Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސިންގަލް ވިންޑޯ މަޝްރޫއު

ސިންގަލް ވިންޑޯ މަޝްރޫއުގައި ހެދި ޓެކްނިކަލް އިވެލުއޭޝަނުން ފާސްވީ ވެބް ފޮންޓެއިން އެކަނި!

7 ސެޕްޓެމްބަރު 2020 | ހޯމަ 12:52

މަޝްރޫއު އެވާރޑް ކުރުމުގައި އެންމެ އިސް ކަމެއްގެ ގޮތުން ބަލަނީ ޓެކްނިކަލް އިވެލުއޭޝަނަށް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 7 ސެޕްޓެމްބަރު 2020 | ހޯމަ 12:52
ފިނޭންސް މިނިސްޓްރީގެ އޮފިޝަލުން ހޯމަ ދުވަހު ނޫސްވެރިންނަށް މައުލޫމާތު ދެނީ- މިނިސްޓްރީން ވަނީ ބިޑް އެވާރޑް ކުރި ގޮތުގެ ތަފްސީލުތައް ހިއްސާ ކޮށްފައި

ފިނޭންސް މިނިސްޓްރީގެ އޮފިޝަލުން ހޯމަ ދުވަހު ނޫސްވެރިންނަށް މައުލޫމާތު ދެނީ- މިނިސްޓްރީން ވަނީ ބިޑް އެވާރޑް ކުރި ގޮތުގެ ތަފްސީލުތައް ހިއްސާ ކޮށްފައި

ބޯޑަރުގައި ހަރަކާތްތެރިވާ މުހިއްމު 7 މުއައްސަސާއެއް އެއް ވިއުގައަކުން ގުޅާލުމަށް މި ސަރުކާރުން ފަށާފައިވާ "ނެޝަނަލް ސިންގަލް ވިންޑޯ" މަޝްރޫއުގެ ބިޑިންގ މަރުޙަލާގައި ހެދި ޓެކްނިކަލް އިވެލުއޭޝަނުން ފާސްވީ ހަމައެކަނި ވެބް ފޮންޓެއިން ކުންފުނި ކަމަށް ފިނޭންސް މިނިސްޓްރީން ހާމަ ކޮށްފިއެވެ.

ވެބްފޮންޓެއިންއާ މަޝްރޫއު ހަވާލުކުރީ އަގު ހެޔޮކޮށް ކުރިއަށް ގެންދަން ހުށަހެޅި ގިނަ ކުންފުނިތައް ބާކީ ކުރުމަށް ފަހު ކަން ލިޔުންތަކުން ފެންނަން އޮތް ކަމަށް މީޑިއާތަކުން ރިޕޯޓް ކޮށްފައިވާއިރު، އެކަމުގެ ޙަޤީޤަތް ހޯމަ ދުވަހު ފިނޭންސް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ އާންމު ކޮށްފައެވެ.

Advertisement - newsAdvertisement

އެގޮތުން މިނިސްޓްރީގެ ސީނިއަރ ޕޮލިސީ ޑިރެކްޓަރ ހުސައިން ހަމީމް ވިދާޅުވީ، މި މަޝްރޫއު އެވާރޑް ކުރުމުގައި އެންމެ މުހިއްމު ކަމެއްގެ ގޮތުން މިނިސްޓްރީން ބަލާފައިވާނީ ބިޑިންގ މަރުޙަލާގައި ހެދި ޓެކްނިކަލް އިވެލުއޭޝަނަށް ކަމަށެވެ. އަދި މިފަދަ މަސައްކަތެއް ކުރެވޭނެ ކަމުގެ ޤާބިލުކަން ހުރިކަން ވެސް އެނގިގެން ދަނީ އެސެސްމަންޓު ހެދުމުންކަން ފާހަގަ ކުރައްވައި އޭނާ ވިދާޅުވީ، އެއީ މިނިސްޓްރީން ބަލާ އެންމެ އަސާސީ އެއް މިންގަނޑު ކަމަށެވެ.

އަދި އެހެން ކުންފުނިތަކުން ހުށައަޅާފައިވާ އަގު ހެޔޮ ނަމަވެސް، މަސައްކަތަށް "ކޮލިފައި" ނޫންކަން މިނިސްޓްރީން ފާހަގަ ކޮށްފައިވެއެވެ.

މިނިސްޓްރީން ބުނީ، އެ މިންގަނޑުން ބެލިއިރު، އެސެސްމަންޓުން ފާސްވެފައި ވަނީ ވެސް ހަމައެކަނި ވެބްފޮންޓެއިން ކުންފުނި ކަމަށެވެ. އަދި އެ ކުންފުންޏާ ގުޅިގެން ފާހަގަވި މައްސަލަ އަކީ ވެބް ފޮންޓެއިން އޭޝިއާ އިންކް (ފިލިޕީންސް)ގެ ތަޖުރިބާގެ ލިޔުންތަކުގެ ގޮތުގައި ހުރީ ވެބް ފޮންޓެއިން އެފް.ޒެޑް.އެލް.އެލް.ސީ (ޔޫ.އޭ.އީ) ގެ ލިޔުންތަކަށް ވުން ކަމަށެވެ. އެހެން ނަމަވެސް، އެއީ އިންޓެގްރިޓީ ވައިލޭޝަނެއް (ކުންފުނިން އޮޅުވާލުމުގެ މަޤްސަދުގައި ކޮށްފައިވާ ކަމެއް) ކަމަށް ނުބެލެވޭ ކަމަށް އޭޑީބީއާއި މިނިސްޓްރީއަށް ވެސް ފާހަގަވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެއާއެކު، އަލުން މި މަޝްރޫއުގެ ބިޑިންގއަށް ދާއިރު ވެސް، އެހެން ކުންފުނިތަކެކޭ އެއްގޮތަށް ވެބް ފޮންޓެއިން އޭޝިއާ އިންކް (ފިލިޕީންސް)އަށް ބައިވެރިވުމުގެ ފުރުސަތު އޮތް ކަމަށް އޭޑީބީން ވަނީ ނިންމާފައެވެ.

އެންމެ ހިނގާ

1

އޮޑި އަށް ގެނައި ރެއާލް އަށް ކުޅުނު ރޮޑްރިގޭޒް، ކުލަބު ދޫކޮށް ގޮސްފި

2

ވިހައިގެން ހޮސްޕިޓަލުން ނުނިކުމެވި އުޅެނިކޮށް ލިބުނީ ފެނަކައިގެ ވަޒީފާއިން ވަކިކުރިކަމުގެ ޗިޓު!

3

ލިޔެކިޔުންތަކަށް ބަދަލު ގެނެސް ރާއްޖެ މެދުވެރިކޮށް ރަޝިޔާއަށް އެތައް މިލިއަން ޑޮލަރެއްގެ އަސްކަރީ މުދާ އުފުލާ: ރިޕޯޓު

4

މެމްބަރު ސައުދުﷲ ހިލްމީ ސޯޝަލް މީޑިއާގައި އާންމުކުރި ލިސްޓުގައި 18 އަހަރު ނުވާ ކުޑަކުދިންގެ މައުލޫމާތު ހިމެނޭތީ، އެ މައްސަލަ ފުލުހަށް ހުށަހަޅައިފި

5

ނާމަލް ރާޖަޕަކްސަ ހައްޔަރުކޮށްފި

އިތުރަށް ކިޔާލަން

29 އޯގަސްޓު 2017

ދެކުނު ފަރާތުގައި އަލަށް ހެދި ނެރު ކައިރީ އޮތް ތޮށިގަނޑަށް އަނެއްކާވެސް ލޯންޗެއް އަރައިފި

29 އޯގަސްޓު 2017
ދެކުނު ފަރާތުގައި އަލަށް ހެދި ނެރު ކައިރީ އޮތް ތޮށިގަނޑަށް އަނެއްކާވެސް ލޯންޗެއް އަރައިފި
08 އޯގަސްޓު 2017

ރަސްފަންނުގައި ޕެވެލިއަން ހިންގަން ހެދި އެއްބަސްވުން ބާތިލްކޮށް އަލުން އިއުލާންކޮށްފި

08 އޯގަސްޓު 2017
ރަސްފަންނުގައި ޕެވެލިއަން ހިންގަން ހެދި އެއްބަސްވުން ބާތިލްކޮށް އަލުން އިއުލާންކޮށްފި
30 ޖޫން 2017

އަހަރެން ސިންގަލްކޮށް މިހުންނަނީ އަޖޭގެ ސަބަބުން: ތައްބޫ

30 ޖޫން 2017
އަހަރެން ސިންގަލްކޮށް މިހުންނަނީ އަޖޭގެ ސަބަބުން: ތައްބޫ
05 ޖޫން 2017

ކަރަންޓް ބިލް ބޮޑުކޮށް ހެދިކަމަށް ބުނެ ފެެނަކަ ބްރާންޗުގެ އެސިސްޓެންޓް މެނޭޖަރު ވަކިކޮށްފި

05 ޖޫން 2017
ކަރަންޓް ބިލް ބޮޑުކޮށް ހެދިކަމަށް ބުނެ ފެެނަކަ ބްރާންޗުގެ އެސިސްޓެންޓް މެނޭޖަރު ވަކިކޮށްފި
05 މެއި 2017

ކަރަންޓް ކެނޑުނީ ބޮޑު އިންޖީނަށް ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން: ސްޓެލްކޯ

05 މެއި 2017
ކަރަންޓް ކެނޑުނީ ބޮޑު އިންޖީނަށް ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން: ސްޓެލްކޯ
24 އެޕްރީލު 2017

ދެކޮޅު ހެދިއަސް، މަރުގެ ހުކުމް ތަންފީޒް ކުރާނަން: ރައީސް ޔާމީން

24 އެޕްރީލު 2017
ދެކޮޅު ހެދިއަސް، މަރުގެ ހުކުމް ތަންފީޒް ކުރާނަން: ރައީސް ޔާމީން
01 އެޕްރީލު 2017

ނިމިދިޔައީ ހެއްވާޒާތުގެ ސަބަބުތައް ބަޔާންކޮށް ސިޔާސީ ފަރާތްތައް ހާޒިރުކުރުމުގައި ރެކޯޑް ހެދި ހަފްތާއެއް: އެމްޑީޕީ

01 އެޕްރީލު 2017
ނިމިދިޔައީ ހެއްވާޒާތުގެ ސަބަބުތައް ބަޔާންކޮށް ސިޔާސީ ފަރާތްތައް ހާޒިރުކުރުމުގައި ރެކޯޑް ހެދި ހަފްތާއެއް: އެމްޑީޕީ
27 މާރިޗު 2017

އިންފްލުއެންޒާ އެޗްވަންއެންވަން ޖެހިގެން ސިޒޭރިއަން ހެދި މީހާ ވެންޓިލޭޓަރުން ނަގައިފި

27 މާރިޗު 2017
އިންފްލުއެންޒާ އެޗްވަންއެންވަން ޖެހިގެން ސިޒޭރިއަން ހެދި މީހާ ވެންޓިލޭޓަރުން ނަގައިފި
06 ފެބުރުއަރީ 2017

މަހާނަ ހެދި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދަށް 15 ދުވަސް

06 ފެބުރުއަރީ 2017
މަހާނަ ހެދި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދަށް 15 ދުވަސް
22 ޖެނުއަރީ 2017

ފޯކައިދޫ ކައުންސިލުން ހަތް ލައްކަ ރުފިޔާ ހަރަދު ކޮށްގެން ހެދި ކުޑަކުދިންގެ ޕާކް ހުޅުވައިފި

22 ޖެނުއަރީ 2017
ފޯކައިދޫ ކައުންސިލުން ހަތް ލައްކަ ރުފިޔާ ހަރަދު ކޮށްގެން ހެދި ކުޑަކުދިންގެ ޕާކް ހުޅުވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް