Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުހަމޭސް އެވަޓަނަށް ބަދަލުވުން

ރެއާލް ދޫކޮށް ހަމޭސް އެވަޓަނަށް

7 ސެޕްޓެމްބަރު 2020 | ހޯމަ 19:35

ހަމޭސް ވަނީ ވަނީ އެވަޓަންއާއެކު ދެ އަހަރުގެ އެއްބަސްވުމެއް ހަދާފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 7 ސެޕްޓެމްބަރު 2020 | ހޯމަ 19:35
އެވަޓަނަށް ސޮއިކުރި ކޮލަމްބިއާގެ މިޑްފީލްޑަރު ހަމޭސް ރޮޑްރިގޭޒް

އެވަޓަނަށް ސޮއިކުރި ކޮލަމްބިއާގެ މިޑްފީލްޑަރު ހަމޭސް ރޮޑްރިގޭޒް

ރެއާލް މެޑްރިޑަށް ކުޅެމުން އައި ކޮލަމްބިއާގެ މިޑްފީލްޑަރު ހަމޭސް ރޮޑްރިގޭޒް އެވަޓަނަށް ބަދަލުވެއްޖެއެވެ.

އުމުރުން 29 އަހަރުގެ ފޯވާޑް ވަނީ އެވަޓަންއާއެކު ދެ އަހަރުގެ އެއްބަސްވުމެއް ހަދާފައެވެ. އަދި މި އެއްބަސްވުމުގެ ދަށުން އެވަޓަނުން ބޭނުންވެއްޖެ ނަމަ، އިތުރު އެއް އަހަރަށް ހަމޭސް އެ ކުލަބުގައި ބެހެއްޓުމުގެ ފުރުސަތު ލިބެއެވެ. ހަމޭސްގެ ސޮއި އެވަޓަނުން ހޯދި ނަމަވެސް، އޭނާ ގަތުމަށް ކުރި ޚަރަދު އެ ކުލަބުން ހާމަކޮށްފައެއް ނުވެއެވެ. އެކަމަކު ރިޕޯޓުތައް ބުނާ ގޮތުން ހަމޭސް އެވަޓަނަށް ބަދަލުވީ 20 މިލިޔަން ޕައުންޑްގެ އަގަކަށެވެ.

ހަމޭސް އެވަޓަނަށް ބަދަލުވިއިރު، އޭނާ ވަނީ އެވަޓަންގެ މިހާރުގެ ކޯޗު ކާލޯ އަންޗެލޮޓީއާއެކު ރެއާލް މެޑްރިޑާއި ބަޔާން މިއުނިކުގައި މަސައްކަތްކޮށްފައެވެ. އަދި ހަމޭސް ގަތުމަށް އެވަޓަނުން މަސައްކަތް ފެށީ އަންޗެލޮޓީގެ އެދުމުގެ މަތިން ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

އެވަޓަނަށް ބަދަލުވުމަށްފަހު ހަމޭސް ބުނީ ތާރީޚީ ކުލަބަކަށް ބަދަލުވެވުމުން އެކަމާ އުފާކުރާ ކަމަށާއި، އަދި އަންޗެލޮޓީއާއެކު އަނެއްކާވެސް މަސައްކަތް ކުރަން ލިބުމަކީ އޭނާއަށް ލިބޭ ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ. އަދި އެވަޓަންއާއެކު ގިނަ ކާމިޔާބީތަކެއް ހޯދައި، އޭނާގެ ފެންވަރު އިތުރަށް ރަނގަޅު ކުރުމަށް މަސައްކަތް ކުރާނެ ކަމަށްވެސް ވަނީ ބުނެފައެވެ.

ރެއާލް ދޫކޮށް ހަމޭސް އެވަޓަނަށް ބަދަލުވީ، ރެއާލްގެ ފުރަތަމަ އެގާރައިން ފަހަކަށް އައިސް ޖާގަ ނުލިބޭތީއެވެ. އެގޮތުން މިދިޔަ ސީޒަނުގައި ހަމޭސް ރެއާލަށް ކުޅެދީފައިވަނީ އެންމެ 14 މެޗެވެ. އެކަމަކު މީގެ ކުރިން ޕޯޓޯ އަދި ބެންފީކާއަށްވެސް ކުޅެފައިވާ ހަމޭސް ވަނީ އޭނާ ރެއާލްގައި ހޭދަކުރި ތިން ސީޒަނުގައި ކުޅުނު 111 މެޗުގައި 36 ލަނޑު ކާމިޔާބުކޮށްފައެވެ. އަދި ވަނީ ރެއާލްއާއެކު ސްޕެނިޝް ލީގާއި، ޔުއެފާ ޗެމްޕިއަންސް ލީގާއި، ޔުއެފާ ސުޕާ ކަޕް އަދި ފީފާ ކްލަބު ވޯލްޑް ކަޕް، މި ކޮންމެ މުބާރާތެއް ދެ ފަހަރު ކާމިޔާބުކޮށްފައެވެ.

އެވަޓަނުން ހަމޭސްގެ ސޮއި ހޯދިއިރު، އެ ކުލަބުން ވަނީ އަންނަ ސީޒަނަށް ނާޕޮލީއަށް ކުޅެމުން އައި ބްރެޒިލް މިޑްފީލްޑަރު އެލަންގެ ސޮއިވެސް ހޯދާފައެވެ. އެލަން އަކީވެސް މީގެ ކުރިން އަންޗެލޮޓީއާއެކު މަސައްކަތް ކޮށްފައިވާ ކުޅުންތެރިއެކެވެ.

އެންމެ ހިނގާ

1

އެއް ފަހަރާ އެކަކަށް ކުންފުންޏެއްގެ އެމްޑީކަމާއި ސްޓޭޓް މިނިސްޓަރުކަން މިއީ ކިހިނެއް ހިނގާ ސަރުކާރެއް؟

2

ޕްރައިމަރީއާ ގުޅޭގޮތުން ފައިސަލް އާއި ރައީސް ސޯލިހުގެ 3 ގަޑިއިރުގެ ބައްދަލުވުމެއް!

3

ފްލައިޓް ލަސްވެގެން ވީއައިއޭގައި ޗައިނާ ފަތުރުވެރިންނާއި ފުލުހުންގެ މެދުގައި ހިނގި ހަމަނުޖެހުމުގެ ފަހަތުގައިވަނީ ކޮންކަމެއް؟

4

ގެދޮރު ލޯނުގެ އިކުއިޓީއަށް ކޮންމެ ރައްޔިތަކަށް ދެ ލައްކަ ރުފިޔާގެ އެހީއެއް ދޭނަން، ގޭގައި ގިނަ މީހުން ތިބިއްޔާ މިލިއަނެއްވެސް ލިބިދާނެ: ރައީސް

5

ރަސްމާލޭގައި ދިވެހި ފުލުހުން ނުތިބޭނެ ކަމަށާއި، އެތާ ތިބޭނީ އަލައްބާރުގެ އަމިއްލަ ސެކިއުރިޓީން ކަމަށް ވަޒީރުން ވިދާޅުވި، އެކަމަށް ހެކިވާނެ މީހުންވެސް އެބަތިބި: ޒަމްޒަމް ފާރިޝް

އިތުރަށް ކިޔާލަން

01 ފެބުރުއަރީ 2017

ޗެލްސީ ދޫކޮށްލުމަށްފަހު އިވަނޮވިކް ޒެނިތަށް ބަދަލުވެއްޖެ

01 ފެބުރުއަރީ 2017
 ޗެލްސީ ދޫކޮށްލުމަށްފަހު އިވަނޮވިކް ޒެނިތަށް ބަދަލުވެއްޖެ
30 ޖެނުއަރީ 2017

ސެވިއްޔާ އަށް ފުރުސަތު ގެއްލުނުއިރު، ރެއާލް ލީޑު ފުޅާކޮށްފި

30 ޖެނުއަރީ 2017
ސެވިއްޔާ އަށް ފުރުސަތު ގެއްލުނުއިރު، ރެއާލް ލީޑު ފުޅާކޮށްފި
26 ޖެނުއަރީ 2017

ޔުވަންޓަސް ދޫކޮށްލުމަށްފަހު އެވްރާ މާސޭއާށް ބަދަލުވެއްޖެ

26 ޖެނުއަރީ 2017
ޔުވަންޓަސް ދޫކޮށްލުމަށްފަހު އެވްރާ މާސޭއާށް ބަދަލުވެއްޖެ
26 ޖެނުއަރީ 2017

ކޮޕާ ޑެލްރޭ: ރެއާލް މެޑްރިޑް ކަޓުވާލުމަށްފަހު ސެލްޓަވިގޯ ސެމީއަށް

26 ޖެނުއަރީ 2017
ކޮޕާ ޑެލްރޭ: ރެއާލް މެޑްރިޑް ކަޓުވާލުމަށްފަހު ސެލްޓަވިގޯ ސެމީއަށް
25 ޖެނުއަރީ 2017

ރެއާލް ދޫކޮށްލުމަށްފަހު ޕެޕޭ ޗައިނާ ލީގަށް ބަދަލުވަނީ!

25 ޖެނުއަރީ 2017
ރެއާލް ދޫކޮށްލުމަށްފަހު ޕެޕޭ ޗައިނާ ލީގަށް ބަދަލުވަނީ!
25 ޖެނުއަރީ 2017

ލެސްޓާ ދޫކޮށްލުމަށްފަހު ހެނާންޑޭޒް މަލާގާއާ ގުޅިއްޖެ

25 ޖެނުއަރީ 2017
ލެސްޓާ ދޫކޮށްލުމަށްފަހު ހެނާންޑޭޒް މަލާގާއާ ގުޅިއްޖެ
22 ޖެނުއަރީ 2017

ރާމޯސްގެ ދެލަނޑާއެކު ރެއާލް ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި

22 ޖެނުއަރީ 2017
ރާމޯސްގެ ދެލަނޑާއެކު ރެއާލް ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި
20 ޖެނުއަރީ 2017

އާސެނަލް ދޫކޮށްލުމަށް ފަހު ސަންޗޭޒް ބަޔާންއާ ގުޅުން ކައިރި: އޮންރީ

20 ޖެނުއަރީ 2017
އާސެނަލް ދޫކޮށްލުމަށް ފަހު ސަންޗޭޒް ބަޔާންއާ ގުޅުން ކައިރި: އޮންރީ
06 ޖެނުއަރީ 2017

ޖެނުއަރީ ޓްރާންސްފާގައި ރެއާލް ދޫކޮށްނުލާނެކަން ހަމޭސް ރޮޑްރިގޭޒް ހާމަކޮށްފި

06 ޖެނުއަރީ 2017
ޖެނުއަރީ ޓްރާންސްފާގައި ރެއާލް ދޫކޮށްނުލާނެކަން ހަމޭސް ރޮޑްރިގޭޒް ހާމަކޮށްފި
04 ޖެނުއަރީ 2017

ޔުނައިޓެޑް ދޫކޮށްލަން ބޭނުންވާ ކަމަށް ޑިޕޭ ބުނެފި

04 ޖެނުއަރީ 2017
ޔުނައިޓެޑް ދޫކޮށްލަން ބޭނުންވާ ކަމަށް ޑިޕޭ ބުނެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް