Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއަދުރޭގެ އަގު ބޮޑު ފްލެޓްތަކުގެ މައްސަލަ

އަދުރޭ އަގު ބޮޑު ފްލެޓްތައް ގަތް މައްސަލަ އޭސީސީން އަލުން ބަލަނީ

8 ސެޕްޓެމްބަރު 2020 | އަންގާރަ 06:30

ފްލެޓެއްގެ އަގަކީ 4.5 މިލިއަން ރުފިޔާ، ޖުމްލަ 9 މިލިއަން ރުފިޔާ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 8 ސެޕްޓެމްބަރު 2020 | އަންގާރަ 06:30
އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަނުގެ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ: ނުހައްގު، ކުއްލި މުއްސަނދިކަން ހޯއްދަވާފައިވާ ކަމުގެ ތުހުމަތު ކުރެވޭ ބޭފުޅެއް

އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަނުގެ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ: ނުހައްގު، ކުއްލި މުއްސަނދިކަން ހޯއްދަވާފައިވާ ކަމުގެ ތުހުމަތު ކުރެވޭ ބޭފުޅެއް

އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަންގެ ޕީއެންސީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) "ރެހެންދި-6" ފްލެޓްތަކުން އަގު ބޮޑު ދެ ފްލެޓެއް ގަތް މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަލުން ބެލުމަށް ނިންމައިފިއެވެ.

އޭސީސީން މައުލޫމާތު ލިބިފައިވާ ގޮތުގައި، "ރެހެންދި-6" އިން އަބްދުއްރަހީމް، އަގުބޮޑު ދެ ފްލެޓް ގަތްކަމަށް ބުނެ، އެ ކޮމިޝަނަށް 8 ފެބްރުއަރީ 2018 ގައި މައްސަލައެއް ހުށަހެޅުނު ކަމަށެވެ. އަދި އަބްދުއްރަހީމް އަގުބޮޑުކޮށް ދެ ފްލެޓެއް ގަތް މައްސަލައިގައި ކޮރަޕްޝަނުގެ އަމަލެއް ނުހިމެނޭ ކަމަށް 9 ޖުލައި 2018 ގައި އޭސީސީން ނިންމައި, އެ މައްސަލަ ފައިލް ކޮށްފައިވާ ކަމަށެވެ.

Advertisement - newsAdvertisement

ނަމަވެސް ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ބަދަލުވެ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ ސަރުކާރާއި މިހާރު ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލީހާއެކު، އޭސީސީއަށް އައު މެމްބަރުން އައްޔަން ކުރުމުން އެކޮމިޝަނުން ދަނީ ކުރީގެ ކޮމިޝަނުން އެގޮތަށް ޝައްކު އުފެދޭ ނިންމާފައިވާ ބައެއް މައްސަލަތައް އަލުން ބަލަމުންނެވެ.

އެގޮތުން އަބްދުއްރަހީމް އަގު ބޮޑުކޮށް ދެ ފްލެޓް ގަތް މައްސަލަ އޭރުގެ އޭސީސީން ނިންމި ނިންމުމުގައި ޝައްކުތަކެއް އުފެދޭ ކަންތައްތަކެއް ހުރުމުންނާއި އިތުރަށް ބަލަންޖެހޭ ކަންތައްތަކެއް ހުރުމުން އެމައްސަލަ އަލުން ބަލަމުންދާ ކަމަށް އޭސީސީން ބުނެއެވެ.

އަގު ބޮޑު ދެ ފްލެޓް އަބްދުއްރަހީމްގެ ދެކަނބަލުން ބައްލައިވައި ގަތްއިރު، އަބްދުއްރަހީމަކީ، އޭރުގެ ސަރުކާރުގެ އެންމެ ނުފޫޒުގަދަ އެއް ބޭފުޅާއެވެ. ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު ކަމުގެ އިތުރުން ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ އެންމެ ނުފޫޒު ގަދަ އެއް ބޭފުޅަކީ އަބްދުއްރަހީމެވެ. އޭނާއަކީ އޭރު ސަރުކާރު ހިންގި ޕީޕީއެމްގެ ނާއިބު ރައީސް ވެސް މެއެވެ.

އެފްޑަބްލިއު ކޮންސްޓްރަކްޝަނުން މާލޭގައި އިމާރާތް ކުރި "ރެހެންދި-6" އިން އަބްދުއްރަހީމާއި އޭނާގެ އަނބިކަނބަލުން ދިޔާނާ ހުސައިން ފްލެޓް ބައްލަވައިގަނެފައި ވަނީ ފްލެޓެއް 4.5 މިލިއަން ރުފިޔާ އަށެވެ. އެ ދެ ފްލެޓްގެ ޖުމްލަ އަގު 9 މިލިއަން ރުފިޔާއަށް އަރާއިރު އެއީ ފެންވަރު ރަނގަޅު ފްލެޓްތަކެކެވެ.

އަބްދުއްރަހީމްގެ ދެ ކަނބަލުން ފްލެޓް ބައްލަވައިގަތުމަށް ދައްކަންޖެހޭ ފައިސާ ހަލާސްކޮށްފައި ވާތީ، އެ ދެ ފަރާތަށް ފްލެޓް ރެޖިސްޓްރީ ބަދަލުކޮށް ދިނުމަށް ފޮނުވާފައިވާ ސިޓީ ވަނީ ސޯޝަލް މީޑިއާގައި އާއްމުވެފައެވެ.

އެނގިފައިވާ ގޮތުގައި އަބްދުއްރަހީމްގެ ދެކަނބަލުން ބައްލަވައިގަނެފައި ވަނީ ފުރަތަމަ ފްލޯގެ އެއްވަނަ ފްލެޓާއި ދެ ވަނަ ފްލެޓެވެ. އެހެންކަމުން އެއީ ޖެހިޖެހިގެން ހުރި ދެ ފްލެޓް ކަމަށް ވެއެވެ.

އަބްދުއްރަހީމް ވެސް ވަނީ ފްލެޓް ބައްލަވައިގަނެފައިވާ ކަމަށް ވިދާޅުވެ، ބައެއް މީޑިއާތަކަށް އޭރު އެކަން ކަށަވަރު ކޮށްދެއްވާފައެވެ. އަދި އޭނާއަކީ އެވަރުގެ ފޯރުންތެރިކަން ހުންނަ ބޭފުޅެއްކަމަށް އަބްދުއްރަހީމް ވިދާޅުވެފައި ވެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

17 ޖެނުއަރީ 2017

މާލޭގެ ގޭބީސީތަކުންނާއި ވިޔަފާރި ކުރާ ތަންތަނުގެ ކުނި އުކާލަދޭ އަގުތައް ވެމްކޯއިން ކަނޑައަޅައިފި

17 ޖެނުއަރީ 2017
މާލޭގެ ގޭބީސީތަކުންނާއި ވިޔަފާރި ކުރާ ތަންތަނުގެ ކުނި އުކާލަދޭ އަގުތައް ވެމްކޯއިން ކަނޑައަޅައިފި
16 ޖެނުއަރީ 2017

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް
15 ޖެނުއަރީ 2017

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް
15 ޖެނުއަރީ 2017

ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

15 ޖެނުއަރީ 2017
ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ
15 ޖެނުއަރީ 2017

ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

15 ޖެނުއަރީ 2017
ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި
14 ޖެނުއަރީ 2017

ރިޔާސީ އިންތިހާބު ރައީސް ޔާމީނަށް ކާމިޔާބުކޮށްދިނުން ލާޒިމް: އަދުރޭ

14 ޖެނުއަރީ 2017
ރިޔާސީ އިންތިހާބު ރައީސް ޔާމީނަށް ކާމިޔާބުކޮށްދިނުން ލާޒިމް: އަދުރޭ
11 ޖެނުއަރީ 2017

ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި

11 ޖެނުއަރީ 2017
ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

05 ޖެނުއަރީ 2017

ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު

05 ޖެނުއަރީ 2017
ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް