Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކޮވިޑާއި ދެކޮޅަށް އެކުގައި މަސައްކަތް ކުރުން

ދެބަސްވުމާއެކު ވެސް އެއްބަސްވެވޭ ހިސާބެއްގައި މަސައްކަތް ކުރައްވާ ނަތީޖާ ނެރެދީ: ޑރ ނަޒްލާ

ރާއްޖެއިން އެންމެ ފުރަތަމަ ކޭސްއެއް ފެނުނުތާ މިއަދަށް 6 މަސް ވެއްޖެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 7 ސެޕްޓެމްބަރު 2020 | ހޯމަ 18:21
އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަނީ

އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަނީ

ދެބަސްވުމާއެކު ވެސް އެއްބަސްވެވޭ ހިސާބެއްގައި މަސައްކަތް ކޮށް ނަތީޖާ ނެރެދިނުމަށް ހެލްތް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއިއޯސީ) ގެ ތަރުޖަމާނު ޑރ ނަޒްލާ ރަފީގު އެދިވަޑައިގެންފިއެވެ.

ރާއްޖޭގައި އެންމެ ފުރަތަމަ ކޭސްއެއް ފެނުނުތާ 6 މަސް ދުވަސްވެފައިވާކަން ފަހަގަކުރައްވާ ވާހަކަ ދައްކަވަމުން ޑރ. ނަޒްލާ ވިދާޅުވީ ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދުތައް އިތުރުވަމުން ދިއުމާއި ގުޅިގެން އިތުރު ފިޔަވަޅުތަކެއް އަޅުއްވަމުން ގެންދަވާ ކަމަށެވެ. އަދި މިކަމުގެ ނަތީޖާ ފެންނާނެ ކަމަށް އެންމެ އަވަހަށް ވެސް ބެލެވެނީ މި މަހުގެ ފަހުކޮޅާ ހިސާބުގައި ކަމަށެވެ. ޑރ. ނަޒްލާ ވިދާޅުވީ މިއީ އާންމުން ކުރި ނުވަތަ ކުރައްވަމުން ގެންދަވާ މަސައްކަތުން ނުކުންނާނެ ނަތީޖާއެއް ކަމަށެވެ.

ޑރ. ނަޒްލާ ވިދާޅުވީ ހުރިހާ ފަރާތްތަކުން ވެސް ކަންކަމާއި ގުޅިގެން ފާޑު ވިދާޅުވާނެ ކަމަށާއި، އެހެންނަމަވެސް ބިނާ ކުރަނިވި ފާޑު ވިދާޅުވުމަކުން އެކަން ކުރެއްވުމަށް ޑރ. ނަޒްލާ ވަނީ އެދިވަޑައިގެންފައެވެ. އޭނާ ވިދާޅުވީ މިއީ އާ ބައްޔަކަށްވާތީވެ އިގްތިސާދީ ގޮތުންނާއި އިޖްތިމާއީ ގޮތުން ވެސް ބޮޑެތި ގޮންޖެހުންތަކެއް އެބަހުރި ކަމަށާއި، މިކަމުގެ ސަބަބުން ކުރިމަތިލަން ޖެހެނީ ހަމައެކަނި ސިއްހީ ކަންތައްތަކަކާ އެކަނި ނޫން ކަމަށެވެ.

ރާއްޖޭގައި ކޮވިޑް-19 ގެ ކޭސްތައް އިތުރުވެ މިހާތަނަށް 8667 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. އަދި ޕޮޒިޓިވްވި މީހުންގެ ތެރޭގައި ގިނައީ ދިވެހިންނެވެ. އެޗްޕިއޭގެ ފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން ކޭސްތަކުގެ ޕީކް އަންނަ ދުވަސް ވަރަކީ ނިމިގެންދިޔަ އޮގަސްޓް މަހުގެ ފަހުކޮޅުން ފެށިގެން މި ހިނގަމުންދާ މަހުގެ ފުރަތަމަ ކޮޅެވެ. ކޮވިޑްގެ ކޭސްތައް ކޮންޓްރޯލް ކުރެވިފައި ނުވާ އިރު އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު ވަނީ އަންމަ މަހުގެ 6 ވަނަ ދުވަހާ ހަމައަށް އިތުރު ކޮށްފައެވެ.

އިތުރަށް ކިޔާލަން

21 ޖެނުއަރީ 2017

މީދޫ ފަރު ގޮއްވި ސަރަހައްދަށް ލިބުނު ގެއްލުން ބެލުމުގެ މަސައްކަތް ފަށައިފ

21 ޖެނުއަރީ 2017
މީދޫ ފަރު ގޮއްވި ސަރަހައްދަށް ލިބުނު ގެއްލުން ބެލުމުގެ މަސައްކަތް ފަށައިފ
20 ޖެނުއަރީ 2017

ގަން އެއާޕޯޓުން ބިދޭސީ މަސައްކަތްތެރިންނަށް ފުރޭނެ ގޮތް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން: އިމިގްރޭޝަން

20 ޖެނުއަރީ 2017
ގަން އެއާޕޯޓުން ބިދޭސީ މަސައްކަތްތެރިންނަށް ފުރޭނެ ގޮތް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން: އިމިގްރޭޝަން
18 ޖެނުއަރީ 2017

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

18 ޖެނުއަރީ 2017
ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ
17 ޖެނުއަރީ 2017

ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި

17 ޖެނުއަރީ 2017
ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި
14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު