Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޓީޓީ އެސޯސިއޭޝަނުގެ އިންތިޚާބު މައްސަލަ

ރަން މެޑަލް ގެނައި ކުޅިވަރު އޮތީ ސަސްޕެންޝަނެއްގެ ތުންފަތް މަތީގައި: ޖައުޝަން

6 ސެޕްޓެމްބަރު 2020 | އާދީއްތަ 14:03

ޓީޓީ އެސޯސިއޭޝަނުގެ އިންތިޚާބު މައްސަލަ ވަނީ ކޯޓަށް ހުށަހަޅާފައި

އަތޫފް އާތިފް
އަތޫފް އާތިފް | 6 ސެޕްޓެމްބަރު 2020 | އާދީއްތަ 14:03
ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ޤާނޫނީ ވަކީލް މުޙައްމަދު ޖައުޝަން ޝަރީފް

ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ޤާނޫނީ ވަކީލް މުޙައްމަދު ޖައުޝަން ޝަރީފް

ބައިނަލްއަގުވާމީ މުބާރާތްތަކުން ރަން މެޑަލް ގެނައި ކުޅިވަރު ކަމަށްވާ ޓޭބަލް ޓެނިސް މިހާރު އޮތީ ސަސްޕެންޝަނެއްގެ ތުންފަތް މަތީގައި ކަމަށް ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ޤާނޫނީ ވަކީލް މުޙައްމަދު ޖައުޝަން ޝަރީފް ވިދާޅުވެއްޖެއެވެ.

ޓީޓީ އެސޯސިއޭޝަނުގެ އިންތިޚާބު އަންނަ އަންގާރަ ދުވަހު ބޭއްވުމަށް ތާވަލުކޮށްފައިވީ ނަމަވެސް، ޓީޓީ އެސޯސިއޭޝަނުގެ މައްސަލަ މިހާރު އަންނަނީ ސިވިލް ކޯޓުގައި ކުރިއަށް ގެންދަމުންނެވެ. އެއާއެކު އިންޓަނޭޝަނަލް ޓޭބަލް ޓެނިސް ފެޑެރޭޝަން (އައިޓީޓީއެފް) އިން ރާއްޖެ ސަސްޕެންޑް ކުރުމުގެ ބިރު އެބައޮތް ކަމަށް ޓީޓީ އެސޯސިއޭޝަނުން މީގެ ކުރިން ވަނީ ބުނެފައެވެ.

ޓީޓީ އެސޯސިއޭޝަނުގައި އާދީއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޖައުޝަން ވިދާޅުވީ ކުޅިވަރު ޤާނޫނުތަށް ހެދިފައި ހުންނަނީ އެހެން ޝަރުއީ ޤާނުނުތަކާ ތަފާތުކޮށް ކަމަށެވެ. ކުޅިވަރުގެ މައްސަލައެއް ދިމާވެފައިވާނަމަ، އެންމެ ފުރަތަމަ ހުށަހަޅަން ޖެހޭނީ އެ ކުޅިވަރެއްގެ އެސޯސިއޭޝަނަށް ކަމަށް ޤާނޫނުގައި ވަރަށް ސާފުކޮށް ލިޔެވިފައިވާ ކަމަށާއި، އެކަމަކު ޓީޓީގެ މައްސަލައިގައި، އެއްވެސް ފަރާތަކުން އެ އެސޯސިއޭޝަނަށް މައްސަލައެއް ހުށަހަޅާފައި ނުވާ ކަމަށެވެ.

ޖައުޝަން އިތުރަށް ވިދާޅުވީ ރާއްޖޭގެ ކުޅިވަރުގެ އެންމެ ފަހުގެ ނިންމުން ނިންމާ ތަނަކީ ކުޅިވަރާ ބެހޭ ގައުމީ މަޖިލިސް ކަމަށާއި، ޓީޓީ އެސޯސިއޭޝަނާ ދެކޮޅަށް ކުޅިވަރާ ބެހޭ ގައުމީ މަޖިލީހަށް ހުށަހެޅި މައްސަލަ، އެ މަޖިލީހުން ބަލައި، އެކަމަށް ވަކިގޮތަކަށް މައްސަލަ ނިންމާފައިވާ ކަމަށެވެ. އަދި ވިދާޅުވީ ކުޅިވަރާ ބެހޭ ގައުމީ މަޖިލީހުން ނިންމި ނިންމުމުގައި، ޓީޓީ އެސޯސިއޭޝަނުން ޤާނޫނާއި ގަވާއިދާ ޚިލާފަށް އެއްވެސް ކަމެއް ކޮށްފައި ނުވާކަމަށް ބުނެފައިވާ ކަމަށްވެސް ވިދާޅުވިއެވެ. އަދި މި މައްސަލަ ކޯޓަށް ހުށަހެޅި ފަރާތްތަކުން ޓީޓީ އެސޯސިއޭޝަން ސަސްޕެންޑް ނުކުރާނެ ކަމަށް ބުނެ ދައްކަމުން ދަނީ ރޯ ބުހުތާނު ދޮގު ވާހަކަތަކެއް ކަމަށްވެސް ޖައުޝަން ވިދާޅުވިއެވެ.

ޓީޓީ އެސޯސިއޭޝަނުގެ މައްސަލަ ހިންގާ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ކުރީގެ މަޝްހޫރު ޓީޓީ ކުޅުންތެރިޔާ އަލީ އާދަމް މަނިކް (ތާޅަފިލި އަލިބެ) ކޯޓަށް ހުށަހެޅުއްވީ ސްޕޯޓްސް ކޮމިޝަނާއި ކުޅިވަރާ ބެހޭ ގައުމީ މަޖިލީހުންވެސް ޓީޓީގެ ކަންކަން އިސްލާހުކުރުމަށް އުޒުރުވެރިވުމާ ގުޅިގެންނެވެ.

ޓީޓީ އެސޯސިއޭޝަނުގެ އިންތިޚާބު މައްސަލަ ކޯޓުގައި އޮތްއިރު، އަންނަ އަންގާރަ ދުވަހު އެސޯސިއޭޝަނުގެ އިންތިޚާބު ބޭއްވުމަށް މިހާރު ވަނީ ނިންމާފައެވެ. މި އިންތިޚާބުގައި މިހާރުގެ ރައީސް އަލީ ރަޝީދު އާއި ތޯހާ ސަލީމް އަދި މުހައްމަދު ޖަލާލް ވާދަކުރައްވާއިރު، ޖަލާލުގެ ނަން އަނބުރާ ނެގުމަށް އޭނާ ނިންމާފައިވާ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

4

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

02 ފެބުރުއަރީ 2017

ކޮކާކޯލާ ލޯންގް ރަން 2017 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

02 ފެބުރުއަރީ 2017
ކޮކާކޯލާ ލޯންގް ރަން 2017 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
28 ޖެނުއަރީ 2017

ކޮޕާޑެލްރޭ: ސެމީގައި ބާސާ އަދި އެތުލެޓިކޯ ބައްދަލުކުރަން ޖެހިއްޖެ

28 ޖެނުއަރީ 2017
ކޮޕާޑެލްރޭ: ސެމީގައި ބާސާ އަދި އެތުލެޓިކޯ ބައްދަލުކުރަން ޖެހިއްޖެ
27 ޖެނުއަރީ 2017

ހަލް ސިޓީ އަތުން ބަލިވި ކަމަށް ޤަބޫލެއް ނުކުރަން: މޮރީނިއޯ

27 ޖެނުއަރީ 2017
ހަލް ސިޓީ އަތުން ބަލިވި ކަމަށް ޤަބޫލެއް ނުކުރަން: މޮރީނިއޯ
26 ޖެނުއަރީ 2017

އޮލިމްޕިކްސްގައި ބޯލްޓް ހޯދި ނުވަ ރަން މެޑަލްގެ ތެރެއިން އެއް މެޑަލް ގެއްލިއްޖެ

26 ޖެނުއަރީ 2017
އޮލިމްޕިކްސްގައި ބޯލްޓް ހޯދި ނުވަ ރަން މެޑަލްގެ ތެރެއިން އެއް މެޑަލް ގެއްލިއްޖެ
25 ޖެނުއަރީ 2017

ރާއްޖެޓީވީގެ ވިސާމް އަދި ލީވާން އަށް ކުރި ހުކުމް އިސްތިއުނާފްކުރަން ނިންމައިފި

25 ޖެނުއަރީ 2017
ރާއްޖެޓީވީގެ ވިސާމް އަދި ލީވާން އަށް ކުރި ހުކުމް އިސްތިއުނާފްކުރަން ނިންމައިފި
17 ޖެނުއަރީ 2017

އާ ސީޒަނަށް ނުކުންނާނީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރަން: ޝަޒީން

17 ޖެނުއަރީ 2017
އާ ސީޒަނަށް ނުކުންނާނީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރަން: ޝަޒީން
15 ޖެނުއަރީ 2017

އިސްކަން ދެނީ ބްލޮކާއި ޑިފެންސް ރަނގަޅު ކުރަން: އަދީލް

15 ޖެނުއަރީ 2017
އިސްކަން ދެނީ ބްލޮކާއި ޑިފެންސް ރަނގަޅު ކުރަން: އަދީލް
11 ޖެނުއަރީ 2017

އަލަށް ގެނައި ކޯޗާއި ޓްރެއިނަރު އަދި ފޯވާޑް ޓީމާ ގުޅިއްޖެ

11 ޖެނުއަރީ 2017
އަލަށް ގެނައި ކޯޗާއި ޓްރެއިނަރު އަދި ފޯވާޑް ޓީމާ ގުޅިއްޖެ
07 ޖެނުއަރީ 2017

ސަންޗޭޒް ބޭނުންވަނީ އާސެނަލްގައި މަޑުކުރަން، ރަނގަޅު އެއްބަސްވުމެއް ހެދޭނެ: ވެންގާ

07 ޖެނުއަރީ 2017
ސަންޗޭޒް ބޭނުންވަނީ އާސެނަލްގައި މަޑުކުރަން، ރަނގަޅު އެއްބަސްވުމެއް ހެދޭނެ: ވެންގާ
04 ޖެނުއަރީ 2017

ސިޓީ އޮތީ ޔުނައިޓެޑަށްވުރެ 10 އަހަރު ފަހަތުގައި: ގާޑިއޯލާ

04 ޖެނުއަރީ 2017
ސިޓީ އޮތީ ޔުނައިޓެޑަށްވުރެ 10 އަހަރު ފަހަތުގައި: ގާޑިއޯލާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް