Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކަޅު ބަޓާއި ހުދު ބަޓު ބޭރުކުރުމަށް ހާއްސަ ހުއްދައެ

28 އޮގަސްޓްގެ ކުރިން ނަގާފައިވާ ކަޅު ބަޓާއި ހުދު ބަޓު ބޭރު ކުރުމަށް ހާއްސަ ހުއްދައެއް ދެނީ

7 ސެޕްޓެމްބަރު 2020 | ހޯމަ 12:47

ސެޓްފިކެޓް ދޫކުރެވޭނީ މި މަހުގެ 15 ވަނަ ދުވަހުގެ ކުރިން މިނިސްޓްރީގައި އެ ސްޓޮކް ރަޖިސްޓްރީ ކުރާފަރާތްތަކަށް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 7 ސެޕްޓެމްބަރު 2020 | ހޯމަ 12:47
ކަޅު ބަޓު؛ ކަޅު ބަޓު އެކްސްޕޯޓު ކުރުމަށް، ދޫކުރަންޖެހޭ ސައިޓީސް ޕާމިޓް މިނިސްޓްރީ މެދުވެރިކޮށް ދޫ ނުކުރާނެ ކަން ވަނީ ހާމަކޮށްފައި - ރީފް ލައިފް ސަރވޭ

ކަޅު ބަޓު؛ ކަޅު ބަޓު އެކްސްޕޯޓު ކުރުމަށް، ދޫކުރަންޖެހޭ ސައިޓީސް ޕާމިޓް މިނިސްޓްރީ މެދުވެރިކޮށް ދޫ ނުކުރާނެ ކަން ވަނީ ހާމަކޮށްފައި - ރީފް ލައިފް ސަރވޭ | ރީފް ލައިފް ސަރވޭ

ސައިޓީސްގެ މުއާހަދާ އަށް އަމަލު ކުރަން ފެށުމުގެ ކުރިން ކަޅު ބަޓު އަދި ހުދު ބަޓު ހުއިފިލަނޑާގެ ސްޓޮކް އެކްސްޕޯޓް ކުރަން ބޭނުންވާ ފަރާތްތަކަށް ޚާއްޞަ "ޕްރީ-ކޮންވެންޝަން ސެޓްފިކެޓެއް" ދިނުމަށް ނިންމައިފިއެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން ބުނެފައިވަނީ 28 އޮގަސްޓުން ފެށިގެން "ކޮންވެންޝަން އޮން އިންޓަނޭޝަނަލް ޓްރޭޑް އިން އެންޑޭންޖާޑް ސްޕީޝީޒް އޮފް ވައިލްޑް ފައުނާ އެންޑް ފްލޮރާ" (ސައިޓީސް) މުޢާހަދާ ގެ ޖަދުވަލު 2 ގައި ދިވެހިރާއްޖޭގައި ކުރާ ހުއިފިލަނޑާގެ މަސްވެރި ކަމުގައި ނަގާ ދެ ބާވަތެއް ކަމަށްވާ ހުދު ބަޓު އަދި ކަޅު ބަޓު ހިމެނުމާއި ގުޅިގެން، ދިވެހިރާއްޖޭގެ ސައިޓީސް ސައިންޓިފިކް އޮތޯރީ އެއްކަމަށްވާ މޯލްޑިވްސް މެރިން ރިސަރޗް އިންސްޓިޓިއުޓުން ހެދި ރިޕޯރޓް (ނޮންޑެޓްރިމަންޓަލް ފައިންޑިންގ) އަށް ބިނާކޮށް، އެ ދެ ބާވަތަށް ސައިޓީސް އެކްސްޕޯޓް ޕާމިޓު ދޫނުކުރުމަށް ނިންމާފައިވާ ކަމަށެވެ.

Advertisement - newsAdvertisement

އެގޮތުން މި 28 އޮގަސްޓުގެ ކުރިން ނަގާފައިވާ (ހާވެސްޓް ކޮށްފައިވާ) މި ދެ ބާވަތުގެ ހުއިފިލަނޑާގެ ސްޓޮކް އެކްސްޕޯޓް ކުރަން ބޭނުންވާ ފަރާތްތަކަށް ޚާއްޞަ "ޕްރީ-ކޮންވެންޝަން ސެޓްފިކެޓެއް" ދޫކުރުމަށް ނިންމާ، މި ސެޓްފިކެޓް ދޫކުރެވޭނީ އެކްސްޕޯޓު ކުރަން ބޭނުންވާ ފަރާތްތަކުން، ނަގާ ޕްރޮސެސް ކޮށްފައި ހުރި ސްޓޮކްގެ އަދަދާއި ބަރުދަން އެނގޭ ގޮތަށް، މި މަހުގެ 15 ވަނަ ދުވަހުގެ ކުރިން މިނިސްޓްރީގައި އެ ސްޓޮކް ރަޖިސްޓްރީ ކުރާ ފަރާތްތަކަށް ކަމަށެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ 15 ސެޕްޓެމްބަރު 2020 އާއި ހަމައަށް ރަޖިސްޓްރީ ނުކުރާ މި ދެ ބާވަތުގެ ހުއިފި ލަނޑައަށް "ޕްރީ-ކޮންވެންޝަން ސެޓްފިކެޓް" ދޫނުކުރެވޭނެ ކަމަށެވެ. އަދި ރަޖިސްޓްރީ ކޮށްފައިވާ ސްޓޮކް އެކްސްޕޯޓު ކުރުމަށް ބޭނުންވާ "ޕްރީ-ކޮންވެންޝަން ސެޓްފިކެޓް" އަށް އެދި 31 ޑިސެމްބަރުގެ ކުރިން މިނިސްޓްރީ އަށް ހުށަހަޅަން ވާނެ ކަމަށެވެ. އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ ރަޖިސްޓްރީ ކުރާތާ ގިނަވެގެން 6 މަސް ދުވަހުގެ ތެރޭގައި އެ ސްޓޮކް އެކްސްޕޯޓު ކުރަންވާނެ ކަމަށެވެ.

އަދި މި ދެ ބާވަތުގެ ހުއިފިލަނޑާ އެކްސްޕޯޓު ކުރުމަށް ބޭނުންވާ ފަރާތްތަކުން، މި ހިނގާ ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހުގެ ކުރިން އެކަމަށް ހާއްސަ ކޮށްފައިވާ ފޯމު ފުރިހަމަ ކުރެއްވުމަށްފަހު މިނިސްޓްރީ އަށް އީމެއިލްގެ ޒަރިއްޔާ އިން ހުށަހެޅުމަށް ވަނީ އެދިފައެވެ. މީގެ އިތުރުން އީމެއިލްގެ ސުރުޚީގައި "ސައިޓީސްއާ ގުޅޭ" މިހެން ޖަހަން ޖެހޭނެ ކަމަށާއި، "ޕްރީ-ކޮންވެންޝަން ސެޓްފިކެޓް" ހޯދުމަށް ރަޖިސްޓްރީ ކުރާ ހުއިފިލަނޑާގެ 2 ބާވަތުގެ ސްޓޮކް، މިމިނިސްޓްރީން ބޭނުންވެއްޖެ ހިނދެއްގައި އިންސްޕެކްޓް ކުރެވޭނެ އިންތިޒާމް ރަޖިސްޓްރީ ކުރާ ފަރާތުން ހަމަޖައްސަން ވާނެ ކަމަށެވެ.

ހުއިފިލަނޑާގެ ދެ ބާވަތެއް ކަމަށްވާ ހުދު ބަޓާއި ކަޅު ބަޓު ރާއްޖެއިން ބޭރު ކުރުމުގެ ހުއްދަ ދިނުން ހުއްޓާލަން ނިންމާފައިވަނީ ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ މުޢާހަދާއެއް ކަމަށްވާ، "ކޮންވެންޝަން އޮން އިންޓަރނޭޝަނަލް ޓްރޭޑް އިން އެންޑޭންޖަރޑް ސްޕީޝީޒް އޮފް ވައިލްޑް ފޯނާ އެންޑް ފްލޮރާ" (ސައިޓީސް) މުޢާހަދާއިން އޮގަސްޓް 2019 ގައި ބޭއްވުނު 18 ވަނަ "ކޮންފަރެންސް އޮފް ދަ ޕާރޓީސް" (ކޮޕް 18) ގައި، ދިވެހިރާއްޖޭގައި ކުރާ ހުއިފިލަނޑާ މަސްވެރިކަމުގައި ނަގާ ދެ ބާވަތެއް ކަމަށްވާ ހުދު ބަޓު އަދިކަޅު ބަޓު ވަނީ އެ މުޢާހަދާގެ ޖަދުވަލު 2 ގައި ހިމެނުމަށް ފާސްކޮށް، އެކަމަށް ތައްޔާރުވުމަށް އެއް އަހަރު ދުވަހުގެ މުއްދަތެއް ދީފައިވާތީއެވެ.

އެހެންކަމުން މި ހިނގާ އޮގަސްޓް މަހުގެ 28 ވަނަ ދުވަހުން ފެށިގެން މި ދެ ބާވަތުގެ ހުއިފިލަނޑާ އަކީ ސައިޓީސް މުޢާހަދާގެ ޖަދުވަލު 2 ގައިވާ ގޮތުގެ މަތިން ނެގުން ވަނީ މަނާކޮށްފައެވެ. އެ މުއާހަދާގެ ޖަދުވަލު 2 ގައި އެއްވެސް ބާވަތެއްގެ ދިރޭ އެއްޗެއް ހިމަނައިފިނަމަ، އެ ބާވަތެއް ވިޔަފާރި އުޞޫލުން އެއް ގައުމުން އަނެއް ގައުމަށް ގެންދެވޭނީ، އެކްސްޕޯޓު ކުރާ ޤައުމުގެ ސައިޓީސް މެނޭޖްމަންޓް އޮތޯރިޓީއިން ދޭ ސައިޓީސް ޕާމިޓަކާއެކުގައެވެ.

އެންމެ ހިނގާ

1

ރާއްޖެއިން ބޭރަށް ދަތުރުކުރި ދިވެއްސެއްގެ އަތުގައި އޮތް އާއިލާ މެންބަރެއްގެ ބީއެމްއެލް ކާޑު ހިފެހެއްޓި މައްސަލައެއް!

2

ރާއްޖެޓީވީ ހިމެނޭ ގޮތަށް އިތުރު ދެ ޗަނަލަކަށް ފިޔަވަޅު އެޅުމުގެ މަސައްކަތް މީޑިއާ ކޮމިޝަނުން ފަށައިފި

3

ރިސޯޓެއް ހަދަން ނެގި ލޯނާ ގުޅިގެން ފައްޔާޒަށް ތުހުމަތުކޮށް ދެކެވުނު ވާހަކަ ތަކަށް ފައްޔާޒުގެ ރައްދެއް!

4

އީރާނަށް ހަމަލާދިނުމުގެ ތައްޔާރީތަކާއެކު އެމެރިކާގެ އަސްކަރީ މުދާއުފުލާ 10 ބޯޓެއް އިސްރާއީލަށް ޖައްސައިފި

5

ދައުލަތުގެ ސިޔާދަތާ ގުޅޭ ކަންކަމުގައި ގޮތް ކަނޑައެޅުމުގެ މެންޑޭޓެއް ސަލަފަކަށް ނެތް: ކުރީގެ އުއްތަމަ ފަނޑިޔާރު

އިތުރަށް ކިޔާލަން

21 މާރިޗު 2017

ސްކޫލުތަކުގެ ކިޔެވުން ފެށޭ ނަމަ މި ހަފްތާ ނިމުމުގެ ކުރިން އަންގާނެ: އެޑިއުކޭޝަން މިނިސްޓްރީ

21 މާރިޗު 2017
ސްކޫލުތަކުގެ ކިޔެވުން ފެށޭ ނަމަ މި ހަފްތާ ނިމުމުގެ ކުރިން އަންގާނެ: އެޑިއުކޭޝަން މިނިސްޓްރީ
17 މާރިޗު 2017

ޠައްޔިބު ހައްޔަރުކުރީ ކަޅުފައިސާގެ ވާހަކަ ދެއްކުމުން، އޭނާ ދޫކޮށްލަން ޖެހޭ: ރައީސް ނަޝީދު

17 މާރިޗު 2017
ޠައްޔިބު ހައްޔަރުކުރީ ކަޅުފައިސާގެ ވާހަކަ ދެއްކުމުން، އޭނާ ދޫކޮށްލަން ޖެހޭ: ރައީސް ނަޝީދު
16 މާރިޗު 2017

ސައޫދީ ރަސްގެފާނަށް ކަޅުއޮށްފުންމި ވެދުމަށް އަރުވާކަން ސަރުކާރުން ކަށަވަރުކޮށްދީފި

16 މާރިޗު 2017
ސައޫދީ ރަސްގެފާނަށް ކަޅުއޮށްފުންމި ވެދުމަށް އަރުވާކަން ސަރުކާރުން ކަށަވަރުކޮށްދީފި
14 މާރިޗު 2017

އެޗް1އެން1 ވައިރަސްގެ ވާހަކަ ކުރިން ހާމަނުކުރީ، އެއީ އެހާ މުހިންމުކަމަކަށް ނުފެންނާތީ: އެޗްޕީއޭ

14 މާރިޗު 2017
އެޗް1އެން1 ވައިރަސްގެ ވާހަކަ ކުރިން ހާމަނުކުރީ، އެއީ އެހާ މުހިންމުކަމަކަށް ނުފެންނާތީ: އެޗްޕީއޭ
11 މާރިޗު 2017

ކަޅުއޮއްފުންމި ސައުދީ ރަސްގެފާނަށް ހަދިޔާ ކުރަން އުޅޭކަމުގެ އަޑު ފެތުރިއްޖެ

11 މާރިޗު 2017
ކަޅުއޮއްފުންމި ސައުދީ ރަސްގެފާނަށް ހަދިޔާ ކުރަން އުޅޭކަމުގެ އަޑު ފެތުރިއްޖެ
27 ފެބުރުއަރީ 2017

އެސްޓީއޯ އަށް ކުރިން ދިން ބ. މުތާފުށި ވިއްކާލަނީ

27 ފެބުރުއަރީ 2017
އެސްޓީއޯ އަށް ކުރިން ދިން ބ. މުތާފުށި ވިއްކާލަނީ
22 ފެބުރުއަރީ 2017

ޤާނޫން އަސާސީއަށް ބަދަލު ގެނައުމުގެ ކުރިން 58 މެންބަރުންނަށް ބިރު ދެއްކި: މުސްތަފާ

22 ފެބުރުއަރީ 2017
ޤާނޫން އަސާސީއަށް ބަދަލު ގެނައުމުގެ ކުރިން 58 މެންބަރުންނަށް ބިރު ދެއްކި: މުސްތަފާ
05 ފެބުރުއަރީ 2017

އޭޕްރީލް 8 ވަނަ ދުވަހު ސްކޫލުތަކުގައި ވަރަށް މުހިއްމު ހަރަކާތެއް ބޭއްވުމަށް ވަނީ މާކުރިން ނިންމާފަ

05 ފެބުރުއަރީ 2017
އޭޕްރީލް 8 ވަނަ ދުވަހު ސްކޫލުތަކުގައި ވަރަށް މުހިއްމު ހަރަކާތެއް ބޭއްވުމަށް ވަނީ މާކުރިން ނިންމާފަ
02 ފެބުރުއަރީ 2017

ފިޔާޒުގެ ޝަރީއަތް: މި މަސް ނިމުމުގެ ކުރިން ހުކުމް ކުރާނެ!

02 ފެބުރުއަރީ 2017
ފިޔާޒުގެ ޝަރީއަތް: މި މަސް ނިމުމުގެ ކުރިން ހުކުމް ކުރާނެ!
06 ޖެނުއަރީ 2017

ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި

06 ޖެނުއަރީ 2017
ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް