Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޓްރައޮރޭ ސްކޮޑުން ބާކީކުރުން

ސްޕެއިންގެ ސްކޮޑުން ޓްރައޮރޭ ބާކީކޮށްފި

6 ސެޕްޓެމްބަރު 2020 | އާދީއްތަ 09:48

ސްޕެއިނުން ކުޅުނު ފުރަތަމަ މެޗުގައިވެސް ޓްރައޮރޭއަށް ފުރުސަތު ލިބިފައެއް ނުވޭ

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 6 ސެޕްޓެމްބަރު 2020 | އާދީއްތަ 09:48
ވުލްވްސްއަށް ކުޅެމުން އަންނަ ސްޕެއިންގެ ތަރި އެޑަމާ ޓްރައޮރޭ

ވުލްވްސްއަށް ކުޅެމުން އަންނަ ސްޕެއިންގެ ތަރި އެޑަމާ ޓްރައޮރޭ

ޔުއެފާ ނޭޝަންސް ލީގުގައި ވާދަކުރަމުން އަންނަ ސްޕެއިންގެ ގައުމީ ފުޓްބޯޅަ ޓީމުގެ ސްކޮޑުން ވުލްވްސްގެ ތަރި އެޑަމާ ޓްރައޮރޭ ބާކީކޮށްފިއެވެ.

މުޅިން އަލަށް ސްޕެއިންގެ ސްކޮޑުން ޓްރައޮރޭ ޖާގަ ހޯދި ނަމަވެސް، ނޭޝަންސް ލީގުގައި ސްޕެއިނުން ކުޅުނު ފުރަތަމަ މެޗުގައިވެސް އޭނާއަށް ފުރުސަތު ލިބިފައެއް ނުވެއެވެ. އެ މެޗުގެ ސްކޮޑުން ޓްރައޮރޭ ބާކީކުރީ އޭނާގެ ހަށިގަނޑުން ކޮވިޑް-19 ގެ އަލާމާތްތައް ފެނުމާ ގުޅިގެންނެވެ. އަދި ފަހުން ހެދި ޕީސީއާރް ޓެސްޓުތަކުން ޓްރައޮރޭގެ ހަށިގަނޑުން ކޮވިޑް-19 ގެ އެންޓިބޮޑީ ފެނުމާ ގުޅިގެން، އޭނާ ވަނީ ސްކޮޑުން ބާކީކޮށްފައެވެ.

ރިޕޯޓުތައް ބުނާގޮތުން ޓްރައޮރޭ ސްޕެއިންގެ ސްކޮޑުން ބާކީކުރުމާއެކު، ޔުއެފާ ޕްރޮޓޮކޯލްގެ ދަށުން އޭނާ އެނބުރި އިންގްލެންޑަށް ދާނެއެވެ. އަދި އިންގްލެންޑަށް ގޮސް އައިސޮލޭޝަނުގައި 14 ދުވަސް ޓްރައޮރޭ ފުރިހަމަކުރާނެ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

ސްޕެއިންގެ 21 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމަށް މީގެ ކުރިން ކުޅެފައިވާ ޓްރައޮރޭއަށް ސްޕެއިންގެ ސީނިއާ ޓީމުން މިދިޔަ އަހަރު ނޮވެމްބަރު މަހުވެސް ފުރުސަތު ދިނެވެ. އެކަމަކު އެ ފަހަރު އަނިޔާގެ ސަަބަބުން އޭނާ ވަނީ ޓީމާ ވަކިވެފައެވެ. އެހެންކަމުން ޓްރައޮރޭ ބޭނުންނަމަ އާއިލީ ގޮތުން އޭނާއާ ގުޅުން އޮތް މާލީގެ ގައުމީ ފުޓްބޯޅަ ޓީމަށް ކުޅުމުގެ ފުރުސަތުވެސް އޭނާއަށް އެބައޮތެވެ. އެކަމަކު ސްޕެއިންގެ މީޑިއާ ރިޕޯޓުތައް ބުނާގޮތުން ޓްރައޮރޭގެ ވިސްނުން މިހާރު ހުރީ ސްޕެއިންގެ ޓީމަށް ކުޅުމަށެވެ.

މިދިޔަ ސީޒަނުގައި ވުލްވްސްގެ ޖާޒީގައި ޓްރައޮރޭ މޮޅު ކުޅުމެއް ދެއްކިއިރު، އޭނާ ހޯދުމަށް ޔޫރަޕްގެ ބޮޑެތި ކުލަބުތަކުން އަންނަނީ މަސައްކަތް ކުރަމުންނެވެ. މީގެ ކުރިން ބާސެލޯނާއަށްވެސް ކުޅުނު ޓްރައޮރޭ ވަނީ މިހާތަނަސް ވުލްވްސްއަށް ކުޅެދިން 90 މެޗުގައި ހަތް ލަނޑު ކާމިޔާބުކޮށްފައެވެ.

ލުއިސް އެންރީކޭގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ ސްޕެއިން، ނޭޝަންސް ލީގުގެ ފުރަތަމަ މެޗުގައި ޖަރުމަނާ ދެކޮޅަށް ނުކުތްއިރު، އެ މެޗު ނިމުނީ 1-1 ން ދެ ޓީމު އެއްވަރުވެގެންނެވެ. މި މުބާރާތުގެ ދެވަނަ މެޗުގައި އާދީއްތަ ދުވަހުގެރޭ ސްޕެއިން ޔޫކްރޭނާ ބައްދަލުކުރާއިރު، މި މެޗު ފަށާނީ އާދީއްތަ ދުވަހުގެރޭ ރާއްޖެ ގަޑިން 23:45 ގައެވެ.

އެންމެ ހިނގާ

1

ރައީސް މުއިއްޒު މޭޔަރުކަމަށް ގެންނަން އަމިއްލަ ގޭގައި ކޯލް ސެންޓަރު ހިންގި ފަޒްލާވެސް ވަޒީފާއިން ވަކިކޮށްފި

2

ރައީސް މުއިއްޒުގެ ކޮއްކޮ ހައްސާން އަށް މަސައްކަތެއް ނުކޮށް އެމްއޭސީއެލްއިން މުސާރަ ދޭތާ 4 މަސް!

3

އާޒިމާގެ ފުރަތަމަ ޓާސްކް ފްލޮޕް!

4

އީރާނުން ދެކުނު ކޮރެއާއަށް އިންޒާރުދީފި

5

އީރާނުން އާ މިސައިލެއް ޓެސްޓުކޮށް އެމެރިކާއަށް "ސާފު އިންޒާރެއް" ދީފި

އިތުރަށް ކިޔާލަން

03 އޮކްޓޯބަރު 2017

ސްޕެއިންގެ ސްކޮޑުން ކަވަހާލް، މޮރާޓާ އަދި އިނިއެސްޓާ ބާކީ ކޮށްފި

03 އޮކްޓޯބަރު 2017
ސްޕެއިންގެ ސްކޮޑުން ކަވަހާލް، މޮރާޓާ އަދި އިނިއެސްޓާ ބާކީ ކޮށްފި
30 ސެޕްޓެމްބަރު 2017

ސްޕެއިންގެ ގައުމީ ޓީމަށް ކުޅުމަކީ ލިބޭ ފަހުރެއް: ޕީކޭ

30 ސެޕްޓެމްބަރު 2017
ސްޕެއިންގެ ގައުމީ ޓީމަށް ކުޅުމަކީ ލިބޭ ފަހުރެއް: ޕީކޭ
05 ސެޕްޓެމްބަރު 2017

ޗެމްޕިއަންސް ލީގަށް ނެގި ސްކޮޑުގައި އިބްރަހިމޮވިޗް ހިމެނިއިރު ޗެލްސީއިން ކޮސްޓާ ބާކީކޮށްފި

05 ސެޕްޓެމްބަރު 2017
 ޗެމްޕިއަންސް ލީގަށް ނެގި ސްކޮޑުގައި އިބްރަހިމޮވިޗް ހިމެނިއިރު ޗެލްސީއިން ކޮސްޓާ ބާކީކޮށްފި
26 އޯގަސްޓު 2017

ޑޭވިޑް ވިޔާ އަލުން އެނބުރި ސްޕެއިންގެ ގައުމީ ޓީމަށް

26 އޯގަސްޓު 2017
ޑޭވިޑް ވިޔާ އަލުން އެނބުރި ސްޕެއިންގެ ގައުމީ ޓީމަށް
18 އޯގަސްޓު 2017

މިރޭ މެޓްޒްއާ ދެކޮޅަށް ކުޅޭ މެޗަށް މޮނާކޯއިން ނެގި ސްކޮޑުން އެމްބާޕޭ ބާކީކޮށްފި

18 އޯގަސްޓު 2017
މިރޭ މެޓްޒްއާ ދެކޮޅަށް ކުޅޭ މެޗަށް މޮނާކޯއިން ނެގި ސްކޮޑުން އެމްބާޕޭ ބާކީކޮށްފި
15 އޯގަސްޓު 2017

ލިވަޕޫލްގެ ޗެމްޕިއަންސް ލީގު ސްކޮޑުން ކުޓީނިއޯ ބާކީކޮށްފި

15 އޯގަސްޓު 2017
ލިވަޕޫލްގެ ޗެމްޕިއަންސް ލީގު ސްކޮޑުން ކުޓީނިއޯ ބާކީކޮށްފި
15 ޖުލައި 2017

ޖަމައެލް ފޮނުވާލުމަށް ފަހު ނިއު އަށް ސްޕެއިންގެ މިޑްފިލްޑަރެއް ގެނެސްފި

15 ޖުލައި 2017
ޖަމައެލް ފޮނުވާލުމަށް ފަހު ނިއު އަށް ސްޕެއިންގެ މިޑްފިލްޑަރެއް ގެނެސްފި
26 ޖޫން 2017

ނިއުރޭޑިއަންޓްގެ އާ ކޯޗަކަށް ސްޕެއިންގެ އޮސްކާ ބުރުޒޮން ބަރޭރާ

26 ޖޫން 2017
ނިއުރޭޑިއަންޓްގެ އާ ކޯޗަކަށް ސްޕެއިންގެ އޮސްކާ ބުރުޒޮން ބަރޭރާ
28 މެއި 2017

ޗެލްސީ ދޫކޮށްލުމަށްފަހު ދިޔަޔަސް ދާނީ ސްޕެއިންގެ ކްލަބަކަށް: ކޯސްޓާ

28 މެއި 2017
ޗެލްސީ ދޫކޮށްލުމަށްފަހު ދިޔަޔަސް ދާނީ ސްޕެއިންގެ ކްލަބަކަށް: ކޯސްޓާ
24 އެޕްރީލު 2017

ޕްރިމިއާ ލީގަށް އަމާޒުހިފާ ތިނަދޫ އަށް ސްޕެއިންގެ ތިން ކުޅުންތެރިން ގެނެސްފި

24 އެޕްރީލު 2017
ޕްރިމިއާ ލީގަށް އަމާޒުހިފާ ތިނަދޫ އަށް ސްޕެއިންގެ ތިން ކުޅުންތެރިން ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް