކިލިޗްއާ ދެކޮޅަށް ކުޅެނިކޮށް ލިބުނު އަނިޔާ އަށް ފަހު 31 އަހަރުގެ ނަޑާލް ވާދަވެރި މުބާރާތެއްގައި ކުޅެފައެއް ނުވެއެވެ. އުނަގަނޑަށް ލިބުނު އަނިޔާއިން ނަޑާލް އެއްކޮށް ރަނގަޅުވެފައިވާއިރު ޑޭވިސް ކަޕްގެ ކުއާޓާ ފައިނަލުގައި ސްޕެއިން އަދި ޖަރުމަނު ބައްދަލުކުރާއިރު ނަޑާލް ސިންގަލްސް މެޗެއް ކުޅޭނެއެވެ.

ވެލެންސިއާގައި ކުޅޭ މި މެޗުގައި ޖަރުމަނުގެ ފިލިޕް ކޯލްޝްރައިބާއާ ދެކޮޅަށް ނަޑާލް ނުކުންނައިރު އޭނާގެ ޓީމުގައި ހިމެނޭ ޑޭވިޑް ފެރާ ނުކުންނާނީ ޖަރުމަނުގެ ޓީމުގައި ހިމެނޭ ދުނިޔޭގެ ހަތަރުވަނައިގައި ރޭންކް ކުރެވިފައިވާ ޒުވާން ޓެނިސް ކުޅުންތެރިޔާ އެލެކްޒެންޑްރާ ޒްވަރޭވްއާ ދެކޮޅަށެވެ.

އެންމެފަހުން ޑޭވިސް ކަޕްގައި ކުޅުނު 22 މެޗު ވެސް ނަޑާލް ކާމިޔާބުކޮށްފައިވާއިރު އާދިއްތަ ދުވަހު ޒްވަރޭވްއާ ދެކޮޅަށް ވެސް އޭނާ ނުކުންނާނެއެވެ. އޭނާ ޑޭވިސް ކަޕްގެ ސިންގަލްސް މެޗަކުން ބަލިވީ އެ މުބާރާތުގައި ކުޅުނު އެންމެ ފުރަތަމަ މެޗުގައި 2004 ވަނަ އަހަރު ޗެކް ރިޕަބްލިކްގެ ޖިރީ ނޮވާކް އަތުންނެވެ.

މިދިޔަ މަހު ބޭއްވި އެކަޕުލްކޯ އޯޕަންގައި ވާދަކުރުމަށް ނަޑާލް ނިންމި ނަމަވެސް އެ ނިންމުން ބަދަލުކޮށް، ނަޑާލް ވަނީ އިންޑިއަން ވެލްސް އަދި މަޔާމީގައި ބާއްވާ އޭޓީޕީ މާސްޓަރސް މުބާރާތްތަކުން ވެސް ވަކިވެފައެވެ.

ޖެނުއަރީ މަހުގެ ފަހުން ވާދަވެރި މެޗެއް ކުޅެފައިނުވި ނަމަވެސް، މަޔާމީ އޯޕަންގެ ދެވަނަ ބުރުން ސްވިޓްޒަލެންޑްގެ ރޮޖަރ ފެޑެރާ މި ހަފްތާގައި ކެޓުމާ އެކު، ނަޑާލް މިމުބާރާތަށް ނުކުންނަނީ ދުނިޔޭގެ ޓެނިސް ރޭންކިންގެ އެއްވަނަ ކުޅުންތެރިޔާގެ ގޮތުގައެވެ. ނަޑާލް ވަނީ އޭނާގެ ޓެނިސް ކެރިއަރުގައި ގްރޭންޑް ސްލޭމްގެ 16 މުބާރާތެއް ކާމިޔާބުކޮށްފައެވެ.

ޑޭވިސް ކަޕްގެ ފުރަތަމަ ބުރުގައި މިދިޔަ މަހު ގްރޭޓް ބްރިޓަން ބަލިކޮށް މުބާރާތުން ކަޓުވާލި ސްޕެއިންގެ ޓީމުން ޖަރުމަނާއި ދެކޮޅަށް އޭޕްރީލް މަހުގެ 6-8 އަށް ކުޅޭ ކުއާޓަރ ފައިނަލްގައި ނުކުންނާނީ ވެލެންސިޔާގައި އޮންނަ ނަޑާލް އެންމެ ގަޔާވާ ކްލޭ ކޯޓުގައެވެ.

ޑޭވިސް ކަޕްގައި ވާދަކުރާ ސްޕެއިންގެ ޓީމުގައި ނަޑާލް އަދި ކެޕްޓަން ސާޖީ ބްރުގުއޭރާގެ އިތުރުން ދެން ހިމެނެނީ ރޮބާޓޯ ބައުޓިސްޓާ އަގުޓް، ޕަބްލޯ ކަރޭނޯ ބުސްޓާ އަދި ފެލިސިއާނޯ ލޯޕޭޒްގެ އިތުރުން ޑޭވިޑް ފެރަރއެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

މެޗު ފަސޭހައެއް ނުވާނެ، ނުކުންނާނީ ތިން ޕޮއިންޓް ހޯދަން: އިޤްބާލް

30 ޖެނުއަރީ 2017
މެޗު ފަސޭހައެއް ނުވާނެ، ނުކުންނާނީ ތިން ޕޮއިންޓް ހޯދަން: އިޤްބާލް
28 ޖެނުއަރީ 2017

ދިގު މުއްދަތަކަށްފަހު ފެސްކޯ އެނބުރި ވެލެންސިއާ އަށް

28 ޖެނުއަރީ 2017
ދިގު މުއްދަތަކަށްފަހު ފެސްކޯ އެނބުރި ވެލެންސިއާ އަށް
28 ޖެނުއަރީ 2017

ބޮޑު ލީޑަކާއެކު ސީދާ ތިން ސެޓުން ނޭޕާލްގެ މައްޗަށް އީރާން ކުރިހޯދައިފި

28 ޖެނުއަރީ 2017
ބޮޑު ލީޑަކާއެކު ސީދާ ތިން ސެޓުން ނޭޕާލްގެ މައްޗަށް އީރާން ކުރިހޯދައިފި
27 ޖެނުއަރީ 2017

އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް

27 ޖެނުއަރީ 2017
އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް
23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް
15 ޖެނުއަރީ 2017

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް
11 ޖެނުއަރީ 2017

ދެ އަހަރުގެ އެއްބަސްވުމަކާއެކު ސާންތި އެނބުރި އީގަލްސް އަށް

11 ޖެނުއަރީ 2017
ދެ އަހަރުގެ އެއްބަސްވުމަކާއެކު ސާންތި އެނބުރި އީގަލްސް އަށް
06 ޖެނުއަރީ 2017

ސަތޭކަ ޕަސެންޓް ރެކޯޑަކާއެކު ވީކޭއިން ތިންވަނަ ޑިވިޝަނުގެ ތަށި އުފުލާލައިފި

06 ޖެނުއަރީ 2017
ސަތޭކަ ޕަސެންޓް ރެކޯޑަކާއެކު ވީކޭއިން ތިންވަނަ ޑިވިޝަނުގެ ތަށި އުފުލާލައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި
04 ޖެނުއަރީ 2017

އުމުރުން 41 އަހަރުގައި ވެރޯން އެނބުރި ކުޅުމުގެ ތެރެއަށް

04 ޖެނުއަރީ 2017
އުމުރުން 41 އަހަރުގައި ވެރޯން އެނބުރި ކުޅުމުގެ ތެރެއަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް